Skip to content
Back
Via GazetteNotice (IUL)30-HR/30/2026/150

Project Manager - Project Infrastructure Design and Development Section

MVR 23,585/monthPosted 6 hours ago

Indexed from Government Gazette6 Oct 2026

Full-TimeSeniorNationals only
The application happens on the Government Gazette (gazette.gov.mv), not on CareersMV.
Job type
Full-Time
Closes
13 Oct
Source
Gazette
Location
MaléMalé City
Salary
MVR 23,585/monthAdvertised
Employment type
Full-TimeManagement · Senior
Deadline
Closes 13 Oct 20267 days left

From the notice

Copied text
މަޤާމް

ޕްރޮޖެކްޓް މެނޭޖަރ

މަޤާމުގެ ނަންބަރު

J-464917

ބޭނުންވާ ޢަދަދު

1

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކު

ޕަބްލިކް ސަރވިސް ރޭންކް 9 – ސްޓެޕް 1

ޖޮބް ފެމެލީ/ޖޮބް މެޓްރިކްސް

ޕްރޮޖެކްޓް އެންޑް ޕްރޮގްރާމް މެނޭޖްމަންޓް މެނޭޖަރުން/ ޕްރޮޖެކްޓް އެންޑް ޕްރޮގްރާމް މެނޭޖަރސް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރި އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް / ޕްރޮޖެކްޓް އިންފްރާންސްޓްރަކްޗަރ ޑިޒައިން އެންޑް ޑިވެލޮޕްމެންޓް ސެކްޝަން، މާލެ

މުސާރަ

-/16080 ރުފިޔާ

މަގާމުގެ އެލަވަންސް

-/7505 ރުފިޔާ

ހާޒިރީ ޢިނާޔަތް

-/205 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި، ޕޯލްޓްރީއާއި، އެނިމަލް ހަސްބެންޑްރީއާއި، ފޮރެސްޓްރީގެ ސިނާއަތްތުގެ މަޝްރޫޢުތައް ދެނެގަނެ، އެކަންކަން އިސްތިރާތީޖީ ގޮތެއްގައި ފަރުމާކޮށް، އިންވެސްޓްމަންޓް ޕްރޮގްރާމްތައް އެކުލަވައިލުމާއި، އަދި ބޭނުންވާ ވަސީލަތްތައް ހޯދުން.
  • ދައުލަތުގެ އިސްކަންދޭ ސިޔާސަތުތަކާއި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ރިޢާޔަތްކޮށް، ކާނާގެ ރައްކާތެރިކަމާއި ނޫ އިޤްތިޞާދު ކުރިއެރުވުމަށް ބޭނުންވާ، ނަތީޖާ ނެރެވޭނެފަދަ އިންވެސްޓްމަންޓް މަޝްރޫޢުތައް ފަރުމާކޮށް އެކުލަވައިލުން.
  • ދާއިރާގެ އިންފްރާސްޓްރަކްޗަރތައް ޕްލޭންކުރުމާއި، ބޭނުންތައް ދެނެގަތުމަށްޓަކައި އެސެސްމަންޓްތައް ހަދައި، އިންވެސްޓްމަންޓް ފުރުޞަތުތައް ފަހިކުރުން.
  • އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކޮށް، ތަރައްޤީގެ ބައިވެރިންނާ ގުޅިގެން މަސައްކަތްތައް ވިލަރެސްކުރުން. އަދި ވަކި ޚާއްޞަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓެއް (PMU) ނެތް މަޝްރޫޢުތަކުގެ އެންމެހައި ކަންކަން ބަލަހައްޓައި ވިލަރެސްކުރުން.
  • އަހަރީ، މެދު ރާސްތާ އަދި ދިގު ރާސްތާގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓް ޕްލޭންތަކުގެ އިތުރުން، ފަންޑިންގ ޕްރޮޕޯސަލްތަކާއި އިންވެސްޓްމަންޓް ޕެކޭޖްތައް ތައްޔާރުކުރުން.
  • މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތަށް ބޭނުންވާ އިންވެސްޓްމަންޓް ފުރުޞަތުތައް ހޯދައި، އިންވެސްޓްމަންޓް ފޯރަމްތަކާއި މަޝްވަރާ ބައްދަލުވުންތައް އިންތިޒާމުކޮށް ހިންގުން.
  • ދާއިރާއަށް އަލަށް ތަޢާރަފުވާ ޓެކްނޮލޮޖީތައް ދެނެގަނެ، "ސްމާޓް ފިޝަރީޒް" އަދި "ސްމާޓް އެގްރިކަލްޗަރ" ފަދަ އައު އީޖާދުތަކަށް ބިނާކޮށް ހިންގާ ޕައިލެޓް މަޝްރޫޢުތައް ރާވައި ހިންގުން.
  • އިސްތިރާތީޖީ މަޝްރޫޢުތަކުގެ އެހީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (MSME) ކުރިއެރުން ހޯދައިދިނުމާއި، ޕީ.ޕީ.ޕީ (PPP) އަދި ޕީ.އެސް.އައި.ޕީ (PSIP) އުޞޫލުން ހިންގޭނެ މަޝްރޫޢުތަކުގެ ކޮންސެޕްޓްތައް އެކުލަވައިލުން.

މަޤާމުގެ ޝަރުޠު

1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، އަދި މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ

2- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. މި މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ

3- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެމުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖްރިބާ ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ޕްރޮޖެކްޓްތައް މެނޭޖްކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މެނޭޖީރިއަލް ފެންވަރު މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.
  • ޕްރޮޖެކްޓް ނިސްބަތްވާ ސިނާޢަތުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މެނޭޖިރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ތަޢުލީމީ ރޮނގުތައް

  • އެކައުންޓިންގ، ބިލްޑިންގ ކޮންސްޓްރަކްޝަން، ބިލްޑިންގ ސައިންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް ޕްރޮޖެކްޓް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގ، ކޮންސްޓްރަކްޝަން ،ކޮންސްޓްރަކްޝަން މެނޭޖްމަންޓް، ކޮންސްޓްރަކްޝަން ޕްރޮޖެކްޓް މެނޭޖްމަންޓް، ކޮންސްޓްރަކްޝަން ސައިންސް، ޑޭޓާ އެނަލިޓިކްސް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް، ޑިވެލޮޕްމަންޓް އިކޮނޮމިކްސް، ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، އެނަރޖީ ޕްރޮޖެކްޓް މެނޭޖްމަންޓް، އެންވަޔަރަންމަންޓަލް މެނޭޖްމަންޓް، އެންވަޔަރަންމަންޓަލް ސައިންސް ،ފައިނޭންސް، އިނޮވޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، އިންޓަރނޭޝަނަލް ޕްރޮޖެކްޓް މެނޭޖްމަންޓް، އައި.ޓީ ޕްރޮޖެކްޓް މެނޭޖްމަންޓް، ލޮޖިސްޓިކްސް މެނޭޖްމަންޓް، މެނޭޖްމަންޓް، މެރީން ކޮންޒަރވޭޝަން، މެރީން ރިސޯސް މެނޭޖްމަންޓް، މެޝަރމަންޓް އެންޑް އިވެލުއޭޝަން، އޮޕަރޭޝަންސް މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސަރޗް، ޕްރޮކިއުމަންޓް މެނޭޖްމަންޓް، ޕްރޮޖެކްޓް އެންޑް އޮޕަރޭޝަންސް މެނޭޖްމަންޓް، ޕްރޮޖެކްޓް ޑިވެލޮޕްމަންޓް، ޕްރޮޖެކްޓް އިންޖިނިއަރިންގ، ޕޮރޮޖެކްޓް އިވެލުއޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ރިނިއުބަލް ޕްރޮޖެކްޓް މެނޭޖްމަންޓް، ސްޓްރަކްޗަރަލް އިންޖިނިއަރިންގ

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://fisheries.gov.mv/images/ApplicationForm-1757483427047.docx

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ

  • އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

*ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 14 އޮކްޓޫބަރު 2026 އާއި 02 ނޮވެންބަރު 2026 އާ ދެމެދު، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3339244 ނުވަތަ 3339284 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

Indexed from the Government Gazette on 6 Oct 2026. The original notice is the official version; if anything differs, it wins.

At a glance

Source
Gazette, notice (IUL)30-HR/30/2026/150
Openings
1 person

Requirements

  • Doctoral Degree (Level 10 MNQF) with at least 2 years related work experience, or
  • Master's Degree (Level 9 MNQF) in a related field with at least 4 years work experience and 2 years management experience, or
  • Bachelor's Honours Degree (Level 7 or 8 MNQF) in a related field with at least 8 years work experience and 2 years management experience

Responsibilities

  1. 01Formulate strategic approaches to fisheries, mariculture, aquaculture, poultry and forestry sector projects, combining investment programmes and sourcing…
  2. 02Formulate and combine investment projects for conservation and blue economy development, respecting state development policies and international standards
  3. 03Plan departmental infrastructure, conduct needs assessments and identify investment opportunities
  4. 04Increase private sector participation and liaise with development partners; oversee all matters of projects without a dedicated Project Management Unit
  5. 05Prepare projects and investment plans for annual, medium-term and long-term periods, and prepare funding proposals and investment packages
  6. 06Identify investment opportunities for fisheries and aquaculture sectors, and organise investment forums and consultations
  7. 07Introduce new technologies to the department and operate pilot projects based on innovations
  8. 08Assist in strategic project implementation to support small and medium-sized enterprises growth, and formulate concepts for PPP and PSIP projects

Salary & benefits

Advertised payMVR 23,585/month

Benefits

Pension contribution under the Maldives Pension Law and additional funds as per the Government's pay framework for employees.

How to apply

Submit documents before 13:30 on Monday, 13 October 2026 to the Ministry of Fisheries, Agriculture and Ocean Resources, or by email to [email protected]. Documents required: application form (available from https://fisheries.gov.mv/images/ApplicationForm-1757483427047.docx), applicant's details, copy of citizenship card or alternative ID, letter of no objection (if applicable), educational certificates and transcripts, and work experience letters. All documents must be in PDF format and attached together.
Apply at original source (opens in a new tab)

Location

Place
Malé
Atoll
Malé City
Address
Ministry of Fisheries, Agriculture and Ocean Resources, Project Infrastructure Design and Development Section, Malé

How long from your home?

Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.

Sign in

About the employer

Ministry of Fisheries, Agriculture and Ocean Resources

Marine & fisheries · K. Maniyafushi

CareersMV made this page from the vacancies it indexes for Ministry of Fisheries, Agriculture and Ocean Resources.

Open role
1
Followers
0

Departments hiring

Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.

Claim for free

Indexed from the Government Gazette 6 Oct 2026Report this listing