ICT Manager
Indexed from Government Gazette11 Oct 2026
- Job type
- Full-Time
- Closes
- 20 Oct
- Source
- Gazette
- Employer
- Supreme CourtGovernment & public sector
- Location
- Not stated
- Salary
- MVR 26,450/monthAdvertised
- Employment type
- Full-TimeIT · Manager
- Deadline
- Closes 20 Oct 20267 days left
From the notice
Copied textމި ކޯޓުގެ ނަންބަރު (IUL)197-A1/197/2026/55 (17 ސެޕްޓެންބަރު 2026) އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަޤާމަށް އަލުން އިއުލާނުކުރަމެވެ. މި ކޯޓުގެ ނަންބަރު (IUL)197-A1/197/2026/55 އިއުލާނާއި ގުޅިގެން އެޕްލިކޭޝަން ފޯމު ހުށަހެޅުއްވި ފަރާތްތައް އަލުން ފޯމު ހުށަހަޅުއްވަން ނުޖެހޭނެވާހަކަވެސް ދަންނަވަމެވެ.
އިޢުލާނު
- މަޤާމު
މެނޭޖަރ، އައި.ސީ.ޓީ
- ބޭނުންވާ އަދަދު
01 (އެކެއް)
- މަޤާމުގެ ގިންތި
ދާއިމީ
- މަޤާމުގެ ރޭންކު
ޕަބްލިކް ސަރވިސް ރޭންކް 9
- މަޤާމުގެ ކްލެސިފިކޭޝަން
އައި.ސީ.ޓީ މެނޭޖަރުން
- ވަޒީފާ އަދާކުރަން ޖެހޭ ތަން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
- މުސާރަ
-/16,685 ރުފިޔާ
އެހެނިހެން އެލަވަންސް
- މަގާމުގެ އެލަވަންސް: 9,555/-ރ
- ހާޒިރީ އެލަވަންސް: 260/-ރ (ހާޒިރުވާ ކޮންމެ ދުވަހަކަށް)
- ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: -/210ރ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅުންހުރި އުސޫލުތައް ކަނޑައަޅައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަނީ ޝަރުޢީ ދާއިރާގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ސިޔާސަތުތަކާ އެއްގޮތަށް ކޯޓުން ކަނޑައަޅާ ސިޔާސަތު އެކުލަވާލައި ތަންފީޒުކުރާކަން ކަށަވަރުކުރުން.
- ސުޕްރީމް ކޯޓުގެ ސަރވަރތަކާއި ނެޓްވޯކް ސެކިއުރިޓީ ޝަރުޢީ ދާއިރާގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ސިޔާސަތުތަކާ ޝަރުޢީ ދާއިރާގެ އޮންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ސިޔާސަތުތަކާއި އަދި ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުން.
- ކޯޓުގައި ބޭނުންކުރާ ޔޫޒަރ ނޭމްތަކާއި ޕާސްވޯޑުތަކާއި ސޯސްކޯޑުތަކާއި އަދި މި ނޫނަސް ސިއްރުގޮތުގައި ބަލަހައްޓަންޖެހޭ މަޢުލޫމާތު ޒިންމާދާރުކަމާއެކު ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުން.
- މި ކޯޓުގެ އައި.ޓީ ޔުނިޓުގެ އެންމެހާ މަސައްކަތްތައް ޤަވާޢިދާ އެއްގޮތަށް ހިންގާ ބެލެހެއްޓުން.
- އައި.ޓީ ސެކްޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒުކޮށް ބެލެހެއްޓުން.
- ކޯޓުގެ ކޮމްޕިއުޓަރ ނެޓްވޯކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ޤަވާޢިދާ އެއްގޮތަށް ހާރޑްވެއަރ ސެކިއުރިޓީ އަދި ޑޭޓާ ސެކިއުރިޓީ ނިޒާމުތައް ގާއިމުކޮށް، މޮނިޓަރކޮށް ބެލެހެއްޓާކަން ކަށަވަރުކުރުން.
- ކޯޓުގެ ސަރވަރތައް ޤަވާޢިދުން ބެކްއަޕް ނަގައި ރެކޯޑުތައް ރަނގަޅަށް ބެލެހެއްޓޭކަން ކަށަވަރުކުރުން.
- ކޯޓުގައި ބެހެއްޓިފައި ހުންނަ އެކްސެސް ކޮންޓްރޯލް ޑިވައިސްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ސެކިއުރިޓީ މައްސަލައެއް ދިމާވޭތޯ މޮނިޓަރކުރުމާއި، މައްސަލައެއް ފާހަގަކުރެވިއްޖެނަމަ ވަގުތުން ވަގުތައް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއެކު އެފަދަ ކަންކަން ތަކުރާރުނުވާނެހެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ކޯޓަށް ބޭނުންވާ ސޮފްޓްވެއަރތައް ދެނެގަނެ، އެ ސޮފްޓްވެއަރތައް ހޯދުމުގެ މަސައްކަތް ކުރުން.
- މީގެ އިތުރުންވެސް މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން އަދި ކޯޓުގެ އިދާރީ ހިންގުން ހަރުދަނާކޮށް ކޯޓުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ވެރިން އަންގަވާ މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުޠުތައް
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން. އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.
ނުވަތަ، - މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހުގެ ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮއްފައިވުން.
ނުވަތަ، - މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮއްފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- ކޮމްޕިއުޓަރ ސައިންސް
- ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައިންސް
- އިންފޮމޭޝަން ޓެކްނޯލޮޖީ
- އިންފޮމޭޝަން ރިސޯސް މެނޭޖްމަންޓް
- މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމްސް
- ސިސްޓަމް އެޑްމިނިސްޓްރޭޝަން
- ސޮފްޓްވެއަރ އިންޖިނިއަރިނގ
- ސިސްޓަމް އިންޖިނިއަރިންގ
މަޤާމަށް ކަނޑައަޅާފައިވާ ޕްރިފަރޑް ޑިސިޕްލިން:
- ކޮމްޕިއުޓަރ ސައިންސް
- ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައިންސް
- އިންފޮމޭޝަން ޓެކްނޯލޮޖީ
- އިންފޮމޭޝަން ރިސޯސް މެނޭޖްމަންޓް
- މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމްސް
- ސިސްޓަމް އެޑްމިނިސްޓްރޭޝަން
- ސޮފްޓްވެއަރ އިންޖިނިއަރިނގ
- ސިސްޓަމް އިންޖިނިއަރިންގ
މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންތައް:
- ކޮމްޕިއުޓަރ ސައިންސް
- ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައިންސް
- އިންފޮމޭޝަން ޓެކްނޯލޮޖީ
- އިންފޮމޭޝަން ރިސޯސް މެނޭޖްމަންޓް
- މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމްސް
- ސިސްޓަމް އެޑްމިނިސްޓްރޭޝަން
- ސޮފްޓްވެއަރ އިންޖިނިއަރިނގ
- ސިސްޓަމް އިންޖިނިއަރިންގ
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
- ކޮމްޕިއުޓަރ ސައިންސް
- ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައިންސް
- އިންފޮމޭޝަން ޓެކްނޯލޮޖީ
- އިންފޮމޭޝަން ރިސޯސް މެނޭޖްމަންޓް
- މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމްސް
- ސިސްޓަމް އެޑްމިނިސްޓްރޭޝަން
- ސޮފްޓްވެއަރ އިންޖިނިއަރިނގ
- ސިސްޓަމް އިންޖިނިއަރިންގ
އެހެނިހެން ޝަރުޠު
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
- ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ)މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން. ގާތްތިމާގެ މީހުން ކަމުގައި ބަލާނީ އަންނަނިވި ފަރާތްތަކެވެ.
2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭގޮތަށް)؛ ނުވަތަ
2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭގޮތަށް)، ނުވަތަ
2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ
2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ
2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް).
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް (މިކޯޓުގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.
https://www.supremecourt.mv/downloads
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ރ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް"
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
| މާރކްސް | |
|---|---|
އަސާސީ ޝަރުޠު ހަމަވުން | 30 |
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް | 5 |
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު | 5 |
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ | 5 |
އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް | 15 |
ޕްރެޒެންޓޭޝަން | 10 |
އިންޓަރވިއު | 30 |
ޖުމްލަ | 100 |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޮކްޓޫބަރު 2026 ގެ 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި،މުއްދަތު
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ، 21 އޮކްޓޫބަރު 2026 އާއި 21 ނޮވެންބަރު 2026 އާ ދެމެދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޯޓުގައި އަދި މިކޯޓުގެ www.supremecourt.mv ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3009990 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.
Indexed from the Government Gazette on 11 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)197-A1/197/2026/65
- Openings
- 1 person
Requirements
- Level 10 certificate on the Maldives National Qualifications Framework in a related field, and at least 2 years' work in an operational field related to the…
- Or Level 9 certificate in a related field, with 4 years' work experience, at least 2 years of it in an operational field
- Or Level 7 or Level 8 certificate in a related field, with 8 years' related experience, at least 2 years of it managerial
- Educational background in Computer Science, Information Technology, Software Engineering, Systems Engineering, System Administration, Management Information…
- Applicants must be at least 18 years of age
- Must not be a close relative of a judge, administrator, employee or officer of the court
Responsibilities
- 01Establish procedures for the court's information technology in line with Sharia sector IT policies
- 02Maintain the court's servers and network security in line with Sharia sector IT policies
- 03Keep user names, passwords, source codes and confidential information secure, as the rules require
- 04Run and maintain all work of the court's IT unit in accordance with regulations
- 05Supervise and maintain the work of staff in the IT section
- 06Ensure computer network security and establish and monitor hardware and data security systems
- 07Ensure servers are backed up in accordance with regulations and records are properly maintained
- 08Ensure access control devices are secure, monitor security issues and apply necessary measures promptly
- 09Identify the software the court requires and carry out the work of obtaining it
- 10Carry out tasks directed by leadership to strengthen and raise the level of service provided by the court
Salary & benefits
Benefits
Pension under the Pension Act of Maldives, a Judiciary Continuity Allowance under the established procedure, and an attendance allowance of MVR 260 per day attended.
How to apply
Attachments from Supreme Court
Location
The listing does not say where the work is. Check the original or ask Supreme Court.
About the employer
Supreme Court
Government & public sector
CareersMV made this page from the vacancies it indexes for Supreme Court.
- Open role
- 1
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 11 Oct 2026Report this listing