Director, Social Protection Programmes Monitoring
Indexed from Government Gazette8 Oct 2026
- Job type
- Full-Time
- Closes
- 15 Oct
- Source
- Gazette
- Employer
- National Social Protection AgencyGovernment & public sector
- Location
- MaléMalé City
- Salary
- MVR 26,525/monthAdvertised
- Employment type
- Full-TimeSenior
- Deadline
- Closes 15 Oct 20266 days left
From the notice
Copied textއިޢުލާނު
- މަޤާމު
ޑިރެކްޓަރ، ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްސް މޮނިޓަރިންގ
- މަޤާމުގެ ނަންބަރު
J-429188
- ބޭނުންވާ އަދަދު
1
- މަޤާމުގެ ގިންތި
ވަގުތީ
- މުއްދަތު
23 މަސް (މުއްދަތު ހަމަވާ ތާރީޙް 20 ސެޕްޓެންބަރު 2028)
- މަޤާމުގެ ރޭންކު
ޕަބްލިކް ސަރވިސް ރޭންކް 9 - ސްޓެޕް 1
- ސެކްޝަން/ ޔުނީޓް
މޮނިޓަރިންގ އެންޑް ކޮލިޓީ އެޝުއަރެންސް ސެކްޝަން
- ވަޒީފާ އަދާކުރަން ޖެހޭ ތަން
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ
- މުސާރަ
މަހަކު 16865.00 ރުފިޔާ
- މަޤާމުގެ އެލަވަންސް
މަހަކު 9660.00 ރުފިޔާ
- ހާޒިރީ ޢިނާޔަތް
-/260 (ހާޒިރުވާ ކޮންމެ ދުވަހަކަށް)
އެހެނިހެން އެލަވަންސް
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- އެޖެންސީއިން ކުރިއަށްގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ދަށުން އެހީލިބޭ ފަރާތްތަކުގެ ޙާލަތު ޤާވާޢިދުން ބެލޭނެ މޮނިޓަރިންގ ފްރޭމްވަރކެއް ޑިޒައިންކޮށް ކަމާގުޅޭ ސްޓޭކްހޯލްޑަރތަކުގެ މަޝްވަރާއާއެކު މޮނިޓަރިންގ ޓޫލްކިޓް ހިމެނޭގޮތަށް މޮނިޓަރިންގ ފްރޭމްވަރކެއް އެކުލަވާލުން.
- އެޖެންސީއިން ކުރިއަށްގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އެހީ ދެވޭފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ޤާވާއިދުން މޮނިޓަރ ކުރުމަށް އެކުލަވާލެވޭ މޮނިޓަރިންގ ފްރޭމްވަރކާއި ޓޫލްކިޓް ތަންފީޒުކުރުމަށް މުވައްޒަފުންނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދުދިނުން. އަދި އެފްރޭމްވަރކް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި އެމަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.
- އެޖެންސީއިން ހިންގާ ތަފާތު އެކިއެކި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އެހީލިބޭ ފަރާތްތަކުގެ ޙާލަތު މޮނިޓަރ ކުރުމަށް ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަންޕްލޭންގައި ހިމެނޭ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނެ ފަދަ ގޮތަކަށް އެކްޝަން ޕްލޭންއެއް އެޖެންސީގެ ސީ.އީ.އޯ ގެ ލަފާގެމަތިން އެކުލަވާލުން.
- އެޖެންސީއިން ހިންގާ އެކިއެކި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އެހީ ލިބޭ ފަރާތްތަކުގެ އިމްޕެކްޓް އިވެލުއޭޝަން ހެދޭނެ ނިޒާމެއް ޤާއިމުކުރުން. މިގޮތުން މޮނިޓަރިންގ އާއި ގުޅޭގޮތުން ކުރާމަސައްކަތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމްޢިއްޔާ އަދި ޖަމާޢަތްތަކުން ފަންނީ އަދި މާލީ އެހީ ބޭނުންވާ ދާއިރާތައް ފާހަގަކޮށް އެފަދަ ފަރާތްތަކާއި ގުޅުން ބަދަހިކޮށް އެފަދަ ދިރާސާތައްކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ ވަޞީލަތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އެޖެންސީއިން ކުރިއަށްގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އެހީލިބޭ ފަރާތްތައް މޮނިޓަރ ކުރުމަށް އެކުލަވާލެވޭ އެކްޝަންޕްލޭންގައި ހިމެނޭ ރަށްތައް މޮނިޓަރކުރުމަށް ބޭނުންވާ މާލީ އަދި އެހެނިހެން ވަޞީލަތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. އަދި އެކްޝަންޕްލޭން ތަންފީޒުކުރެވޭނެ ނިޒާމެއް ޤާއިމުކޮށް ކޮންމެ އަހަރަކަށް ކަނޑައެޅިފައިވާ އަތޮޅުތައް މޮނިޓަރ ކުރެވޭކަން ކަށަވަރުކުރުން.
- އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އެހީލިބޭ ފަރާތްތަކުގެ ޙާލަތާ ގުޅޭގޮތުން އެއްކުރެވޭ މައުލޫމާތާއި ސްޓެޓިސްކްސް އެނަލައިޒްކޮށް ރިޕޯރޓުކުރުމަށް ބޭނުންވާ ސޮފްޓްވެއަރ އަދި އެޕްލިކޭޝަން ލިބޭނެ އިންތިޒާމް ހަމޖެއްސުމާއި އެވަޞީލަތްތައް ބޭނުންކުރުމަށް މުވައްޒަފުންނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދިނުން.
- އެހީލިބޭ ފަރާތްތައް މޮނިޓަރ ކުރުމަށް އެއްކުރެވޭ މަޢުލޫމާތު އެނަލައިސްކޮށް ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށް ރިޕޯރޓްކުރުން، އަދި ޙާލަތަށް ބަދަލު އަންނަފަރާތްތަކުގެ މައުލޫމާތު ގަވާއިދުން ޕްރޮގްރާމްސް ސެކްޝަނާ ޙިއްޞާކުރެވޭނެ ނިޒާމެއް ޤާއިމުކޮށް ލިސްޓްތަކުން އުނިކުރަންޖެހޭ ފަރާތްތައް އުނިކުރެވޭތޯ ކަށަވަރުކުރުން.
- އެޖެންސީއިން ފޯރުކޮށްދޭ އެހީގެ ޕްރޮގްރާމްތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ ޙާލަތަށް އަންނަ ބަދަލުގެ މައުލޫމާތު އެއްކުރެވޭނެ ނިޒާމެއް ޤާއިމުކޮށް އެމައުލޫމާތު ހިއްޞާކުރަންޖެހޭ ފަރާތްކާއެކު ގަވާއިދުން ހިއްޞާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
- އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރްގްރާމްތަކުގެ ދަށުން އެހީ ލިބޭ ފަރާތްތަކުގެ ތެރެއިން ނިޔާވާ ފަރާތްތަކާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް ގަވާއިދުން އެޖެންސީއަށް ލިބޭނެ ނިޒާމެއްޤާއިމުކުރުން. މިގޮތުން ސްޓޭކްހޯލޑަރ ތަކާއެކު ރަނގަޅު ގުޅުމެއް ޤާއިމުކޮށް އެފަރާތްތަކުގެ ޑޭޓާބޭސްއާއި އެޖެންސީގެ ޑެޓާބޭސް ގުޅާލެވޭނެ ނިޒާމެއް އައި.ޓީ.ސޮފްޓްވެއަރގެ މަޝްވަރާއާއި ލަފާގެ ދަށުން ޤާއިމުކުރުން.
- އެޖެންސީއިން ހިންގާ އެކިއެކި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އެހީ ލިބޭ ފަރާތްތަކުގެ ލިސްޓްތަކުގައި ހިމެނޭ ފަރާތްތަކަކީ އެއެހީ ޙައްޤުވާ ފަރާތްތައްކަން ކަށަވަރުކުރެވޭނެ އެންމެ ބޮޑު މިންވަރަކަށް ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ތަންފީޒުކުރުން.
- ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކާއި ގުޅިގެން އެޖެންސީއިން ކުރިއަށް ގެންދާ އިމްޕެކްޓް އިވެލުއޭޝަންތަކަށް އެޖެންސީގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ފަންނީ ލަފާދިނުން. އަދި މިފަދަ ދިރާސާތަކުގައި އެޖެންސީ ތަމްސީލުކުރުމާއި އެޖެންސީ އިން ތައްޔާރުކުރަންޖެހޭ ފަންނީ ކަރުދާސްތައް ތައްޔާރުކޮށް ހުށަހެޅުން.
- އިމްޕެކްޓް އިވެލުއޭޝަން އަދި މޮނިޓަރިން އެންޑް އިވެލުއޭޝަންގެ ދަށުން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭ ފަންނީ ލަފައާއި އިރުޝާދު އޮފީހުގެ ވެރިންނާއި ކަމާއިގުޅޭ ސެކްޝަންތަކަށް ދިނުން.
- އިޖްތިމާޢީރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އެޖެންސީ އިން އެހީ ދެމުންގެންދާ ފަރާތްތަކަށް ދެވޭ އެހީގެ ސަބަބުން ކުރާ އަސަރު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް އެމައުލޫމާތު ގަވާއިދުން ބެލެހެއްޓޭނެ ގޮތްތަކެއް ރާވައި އެމައުލޫމާތު ސިޔާސަތުތައް ރޭވުމުގައި ބޭނުންކުރެވޭކަން ކަށަވަރުކުރުން
- އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން ތަފާތު އެކިއެކި ސަބަބުތަކާހުރެ އިތުރަށް ފައިސާދެވިފައިވާ އަދި ދެވޭ ފަރާތްތަކުން އެފައިސާ އަނބުރާ ހޯދޭނެ ނިޒާމެއް ޤާއިމުކުރުން.
- އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން ތަފާތު އެކިއެކި ސަބަބުތަކާހުރެ އިތުރަށް ފައިސާދެވިފައިވާ ފަރާތްތަކުން އެފައިސާ ދެއްކުމަށް ބޭނުންވާ އެއްބަސްވުމާއި އަދި ޝެޑިއުލްއާ އެއްގޮތަށް ފައިސާ ދައްކާކަން ކަށަވަރުކުރުން އަދި އެކަމާގުޅޭ ތަފާސްހިސާބުތައް ގަވާއިދުން އަދާހަމަކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން.
- މޮނިޓަރިންގ ސެކްޝަންގެ މަސައްކަތްތައް ރާވައި ހިންގުމާއި ސެކްޝަނަށް ބޭނުންވާ އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް ދެނެގަނެ އެވަޞީލަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
މަޤާމުގެ ޝަރުޠުތައް
1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ހާސިލްކޮށްފައިވުން، އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.
ނުވަތަ
2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
ނުވަތަ
3. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް
- އެކައުންޓިންގ
- އެޑްމިނިސްޓްރޭޝަން
- އެޕްލައިޑް ޕޮޒިޓިވް ސައިކޮލޮޖީ
- އެޕްލައިޑް ސައިކޮލޮޖީ
- އެޕްލައިޑް ސައިންސް ސައިކޮލިޖީ
- އެޕްލައިޑް ސޯޝިއޮލޮޖީ
- ބިޒްނަސް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ކައުންސެލިންގ
- ކައުންސެލިންގ ސައިކޮލޮޖީ
- ޑިވެލޮޕްމަންޓް ސްޓަޑީޒް
- އަރލީ ޗައިލްޑްހޫޑް އެޑިޔުކޭޝަން
- ފައިނޭންސް
- ޖެންޑަރ ސްޓަޑީޒް
- އިންޝުއަރަންސް އެންޑް ޕެންޝަން މެނޭޖްމަންޓް
- މެނޭޖްމަންޓް
- ޕްރައިމަރީ ހެލްތް ކެއަރ
- ސައިކޮލޮޖިކަލް ކައުންސެލިންގ
- ސައިކޮލޮޖީ
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
- ޕަބްލިކް މެނޭޖްމަންޓް
- ރީހެބިލިޓޭޝަން ސައިންސް
- ސޯޝަލް ޕޮލިސީ
- ސޯޝަލް ސަރވިސަސް
- ސޯޝަލް ވޯރކް
- ސޯޝިއޮލޮޖީ
- ސްޕެޝަލް އެޑިޔުކޭޝަން
މަޤާމުގެ މަސައްކަތުގެ ދާއިރާތައް / ގުޅޭ ވަޒީފާގެ ދާއިރާ
- އިޖުތިމާޢީޚިދުމަތްތަކާގުޅޭ މަސައްކަތްތަކުގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
| އަސާސީ ޝަރުޠު ހަމަވުން | 30 |
|---|---|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު | 5 |
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު | 5 |
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ | 5 |
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) | 15 |
ޕްރެޒެންޓޭޝަން | 10 |
އިންޓަރވިއު | 30 |
ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޮކްޓޫބަރު 15 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ. އުތުރުވެހި، 6 ވަނަ ފަންގިފިލާ، ކެނެރީ މަގު) ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން، 2026 އޮކްޓޫބަރު 19 އާއި 2026 ނޮވެންބަރު 18 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭ)،ކ.މާލެ ގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
Indexed from the Government Gazette on 8 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)199-HRS/199/2026/152
- Openings
- 1 person
Requirements
- Doctoral degree (Level 10 of Maldives' National Qualifications Framework) in a related field with minimum 2 years' supervisory or management experience, or
- Master's degree (Level 9) in a related field with 4 years' work experience, of which minimum 2 years in supervisory or management capacity, or
- Bachelor's or Honours degree (Level 7 or 8) in a related field with 8 years' work experience, of which minimum 2 years in supervisory or management capacity
- Qualifications in relevant fields including social work, public administration, psychology, business, management, development studies, social policy or related…
Responsibilities
- 01Design a monitoring framework and toolkit for social protection programme beneficiaries in consultation with stakeholders
- 02Provide technical support and guidance to staff implementing the monitoring framework and toolkit
- 03Prepare an action plan aligned with Government strategic targets for monitoring beneficiary conditions
- 04Establish a system for conducting impact evaluations of social protection programme beneficiaries
- 05Identify areas requiring technical and financial assistance from domestic and international organisations
- 06Prepare unified information and statistics on beneficiary conditions, analyse and report them
- 07Report analysed information to required parties and establish regular information-sharing with the Programmes Section
- 08Establish a system for recording changes in beneficiary conditions and sharing information with relevant parties
- 09Establish proper coordination with stakeholders regarding deceased beneficiaries or those under State care
- 10Verify that people included in beneficiary lists are entitled to assistance
Salary & benefits
Benefits
Pension contribution under the Maldives Pension Act; basic service allowances as assigned to civil service employees.
How to apply
Attachments from National Social Protection Agency
Location
- Place
- Malé
- Atoll
- Malé City
- Address
- M. Uthurubeyhi, Kaneeri Magu, 6th Floor, Malé
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
National Social Protection Agency
Government & public sector
The National Social Protection Agency (NSPA) is a Maldivian government body. It administers the national social health insurance scheme and, under the Social Protection Act, designs and runs social protection programmes for vulnerable people. Its programmes include the single parent allowance, disability allowance, food subsidy and destitute assistance.
- Open roles
- 3
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 8 Oct 2026Report this listing