Skip to content
Back
Via GazetteNotice (IUL)730-HC/2026/016

Healthcare Administration Officer (Customer Service Officer)

MVR 12,610/monthPosted 4 hours ago

Indexed from Government Gazette6 Oct 2026

Full-TimeNationals only
The application happens on the Government Gazette (gazette.gov.mv), not on CareersMV.
Job type
Full-Time
Closes
12 Oct
Source
Gazette
Location
NaivaadhooHaa Dhaalu Atoll
Salary
MVR 12,610/monthAdvertised
Employment type
Full-TimeAdministration · Mid level
Deadline
Closes 12 Oct 20266 days left

From the notice

Copied text

މިމަރުކަޒުގެ ނަމްބަރ (IUL)730-HC/2026/015 އިޢުލާނުގައި ކުޑަ މައްސަލައެއް ހުރުމުން އެ އިޢުލާން ބާތިލްކޮށް އަލުން އެމަޤާމަށް އިޢުލާން ކުރަމެވެ.

މަޤާމު

ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ (ކަސްޓަމަރ ސާރވިސް އޮފިސަރ )

މަޤާމުގެ ނަންބަރު

J-459508

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކު

ޕަބްލިކް ސަރވިސް ރޭންކް 5 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން

ހދ.ނައިވާދު ޞިއްޙީމަރުކަޒު

މަޤާމުގެ އަސާސީ މުސާރަ

-/9700 ރުފިޔާ (ނުވަހާސް ހަތްސަތޭކަ ރުފިޔާ)

މަޤާމު އެލަވަންސް

-/2910 ރުފިޔާ (ދެހާސް އނުވަސަތޭކަ ދިހަ ރުފިޔާ)

އެހެނިހެން އެލަވަންސް

  1. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް 80 ރުފިޔާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ދަޢުލަތުގެ ޕޭފްރޭމް ވާރކްގެ މިންގަނޑުތަކާއި އެއްގޮތަށް (01 ނޮވެމްބަރ 2025 އެއްގޮތަށް) އިތުރުގަޑީގެ ފައސާ އަދި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1- ޞިއްހީ ފަރުވާ ހޯދުމަށް ޞިއްޙީ މަރުކަޒަށް އަންނަ މީހުންނަށް ( އެމީހާ އައި ބޭނުމަކާއި ގުޅޭގޮތުން) މަގުދައްކާދީ އެހީތެރިވެދިނުން

2- ކުއްލި ހާލަތްތަކުގައި ގެނެވޭ ބަލިމީހުންގެ މަޢުލޫމާތު ހޯދައި އަންގަންޖެހޭ ފަރާތްތަކަށް ވަގުތުން އެންގުން.

3- ޑިއުޓީގައި ދިމާވާ މައްސަލަތައް ޤަވާއިދުން ހައްލުކުރެވޭ ކަންތައް ހައްލުކުރުމަށްފަހު، ހައްލުނުކުރެވޭ ކަންތައްތައް އެވަގުތެއްގައި ހުންނެވި ވެރިއެއްގެ ލަފާގެ މަތިން ހައްލުކުރަމުން ދިއުން.

4- ޑޮކްޓަރުންގެ އެޕޮއިންޓްމަންޓްގެ ކަންތައްތައް ހަމަޖައްސައި، ބެލެހެއްޓުން

5- ޞިއްޙީ މަރުކަޒަށް އަންނަ ހުރިހާ މީހުންނާމެދު ގާތްގުޅުމެއް އުފެއްދުމަށް މަސައްކަތްކުރުމާއި ހިނިތުންވުމާއި، އޯގާތެރިކަމާއިއެކު ކޮންމެ މީހަކާއިވެސް ބައްދަލުކުރުން.

6- ޑިއުޓީގައި ތިބޭއިރު ޞިއްޙީމަރުކަޒުގައި ހިނގާ ކަންތައްތަކާއި ، އަދި ކަސްޓަމަރުންނަށް ދޭންޖެހޭ މަޢުލޫމާތުތައް ހޯދައި ، އެމަޢުލޫމާތުތައް ފޯރުކޮށްދިނުމަށް އަބަދުވެސް ތައްޔާރުވެ ތިބުން.

7- ކަސްޓަމަރ ރިލޭޝަންގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ޗެކުކޮށް ބެލެހެއްޓުން

8- ކަސްޓަމަރ ރިލޭޝަންގެ ދާއިރާއާއި ގުޅުންހުރި ކަންތައްތައް މެނޭޖްމަންޓާއި ގުޅިގެން ރަނގަޅު ކުރުމަށް މަސައްކަތްކުރުން

9- ޙިދުމަތް ހޯދަންއަންނަ ފަރާތްތަކާއި ގުޅިގެން އަންނަ ޝަކުވާތަކުގެ ތެރެއިން ހައްލު ނުކުރެވޭ މައްސަލަތައް ޕްރަންޓް އޮފީސް މެނޭޖްމަންޓް ޔުނިޓްގެ ވެރިއާއަށް އެންގުން

10- ޞިއްޙީ މަރުކަޒުގެ ޤަވާއިދުތަކަށް ބަލިމީހުންނާއި، އެހެނިހެން މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތްކުރުން

11- ޑިއުޓީގައި ދިމާވި ކަންތައްތައް، އަދި ޑިއުޓީ ނިމޭއިރު ޕެންޑިންގައި ހުންނަ ކަންތައްތައް ޑިއުޓީއާއި ހަވާލުވާ މުވައްޒަފަކަށް ރަގަޅަށް ކިޔައިދީ ހަވާލުކުރުން

12- އިތުރު ފަރުވާއަށް އެހެން ހޮސްޕިޓަލްތަކަށް ރެފަކުރެވޭ ބަލިމީހުން ރެފަކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމާއި ކަމާއި ގުޅުން ހުރި މަޢުލޫމާތު ވެރިންނަށާއި، ޑޮކްޓަރުން، ނަރުހުން އަދި ޕޭޝަންޓްގެ އެހީތެރިންނަށް އެންގުން

13- އާސަންދަ/އެލައިޑް/ޕޮލިސް އަދި އެހެނިހެން ފަރާތްތަކަށް ޚިދުމަތް ދިނުމަށްފަހު ކަނޑައެޅިފައިވާ އަގާއި އެއްގޮތަށް ބިލް ތައްޔާރުކުރުން

14- ކެންސަލް ކުރެވޭ ބިލްތަކުގައި ސަބަބު ލިޔެ ވެރިޔަކު ލައްވާ ސޮއިކުރުވުން

15- ޞިއްޙީ މަރުކަޒުގެ ރިސެޕްޝަންކައުންޓަރުން ބަލައިގަންނަ ފައިސާ ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.

16- އެމްބިއުލާންސްތަކުގެ ޚިދުމަތަށް އެދޭފަރާތްތަކަށް އެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމާއި އެންބިއުލާންސް ދަތުރުތަކުގެ ފައިސާގެ ބިލްހެދުމާއި ދުވަހުން ދުވަހަށް ރިޕޯޓް ހެދުން.

17- ކައުންޓަރުގައި މަސައްކަތް ކުރައްވާ މުވައްޒަފަކު ސަލާމް، ޗުއްޓީ ނުވަތަ ނެތި އަދި ތަނަށް ދަތިވެއްޖެ ޙާލަތެއްގައި ތަނުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން

18- ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރުގެ ތަރުތީބުން ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީތެރިވުމާއި ޑޮކްޓަރ ކޮޓަރިއަށާއި އޯ ޕީ ޑީ ކައުންޓަރަށް އަންނަ ފޯންކޯލްތަކަށް ރިވެތިބަހުން ޖަވާބުދިނުން.

19- ޑޮކްޓަރާއި ބަލިމީހާއާއި ދެމެދު ދެކެވޭ ވާހަކަތައް ދެފަރާތަށްވެސް ރަނގަޅަށް ސާފުވާނޭގޮތަށް ކިޔައިދީ، ބަލިމީހާ އެގްޒެމިން ކުރުމުގައި ޑޮކްޓަރާއި ބަލިމީހާއަށް އެހީތެރިވެދިނުން

20- އޯޕީޑީ އޭރިއާ އާއި ކޮންސަލްޓޭޝަން ރޫމްތައް ސާފުކުރުވުމާއި، ތަނުގައި ހުންނަ ބޮކި ފަންކާ ހޮޅިބުރި ފަދަ ތަކެތި ކޮންމެ ދުވަހެއްގެ ނައިޓް ޑިއުޓީގައި ޗެކްކޮށް މައްސަލަ އެއް އުޅޭނަމަ އެކަން ސަޕޯޓްސަރވިސް ޔުނިޓަށް ކަނޑައެޅިފައިވާ އުސޫލުން އެންގުން

21- އޯޕީޑީ ކައުންޓަރާއި ކޮންސަލްޓޭޝަންތަކަށް ބޭނުންވާ އެންމެހާ ތަކެތި ސްޓޮކުން ނަގާ ހަމަކުރުން

22- ޞިއްޙީ މަރުކަޒުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއި ބައިވެރިވުން

23- ޞިއްޙީ އިމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން

24- ޞިއްޙީ މަރުކަޒުން އަންގާ ރަސްމީ މަސައްކަތްތައް ކުރުމާއި ، އެންމެން ގުޅިގެންކުރާ މަސައްކަތްތައް ކުރުމާއި އެހެންމީހުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން

25- ކޮންމެ ވަގުތެއްގައިވެސް ފޯންކޯލް ތަކަށް ވަގުތުން އެޓެންޑްވެ ޖަވާބުދާރީވުން.

26- އެމަރޖެންސީ ޙާލަތްތަކުގައި ފަރުވާ ދިނުމަށް ބޭނުންވާ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.

މަޤާމުގެ ޝަރުޠުތައް

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ ގެ ސަނަދެއް ހާސިލްކޮށްފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  1. އެކައުންޓިންގ
  2. އެކައުންޓިންގ އެންޑް ފައިނޭންސް
  3. އެޑްމިނިސްޓްރޭޝަން
  4. އޮޑިޓިންގ
  5. ބިޒްނަސް
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  7. ބިޒްނަސް މެނޭޖްމަންޓް
  8. ކޮމާރސް
  9. ފައިނޭންސް
  10. ފައިނޭންޝަލް މެނޭޖްމަންޓް
  11. ފައިނޭންޝަލް ޕްލޭނިންގ
  12. ހިޔުމަން ރިސޯސް މެނޭޖްމަންޓް
  13. އިންޓަރނަލް އޮޑިޓިންގ
  14. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް
  15. އިސްލާމިކް ފައިނޭންސް
  16. މެނޭޖްމަންޓް
  17. ނާސިންގ
  18. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  19. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
  20. ޕަބްލިކް ފައިނޭންސް
  21. ޕަބްލިކް މެނޭޖްމަންޓް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މަރުކަޒުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) މަސައްކަތަށް ބޭނުންވާ މުއްދަތު ހަމަނުވާ ލައިސަންސް

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެ ވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޮކްޓޯބަރ 12 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ހދ.ނައިވާދޫ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2026 އޮކްޓޯބަރ 13ން 2026 ނޮވެމްބަރ 12 އާ ދެމެދު ހދ.ނައިވާދޫ ޞިއްޙީމަރުކަޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520548 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

Indexed from the Government Gazette on 6 Oct 2026. The original notice is the official version; if anything differs, it wins.

At a glance

Source
Gazette, notice (IUL)730-HC/2026/016
Openings
1 person

Requirements

  • Diploma at level 5 of the national qualifications framework of the Maldives or level 6/advanced diploma/associate degree in a related field.
  • Qualifications accepted: Accounting, Accounting and Finance, Administration, Auditing, Business, Business Administration, Business Management, Commerce,…

Responsibilities

  1. 01Provide guidance to persons visiting the health centre for health care according to their needs and requirements.
  2. 02Obtain information about sick persons in urgent cases and inform the relevant parties in a timely manner.
  3. 03Provide guidance on resolving matters that cannot be resolved according to regulations to the relevant senior.
  4. 04Coordinate doctors' appointment matters and maintain them.
  5. 05Work to establish good relations with all persons visiting the health centre and maintain friendliness and courtesy.
  6. 06Stay informed about health centre operations and be ready to provide customers with the information they need.
  7. 07Check and maintain daily customer relations work.
  8. 08Resolve matters related to the customer relations department in cooperation with management.
  9. 09Inform the Front Office Management Unit's senior officer of complaints from service seekers that cannot be resolved.
  10. 10Carry out public education work in accordance with health centre regulations.

Salary & benefits

Advertised payMVR 12,610/month

Benefits

Pension contribution under the Pension Act of the Maldives, and benefits in line with the Government's Pay Framework.

How to apply

Submit completed application form, applicant details with contact phone number and email, readable copy of identity card (both sides) or birth certificate/passport/driving licence, educational certificates and transcripts, work experience letters from employers, and copies of any required licenses. Submit before 14:00 on 12 October 2026 to HDh. Naivaadhoo Health Centre or email [email protected]. Application form available at https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
Apply at original source (opens in a new tab)

Location

Place
Naivaadhoo
Atoll
Haa Dhaalu Atoll
Address
Naivadhoo Health Centre, Haa Dhaalu Atoll

How long from your home?

Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.

Sign in

About the employer

CareersMV made this page from the vacancies it indexes for Haa Dhaalu Atoll Naivadhoo Health Centre.

Open role
1
Followers
0

Departments hiring

Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.

Claim for free

Indexed from the Government Gazette 6 Oct 2026Report this listing