Mosque Imam
Indexed from Government Gazette9 Nov 2026
- Job type
- Full-Time
- Closes
- 12 Nov
- Source
- Gazette
- Employer
- Ministry of Islamic Affairs and EndowmentsGovernment & public sector
- Location
- HoarafushiHaa Alif Atoll
- Salary
- MVR 13,030–17,840/monthAdvertised
- Employment type
- Full-Time
- Deadline
- Closes 12 Nov 20263 days left
From the notice
Copied textއިޢުލާނު
- މަޤާމް
އިމާމު އައްވަލް، އިމާމު، ނާއިބް އިމާމު، އިމާމު މުސާޢިދު އައްވަލް، މުސާޢިދު އިމާމު، މުދިމު
- މަޤާމުގެ ނަންބަރު
J- 447565
- ބޭނުންވާ އަދަދު
1 (އެކެއް)
- މަޤާމުގެ ގިންތި
ދާއިމީ
- ސެކްޝަން/ޔުނިޓް
މޮސްކް މެނޭޖްމަންޓް ސެކްޝަން ނޮދަން މޮސްކް ޔުނިޓް
- މަޤާމް އޮތް އޮފީސް
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
- ވަޒީފާ އަދާކުރަން ޖެހޭ ތަން
ހއ. ހޯރަފުށި މިސްކިތްތައް / ހއ. ހޯރަފުށި
އެހެނިހެން އެލަވަންސް
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- އިމާމުންގެ ޖޮބް މެޓްރިކްސްގައި ކަނޑައަޅާފައިވާ އުސޫލުން ހާޒިރީ އިނާޔަތް ދެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- މިނިސްޓްރީން ނުވަތަ ކައުންސިލްގެ އިދާރާއިން ޙަވާލުކުރާ މިސްކިތަކަށް، ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ ކުރިން، ހާޒިރުވެ މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅުކުރެވެންހުރި ކަންކަން ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުން.
- އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު އަދި ކޭތަ ނަމާދުކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކުން މިނިސްޓްރީން އަންގައިފި ހިނދެއްގައި ކޭތަނަމާދާއި، ޢީދުނަމާދާއި، ހުކުރުނަމާދުކުރުމާއި، އިމާމުވެ ތަރާވީޙް ނަމާދާއި ދަމު ނަމާދު ކުރަންޖެހޭ ޙާލަތްތަކުގައި އެނަމާދުތައް ކުރުމާއި، އިމާމުވެ ކަށު ނަމާދުކުރަންޖެހޭ ޙާލަތްތަކުގައި ކަށު ނަމާދުކުރުން. އަދި މިނިސްޓްރީން ނުވަތަ ކައުންސިލުން އެދިއްޖެ ޙާލަތެއްގައި ކަށުކަމާކެމީގެ ކަންތައްތައް ކުރުން.
- މިސްކިތްތަކުގެ ދައުރު ފުޅާކުރުމުގެ ގޮތުން ނަމާދުކުރުމުގެ އިތުރަށް މިސްކިތްތަކުގައި ޤުރްއާން ކުލާސް ހިންގުމާއި ނަމާދު ކުރަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ނަމާދަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި އިސްލާމީ ރިވެތި އަދަބުތަކާއި، އުސޫލްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ބޮޑެތި މިސްކިތްތަކުގައި ލައިބްރަރީ ކޯނަރތައް އުފައްދައި އެތަންތަނުގެ ބޭނުން ހިފުމުގެ ހަރަކާތްތައް ރާވާ ހިންގުމާއި މި ކަންކަން ކުރިއަށް ގެންދިއުން.
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ނުވަތަ މިނިސްޓްރީގެ ދަށުން ހިންގާ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އެދިއްޖެ ހާލަތެއްގައި އެ ރަށެއްގައި ހިންގާ ޤުރުއާން ކުލާސްތަކުގައި ހަފްތާއަކު 5 ގަޑިއިރު (ދުވާލަކު 1 ގަޑިއިރު) ރަސްމީ ބަންދު ދުވަސްތައް (ހުކުރު، ހޮނިހިރު) ފިޔަވާ ދުވާލަކު، މަދުވެގެން 1 ގަޑި އިރުގެ ކުލާހެއް ނަންގަވައި ދެއްވުމަށް ހޭދަކުރުން.
- މިނިސްޓްރީން ނެރޭ ދީނީ ފޮތްތައް (ރިޔާޟުއްޞާލިޙީން، ފިޤްހު ސުންނާ ފަދަ ފޮތްތައް) މިސްކިތްތަކުގައި ނަމާދަށް ފަހު 10 މިނެޓާއި 15 މިނެޓާއި ދެމެދުގެ ވަގުތުކޮޅަކަށް ކުރިޔަށް ގެންދިޔުން
- މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލްގެ އިދާރާއިން ކަނޑައަޅާފައިވާ ފަރާތަކަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.
- މިސްކިތުގެ ސާފު ތާހިރުކަމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތްބަލައި ސުޕަވައިޒްކޮށް ދިމާވާ މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.
- މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯބަލައި އެއްވެސް ކަމެއް ހުރިނަމަ، ކައުންސިލްގެ އިދާރާއަށް އަންގައި އެކަން ޙައްލުކުރުމަށް މަސައްކަތްކުރުން.
- މިސްކިތުގައި ނަމާދުކުރާ މީހުންނަށް ރަނގަޅު މާޙައުލެއް ޤާއިމްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން.
- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި މިނިސްޓްރީގެ ނުވަތަ ކައުންސިލްގެ ހުއްދަނެތި އެއްވެސް ލިއުމެއް ހަރުކޮށްފައި ނުވަތަ ބަހައްޓަފާއި ހުރިނަމަ އަދި މިސްކިތްތެރޭގައި މިނިސްޓްރީން ފާސްކޮށްފައިނުވާ އެއްވެސް ފޮތެއް ނުވަތަ ލިއުމެއް ހުރިނަމަ އެކަން މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް އެންގުން.
- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އިސްލާމް ދީނާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެއްވެސް ޙަރަކާތެއް ހިނގާނަމަ ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ، ސުޕަވައިޒަރަށް އަންގާ އެބޭފުޅަކު އަންގަވާ ގޮތެއްގެ މަތީން ޢަމަލުކުރުން.
- މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް މިނިސްޓްރީ ނުވަތަ ކައުންސިލްގެ ހުއްދައާއެކު ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
- މިނިސްޓްރީގެ ލަފާގެ މަތިން ކައުންސިލުން އަންގާ ގޮތަށް މިސްކިތު މަސައްކަތު މީހުން ސްޕަވައިޒް ކުރުން.
- ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކައުންސިލުން ރާވައި ހިންގާ ދީނީ އަދި އިޖްތިމާޢީ ހަރަކާތްތަކުގައި ކައުންސިލަށް އެއްބާރުލުން ދިނުން.
- މިނިސްޓްރީން ރާވައި ހިންގާ ތަމްރީނު ޕްރޮގްރާމު ތަކުގައި ބައިވެރިވެ އެއްބާރުލުންދިނުން.
- ރަށުގެ ދީނީ އަދި އިޖްތިމާޢީ ހާލަތު ރަނގަޅުކުރުމަށް ޓަކައި މިނިސްޓްރީން ރާވާ ޕްރޮގްރާމްތައް މިނިސްޓްރީން ކަނޑައަޅާ ގޮތްތަކެއްގެ މަތިން ރަށުގެ މިސްކިތްތަކުގައި އެޕްރޮގްރާމްތައް ހިންގުން.
- މިނިސްޓްރީން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ތަމްރީން ދިނުމުގެ ގޮތުން މިނިސްޓްރީން ހިންގާ ޚާއްސަ ތަމްރީން ޕޮގްރާމްތަކުގައި ބައިވެރިވުން.
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
މަގާމުގެ ޝަރުޠުތައް
| މަގާމު | ރޭންކް | މަގާމުގެ ޝަރުޠު | މަގާމުގެ އަސާސީ މުސާރަ | މަގާމުގެ އެލަވަންސް |
|---|---|---|---|---|
إﻣﺎم أول (އިމާމު އައްވަލް) | ޕަބްލިކް ސަރވިސް ރޭންކް 8 |
ނުވަތަ
| -/13055 ރުފިޔާ | -/4785 ރުފިޔާ |
إﻣﺎم (އިމާމު) | ޕަބްލިކް ސަރވިސް ރޭންކް 7 |
| -/11070 ރުފިޔާ | -/4055 ރުފިޔާ |
ﻧﺎﺋﺐ إﻣﺎم (ނާއިބް އިމާމު) | ޕަބްލިކް ސަރވިސް ރޭންކް 5 |
ނުވަތަ
ނުވަތަ
| -/9600 ރުފިޔާ | -/3430 ރުފިޔާ |
إﻣﺎم ﻣﺴﺎﻋﺪ أول (އިމާމު މުސާޢިދު އައްވަލް) | ޕަބްލިކް ސަރވިސް ރޭންކް 4 |
ނުވަތަ
| -/9530 ރުފިޔާ | -/2450 ރުފިޔާ |
ﻣﺴﺎﻋﺪ إﻣﺎم (މުސާޢިދު އިމާމު) | ޕަބްލިކް ސަރވިސް ރޭންކް 3 |
| -/9005 ރުފިޔާ | -/2185 ރުފިޔާ |
މުދިމު | ޕަބްލިކް ސަރވިސް ރޭންކް 2 | 1. އިމާމުވެ ނަމާދުކުރަން އެނގޭތޯ ބެލުމަށާއި ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ މިންގަނޑު ހާސިލްވެފައިވުން. | -/8295 ރުފިޔާ | -/2135 ރުފިޔާ |
ތަޢުލީމީ ދާއިރާ (އިމާމް އައްވަލް – އިމާމް)
އިމާމް އެންޑް ޚަތީބު، ޤިރާއަތް، ޓީޗިންގ ޤުރުއާން، ޤިރާއަތް އެންޑް އިސްލާމިކް ތޯޓްސް، އިސްލާމިކް ސްޓަޑީޒް، ޓީޗިންގ އިސްލާމިކް ސްޓަޑީޒް، ޤުރުއާނިކް ސްޓަޑީޒް، ޤުރުއާނިކް ސައިންސަސް، ޤުރުއާން އެންޑް ސުންނާ ސްޓަޑީޒް،ޝަރީޢާ، އިސްލާމިކް އެތިކްސް، ދަޢުވާ، އުސޫލުއްދީން، ފިޤުހު، ފިޤުހު އެންޑް އުސޫލުލްފިޤުހު، ޢަޤީދާ، ޢަޤީދާ އެންޑް އިސްލާމިކް ތޯޓްސް، އިސްލާމިކް ތޯޓްސް އެންޑް ސިވިލައިޒޭޝަން، ސައިންސް އޮފް ހަދީޘް، އިމާމްޝިޕް އެންޑް ލޯކަލް ގަވަރނަންސް، ޤުރުއާން ތަފްޞީރު، އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ލީޑަރޝިޕް
ތަޢުލީމީ ދާއިރާ (ނާއިބް އިމާމް)
އިމާމް އެންޑް ޚަތީބު، ޤިރާއަތް، ޓީޗިންގ ޤުރުއާން، ޤިރާއަތް އެންޑް އިސްލާމިކް ތޯޓްސް، އިސްލާމިކް ސްޓަޑީޒް، ޓީޗިންގ އިސްލާމިކް ސްޓަޑީޒް، ޓީޗިންގ ޤުރުއާނިކް ސްޓަޑީޒް، ޤުރުއާނިކް ސައިންސަސް، ޤުރުއާން އެންޑް ސުންނާ ސްޓަޑީޒް،ޝަރީޢާ، އިސްލާމިކް އެތިކްސް، ދަޢުވާ، އުސޫލުއްދީން، ފިޤްޙް، ފިޤްޙް އެންޑް އުސޫލުލްފިޤްޙް، އަޤީދާ، އަޤީދާ އެންޑް އިސްލާމިކް ތޯޓްސް، އިސްލާމިކް ތޯޓްސް އެންޑް ސިވިލައިޒޭޝަން، ސައިންސް އޮފް ހަދީޘް، އިމާމްޝިޕް އެންޑް ލޯކަލް ގަވަރނަންސް،ޤުރުއާން ތަފްސީރު، ހާފިޒްކަމުގެ ސަނަދު
- ތަޢުލީމީ ދާއިރާ (އިމާމް މުސާޢިދު އައްވަލް)
ޤިރާއަތް، ޤިރާއަތުލް ޤުރުއާން، ޤާރީ ކޯސް، ޤުރުއާން މުދައްރިސްކަމުގެ ކޯސް، ޓީޗިންގ ޤުރުއާން، އިމާމްކަމުގެ ސެޓްފިކެޓް، ހާފިޒްކަމުގެ ސަނަދު
- ތަޢުލީމީ ދާއިރާ (މުސާޢިދު އިމާމް )
އިމާމް، ޤިރާއަތް، ޤާރީ ކޯސް، ޤިރާއަތް އަލް ޤުރުއާން، ޓީޗިންގ ޤުރުއާން
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
- ރިލިޖަސް ސަރވިސަސް
މަގާމަށް ޢައްޔަންކުރާއިރު ބޭނުންވާ ލައިސަންސް ތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތަކާއި
އިމާމުވެ ނަމާދުކުރަން އެނގޭތޯ ބެލުމަށާއި ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ މިންގަނޑު ހާސިލްވެފައިވުން.
އިމާމުވެ ހުކުރުނަމާދާއި ޢީދުނަމާދު ކުރުމުގެ ހުއްދަ. ( އިމާމް، އިމާމް އައްވަލް ގެ މަޤާމްތަކަށް)
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް މުދިމުންނާ އިމާމުންގެ އޮނިގަނޑުގައި ހިމެނޭ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2022 ގައި ހިމަނާފައިވާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ނޮވެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ހއ. ހޯރަފުށި ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. ([email protected])
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓް ލިސްޓުކުރެވޭނެއެވެ.
އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ 2026 ނޮވެމްބަރު 14
އާއި 2026 ޑިސެންބަރު 11 އާ ދެމެދު، ހއ. ހޯރަފުށި ކައުންސިލް އިދާރާގައެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500012 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
Indexed from the Government Gazette on 9 Nov 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)142-A4/142/2026/256
- Openings
- 1 person
Requirements
- Imam Awwal: a Master's degree at Level 9 in a related field, or a Level 7 or 8 degree plus 4 years' experience as an imam
- Imam: a Level 7 or 8 degree in a field related to the post
- Naib Imam: a Level 5 diploma or Level 6 advanced diploma in a related field, or an equivalent certificate with work experience as an Imam
- Certificate from the Ministry confirming ability to perform Imam duties and recite the Quran with Tajweed
- Permission to lead Friday and Eid prayers (for Imam and Imam Aththavalu posts)
- Maldivian citizenship
Skills
- Quran recitation with Tajweed
- Leading prayers
Responsibilities
- 01Be present at the assigned mosque before each prayer time, check its affairs and correct matters that can be corrected
- 02Call the adhan at the obligatory prayer times and lead the prayers
- 03Lead the Friday prayer, Eid prayer and prayer for rain
- 04Run Quran classes and programmes teaching prayer, Islamic etiquette and manners in the mosque
- 05Carry forward religious books issued by the Ministry for 10 to 15 minutes after prayer
- 06Maintain the mosque's sound system and keep the mosque clean
- 07Check for damage or needed repairs and inform the council administration
- 08Supervise mosque workers as instructed by the council in line with the Ministry's views
- 09Support council religious and social activities and Ministry training programmes
- 10Perform all tasks assigned in relation to the office's official work
Salary & benefits
Benefits
Pension contribution under the Pension Act of the Maldives, and attendance allowance under the Job Metrics for Imams.
How to apply
Location
- Place
- Hoarafushi
- Atoll
- Haa Alif Atoll
- Address
- HA. Hoarafushi
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Ministry of Islamic Affairs and Endowments
Government & public sector
The Ministry of Islamic Affairs and Endowments is the Maldivian government agency that handles the country's religious affairs. It was formed in 1996 as the Supreme Council for Islamic Affairs and was renamed in November 2008. Its mandate is set out in the Constitution of Maldives. It is headquartered in Malé.
- Open roles
- 12
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 9 Nov 2026Report this listing