Legal Counsel
Indexed from Government Gazette19 Oct 2026
- Job type
- Full-Time
- Closes
- 29 Oct
- Source
- Gazette
- Employer
- Ministry of Health, Family and WelfareGovernment & public sector
- Location
- MaléMalé City
- Salary
- Pay not advertised
- Employment type
- Full-TimeSenior
- Deadline
- Closes 29 Oct 20268 days left
From the notice
Copied text- ކައުންސިލްގެ ނަން
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް
- މަޤާމު
ޤާނޫނީ ވަކީލެއް
- ބޭނުންވާ ޢަދަދު
1 (އެކެއް)
- މެމްބަރުކަމުގެ ދައުރު
5 (ފަހެއް) އަހަރު
- އެލަވަންސް
ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.
ކައުންސިލް މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް
(ހ) ދިވެހިރާއްޖޭގައި މެޑިކަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި ނުވަތަ ޑެންޓަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޓަކައި ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުމުގެ ޝަރުޠުތައް ކަނޑައެޅުން؛
(ށ) މެޑިކަލް ޕްރެކްޓިޝަނަރެއް ނުވަތަ ޑެންޓަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ ތަޢުލީމީ ފާސް ޤަބޫލުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން؛
(ނ) މެޑިކަލް ޕްރެކްޓިޝަނަރެއް ނުވަތަ ޑެންޓަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ އެކި ފަރާތްތަކަށް ދިނުމުގެ ބޭނުމަށް ޓަކައި ޞިއްޙީ ޚިދުމަތުގެ ފަންނުގެ ދާއިރާގެ ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ތަޢުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުން؛
(ރ) ދިވެހިރާއްޖޭގައި ހިންގާ ޞިއްޙީ ޚިދުމަތުގެ ފަންނުގެ ދާއިރާގެ ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ތަޢުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުމާއި، އެ ތަންތަނުގައި ތަމްރީނުދިނުމުގެ މަސައްކަތްކުރާ ފަންނުވެރިންގެ ޝަރުޠުތައް ކަނޑައެޅުމާއި، އެ ތަންތަނުން ހިންގާ ކޯސްތައް އެކްރެޑިޓްކުރުން؛
(ބ) މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިޝަނަރުން ރަޖިސްޓަރީ ކުރުމާއި، އެމީހުންގެ ރަޖިސްޓަރީ ބާޠިލުކުރުން؛
(ޅ) މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިޝަނަރުންނަށް ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކޮށްދިނުމާއި، ބާޠިލުކުރުން؛
(ކ) މެޑިކަލް ޕްރެކްޓިޝަނަރުންނާއި ޑެންޓަލް ޕްރެކްޓިޝަނަރުން އެމީހުންގެ މަސައްކަތްކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުން؛
(އ) މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިޝަނަރުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެމީހުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، އެ ކަންކަން ތަންފީޛުކުރުމާއި، ގަވާއިދުން އެ މީހުންގެ މަސައްކަތުގެ ފެންވަރު ބަލަމުންދިޔުން؛
(ވ) މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިޝަނަރުން އެމީހުންގެ ވަޒީފާ އަދާކުރާ ކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ޚިލާފަށް ކުރާ ކަންކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(މ) ރަޖިސްޓަރީ ކުރުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް ދޫކުރުމުގެ ކުރިން ހަދަންޖެހޭ އިމްތިޙާންތަކަށާއި، އެނޫންވެސް ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން ނަގާނެ ފީ ކަނޑައެޅުން؛
(ފ) ކައުންސިލްގެ މަޤްޞަދުތައް ހާސިލުކުރުމަށް ޓަކައި މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ތަޢާރުޟުނުވާނެ ގޮތެއްގެ މަތީން، ކޮމިޓީތަކާއި ބޯޑުތައް އުފެއްދުން؛
(ދ) މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިޝަނަރުންގެ މަސައްކަތުގެ ޤާބިލުކަން އިތުރުކުރުމަށް ޓަކައި އައު އުސޫލުތައް ތަޢާރުފުކުރުމާއި، އިޞްލާޙުކުރަންޖެހޭ ކަންކަން އިޞްލާޙުކުރުމަށް ޓަކައި އުސޫލުތައް ތަޢާރުފުކުރުމާއި، މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިޝަނަރުންނާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ އުސޫލުތަކަކީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތް އުސޫލުތަކެއްކަން ކަށަވަރުކުރުން؛
(ތ) ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ ދަށުން ކައުންސިލުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން؛
(ލ) ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުން ނުވަތަ އެހެންވެސް ޤާނޫނަކުން ކައުންސިލުން ކުރުމަށް ކަނޑައަޅާ މަސްއޫލިއްޔަތުތައް އަދާކުރުން؛
(ގ) ކައުންސިލްގެ ކޮންމެ މެންބަރަކުވެސް އެ މެންބަރަކު ނިސްބަތްވާ ކައުންސިލަށް އެމީހެއްގެ ފަންނީ ޢިލްމާއި ތަޖުރިބާގެ އަލީގައި، މިނިވަންކަމާއި، ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާއި މުޙްތަރިފްކަމާ އެކުގައި ޚިދުމަތްކުރުން އަދި އޭނާއާ ޙަވާލުކުރެވޭ ކަންކަން އެއްވެސް މީހެއް ނުވަތަ އިދާރާއެއްގެ ބާރަކަށް ނުވަތަ ނުފޫޒަކަށް ލެނބުމެއް ނެތި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރުން؛
(ޏ) ކައުންސިލްގެ ރައީސް ޙަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން؛
(ސ) ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރަތްކުރަންޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި، ދިރާސާކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން؛
(ޑ) މުޖްތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚްލާޤީ އަދި ސުލޫކީ މިންގަނޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން؛
(ޒ) މީގެ އިތުރުންވެސް މި ޤާނޫނުގައި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި ކައުންސިލްގެ މެންބަރުންގެ ޒިންމާއާއި މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ކުރުން؛
(ޓ) ކައުންސިލްގެ ކޮންމެ މެންބަރަކުވެސް އެ މެންބަރަކު ނިސްބަތްވާ ކައުންސިލަށް އެމީހެއްގެ ފަންނީ ޢިލްމާއި ތަޖުރިބާގެ އަލީގައި، މިނިވަންކަމާއި، ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާއި މުޙްތަރިފްކަމާ އެކުގައި ޚިދުމަތްކުރުން އަދި އޭނާއާ ޙަވާލުކުރެވޭ ކަންކަން އެއްވެސް މީހެއް ނުވަތަ އިދާރާއެއްގެ ބާރަކަށް ނުވަތަ ނުފޫޒަކަށް ލެނބުމެއް ނެތި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރުން؛
(ޔ) އެއްވެސް މެންބަރެއްގެ އަމިއްލަ މަޞްލަޙަތެއް ނުވަތަ ދައުރެއް އޮތް މައްސަލައެއް ކައުންސިލުން ބަލާހިނދު، އެ މައްސަލަ ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިނުވެ އަދި ކައުންސިލުން ބަލާ މައްސަލައަކީ އެފަދަ މަޞްލަޙަތެއް ނުވަތަ ދައުރެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތްނަމަވެސް އެކަން އެނގޭ ހިނދު، އެ މައްސަލައަކީ އޭނާއާ ގުޅުމެއް އޮތް މައްސަލައެއްކަން ކައުންސިލްގެ ރައީސަށް އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެ މެންބަރަކު އެއްކިބާވެ ހުރުން؛
(ޕ) އިސްވެ ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވީ ކައުންސިލްގެ ރައީސަށް ކަމުގައިވާނަމަ، ކައުންސިލްގެ ނައިބު ރައީސަށް އެކަން އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އޭނާ އެއްކިބާވުން؛
- ބޭނުންވާ ދާއިރާ
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލެއް.
- މެންބަރުކަމުގެ ޝަރުޠު
ޤާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން (5) ފަހެއް އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ޤާނޫނީ ވަކީލެއް؛
މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެންބަރުކަމުގެ ސިފަތައް
- ދިވެހި ރައްޔިތެއްކަމުގައި ވުން.
- ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤް ހުރި މީހަކު ކަމުގައިވުން.
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
- ޖިނާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
- ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ އޮތް މީހެއް ކަމުގައިވުން.
- ޞިއްޙީ ޚިދުމަތްދޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
- ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްޞާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ޙިއްޞާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
- ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
- ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.
ތައުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް (ޤާނޫނީ ދާއިރާ)
ބެޗްލަރސް ޑިގްރީ - 20 މާކުސް
މާސްޓަރސް- 25 މާކުސް
ޕީ.އެޗް.ޑީ - 30 މާކުސް
މަސައްކަތުގެ ތަޖުރިބާއަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް
ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރާ 7 އަހަރާ ދެމެދު - 5 މާކުސް
ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރާ 10 އަހަރާ ދެމެދު - 10 މާކުސް
ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރާ 12 އަހަރާ ދެމެދު - 15 މާކުސް
ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުން މަތި - 20 މާކުސް
ތަޖުރިބާއަށް މާކުސް ދިނުމުގައި ރިޢާޔަތް ކުރާނީ މި އިއުލާނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ފެތޭ ލިޔުންތަކަށެވެ.
މެމްބަރުކަމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- ލިބިފައިވާ ތަޢުލީމު (30އިންސައްތަ)
- ލިބިފައިވާ މަސައްކަތާ ގުޅޭ ތަޖުރިބާ (20 އިންސައްތަ)
- އިންޓަރވިއު (50 އިންސައްތަ)
މާކުސް ދިނުމާއި އިންޓަވިއު ކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު
- ހުށަހަޅާ ތައުލީމީ ސެޓްފިކެޓްތަކުގެ ތެރެއިން މާކުސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓަށް އެކަންޏެވެ.
- މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ މަޤާމަށް ޢައްޔަންކުރާނީ، މިނިސްޓްރީން އާންމުކޮށް އިޢުލާންކުރުމުން ތަޢުލީމާއި ތަޖުރިބާއަށާއި އިންޓަވިއު ކޮށްގެން އެންމެ މަތީ މާކުސް ލިބޭ ފަރާތެކެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
1. މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ
2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
3. މެންބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގައި މަސައްކަތްކޮށްފައިވާ ކަމުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.
4. މަސައްކަތުގެ ދާއިރާއިން ވަކި ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މަސައްކަތްކުރާ ފަރާތެއް ކަމުގައިވާނަމަ، އެފަދަ ލައިސަންސެއް ނުވަތަ ހުއްދައެއްގެ ކޮޕީ.
5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
6. ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދައިގެ ކޮޕީ.
7. ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 29 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، އީ-މެއިލް [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އިތުރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް މި އިޢުލާން ސުންގަޑި އިތުރުވާނެއެވެ.
- އިތުރު މަޢުލޫމާތު
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014342 ނުވަތަ 3014336 އެވެ.
Indexed from the Government Gazette on 19 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)23-L/23/2026/377
- Openings
- 1 person
Requirements
- Being a Maldivian citizen
- Being a legal practitioner authorised to practise in the Maldives
- At least five years of experience practising law in the Maldives
- Academic standard and capability to carry out council membership duties, with a work ethic
- Not being a person proven under Sharia to have committed an offence with a prescribed punishment (hadd) or a crime and offence
- Not being an administrator or board member of a health service provider, or holding any other post in one
- Not holding a share in a health service provider, directly or indirectly
- Not holding a political post or a post elected through a prescribed election
Responsibilities
- 01Set conditions for registration and licensing of medical and dental practitioners
- 02Set standards for accepting academic qualifications of those wishing to practise
- 03Register and license medical and dental practitioners, and cancel registrations and licences
- 04Set procedures, codes of conduct and ethical standards for practitioners
- 05Handle complaints about practitioners acting contrary to set procedures and codes of conduct
- 06Set fees for registration, licensing, examinations and other council services
- 07Establish committees and boards to achieve the council's objectives
- 08Make and administer the regulations the council must make under the Health Professions Act
Salary & benefits
Benefits
An allowance set for each meeting attended will be payable.
How to apply
Location
- Place
- Malé
- Atoll
- Malé City
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Ministry of Health, Family and Welfare
Government & public sector
The Ministry of Health, Family and Welfare is a Maldivian government ministry. Its website lists 23 public hospitals and 164 health centres across the country, and it works with bodies such as the Health Protection Agency, Aasandha and the Maldives Food and Drug Authority. The ministry is based in Malé.
- Open roles
- 12
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 19 Oct 2026Report this listing