Assistant Preacher
Indexed from Government Gazette9 Nov 2026
- Job type
- Full-Time
- Closes
- 16 Nov
- Source
- Gazette
- Employer
- Ministry of Islamic Affairs and EndowmentsGovernment & public sector
- Location
- MaléMalé City
- Salary
- MVR 23,875/monthAdvertised
- Employment type
- Full-TimeEntry level
- Deadline
- Closes 16 Nov 20264 days left
From the notice
Copied textއިޢުލާނު
- މަޤާމު
ވާޢިޡު މުސާޢިދު
- ބޭނުންވާ އަދަދު
J-431068
- މަޤާމުގެ ގިންތި
ދާއިމީ
- މަޤާމުގެ ރޭންކު
ޕަބްލިކް ސަރިސް ރޭންކް 8 – ހަރުފަތް 1
- ވަޒީފާ އަދާކުރަން ޖެހޭ ތަން
ގްރޭޓަރ މާލެ ރީޖަން އެވެއަރނަސް ޔުނިޓް / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
- އަސާސީ މުސާރަ
މަހަކު -/16280 ރުފިޔާ، (ސޯޅަހާސް ދުވިސައްތަ އަށްޑިހަ ރުފިޔާ)
- މަޤާމުގެ އެލަވަންސް
މަހަކު -/7595 ރުފިޔާ، (ހަތްހާސް ފަށްސަތޭކަ ނުވަދިހަ ފަސް ރުފިޔާ)
އެހެނިހެން އެލަވަންސް
- ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/205 ރުފިޔާ، (ދުވިސައްތަ ފަސް ރުފިޔާ)
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑު (01 ނޮވެމްބަރ 2025 އާ އެއްގޮތަށް) އިތުރުގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ރާއްޖޭގެ ރަށްތަކަށް ޒިޔާރަތްކޮށް އެރަށްރަށުގެ ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުން.
- ރާއްޖޭގެ މިސްކިތްތަކާއި ސްކޫލު މަދަރުސާތަކާއި އެނޫންވެސް އެފަދަ ތަންތަނުގައި ހިންގޭ ދީނީ ޕްރޮގްރާމްތަކުގައި ދޭންޖެހޭ ދީނީ އިރުޝާދާއި މަޢުލޫމާތު ފޯރުކޮށް ދިނުން.
- ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތު ހިފެހެއްޓުމަށާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ތަފާތު މީޑިޔާ ބޭނުން ކޮށްގެން ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިވުން.
- އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމްތަކާ ގުޅިގެން ކުރެވޭ ސުވާލުތަކުގެ ޖަވާބު ފޯރުކޮށް ދިނުން.
- މީޑިޔާގެ ތަފާތު ވަސީލަތްތަކުން އިސްލާމްދީނާ ބެހޭ ގޮތުން ފަތުރަމުންދާ ދޮގު ވާހަކަތައް ދެނެގަނެ އެކަންކަމަށް ޖަވާބުދާރީވުން.
- އިސްލާމް ދީނާމެދު ކުރެވޭ ކުށްހީތަކަށް ޖަވާބްދާރީވުމަށް ބޭނުންވާ ދިރާސާތައް ކުރުން. މިފަދަ ދިރާސާތައް ކުރުމުގައި،އެހެނިހެން އިސްލާމީ ޤަޢުމުތަކުގައި އެފަދަކަންކަން ނިންމާފައިވާ ގޮތްތަކަށް ރިއާޔަތްކުރުން.
- އިސްލާމީ ޤަޢުމުތަކުން ޓެރަރިޒަމް ފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް ދިރާސާކޮށް ރާއްޖޭގައި މިފަދަ ޢަމަލުތައް ހުއްޓުވުމަށްކުރެވިދާނެ ކަންކަން ދެނެގަތުން.
- ރާއްޖޭގައި ޝާޢިއު ކުރުމަށްޓަކައި ލިޔާ ދީނީ ފޮތްތަކާއި ލިޔުންތަކުގައި އިސްލާމްދީނާއި ޚިލާފްވާފަދަ ވާހަކަތައް ހުރިތޯ ބަލައި އެފަދަ ފޮތްތައް ފާސްކުރުން.
- ދީނުގެ މައްސަލައަކާ ގުޅޭ ގޮތުން ދިވެހިރާއްޖެއަށް ނެރެންޖެހޭ ފަތުވާތައް ދެނެގަނެ އެފަތުވާ ނެރުމަށް ބޭނުންވާ ދިރާސާ ކަރުދާސް ތައްޔާރުކޮށް ފިޤުހު އެކަޑަމީއަށް ފޮނުވުން.
- ސެމިނަރ މަހާސިންތާ ކޮންފަރެންސް ތަކަށް ހުށަހަޅަންޖެހޭ ދިރާސީ ކަރުދާސް ތައްޔާރުކުރުން.
- ތަފާތު މަޢުޟޫތަކަށް ލިޔަންޖެހޭ ފޮތާއި ލީފްލެޓާއި ޚުތުބާ ފަދަ ލިޔުންތައް ލިޔުން.
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.
މަޤާމުގެ ޝަރުޠުތައް
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުން
ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީ އެއް ނުވަތަ ބެޗިލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- ޢަޤީދާ
- ޢަޤީދާ އެންޑް އިސްލާމިކް ތޯޓްސް
- ދައުވާ
- ފިޤުޙު އެންޑް އުސޫލުލްފިޤުޙު
- ފިޤްޙް
- އިސްލާމީ ތާރީޚް
- އިސްލާމިކް ބޭންކިންގ
- އިސްލާމިކް އެތިކްސް
- އިސްލާމިކް ފައިނޭންސް
- އިސްލާމިކް ޖުޑިޝަލް ސައިންސަސް އެންޑް ޝަރީޢާ ޕޮލިސީ
- އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް
- އިސްލާމިކް ސްޓަޑީޒް
- އިސްލާމިކް ތޯޓްސް އެންޑް ސިވިލައިޒޭޝަން
- ޤުރުއާން އެންޑް ސުންނާ ސްޓަޑީޒް
- ޤުރުޢާން ތަފްސީރް
- ގުރުއާނިކް ސައިންސް
- ސައިންސް އޮފް ހަދީޘް
- ޝަރީޢާ
- ތިއޮލޮޖީ
- އުލޫމުލް ޤުރްއާން
- އުޞޫލުއްދީން
ގުޅޭ ވަޒީފާގެ ދާއިރާ:
- މިސްކިތްތަކާއިޖަލްސާތަކާއި އާންމުފޯރަމްތަކުގައިދީނީނަސޭހަތްދިނުމާއި ދީނީހޭލުންތެރިކަން އިތުރުކުރުމާއި ޥަޢިޡުވިދާޅުވުމުގެމަސައްކަތް،އިސްލާމްދީނާބެހޭގޮތުން ދިރާސާކުރުމާއި ފޮތާއި އާޓިކަލްއާއި ތަފާތު ބާވަތްތަކުގެ ދީނީލިޔުންތައް ލިޔުމުގެމަސައްކަތްތައް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ނޮވެމްބަރ 16 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު އާއި އިމްތިހާނުއަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާނު އޮންނާނީ، 2026 ނޮވެމްބަރ 22 އާއި 2026 ޑިސެމްބަރ 15 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020254 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
Indexed from the Government Gazette on 9 Nov 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)142-A4/142/2026/262
- Openings
- Not stated
Requirements
- Master's degree at Level 9 of the Maldives Qualifications Framework in a field related to the work of the post, or
- Level 7 or Level 8 degree or a Bachelor's degree in a related field, with at least 4 years of work experience in a related field
Responsibilities
- 01Visiting islands of the Maldives and providing religious information to the residents of those islands.
- 02Providing the religious guidance and information required in religious programmes at mosques, schools, madrasas and other such places.
- 03Participating in media programmes to uphold Islamic unity among Maldivians and increase religious awareness.
- 04Providing answers to questions arising in connection with rulings set out in Islamic Sharia.
- 05Identifying false information about Islam spread through various media channels and responding to it.
- 06Carrying out research to respond to misconceptions about Islam, respecting positions taken in other Islamic communities.
- 07Studying efforts by Islamic organisations to prevent major crimes such as terrorism, and identifying measures for the Maldives.
- 08Examining religious books published in the Maldives for statements contrary to Islam, and approving such books.
- 09Identifying religious issues needing fatwas, preparing research papers and sending them to the Fiqh Academy.
- 10Preparing research papers for seminars, mahasinthas and conferences, and writing books, leaflets and khutbas.
Salary & benefits
Benefits
Attendance allowance of MVR 205 per day attended, an additional allowance under the State Pay Framework, and a pension contribution under the Maldivian Pension Law.
How to apply
Location
- Place
- Malé
- Atoll
- Malé City
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Ministry of Islamic Affairs and Endowments
Government & public sector
The Ministry of Islamic Affairs and Endowments is the Maldivian government agency that handles the country's religious affairs. It was formed in 1996 as the Supreme Council for Islamic Affairs and was renamed in November 2008. Its mandate is set out in the Constitution of Maldives. It is headquartered in Malé.
- Open roles
- 5
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 9 Nov 2026Report this listing