Senior Desk Officer
Indexed from Government Gazette11 Oct 2026
- Job type
- Full-Time
- Closes
- 22 Oct
- Source
- Gazette
- Employer
- Ministry of Foreign AffairsGovernment & public sector
- Location
- MaléMalé City
- Salary
- MVR 10,274/monthAdvertised
- Employment type
- Full-TimeIT · Senior
- Deadline
- Closes 22 Oct 20269 days left
From the notice
Copied text`
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
މާލެ، ދިވެހިރާއްޖެ
(IUL)25-A5/25/2026/29 :ނަންބަރު
އިޢުލާނު
- މަޤާމު
ސީނިއަރ ޑެސްކް އޮފިސަރ (އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓް)
- ބޭނުންވާ އަދަދު
1 (އެކެއް)
- މަޤާމުގެ ގިންތި
ދާއިމީ
- މަޤާމުގެ ރޭންކު
އެމް.ޕީ.އެސް. 5
- މަޤާމުގެ ކްލެސިފިކޭޝަން
ޖެނެރަލް ސަރވިސް
- ވަޒީފާ އަދާކުރަން ޖެހޭ ތަން
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
- މުސާރަ
-/5,610ރ.
- ސަރވިސް އެލަވަންސް
-/2,000ރ.
އެހެނިހެން އެލަވަންސް
- ހާޒިރީ އެލަވަންސް: މަސައްކަތަށް ހާޒިރުވާ ރަސްމީ ކޮންމެ ދުވަހަކަށް 250.00ރ
- ސްޕެޝަލް ޑިއުޓީ އެލަވަންސް: 1,964.00ރ
- ސަޕޯޓިންގ ކޯ އެލަވަންސް: 700.00ރ
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ދެވޭނެއެވެ.
- ފޮރިން ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- މިނިސްޓްރީގެ އީމެއިލް، ޖެމްސް، ނެޓްވަރކް، އަދި މުވައްޒަފުންނަށް ބޭނުންވާ އެހެނިހެން އެކްސެސް ދިނުމުގެ މަސައްކަތްތައް.
- ސަރވަރ ބެކްއަޕް ނެގުމާއި، ސެކިއުރިޓީ ބެލެހެއްޓުމާއި، ނެޓްވަރކް ސެކިއުރިޓީ، އީމެއިލް ސެކިއުރިޓީ އަދި ސިސްޓަމްތަކުގައި ބޭނުންކުރާ ސޮފްޓްވެއަރ އަށް މައްސަލައެއް ދިމާވެއްޖެނަމަ، އެކަން ހައްލުކުރުމުގެ މަސަތްކަތް.
- ނެޓްވަރކްގައި ހިމެނޭ އިކުއިޕްމަންޓްތަކުގެ ތެރެއިން މެއިންޓެނަންސް ބޭނުންވާ ތަކެތި ފާހަގަކޮށް އެ ތަކެއްޗަށް ސަރވިސް ދިނުމާ ބެހޭ މަސައްކަތްތައް ބެލެހެއްޓުން.
- މިނިސްޓްރީގައި ބޭނުން ކުރެވޭ އެކިއެކި ސޮފްޓްވެއަރ ލައިސަންސް އައުކުރުމާ ގުޅޭ މަސައްކަތް.
- މިނިސްޓްރީގެ މުވާސަލާތީ ޚިދުމަތްތަކަށް ދިމާވާ މައްސަލަތައް ހައްލުވޭތޯ ބެލުން އަދި ނެޓްވަރކްގެ ފެންވަރުބަލައި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅުކުރުން.
- މިނިސްޓްރީގެ ވޯކްސްޓޭޝަންތައް ޤާއިމްކުރާއިރު ބޭނުންވާ ނެޓްވަރކް ކޭބަލްއާއި ފޯން ކޭބަލްތައް ފަދަ ތަކެތި ގުޅުވައި ދިނުމާއި ސްޓޭޝަންތައް ތައްޔާރުކުރުގެ މަސައްކަތްތައް.
- މިނިސްޓްރީގައި ބޭނުންކުރާ ސިސްޓަމްތަކުގެ ވައިރަސް ސްކޭންކުރުމާއި ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކުރުމާބެހޭ މަސައްކަތްތައް.
- މިނިސްޓްރީގެ އެކި ޑިޕާރޓްމަންޓްތަކަށް އައި.ޓީ. ދާއިރާއިން ބޭނުންވާ އެކިއެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ޑިޕާޓްމަންޓުގެ މަސައްކަތާ ގުޅޭ ގޮތުން އަންނަ މުއާމަލާތްތައް ދުވަހުން ބަލައި ކަނޑައެޅިފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށް އިސްވެރިންގެ ލަފާގެ މަތިން އަޅަންޖެހޭ ފިޔަވަޅު އެޅުން.
- ޑިޕާޓްމަންޓްގެ މަސައްކަތްތަކާ ގުޅޭ ރިޕޯޓް، އަހަރީ ރިޕޯޓް، ވާރކް ޕްލޭން، ބަޖެޓަށް ބޭނުންވާ މައުލޫމާތު، ޕެންޑިންގ ފަދަ މަސައްކަތްތައްކުރުމާއި، ފައިލިންގ އަދި ރެކޯޑް ބަރާބަރަށް ބަލެހެއްޓުން.
- މިނިސްޓްރީގެ ރަސްމީ މަސައްކަތާ ގުޅިގެން އިސްވެރިންގެ އިރުޝާދާއެކު އެހެން ޑިޕާޓްމަންޓުތަކުގެ މަސައްކަތްތަކުގައި އެހީތެރިވުން.
- އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްކުރުން.
މަޤާމުގެ ޝަރުޠުތައް
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.
ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް
- އިންފޮރމޭޝަން ޓެކްނޮލޮޖީ
- ކޮމްޕިއުޓަރ ސައިންސް
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ކޮމްޕިއުޓަރ ސައިންސް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި މިނިސްޓްރީގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ).
https://foreign.gov.mv/index.php/en/media-center/resources/downloads/110-foreign-service-job-application-form-pdf/file
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެ ފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަން ދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ އިދާރާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ނަމަ އަދާކުރާ ވަޒީފާ، ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ދައުލަތުގެ އިދާރާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
ނޯޓު: މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން އޮންނަންވާނެ ގޮތުގެ ނަމޫނާ ލިންކް:
https://www.foreign.gov.mv/index.php/en/media-center/resources/downloads/54-reference-letter-sample/file
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.).
ނޯޓް: ބައިނަލްއަޤުވާމީ ޖަމުޢިއްޔާ/ޖަމާޢަތެއްކަމުގައި ބަލާނީ ރާއްޖެއިން ބޭރުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ޖަމުޢިއްޔާ/ޖަމާޢަތަކަށްވާ ނަމައެވެ.
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު" (މި ފޯމު ތިރީގައިވާ ލިންކް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) ލިންކް: https://bit.ly/3V8Jyyb
(ޅ) ކިޔެވުމުގެ މަރުޙަލާގައި ނުވަތަ ކޯހުގެ ބޭނުމަށް ފުރިހަމަކޮށްފައި ހުންނަ އިންޓަރންޝިޕް ފިޔަވައި އެހެނިހެން އިންޓަރންޝިޕް ޕްރޮގްރާމުތަކުގެ މުއްދަތަށް، މި އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ޕޮއިންޓުދެވޭނެއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވާނަމަ އެ އިންޓަރންޝިޕްގެ މުއްދަތު، މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބަލައި، ޕޮއިންޓްދެވޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
| ދާއިރާ | ބެލޭނެބައިތައް | ޕޮއިންޓު | އިންސައްތަ (%) | ކެޓެގަރީގެޖުމުލަ އިންސައްތަ |
|---|---|---|---|---|
ތަޢުލީމާއި ތަޖުރިބާ | ޝަރުތު ހަމަވުމަށް ބޭނުންވާ ސަނަދައްވުރެ މަތީ ސަނަދެއް އޮތްނަމަ ދެވޭ ޕޮއިންޓް (ލެވެލް 5 ގެ ސަނަދެއްނަމަ 5 ޕޮއިންޓް، ލެވެލް 6 ގެ ސަނަދެއްނަމަ 10 ޕޮއިންޓް އަދި ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްނަމަ 15 ޕޮއިންޓް) | 15 | 20 | 20 |
ޝަރުތު ހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓް (ގިނަވެގެން 5 ޕޮއިންޓް، އަހަރަކަށް 1 ޕޮއިންޓް) | 5 | |||
ލިބިފައިވާ ހުނަރު | އިމްތިޙާން (މާކްސް) | 100 | 40 | 80 |
ޕްރެޒެންޓޭޝަން | 50 | 10 | ||
އިންޓަރވިއު | 50 | 30 | ||
ޖުމުލަ | 220 | 100 | 100 |
މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ޖުމުލަ% 45 (ސާޅީސްފަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާނަމައެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭ ސުންގަޑި އިތުރުކުރެވޭނެއެވެ.
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭނީ ތަޢުލީމާއި މަސަތްކަތުގެ ތަޖުރިބާ އަދި އިމްތިޙާން ގެ ނަތީޖާ އަށް ބަލައިގެން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތަކެވެ.
އިމްތިޙާނާއި އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 28 އޮކްޓޫބަރު 2026 އާއި 12 ނޮވެމްބަރު 2026 އާ ދެމެދުގެ ދުވަހެއްގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.
ދިމާވާ ޚާއްޞަ ހާލަތްތަކާއިގުޅިގެން އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން ބާއްވާނޭ ތާރީޚަށް ބަދަލެއް އަތުވެއްޖެނަމަ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދުރާލާ މި މިނިސްޓްރީއިން އެކަން އަންގާނެއެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކުރުން
އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާން ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކޮށް ފެންނާނޭހެން މި މިނިސްޓްރިގެ ވެބްސައިޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. ޝަކުވާ ހުށަހަޅާނީ އީމެއިލްގެ ޒަރިއްޔާއިން [email protected] އަށެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" ބެލޭނެ ލިންކް: https://foreign.gov.mv/index.php/en/ministry/careers
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323400 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
30 ރަބީޢުލްޢާހިރު 1448
11 އޮކްޓޫބަރު 2026
Indexed from the Government Gazette on 11 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)25-A5/25/2026/29
- Openings
- 1 person
Requirements
- Level 5 or 6 certificate from the Maldives National Qualifications Framework in a field related to the post; or
- Level 4 certificate from the Maldives National Qualifications Framework in a field related to the post, together with 4 years' work experience in a related…
- Educational qualifications in Information Technology or Computer Science.
Responsibilities
- 01Ministry email, Zimbra, network and other access provision work required by employees.
- 02Taking server backups, maintaining security, network security and email security, scanning systems for viruses and resolving software and system problems.
- 03Identifying network equipment that requires maintenance and carrying out service work on that equipment.
- 04Work relating to licence renewal for the various software used in the Ministry.
- 05Handling issues in the Ministry's communication services and reviewing and correcting matters needing improvement in network performance.
- 06Providing network cable, telephone cable and similar items when setting up Ministry workstations, and preparing stations.
- 07Providing IT assistance to the various departments of the Ministry on matters they require.
- 08Reviewing day-to-day transactions relating to the department's work and taking action in line with established procedures and the opinions of superiors.
- 09Preparing reports, annual reports, work plans, budget information and pending matters, and maintaining filing and records in order.
- 10Assisting other departments under the guidance of superiors and carrying out all duties assigned in connection with the office's official work.
Salary & benefits
Benefits
Pension contributions under the Pension Act of the Maldives, overtime in line with the established procedure, and an attendance allowance of MVR 250 for each official working day attended.
How to apply
Attachments from Ministry of Foreign Affairs
Location
- Place
- Malé
- Atoll
- Malé City
- Address
- Ministry of Foreign Affairs, Malé, Maldives
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Ministry of Foreign Affairs
Government & public sector
The Ministry of Foreign Affairs is the Maldivian government ministry that manages the country's foreign relations. It is headquartered in the Fathulla Jameel Building on Boduthakurufaanu Magu in Malé.
- Open roles
- 2
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 11 Oct 2026Report this listing