Skip to content
Back
Via GazetteNotice (IUL)30-HR/30/2026/155

Accounts Officer

MVR 12,345/monthPosted 2 hours ago

Indexed from Government Gazette13 Oct 2026

Full-TimeFinanceNationals only
The application happens on the Government Gazette (gazette.gov.mv), not on CareersMV.
Job type
Full-Time
Closes
20 Oct
Source
Gazette
Employer
Ministry of Fisheries, Agriculture and Ocean ResourcesGovernment & public sector
Location
MaléMalé City
Salary
MVR 12,345/monthAdvertised
Employment type
Full-TimeFinance · Mid level
Deadline
Closes 20 Oct 20267 days left

From the notice

Copied text
މަޤާމް

އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަންބަރު

J-452265

ބޭނުންވާ ޢަދަދު

1

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކު

ޕަބްލިކް ސަރވިސް ރޭންކް 5 – ސްޓެޕް 1

ޖޮބް ފެމެލީ/ޖޮބް މެޓްރިކްސް

ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސަރވިސް/ ފައިނޭންސް އޮފިސަރުން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރި އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް / ފައިނޭންސް ސެކްޝަން، މާލެ

މުސާރަ

-/9495 ރުފިޔާ

މަގާމުގެ އެލަވަންސް

-/2850 ރުފިޔާ

ހާޒިރީ ޢިނާޔަތް

-/75 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • މިނިސްޓްރީއަށް ލިބޭ ފައިސާ ބަލައިގަތުމާއި، ބެލެހެއްޓުމާއި ބޭންކަށް ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމުގެ މަސައްކަތް ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތަށް ކުރުން.
  • ބަޖެޓް ސެކްޝަނުން ތައްޔާރުކުރާ ވައުޗަރތައް ސްކޭން ކުރުން.
  • މިނިސްޓްރީގެ ފައިސާއާއިބެހޭ ލިޔެކިޔުންތައް ފައިލްކޮށް، ފައިލިންގ ނިޒާމް ބެލެހެއްޓުން.
  • މިނިސްޓްރީގެ އާމްދަނީ ފައިސާގެ މަސްދުވަހުގެ ރިޕޯރޓް، ޤާނޫނާއި ގަވާޢިދުން ބާރުލިބިފައިވާ މުޢައްސަސާތަކުން އެދިލައްވާ މުއްދަތުތަކަށް އެމުއައްސަސާއަކަށް ފޮނުވުން.
  • މިނިސްޓްރީގެ ބަޖެޓް އެކައުންޓުންކުރާ ޚަރުދުތަކުގެ ވައުޗަރ، ދައުލަތުގެ މާލިއްޔަތުގެ ގަވާޢިދުގައި ބަޔާންކުރާ މުއްދަތަށް ނުވަތަ ފައިސާ ލިބިގަތުމަށް އެދޭފަރާތާއިއެކު އެއްބަސްވެފައިވާ މުއްދަތަށް ފައިސާދޫކުރެވޭނޭ ގޮތަށް ތައްޔާރުކުރުމުގައި އެހީތެރިވުން.
  • ފައިސާ ޚަރަދުކުރާ ވޯޗަރ ތައްޔާރުކުރުމަށް ހުށަހަޅާ ލިޔެކިޔުންތައް ޗެކްކޮށް ވޯޗަރ ހެދުމަށް ހުށަހަޅާ ލިޔެކިޔުންތަކަކީ، އެޚަރަދެއް ކުރުމަށް އެކަށީގެންވާ ހެކިހުރި ލިޔެކިޔުންތޯ ޗެކްކުރުން.
  • ސެކްޝަންގެ އެހެން މުވައްޒަފެއްގެ މަސައްކަތް ވަގުތަށް ނުނިންމާ ޙާލަތްތަޖުގައު ނުވަތަ އެހެން މުވައްޒަފަކަށް ޙާޞިރުނުވެވޭ ޙާލަތްތަކުގައި އެމުވައްޒަފެއް ވަޒީފާ ބަޔާނުގައި ހިމެނޭ މަސައްކަތްތަކުން ސެކްޝަން ވެރިޔަކު ވަގުތީ ގޮތުން ޙަވާލުކުރާ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠު

1- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ ހާސިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ޕަރފޯމަންސް އޮޑިޓިންގ ގެ މަސައްކަތްތައް
  • ބޭންކިންގ ގެ މަސައްކަތްތައް
  • އިންޝުއަރަންސްގެ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
  • އޮޑިޓިންގ ގެ މަސައްކަތްތައް
  • އިންޓަރނަލް އޮޑިޓިންގ ގެ މަސައްކަތްތައް
  • އެޝުއަރަންސް ސަރވިސަސްގެ މަސައްކަތްތައް
  • އެކައުންޓިންގ ގެ މަސައްކަތްތައް
  • ފައިނޭންސްގެ މަސައްކަތްތައް

ތަޢުލީމީ ރޮނގުތައް

  • އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް ،އޮޑިޓިންގ އޮޑިޓިންގ އެންޑް ފްރޯޑް އިންވެސްޓިގޭޝަން، ބޭންކިންގ، ބިޒްނަސް، ކޭޝިއަރިންގ، ކޮމާރސް، ކޯޕަރޭޓް ފައިނޭންސް، ފައިނޭންސް، ފައިނޭންޝަލް އިކޮނޮމިކްސް، ފައިނޭންޝަލް އިންޖިނިއަރިންގ، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް މާކެޓްސް، ފައިނޭންޝަލް ޕްލޭނިންގ، ފޮރެންސިކް އެކައުންޓިންގ، އިންޓަރނަލް އޮޑިޓިންގ، އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް، އިސްލާމިކް ފައިނޭންސް، ޕަބްލިކް ފައިނޭންސް

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://fisheries.gov.mv/images/ApplicationForm-1757483427047.docx

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ

  • އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

*ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 21 އޮކްޓޫބަރު 2026 އާއި 12 ނޮވެންބަރު 2026 އާ ދެމެދު، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3339244 ނުވަތަ 3339211 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

Indexed from the Government Gazette on 13 Oct 2026. The original notice is the official version; if anything differs, it wins.

At a glance

Source
Gazette, notice (IUL)30-HR/30/2026/155
Openings
1 person

Requirements

  • Level 5 Diploma or Level 6 Advanced Diploma / Associate Degree on the Maldives National Qualifications Framework in a field related to the duties of the post.

Responsibilities

  1. 01Receiving and safeguarding the Ministry's money, and depositing money to be paid into the bank, in accordance with government financial regulations.
  2. 02Scanning vouchers prepared by the Budget Section.
  3. 03Filing documents relating to the Ministry's finances and maintaining the filing system.
  4. 04Sending the monthly report of the Ministry's revenue to the institutions authorised by law and regulations, within the periods they request.
  5. 05Helping to prepare vouchers for the Ministry's budget-accounted expenditure so that payments can be released within the required period.
  6. 06Checking documents submitted for payment vouchers to confirm they are appropriate supporting documents for the expenditure.
  7. 07Temporarily carrying out duties assigned by the section head when another employee's work is not yet settled or that employee is unavailable.

Salary & benefits

Advertised payMVR 12,345/month

Benefits

Pension contribution under the Pension Law of the Maldives and additional funds under the Government's pay framework for employees.

Accountant salary in the Maldives

How to apply

Submit documents before 13:30 on Tuesday, 20 October 2026 to the Ministry of Fisheries, Agriculture and Ocean Resources, or email them to [email protected]. Documents include the Civil Service application form (available at https://fisheries.gov.mv/images/ApplicationForm-1757483427047.docx), applicant details, a copy of both sides of the Maldivian citizenship card, educational certificates and transcripts, and work experience letters. For clarification call 3339244 or 3339211.
Apply at original source (opens in a new tab)

Location

Place
Malé
Atoll
Malé City

How long from your home?

Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.

Sign in

About the employer

Ministry of Fisheries, Agriculture and Ocean Resources

Government & public sector · K. Maniyafushi

Maldivian government ministry tasked with improving the productivity and sustainability of fisheries and ocean resources through regulation. Its headquarters are in Malé. Its work includes agriculture, marine research and biosecurity.

Open roles
4
Followers
0
Loading departments…

Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.

Claim for free
Loading similar jobs…
Loading related opportunities…

Indexed from the Government Gazette 13 Oct 2026Report this listing