Assistant Court Administration Officer
Indexed from Government Gazette6 Oct 2026
- Job type
- Full-Time
- Closes
- 18 Oct
- Source
- Gazette
- Employer
- Gaafu Dhaalu Atoll Fiyoaree Magistrate CourtGovernment & public sector
- Location
- FiyoareeGaafu Dhaalu Atoll
- Salary
- MVR 13,415/monthAdvertised
- Employment type
- Full-TimeAdministration · Entry level
- Deadline
- Closes 18 Oct 202611 days left
From the notice
Copied textއިޢުލާން
- މަޤާމު
އެސިސްޓެންޓް ކޯޓް އެޑްމިނިސްޓްރޭޝަން އޮފިސަރ
- ބޭނުންވާ އަދަދު
1
- މަޤާމުގެ ގިންތި
ދާއިމީ
- މަޤާމުގެ ރޭންކު
ޕަބްލިކް ސަރވިސް ރޭންކު 4
- މަޤާމުގެ ކްލެސިފިކޭޝަން
ކޯޓް އެޑްމިނިސްޓްރޭޝަން ޕްރޮފެޝެނަލްސް
- ޖޮބް ފެމިލީ
ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސަރވިސް
- މިސްކޯ ކޯޑު
3343
- ވަޒީފާ އަދާކުރަން ޖެހޭ ތަން
ގދ.ފިޔޯރީ މެޖިސްޓްރޭޓް ކޯޓް
- ސެކްޝަން
ޝަރުޢީ
- މުސާރަ
10,080/- ރުފިޔާ
އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް
- މަގާމުގެ އެލަވަންސް: -/3205 ރުފިޔާ
- ހާޞިރީ އިނާޔާތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/110 ރުފިޔާ
- ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: -/130 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ހަމަޖެހިފައިވާ ޢުޞޫލުން ކޯޓު ހުޅުވައި ލެއްޕުން.
- ހޯދިފައިވާ ޚިދުމަތްތަކާއި ގަނެފައިވާ ތަކެތީގެ ބިލް ތަކަށް ފައިސާ ދެއްކުމަށް ކުރަންޖެހޭ މަސައްކަތްތައް ޤަވާއިދާ އެއްގޮތަށް ކުރުން.
- ތިޖޫރިއަށް ލާ ފައިސާ ބެލެހެއްޓުމާއި، ތިޖޫރިއާ ގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.
- ފައިސާ އާއި ބެހޭ ރިޕޯރޓްތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ހަރުމުދަލުގެ ރަޖިސްޓްރީ އަދާހަމަކޮށް ބެލެހެއްޓުން
- ކޯޓުގެ އިންވެންޓްރީ އާއި ސްޓޮކް ރެކޯޑް ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން
- ކޯޓަށް ހޯދަންޖެހޭ ތަކެތި ދަޢުލަތުގެ މާލިއްޔަތާ ބެހޭ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން ހޯދުން.
- ކޮންމެ މީލާދީ މަހެއްގެ 17 ވަނަ ދުވަހުގެ ކުރިން މުސާރަ ޝީޓު ތައްޔާރުކޮށް ފޮނުވައި މުސާރަ އާ ގުޅޭ އެންމެހައި ލިޔުންތައް ފައިލްކުރުން
- ހަމަޖެހިފައިވާ އުސޫލުން އެކިއެކި ފަރާތްތަކުން ކޯޓަށް ހަވާލުކުރާ ފައިސާ އާއި ހަވާލުވެ ބެލެހެއްޓުމާއި ޙަވާލުވި ދުވަހުގައި ފައިސާގެ ރަޝީދު ހެދުން އަދި ބަނޑޭރި ޕޭ އިން ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުމާއި ފައިސާ ދެއްކުމުން ފައިސާގެ ރަޝީދު ތައްޔާރުކުރުން. އެހެން ސެކްޝަނާ ގުޅޭ ލިޔުމަކަށް ފައިސާ ދައްކާނަމަ ފައިސާ އާ ގުޅޭ އެންމެހައި މަސައްކަތް ނިންމާ 2 ދުވަސް ތެރޭ ކަމާ ގުޅޭ ސެކްޝަންތަކަށް ހަވާލުކުރުން.
- ފިޑިޔުސަރީ ޕޭމަންޓް ވައުޗަރތައް ކޮންމެ ހަފްތާއަކު އާދީއްތަ އަދި އަންގާރަ ދުވަހުގައި ތައްޔާރުކޮށް ވެރިޔާ އެޕްރޫވްކުރުމުން ފައިލްކުރުން އަދި މައްސަލަ އާ ގުޅިގެން ޖަމާކުރަންޖެހޭ ފައިސާއެއްނަމަ ވީހާވެސް އަވަހަށް ޖަމާކުރަން ފޮނުވުން.
- ކޯޓަށް ހުށަހެޅޭ ކާވެންޏާ ގުޅޭ އެންމެހައި އިދާރީ މަސައްކަތްކުރުމާއި ކާވެނި މަޖިލީހުގައި ކުރަންޖެހޭ މަސައްކަތްކުރުން.
- ވެރިންގެ ދަތުރުތަކުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
- ޚަރަދު ރެކޯޑްތައް ބެލެހެއްޓުން އަދި ސާބިތު ޚަރަދާ ގުޅޭ އެންމެހައި ރެކޯޑްތައް ބެލެހެއްޓުން. ފައިސާއާއި ގުޅޭ ޑޮކިއުމަންޓްތައް ސްކޭންކޮށް ފައިލްކޮށް ބެލެހެއްޓުން.
- ކޯޓުގައި ކުރަންހުރި މަރާމާތުތައް ދެނެގަނެ ހަމަޖެހިފައިވާ އުސޫލުން ލިޔުންތައް ތައްޔާރުކޮށް މަސައްކަތް ސުޕަވައިޒްކުރުން. އަދި މަރާމާތާ ގުޅޭ އެސްމިޓޭޓް ބަޖެޓް ތައްޔާރުކުރުން
- ޝަރީޢަތުގެ މަޖިލިސް ތައްޔާރުކޮށް ބެލެހެއްޓުން.
- ޝަރީޢަތާއިގުޅޭ ކަންކަމުގައި ޙާޟިރުކުރެވޭ ފަރާތްތަކާއި ޝަރީޢަތާއި ގުޅުންހުރި މުއާމަލާތްތައް ހިންގުން.
- ކޭސްމެނޭޖްމަންޓް ބޭނުންކޮށްގެން މައްސަލަތަކުގެ ތާވަލު ތައްޔާރުކުރުން.
- ރެކޯޑިންގ ބަޔާންލިޔުން.
- މައްސަލަތަކާއި ގުޅޭ އިދާރީ ލިޔެކިޔުންތައް ސްކޭންކޮށް ފައިލްކުރުން.
- ޝަރީޢަތާއިގުޅޭ އިދާރީ އެންމެހައި މަސައްކަތްތައްކުރުން.
- މުވައްޒަފަކު ޗުއްޓީގައި ހުރުމުގެ ސަބަބުން އެ މުވައްޒަފެއްގެ މަސައްކަތް ޙަވާލުކޮށްފިނަމަ އެ މަސައްކަތެއް ކުރުން
- އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ އެންމެހާ މަސައްކަތައް ޤަވާއިދުން ކުރުން.
މީގެ އިތުރުންވެސް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ޙަވާލު ކުރައްވާ ރަސްމީ މަސައްކަތްތައް ކުރުމާއި ކޯޓުން ޒިންމާ ކުރެވޭ މަސައްކަތްތަކާއިގުޅޭ އެންމެހައި ލިޔެކިޔުންތައް ކަނޑައެޅިފައިވާ އުޞޫލުން ފުރިހަމަކޮށް ބެލެހެއްޓުން.
- މަޤާމުގެ ޝަރުޠުތައް
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ތަޢުލީމީ ރޮނގު
އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ ޕަބްލިކް މެނޭޖްމަންޓް / މެނޭޖްމަންޓް / ބިޒްނަސް/ ބިޒްނަސް އެޑްމނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ފައިނޭންސް / ޕަބްލިކް ފައިނޭންސް/ ފައިނޭންޝަލް މެނޭޖްމަންޓް / ފައިނޭންޝަލް ޕްލޭނިންގ / އިސްލާމިކް ފައިނޭންސް / އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް/ އެކައުންޓިންގ އެންޑް ފައިނޭންސް/ އެކައުންޓިންގ
ގުޅޭ ވަޒީފާގެ ދާއިރާތައް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- އެޑްމިނިސްޓްރޭޝަން
- ފައިނޭންސް
އެހެނިހެން ޝަރުޠު
- ވަޒީފާއަށް އެދި ހުށަހަޅާއިރު: މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ ނުވަތަ (ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން. ގާތްތިމާގެ މީހުން ކަމުގައި ބަލާނީ އަންނަނިވި ފަރާތްތަކެވެ.
2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ
2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ
2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ
2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ
2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މިފޯމު ގދ.ފިޔޯރީ މެޖިސްޓްރޭޓް ކޯޓުން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާއެކު ގެޒެޓުކުރެވިފައިވާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ރ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
| މާރކްސް | |
|---|---|
އަސާސީ ޝަރުޠު ހަމަވުން | 30 |
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު | 5 |
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ | 5 |
އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް | 25 |
އިންޓަރވިއު | 35 |
ޖުމްލަ | 100 |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ގދ.ފިޔޯރީ މެގިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
- އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 21 އޮކްޓޫބަރު 2026 ން 26 އޮކްޓޫބަރު 2026 އާ ދެމެދު، ގދ.ފިޔޯރީ މެޖިސްޓްރޭޓް ކޯޓު ގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓުގައި ޝާއިޢުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ.
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840146 ،6840147 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
- މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.
Indexed from the Government Gazette on 6 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice 681-A/2026/15
- Openings
- 1 person
Requirements
- Hold a Level 4 qualification in relevant fields from the Maldives National Qualifications Framework.
- Must be at least 18 years of age.
- Must not be a spouse or relative of a court employee or shareholder.
- Educational background in Administration, Public Administration, Public Management, Business, Finance, Accounting or Islamic Finance.
Responsibilities
- 01Maintain court operations according to established procedures.
- 02Perform necessary duties for payment of bills for services received and goods purchased according to regulations.
- 03Maintain court cash and related documents.
- 04Prepare financial reports and submit to designated parties within specified timeframes.
- 05Maintain and update asset register.
- 06Update court inventory and stock records daily.
- 07Procure items required by the court according to government financial regulations.
- 08Prepare payroll sheets before the 17th of each month and file all salary-related documents.
- 09Receive funds from various parties according to established procedures, maintain received funds, issue receipts on the day of receipt, arrange payment through…
- 10Prepare Fidelity Payment Vouchers every week on regular weekdays and Mondays, filed after verification by the officer.
Salary & benefits
Benefits
Post allowance of MVR 3,205 per month, judicial continuity allowance of MVR 130 per month, attendance allowance of MVR 110 per day present, additional funds and pension as per the Pension Law of the Maldives.
How to apply
Attachments from Gaafu Dhaalu Atoll Fiyoaree Magistrate Court
Location
- Place
- Fiyoaree
- Atoll
- Gaafu Dhaalu Atoll
- Address
- GDh. Fiyoaree Magistrate Court
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Gaafu Dhaalu Atoll Fiyoaree Magistrate Court
Government & public sector
CareersMV made this page from the vacancies it indexes for Gaafu Dhaalu Atoll Fiyoaree Magistrate Court.
- Open role
- 1
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 6 Oct 2026Report this listing