Skip to content
Back
Via GazetteNotice 137-HR/IU/2026/ 276

Social Worker

MVR 18,804/monthPosted 2 hours ago

Indexed from Government Gazette6 Oct 2026

Full-TimeHealthNationals only
The application happens on the Government Gazette (gazette.gov.mv), not on CareersMV.
Job type
Full-Time
Closes
13 Oct
Source
Gazette
Location
MaléMalé City
Salary
MVR 18,804/monthAdvertised
Employment type
Full-Time
Deadline
Closes 13 Oct 20267 days left

From the notice

Copied text

Position

  • ސޯޝަލް ވަރކަރ: 2 openings

އިއުލާން

މަޤާމު

ސޯޝަލް ވަރކަރ

ބޭނުންވާ އަދަދު

 02 (ދޭއް)

މަޤާމުގެ ގިންތި

ދާއިމީ

މަގާމްގެ ނަންބަރު

400143ޖޭ، 400142ޖޭ

ވަޒީފާއަދާ ކުރަންޖެހޭ ތަން

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް /ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތް ޑިވިޜަން، އެލައިޑް ހެލްތް ސެކްޝަން، މާލެ

މަގާމުޕަބްލިކް ސަރވިސް ރޭންކްތައުލީމީ ފެންވަރު

ސޯޝަލް ވަރކަރ

ޕަބްލިކް ސަރވިސް ރޭންކް 7-ސްޓެޕް1

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލްކުރާ، މަގާމުގެ މަަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.

މަގާމަށް އައްޔަށްންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް

 މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކޮށް ލައިސަންސް ލިބިފައިވުން

މަގާމުގެ އަސާސީ މުސާރަ

-/12821 ރުފިޔާ (މަހަކު)

މަގާމުގެ އެލަވަންސް

 -/5983 ރުފިޔާ (މަހަކު)

ޙާޟިރީ އިނާޔަތް

 -/162 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 މޭ 2023 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ބަލިމީހުންގެ ޞިއްޙީ ނުވަތަ ޖިސްމާނީ ހާލަތު ވަޒަންކުރުމާއި، ކްލައިންޓުންގެ ބޭނުންތައް ވަޒަންކުރުމަށް އެހެން ޕްރޮފެޝަނަލުންނާ ގުޅިގެން މަސައްކަތް ކުރުން.
  2. ކުޑަކުދިންނަށް ކުރާ އަނިޔާ ނުވަތަ އިހުމާލުވުމުގެ މައްސަލަތައް ތަހުޤީޤުކޮށް، އެކަމާގުޅިގެން ހުއްދަ ދީފައިވާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.
  3. ނަފްސާނީ ނުވަތަ ޖިސްމާނީ ބަލިތަކުން ރަނގަޅުވުމަށް އެހީތެރިވުމާއި، މާލީ އެހީތެރިކަމާއި، ޤާނޫނީ އެހީތެރިކަމާއި، ބޯހިޔާވަހިކަމާއި، ވަޒީފާ އާއި ތަޢުލީމު ފަދަ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖެއްސުމަށް ކްލައިންޓް ނުވަތަ ޢާއިލާއަށް މުޖުތަމަޢުގެ ވަސީލަތްތަކަށް މަގުދައްކައި ދިނުން.
  4. ޑިޕެންޑެންސީތަކުން އަރައިގަނެ، ބަލިން ރަނގަޅުވެ، ދިރިއުޅުމަށް ހޭނުމަށްޓަކައި އެހީތެރިވުމަށްޓަކައި އިންޑިވިޖުއަލް އަދި ގްރޫޕް ސެޝަންތަކުގައި ކްލައިންޓުންނާއި ބަލިމީހުންނަށް އެހީތެރިވުން.
  5. ކްލައިންޓް ނުވަތަ ބަލިމީހާއަށް ވިސްނައިދިނުމާއި، މުޢާމަލާތްކުރުމާއި، ސަޕޯޓް ދިނުމުގައި އެހީތެރިވުމަށް ސަޕޯޓް ގްރޫޕްތައް އިންތިޒާމުކުރުމަށް އެހީތެރިވުން.
  6. ކްލައިންޓުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ކްލައިންޓުގެ ފަރާތުން ވަކާލާތު ކުރުން.
  7. އިންޓަވިއުތަކާއި ބަލިމީހާގެ ރެކޯޑްތައް މުރާޖަޢާކުރުމުގެ ތެރެއިން ކްލައިންޓް ނުވަތަ ބަލިމީހާގެ ކުރިއެރުމަށް މުޖުތަމަޢުގެ ސަބަބުން ކުރިމަތިވެދާނެ ހުރަސްތައް ދެނެގަތުން.
  8. ކްލައިންޓް ނުވަތަ ޕޭޝަންޓް ކެއަރ އެންޑް ރިހެބިލިޓޭޝަން ޕްލޭންކޮށް ކޯޑިނޭޓްކުރުމަށް ކޮންސަލްޓޭޝަން ޑޭޓާއާއި ސޯޝަލް ވަރކް ތަޖުރިބާ ބޭނުންކުރުމާއި، ޚިދުމަތުގެ ފައިދާ ކަށަވަރުކުރުމަށްޓަކައި ފޮލޯއަޕް ހެދުން.
  9. ކްލައިންޓުންގެ ޙާލަތަށް އަންނަ ބަދަލުތަކާ އެއްގޮތަށް ފަރުވާގެ ޕްލޭންތައް ބަދަލު ކުރުން.
  10. ފަރުވާއާއި ފަރުވާގެ ޕްލޭންގައި ބަޔާންކޮށްފައިވާ މިންކުރެވޭ ލަނޑުދަނޑިތަކާ އެއްގޮތަށް ކްލައިންޓްގެ ކުރިއެރުން މޮނިޓަރކޮށް، އިވެލުއޭޓްކޮށް، ރެކޯޑް ކުރުން.

ތައުލީމީ ރޮނގުތައް

ސޯޝަލް ވޯރކް

މަގާމުގެ ޕްރިފަރޑް ޑިސިޕްލިން:

-

މަގާމުގެ ކޯ ޑިސިޕްލިން:

-

ގުޅޭ ވަޒީފާގެ ދާއިރާ

ސޯޝަލް ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/511 އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ http://igmh.gov.mv ވެބްސައިޓުންނާއި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަންގެ ކޮޕީ
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

އެމް.އެސް.1 އަދި އެމް.އެސް.2 ގެ ކްރައިޓީރިއާ

އަސާސީ ޝަރުތު ހަމަވުމުން30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އީ-މެއިލް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިހޮސްޕިޓަލަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މިހޮސްޕިޓަލަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)

ޝޯޓްލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއުއާއި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އޮންނާނީ،  14 އޮކްޓޯބަރ 2026 ން 12 ނޮވެމްބަރ 2026 އާ ދެމެދު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިވިޜަންގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

25 ރަބީއުލްއާޚިރު 1448

06 އޮކްޓޯބަރ 2026

Indexed from the Government Gazette on 6 Oct 2026. The original notice is the official version; if anything differs, it wins.

At a glance

Source
Gazette, notice 137-HR/IU/2026/ 276
Openings
2 people

Requirements

  • A National Diploma level 7 or 8 or a Bachelor's Honours degree in a field related to the work of the post, recognised by the Maldives Allied Health Council.
  • Possession of a licence registered with the Maldives Allied Health Council.
  • Obtain required licences and complete training for the position.

Skills

  • Social Work

Responsibilities

  1. 01Assessing the health or physical condition of service users and identifying their needs, and working in collaboration with other professionals.
  2. 02Investigating issues of child abuse or neglect, and taking protective measures in relation to these matters as authorised.
  3. 03Assisting service users in vulnerable situations to recover from physical or psychological difficulties, providing financial assistance, legal assistance,…
  4. 04Supporting service users and families affected by dependencies, vulnerable, and in need of assistance to live independently through individual and group…
  5. 05Assisting in recognising and supporting the service user or family member, and helping to organise support groups to help with supporting and treating the…
  6. 06Advocating on behalf of the service user to resolve problems that have developed for the service user.
  7. 07Identifying risks that may develop for the service user or family member as a result of society through reviewing interviews and family member records.
  8. 08Follow up by planning client or patient care and rehabilitation, co-ordinating consultation dates and using social work experience, and arranging follow-ups to…
  9. 09Modifying care plans according to changes in the client's condition.
  10. 10Monitoring, evaluating and recording the client's progress according to the minimum standards and principles outlined in care and care plans.

Salary & benefits

Advertised payMVR 18,804/month

Benefits

Allowances as per the State Pay Framework scales (as amended on 01 May 2023) and other benefits.

How to apply

Submit all documents by 13:00 on Monday 13 October 2026 to [email protected]. Convert all documents along with the application form to a single PDF file, including the name of the submitting party, post name and ID card number in the file. Submit: Completed Civil Service Vacancy Application Form (available from https://www.csc.gov.mv/Policy/Index/511, http://igmh.gov.mv or the 11th floor counter); applicant details including phone and email; readable copy of both sides of Maldivian ID card or birth certificate, passport or driving licence; if transferring from civil service, a letter of no objection; current registration certificate; copies of educational certificates and transcripts; copies…
Apply at original source (opens in a new tab)

Location

Place
Malé
Atoll
Malé City
Address
Indira Gandhi Memorial Hospital, National Centre for Mental Health Division, Allied Health Section, Malé

How long from your home?

Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.

Sign in

About the employer

Indira Gandhi Memorial Hospital is the largest government hospital in the Maldives, providing tertiary care from Malé. It has about 300 beds and serves roughly 150,000 people in the city, as well as taking specialist referrals from across the country and abroad. The current hospital opened on 15 April 1995 with Indian government help. Its earliest modern health facility dates to 1948.

Open roles
9
Followers
0

Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.

Claim for free
  • Procurement Officer

    National Social Protection Agency · 23h ago
    Full-TimeCloses in 6 daysPay not listed
  • Legal Officer

    National Social Protection Agency · 22h ago
    Full-TimeCloses in 6 daysPay not listed

Indexed from the Government Gazette 6 Oct 2026Report this listing