Medicine Regulatory Officer
Indexed from Government Gazette20 Oct 2026
- Job type
- Full-Time
- Closes
- 29 Oct
- Source
- Gazette
- Employer
- Maldives Food and Drug AuthorityGovernment & public sector
- Location
- MaléMalé City
- Salary
- MVR 13,930/monthAdvertised
- Employment type
- Full-TimeMid level
- Deadline
- Closes 29 Oct 20269 days left
From the notice
Copied text- މަޤާމު
މެޑިސިން ރެގިއުލޭޓަރީ އޮފިސަރ
- މަޤާމުގެ ނަންބަރު
J-418244
- ބޭނުންވާ އަދަދު
01 (އެކެއް)
- މަޤާމުގެ ގިންތި
ދާއިމީ
- މަޤާމުގެ ރޭންކު
ޕަބްލިކް ސަރވިސް ރޭންކް 5 – ސްޓެޕް 1
- މަޤާމުގެ ކްލެސިފިކޭޝަން
-
- ވަޒީފާ އަދާކުރަން ޖެހޭ ތަން
ބޯޑަރ ކޮންޓްރޯލް، މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ސެކްޝަން / މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
- މުސާރަ
-/9,498ރ
- މަޤާމުގެ އެލަވަންސް
-/4,432ރ
އެހެނިހެން އެލަވަންސް
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ، ކޮއްތު، ބަންދު ދުވަހުގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް.
- ހާޒިރީ އިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް -/120ރ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ރާއްޖެ އެތެރެކުރެވޭ ބޭހާއި ވެކްސިން އަދި ބައޮލޮޖިކަލްސް އެތެރެވަނީ މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީގެ ބޭހާއި ބެހޭގޮތުން ހެދިފައިވާ ގަވައިދާއި ޕްރޮސީޖަރތަކާއި، ISO9001:2015އާ އެއްގޮތްވާގޮތުގެ މަތިން ބޭސް އެތެރެކުރެވެނީ ހުންނަންޖެހޭ ފިނިހޫނުމިނާއި ކަނޑައެޅިފައިވާ ސްޓޭންޑަރޑް ގައި ތޯ ބަލައި ޔަގީން ކުރުމާއި ރާއްޖެ އެތެރެވާ ބޭހަކީ އެޕްރޫވް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްކަން ކަށަވަރުކުރުމުގެ ގޮތުން ޕޯޓްތަކުގައި ކުރަން ޖެހޭ އިންސްޕެކްޝަން ހަދައި ޝިޕްމަންޓްތަކަށް ކްލިއަރެންސް ދިނުމާއި މިންގަޑަށް ނުފެތޭބޭހާއި ހުއްދަނޫން ބޭސް އެތެރެވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތް ދާއިމީ ގޮތެއްގައި ތަރައްގީ ކޮށް ފެންވަރު ރަނގަޅުކުރުމުގެ އެން މެހައި މަސައްކަތްތައް ކުރުން.
- ޕޯޓް ތަކުގައި ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު ،ޔައުމިއްޔާ އަދި އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ ބެލެހެއްޓުމަށްޓަކައި މައުލޫމާތު ޑޭޓަރ އެންޓްރީ އަށް އެންޓަރކޮށް އެންމެހައި ލިއެކިއުންތައް ފައިލްކޮށް ބެލެހެއްޓުން އަދި ޕޯޓްގައި ކުރެވޭ އިންސްޕެކްޝަން ތަކުގެ މައުލޫމަތު ތަކާއި ރިކޯޑްސްތައް ފެންވަރު ރަނގަޅުކޮށް ބަލަހައްޓައި ދެމެހެއްޓުން
- ޕޯޓްގައި ކުރެވޭ އިންސްޕެކްޝަން ތަކުގެ މައުލޫމަތު ތަކާއި ރިކޯޑްސްތައް ފެންވަރު ރަނގަޅުކޮށް ބަލަހައްޓައި ކުށްފިލުވާ ދެމެހެއްޓުމާއި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ސްޕަވައިޒަރަށް ހުށައެޅުން.
- ރާއްޖެ އެތެރެކުރެވޭ ބޭހާއި ވެކްސިން އަދި ބައޮލޮޖިކަލްސް އަށް ކްލިއަރެންސް ދިނުމަށްފަހު އެތެރެކުރެވޭ އަދި ހިފެހެއްޓޭ ބޭހުގެ ރެކޯޑްސް ބަލަހައްޓައި ދެމެހެއްޓުމުގެ އިތުރުން މި މައުލޫމާތު ތަކުގެ ފެންވަރު ހަރުދަނާ ކޮށް މި ނިޒާމް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތައްކުރުން.
- ރާއްޖެ އެތެރެކުރެވޭ ބޭހާއި ވެކްސިން އަދި ބައޮލޮޖިކަލްސް އަށް ކްލިއަރެންސް ދިނުމަށްފަހު އެތެރެކުރެވޭ އަދި ހިފެހެއްޓޭ ބޭހުގެ ރެކޯޑްސް ބަލަހައްޓައި ދެމެހެއްޓުމުގެ އިތުރުން މި މައުލޫމާތު ތަކުގެ ފެންވަރު ހަރުދަނާ ކޮށް މި ނިޒާމް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތައްކުރުން.
- ރާއްޖޭގެ ފާމަސީ ތަކުގައި ވިއްކާ ބޭސްތަކުގެ ކޮލިޓީއާއި ފާމަސީގެ ސްޓޭންޑާރޑް އާއި ޕްރެކްޓިސް ގަވައިދާ އެއްގޮތަށް ހުރިތޯބެލުމަށް އިނސްޕެކްޓް ކުރުމާއި ކަނޑައެޅިފައިވާ އުސޫލުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން.
- އެމް.އެފް.ޑީ.އޭގެ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބޭސް އުފެއްދުންތަކުގެ ލޭބަލްތައް ފުރިހަމައަށް މުރާޖަޢާކުރުން، މީގެ ތެރޭގައި މަޢުލޫމާތުގެ ޞައްޙަކަމާއި، ޑޯސޭޖް އިރުޝާދުތަކުގެ ޞައްޙަކަމާއި، އެކަށީގެންވާ އިންޒާރުތައް ހިމެނޭތޯ ބެލުން.
- މާކެޓްގައި ވިއްކަން ހުންނަ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހިންގަންޖެހޭ ޕޯސްޓްމާކެޓް ސަރވެލަންސް މަސައްކަތުގައި ބައިވެރިވުން.
- މާކެޓްގައި ވިއްކަން ހުންނަ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހިންގަންޖެހޭ ޕޯސްޓްމާކެޓް ސަރވެލަންސް މަސައްކަތުގައި ބައިވެރިވުން.
- ޕޯޓްގެ މަސައްކަތްތަކާ ގުޅޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި ގައިޑްލައިންތައް އެކުލަވާލައި، މުރާޖަޢާކޮށް، އަދި ބޭނުންވާ އިސްލާހުތައް ގެނައުން.
- މީގެ އިތުރުން ވެސް އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމާއި ޞިއްޙީ އެމަރޖެންސީތަކާއި ކާރިސާތަކުގައި ޢަމަލީ ގޮތުން ބައިވެރި އެހީތެރިވުން.
މަޤާމުގެ ޝަރުޠުތައް
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ހާސިލްކޮށްފައިވުން.
ތަޢުލީމީ ރޮނގުތައް:
- ކްލިނިކަލް ފާމަކޮލޮޖީ
- ޑްރަގް ޑިސްކަވަރީ އެންޑް ޑިވެލޮޕްމަންޓް
- މެޑިސިނަލް ކެމިސްޓްރީ
- ފާމަސޫޓިކަލް އެނަލިސިސް
- ފާމަސޫޓިކަލް ކެމިސްޓްރީ
- ފާމަސޫޓިކަލް މެނޭޖްމަންޓް
- ފާމަސޫޓިކަލް ސައިންސް
- ފާމަކޮއެޕިޑެމިއޮލޮޖީ
- ފާމަކޮގްނޮސީ
- ފާމަކޮލޮޖީ
- ފާމަކޮވިޖިލަންސް
ގުޅޭ ވަޒީފާގެ ދާއިރާތައް
- ފާމަސީ (ބޭހާއި މެޑިކަލް ޑިވައިސްތަކުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމަށް ކުރަންޖެހޭ ރެގިއުލޭޓަރީ މަސައްކަތްތަކާގުޅޭ ފަންނީ އަދި ދިރާސާއާގުޅޭ މަސައްކަތްތައް)
- ފާމަސީ (ފާމަސޫޓިކަލް އާގުޅުން ހުރި ރެގިއުލޭޓަރީ މަސައްކަތްތަކާގުޅޭ ފަންނީ އަދި ދިރާސާއާގުޅޭ މަސައްކަތްތައް)
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓު ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
| އަސާސީ ޝަރުޠު ހަމަވުން | 30 |
|---|---|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު | 5 |
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު | 5 |
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ | 5 |
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) | 20 |
އިންޓަރވިއު | 35 |
މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 29 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އަދި އިންޓަރވިއު އޮންނާނީ، 2026 ނޮވެމްބަރ މަހު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3034211 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
Indexed from the Government Gazette on 20 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)182/182/2026/64
- Openings
- 1 person
Requirements
- A diploma at Level 5, or a Level 6 diploma, advanced diploma or associate degree, in a related field, from the Maldives National Qualifications Framework.
- Field of study: Clinical Pharmacology, Drug Discovery and Development, Medicinal Chemistry, Pharmaceutical Analysis, Pharmaceutical Chemistry,
- Pharmaceutical Management, Pharmaceutical Science, Pharmacoepidemiology, Pharmacognosy, Pharmacology, Pharmacovigilance.
Responsibilities
- 01Ensure imported medicines, vaccines and biologicals are received under Authority regulations and ISO 9001:2015.
- 02Check samples of imports against required standards, inspect at ports, give clearance to shipments and prevent substandard or unauthorised medicines entering.
- 03Enter port work into the data entry system and maintain inspection records for annual and yearly reports.
- 04Keep port inspection files in order and submit them to the supervisor under set procedures.
- 05After clearance, keep records of imported and held medicines, vaccines and biologicals, and maintain the system.
- 06Inspect the quality of medicines sold in Maldivian pharmacies against pharmacy standards and carry out corrective measures as directed.
- 07Review medicine labels under AMDA rules, checking information, dosage instructions and warnings.
- 08Take part in post-market surveillance to ensure the safety of medicines on the market.
- 09Develop and review standard operating procedures and guidelines for port work.
- 10Carry out assigned office tasks and actively assist in health emergencies and crises.
Salary & benefits
Benefits
Pension contribution under the Pension Act of the Maldives, with overtime pay, allowances, holiday pay and other benefits in line with the government pay framework.
How to apply
Location
- Place
- Malé
- Atoll
- Malé City
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Maldives Food and Drug Authority
Government & public sector
The Maldives Food and Drug Authority sets and enforces standards for food and medicines in the Maldives. It operates as an authority under the Ministry of Health and was first established by presidential decree in 2006. It was re-established by the President under the Food Safety Act, and its work covers food safety and the regulation of medicines.
- Open roles
- 2
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 20 Oct 2026Report this listing