Assistant ICT Technician
Indexed from Government Gazette9 Nov 2026
- Job type
- Full-Time
- Closes
- 12 Nov
- Source
- Gazette
- Employer
- Haa Dhaalu Atoll Hanimaadhoo SchoolEducation
- Location
- HanimaadhooHaa Dhaalu Atoll
- Salary
- MVR 11,170/monthAdvertised
- Employment type
- Full-TimeIT · Mid level
- Deadline
- Closes 12 Nov 20263 days left
From the notice
Copied textނަންބަރު: 2026/35/(HR)916
އިޢުލާނު
- މަޤާމު
އެސިސްޓަންޓް އައި.ސީ.ޓީ ޓެކްނީޝިއަން
- މަޤާމުގެ ނަންބަރު
J-466908
- ބޭނުންވާ އަދަދު
1 (އެކެއް)
- މަޤާމުގެ ގިންތި
ދާއިމީ
- މަޤާމުގެ ރޭންކު
ޕަބްލިކް ސަރވިސް ރޭންކް 4 – ސްޓެޕް 1
- މަޤާމުގެ ކްލެސިފިކޭޝަން
-
- ވަޒީފާ އަދާކުރަން ޖެހޭ ތަން
ހދ. ހަނިމާދޫ ސްކޫލް
- މުސާރަ
8595.00 ރުފިޔާ
- ސަރވިސް އެލަވަންސް
2575.00 ރުފިޔާ
- ހާޒިރީ އެލަވަންސް
ހާޒިރުވާ ކޮންމެ ދުވަހަކަށް -/70 ރުފިޔާ
އެހެނިހެން އެލަވަންސް
1. ދަޢުލަތުގެ ޕޭފްރޭމްވޯރކްގެ މިންގަނޑުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ބެލްސިސްޓަމް ޤަވާޢިދުން ހުޅުވައި ނިވާލުން
- ޤަވާޢިދުން ކޮމްޕިއުޓަރތަކުގެ ކޮންޑިޝަން ޗެކްކުރުމާ ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
- ސުކޫލްގެ ސާވާރ އަދި ނެޓްވޯރކް ބެލެހެއްޓުން.
- ދަތިވަރުންގެ ޓެބްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ތައް ކުރުން.
- ސްކޫލުގެ މެސިނަރީތައް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.
- ޕްރިންޓަރު
- އެއަރކޯން
- ލެޕްޓޮޕް
- ޕްރޮޖެކްޓަރ
- ޓީ،ވީ
- ސައުންޑު ސިސްޓަމް
- ސްމާޓު ބޯޑު
- ވިންޑޯސް
- އޮފީސް
- ސެކިއުރެޓީ
- އެހެނިހެން ސޮފްޓު ވެއަރ
- ސުކޫލްގެ އިންޓަރނެޓް ކަންތައްތައް ބަލަހައްޓާ ދިމާވާ މައްސަލަތައް ހައްލުކުރުން.
- ސްކޫލުގެ ކޮމްޕިއުޓަރު ސިސްޓަމް ތަކުގެ މުހިންމު ސޮފްޓުވެއަރ، ހާޑުވެއަރ ތައް އަބަދުވެސް އަޕްޑޭޓްކޮށް ބެލެހެއްޓުން:
- ރަގަޅު އިންތިޒާމެއްގެދަށުން ކޮމްޕިއުޓަރުތައް ސްކޭންކޮށް ބޭނުން ނޫން ފައިލްތައް ނައްތާލައި ތަރުތީބްކުރުން.
- އެއްވެސް ކޮމްޕިއުޓަރަކަށް އަމިއްލައަށް ހައްލުނުކުރެވޭފަދަ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް އިސްވެރިޔަކަށް ދަންނަވާ، ދެއްވާ ލަފާގެމަތިން އެމައްސަލަ ޙައްލުކުރުން.
- ސްކޫލުގެ އޯޑިއޯ. ވިޝުއަލް މެޓީރިއަލް ބެލެހެއްޓުމާ ޓީޗަރުން އެދިލައްވާ ގޮތެއްގެ މަތިން އެތަކެތީގެ ޚިދުމަތް ދިނުމުށް ތައްޔާރުކޮށް އެހީތެރިވެދިނުން.
- އޯޑިއޯ ވިޝުއަލް ރޫމް ބެލެހެއްޓުމާ، އެތަނުން ޓީޗަރުން އެދިލައްވާގޮތުގެ މަތިން ދަރިވަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިދިނުން.
- ސްކޫލުން ހިންގާ ހަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކަށް ޕްރޮޖެކްޓަރ ސެޓްކުރުމާ އަދި ހަރަކާތް ހިގަމުންދާވަގުތު ޓެކްނިކަލް ސަޕޯރޓް ފޯރުކޮށްދެމުން ގެންދިއުން.
- ސައުންޑު ބޭނުންކުރަންޖެހޭ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ސައުންޑް ސިސްޓަމް ބޭނުންކުރެވޭނެ އިންތިޒާމުހަމްޖައްސައި ބެލެހެއްޓުން.
- ސްކޫލުގެ އިންފޮމޭޝަން ޓެކްނޮލެޖީދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ވަޞީލާތްތައް ހޯދުމުގައި ލަފާދިނުމާ އެހީތެރިވެދިނުން.
- އިންޕޮމޭޝަން ޓެކްނޮލޮޖީގެ ގޮތުން ސްކޫލަށް ހޯދޭ ތަކެތި ޤަވާޢިދާއެއްގޮތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސްކޫލުގެ މުވައްޒަފުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިވުން.
- އިދާރާގެ މުވައްޒަފުންނަށް ޔޫސަރ ކްރިއޭޓްކުރުމާއި، ޔޫސަރ ރައިޓްސް ދިނުމާއި، އީމެއިލް އެކައުންޓް ހަދައި ދިނުމާއި، އެތަކެތި ބެލެހެއްޓުން.
- އިދާރާގެ ވެބްސައިޓުގައި ޝާޢިއު ކުރަންޖެހޭ ތަކެތި ކަމާގުޅޭ ފަރާތްތަކާގުޅިގެން ވެބްސައިޓަށްލުން.
- އައި.ސީ.ޓީ ގެ ބޭނުމަށް ހޯދަންޖެހޭ ތަކެތި ޕްރޮކިއުމަންޓްގެ އުސޫލުތަކާ އެއްގޮތަށް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުޠުތައް
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން.
- ގުޅޭ ވަޒީފާ ދާއިރާ
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތައް
މަޤާމުގެ ތަޢުލީމީ ރޮނގުތައް
- ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ
- ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ
- ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ
- ކޮމްޕިއުޓަރ ޕްރޮގްރާމިންގ
- ކޮމްޕިއުޓަރ ސައިންސް
- ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ
- ކޮމްޕިއުޓިންގ
- ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ
- ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ނެޓްވަރކިންގ
- ޕްރޮގްރާމިންގ
- ސޮފްޓްވެއަރ އިންޖިނިއަރިންގ
- ސިސްޓަމް އެޑްމިނިސްޓްރޭޝަން
- ވެބް ޑިވެލޮޕްމަންޓް
- ޕްރިފަރޑް ޑިސިޕްލިން
ނެތް
- މަޤާމުގެ ކޯ ޑިސިޕްލިން
ނެތް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
| އަސާސީ ޝަރުތު ހަމަވުން | 30 |
|---|---|
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު | 5 |
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ | 5 |
އެސެސްމަންޓް | 25 |
އިންޓަވިއު | 35 |
ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ހަނިމާދޫ ސްކޫލަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނީ 2026 ނޮވެންބަރު 19 ން 2026 ނޮވެންބަރު 19 އާ ދެމެދު، ހަނިމާދޫ ސްކޫލްގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520533 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
Indexed from the Government Gazette on 9 Nov 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice 916(HR)/2026/35
- Openings
- 1 person
Requirements
- Holding a Level 4 Certificate 4 or Advanced Certificate in a field related to the work of the post, as per the National Qualification Framework of the Maldives.
- Technical work related to Information and Communication Technology.
- Educational qualifications in fields such as Business and Information Technology, Computer Hardware and Networking, Computer Science, Information Technology,…
Skills
- Windows
- Office
Responsibilities
- 01Checking the condition of computers and resolving problems arising with computers.
- 02Maintaining the school's server and network.
- 03Carrying out all work related to the tablets.
- 04Maintaining the school's machinery and resolving problems that arise.
- 05Resolving problems arising from managing the school's internet affairs.
- 06Keeping the important software and hardware of the school's computer systems always updated and maintained.
- 07Setting up projectors for school activities and meetings, and providing technical support while activities are under way.
- 08Maintaining the audio visual room and arranging services for students in line with teachers' requests.
- 09Creating users for administrative staff, giving user rights, setting up email accounts, and maintaining these.
- 10Keeping information technology items the school procures securely and in accordance with regulations.
Salary & benefits
Benefits
Pension contribution under the Maldives Pension Act and overtime pay under the government's performance framework.
How to apply
Location
- Place
- Hanimaadhoo
- Atoll
- Haa Dhaalu Atoll
- Address
- HDh. Hanimaadhoo School
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Haa Dhaalu Atoll Hanimaadhoo School
Education
Hanimaadhoo School is a government school on Hanimaadhoo island in Haa Dhaalu Atoll. It was registered with the Ministry of Education on 19 May 1969 and became a government school on 1 January 2003. It offers primary and secondary education, and also serves as a private centre for O/L and A/L examinations. The Ministry of Education lists about 478 students, 56 teachers and 17 government staff.
- Open roles
- 4
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 9 Nov 2026Report this listing