School Support Assistant Grade 1
Indexed from Government Gazette6 Oct 2026
- Job type
- Full-Time
- Closes
- 13 Oct
- Source
- Gazette
- Employer
- Jamaaluddeen SchoolEducation
- Location
- MaléMalé City
- Salary
- MVR 10,010/monthAdvertised
- Employment type
- Full-TimeAdministration · Entry level
- Deadline
- Closes 13 Oct 20266 days left
From the notice
Copied text(IUL)JS-A/JS/2026/150 ނަންބަރު
އިޢުލާނު
- މަޤާމު
ސްކޫލް ސަޕޯޓް އެސިސްޓެންޓް ގްރޭޑް 1
- މަޤާމުގެ ނަންބަރު
J-437137
- ބޭނުންވާ އަދަދު
01 (އެކެއް)
- މަޤާމުގެ ގިންތި
ދާއިމީ
- މަޤާމުގެ ރޭންކު
ރޭންކް 1 - ސްޓެޕް 1
- މަޤާމުގެ ކްލެސިފިކޭޝަން
-
- ވަޒީފާ އަދާކުރަން ޖެހޭ ތަން
ޖަމާލުއްދީން ސްކޫލް / ކ. މާލެ
- މުސާރަ
7700.00ރުފިޔާ (މަހަކު)
- މަޤާމުގެ އެލަވަންސް
2310.00 ރުފިޔާ (މަހަކު)
- ޙާޒިރީ އެލަވަންސް
60.00 ރުފިޔާ (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
އެހެނިހެން އެލަވަންސް
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ދިވެހި ރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
1-ކުނިކަހާ ފޮޅާ ސާފުކުރުމާއި ފާޚާނާތައް ދޮވެ ސާފުކުރުމާއި އަދި ފާޚާނާތަކަށް ބޭނުންވާ ޓިޝޫ އާއި އަތްދޮންނަ ފުޅި ހަމައަށް ހުރިތޯ ކޮންމެ ދުވަހަކު ޗެކްކުރުމާއި އެތަކެތި ހަމަކޮށް ފާހާނާ ސާފުތާހިރުކޮށް ބެލެހެއްޓުން
2-ކްލާސްރޫމް ތަކުގެ ގޮނޑި މޭޒުފަދަ ތަކެތި ހަމައަށް ހުރޭތޯ ބެލުން އަދި ގޯތިތެރެއާއި، ސްކޫލްގެ އެހެނިހެން ތަންތަން ކުނިކަހާ ފޮޅާ ސާފުކުރުން.
3-ޓިޝޫ އާއި އަތްދޮންނަ ފުޅި ހަމައަށް ހުރިތޯ ކޮންމެ ދުވަހަކު ޗެކްކުރުމާއި އެތަކެތި ހަމަކޮށް ފާހާނާ ސާފުތާހިރުކޮށް ބެލެހެއްޓުން
4-މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުގެ ހުރިހާ މޭޒު، ގޮނޑި ފަދަތަކެތި ފޮޅާ ސާފުކުރުމާއި މޭޒުތައްކައިރީ ހުންނަ ޑަސްޑްބިންތައް ދުވާލަކު 1 ފަހަރު ހުސްކުރުން.
5-ކިޔަވައި ދިނުން ކުރިއަށްދާ ގަޑިތަކުގައި ފާޚާނާ ތަކުގައި ޑިއުޓީ ގައި ތިބުން.
6-ސްކޫލްގައި ފާހަގަކުރާ އެކިއެކި މުނާސަބަތުތަކާ ޖަލްސާ ފަދަ ކަންތަކަށް ސްކޫލް ތައްޔާރު ކުރުމުގައި ބައިވެރިވެ މަސައްކަތް ކުރުން
7-ކިލާސް ރޫމް ތަކާއި އަދި ސްކޫލްގެ އޮފީސް ބިއްލޫރިތަކާ، ކުޑަދޮރުތަކާއި ބޭރުދޮރުތަކާއި ބިއްލޫރިތައް ސާފުކޮށް ބެލެހެއްޓުން.
8-ކިލާސް ރޫމް ތަކުގައި ހުންނަ ފަންކާތަކާއި ކަބަޑް ފަދަ ތަކެތި ފޮހެ ސާފު ކޮށް ބެލެހެއްޓުން
9-ބާއްވާ ޖަލްސާ ތަކާއި އެހެނިހެން ކަންތައްތަކަށް ގޮޑި ޖަހަން ޖެހިއްޖެ ނަމަ ގޮޑި ޖަހައި އަދި އެކަމެއއް ނިމުމުން ގޮޑިތައް ނެގުން.
10- ސްކޫލްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން
މަޤާމުގެ ޝަރުޠުތައް
1-ލިޔަން ކިޔަން އެނގުން
ނުވަތަ
2-މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- މަޤާމުގެ ތަޢުލީމީ ރޮނގުތައް
ނެތް
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
- ލިޔެކިޔުން ބެހުމާއި އިމާރާތާއި މުދާ ބެލެހެއްޓުމާއިގުޅޭ މަސައްކަތްތައް
- ކުނިކަހާ ފޮޅާ ސާފު ކުރުމާއި މެއިންޓަނެންސް މަސައްކަތްތައް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6-މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- އަސާސީ ޝަރުތު ހަމަވުމުން (% 50)
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (% 5)
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (% 5)
- އިންޓަރވިއު (% 40)
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ޖަމާލުއްދީން ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 15 އޮކްޓޫބަރު 2026 އިން 26 އޮކްޓޫބަރު 2026 އާއި ދެމެދު ޖަމާލުއްދީން ސްކޫލްގައެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3011773 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
6 އޮކްޓޫބަރު 2026
Indexed from the Government Gazette on 6 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)JS-A/JS/2026/150
- Openings
- 1 person
Requirements
- Reading and writing literacy, or 4 years of experience in work within the scope of the post duties.
Responsibilities
- 01Daily checking of toilet cleaning and furniture, tissue and hand towel sufficiency, and rectifying these items and maintaining cleanliness.
- 02Checking classroom furniture condition and cleaning toilets and other school areas with a toilet cleaning mop.
- 03Daily checking of tissue and hand towel sufficiency and maintaining cleanliness.
- 04Cleaning all desks, furniture and dustbins assigned to the role and emptying dustbins once a week.
- 05Duty in the toilets during teaching times.
- 06Participation in preparing the school for various school functions, meetings and other matters.
- 07Cleaning and maintaining class 7 rooms and school office windows, doors and windows.
- 08Cleaning and maintaining desks and items such as carpets in class 8 rooms.
- 09Hoisting and removing flags for large meetings and other events as needed.
- 10Carrying out all tasks assigned in connection with the school's official work.
Salary & benefits
Benefits
Overtime pay according to government pay framework scale principles and pension contribution payable under the Pension Act of the Maldives.
How to apply
Attachments from Jamaaluddeen School
Location
- Place
- Malé
- Atoll
- Malé City
- Address
- Jamaludeen School, Malé
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Jamaaluddeen School
Education
Vaadhoo Jamaaluddin School is a government school on Vaadhoo island in Gaafu Dhaalu Atoll. It opened on 7 February 1967 and was renamed in 2016 after the scholar Mohamed Jamaaluddin. The Ministry of Education lists more than 100 students, more than 26 teachers and about 10 government support staff.
- Open roles
- 2
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 6 Oct 2026Report this listing