Assistant CCTV Monitoring Officer
Indexed from Government Gazette21 Oct 2026
- Job type
- Full-Time
- Closes
- 29 Oct
- Source
- Gazette
- Employer
- Dharumavantha HospitalHealthcare
- Location
- MaléMalé City
- Salary
- MVR 11,060/monthAdvertised
- Employment type
- Full-TimeSecurity · Entry level
- Deadline
- Closes 29 Oct 20268 days left
From the notice
Copied textPosition
- އެސިސްޓެންޓް ސީ.ސީ.ޓީ.ވީ މޮނިޓަރިންގ އޮފިސަރ: 5 openings
އިޢުލާނު
- މަޤާމު
އެސިސްޓެންޓް ސީ.ސީ.ޓީ.ވީ މޮނިޓަރިންގ އޮފިސަރ
- ބޭނުންވާ އަދަދު
05 (ހައެއް)
- މަޤާމުގެ ގިންތި
ދާއިމީ
- މަގާމުގެ ނަންބަރު
458372ޖޭ،458378ޖޭ،458375ޖޭ،458374ޖޭ،458371ޖޭ
- މަގާމްގެ ރޭންކް
ޕަބްލިކް ސަރވިސް ރޭންކް 4-ސްޓެޕް 1
ވަޒީފާ އަދާކުރަން ޖެހޭ ތަން
ދަރުމަވަންތަ ހޮސްޕިޓަލް /އޮޕަރޭޝަނަލް ސަރވިސް ޑިޕާޓްމަންޓް، ފެސިލިޓީސް މެނޭޖްމަންޓް ޑިވިޜަން، ފެސިލީސް ސަރވިސަސް ސެކްޝަން، ސަވެއިލަންސް އެންޑް ފެސިލިޓީ މޮނިޓަރިންގ ޔުނިޓް / މާލެ
- މުސާރަ
-/8505 ރުފިޔާ (މަހަކު)
- މަގާމުގެ އެލަވަންސް
-/2555 ރުފިޔާ (މަހަކު)
- ހާޒިރީ އިނާޔަތް
-/70 ރުފިޔާ (މަސައްކަތަށް ހާޒިރުވާ ދުވަހަކަށް)
- އެހެނިހެން އެލަވަންސް
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެމްބަރ 2025 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
މަޤާމުގެ ޝަރުޠުތައް
މަގާމަށް ކަނޑައަޅާފައިވާ ޝަރުތު:
މަގާމުގެ މަަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.
މަތީގައިވާ ޝަރުތު ހަމަވާ ނުވަތަ މިމަގާމަށް އެކަށީގެންވާ ފަރާތްތައް ނުލިބިއްޖެނަމަ ތިރީގައިމިވާ ޝަރުތު އަދި މަގާމަށް މިއިއުލާނުގެ ތެރެއިން މީހަކު ނެގުމަށްވަނީ ހަމަޖެހިފައެވެ.
- މަޤާމު
ސީ.ސީ.ޓީ.ވީ މޮނިޓަރިންގ އެސިސްޓެންޓް
- މަޤާމުގެ ރޭންކު
ޕަބްލިކް ސަރވިސް ރޭންކް 3
- ބޭނުންވާ އަދަދު
05 (ފަހެއް)
- މަޤާމުގެ ގިންތި
ދާއިމީ
- މަގާމުގެ މުސާރަ
-/7585 ރުފިޔާ (މަހަކު)
- މަގާމްގެ އެލަވަންސް
-/2275 ރުފިޔާ (މަހަކު)
- ހާޟިރީ އިނާޔަތް
-/60 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)
މަޤާމުގެ ޝަރުޠުތައް
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްިތހާނުގައި ދިވެހި މިމާއްދާއިން ދަށްެވެގެން ސީ ގްރޭޑް ލިބިފައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- އިމާރާތްތެރޭގައި ކެމެރާ ހަރުކޮށްފައިވާ ހުރިހާ ސަރަހައްދެއް ސިސްޓަމް އިން ބަލަހައްޓަމުން ދިއުން، ހާއްސަކޮށް ވަދެ ނިކުތުމަށް ކަނޑައަޅާފައިވާ ތަންތަން/ދޮރުތައް.
- އެކްސެސް ކޮންޓްރޯލް ސިސްޓަމް ގަވާއިދުން ބެލެހެއްޓުމާއި އެއްވެސް މައްސަލައެއް އުޅޭނަމަ، އެކަމަކަށް ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރުން .
- އޭ.ސީ، ކަރަންޓު އަދި ފަޔަރ ސިސްޓަމްތައް ބަލަހައްޓަމުން ދިއުމާއި އެލާމެއް އަޅައިފިނަމަ، އެކަމަކަށް ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރުން.
- އެއްވެސް ހާދިސާއެއް ދިމާވެއްޖެ ނަމަ އެކަން ހައްލުކުރުމަށް މަސައްކަތްކޮށް، ސުޕަވައިޒަރަށް އަންގާ، އިންސިޑެންޓް ރިޕޯޓު ތައްޔާރުކޮށް އެރިޕޯޓް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
- އެލާމް ސިސްޓަމްތަކާއި ސެކިއުރިޓީ ކަންކަމާއި ގުޅިގެން އަންނަ ފޯންކޯލްތަކަށް ޖަވާބުދީ އެކަމަކަށް ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރުން.
- ކަނޑައެޅިފައިވާ އުސޫލުން އިމާރާތްތެރޭގެ ކަންކަން ހުރިގޮތް ޗެކްކުރުމަށް އިމާރާތްތެރެ ޕެޓްރޯލް ކުރުން.
- ކޮންޓްރޯލް ރޫމްއާއި ގުޅުންހުރި އުސޫލުތަކާއި އެސް.އޯ.ޕީތައް ތައްޔާރުކޮށް، އުސޫލު/އެސް.އީ.ޕީ ތަކަށް އަމަލުކުރާވަރު ބެލުމަށްފަހު ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.
- މަސައްކަތާއި ގުޅިގެން އިދާރީ ގޮތުން ނިންމަންޖެހޭ ކަންކަން ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ފުރިހަމަކޮށް ނިންމުން.
- ޑިއުޓީ އާއި ޙަވާލުވާކޮންމެ ވަގުތަކު ހޮސްޕިޓަލުގެ އިމާރާތުގެ ދޮރުތައް ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ކަށަވަރުކުރުން.
- އިމާރާތުގެ ތަޅުދަނޑިތައް ބެލެހެއްޓުމާއި، ޑިޕާޓްމަންޓްމަންތައް ހުޅުވާ ތަޅުލުމުގެ މަސައްކަތްތައްކުރުން
މަގާމުގެ ތައުލީމީ ރޮނގުތައް:
- އެޑްމިނިސްޓްރޭޝަން
- ބިޒްނަސް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ
- ކޮމްޕިއުޓަރ ސައިންސް
- ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ
- ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ
- އިންފޮމޭޝަން ޓެކްނޮލޮޖީ
- މެނޭޖްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
- ޕަބްލިކް މެނޭޖްމަންޓް
- ސޮފްޓްވެއަރ އިންޖިނިއަރިންގ
މަގާމުގެ ޕްރިފަރޑް ޑިސިޕްލިން:
-
މަގާމުގެ ކޯ ޑިސިޕްލިން:
-
މަގާމުގެ މަސައްކަތުގެ ދާއިރާތައް:
ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/51) އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ http://igmh.gov.mv ވެބްސައިޓުންނާއި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
ޖީ.އެސް.3 އަދި ޖީ.އެސް. 4 ގެ އޮފިސަރ ކްލެސިފިކޭޝަންގެ ކްރައިޓީރިއާ
| އަސާސީ ޝަރުތު ހަމަވުމުން | 30 |
|---|---|
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް | 5 |
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ | 5 |
އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް) | 25 |
އިންޓަރވިއު | 35 |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އޮކްޓޯބަރ 2026ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އީ-މެއިލް [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިހޮސްޕިޓަލަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މިހޮސްޕިޓަލަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.
އިންޓަރވިއުއާއި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާން އޮންނާނީ،01 ނޮވެމްބަރ 2026 ން 30 ނޮވެމްބަރ 2026 އާ ދެމެދު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
10 ޖުމާދަލްއޫލާ 1448
21 އޮކްޓޯބަރ 2026
Indexed from the Government Gazette on 21 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice 137-HR/DH/IU/2026/38
- Openings
- 5 people
Requirements
- A Level 4 certificate of the National Qualifications Framework of Maldives in a field related to the work of the post, or an Advanced Certificate 4…
Salary & benefits
Benefits
Attendance allowance of MVR 70 per day of attendance at work, plus Government Pay Framework provisions and overtime allowances.
How to apply
Location
- Place
- Malé
- Atoll
- Malé City
- Address
- Malé
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Dharumavantha Hospital
Healthcare
Dharumavantha Hospital is a public hospital in Malé, built by the Maldivian government. It is a 25-storey facility that the government designated as the main government hospital, taking over that role from Indira Gandhi Memorial Hospital. It was formally inaugurated as a tertiary-level hospital, and it offers specialist services including a fertility centre, a hybrid cardiac catheterisation lab and a children's emergency department. Its network, as listed by IGMH, also includes Hulhumale' Hospital, Villimale' Hospital and Maldivian Blood Services. No staff headcount has been published.
- Open roles
- 4
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 21 Oct 2026Report this listing