Electrician
Indexed from Government Gazette12 Oct 2026
- Job type
- Full-Time
- Closes
- 19 Oct
- Source
- Gazette
- Employer
- Ministry of Youth Empowerment, Sports and FitnessGovernment & public sector
- Location
- Not stated
- Salary
- MVR 9,775/monthAdvertised
- Employment type
- Full-TimeEngineering
- Deadline
- Closes 19 Oct 20266 days left
From the notice
Copied textއިޢުލާން
- މަޤާމް
އިލެކްޓްރީޝަން
- މަޤާމުގެ ނަންބަރު
J-444479
- ބޭނުންވާ އަދަދު
01 (އެކެއް)
- މަޤާމުގެ ގިންތި
ދާއިމީ
- މަޤާމުގެ ރޭންކް
ޕަބްލިކް ސަރވިސް ރޭންކް 5 - ސްޓެޕް 1
- ވަޒީފާ އަދާކުރަން ޖެހޭ ތަން
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
- ޑިޕާޓްމަންޓް / ސެކްޝަން
ކޯޕަރޭޓް ޑިޕާޓްމަންޓް، އެޑްމިނިސްޓްރޭޝަން ސެކްޝަން، މެއިންޓެނަންސް ޔުނިޓް
- މަސައްކަތު ގަޑި
ހެނދުނު 08:00 ން މެންދުރު 14:00 އަށް
- މުސާރަ
މަހަކު 9775.00 ރުފިޔާ
- ޖޮބް އެލެވަންސް (ހަރުފަތް 01)
މަހަކު 3805.00 ރުފިޔާ
- ހާޒިރީ އިނާޔަތް
105 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުން ހާޒިރުވާ ދުވަހަކަށް)
އެހެނިހެން އެލަވަންސް
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ކަރަންޓު ވިއުގަ ތަކާއި، ފަންކާއާއި، ހޮޅިބުރި، ބޮކި އަދި މިނޫނަސް ކަރަންޓުގެ އެހީގައި ބޭނުންކުރާ ތަކެއްޗައި ވައިރިންގެ މަސައްކަތް ކުރުން. އިލެކްޓްރިކަލް ކޮންޓްރޯލް، ވަޔަރިންގ، އަދި ލައިޓިންގ ސިސްޓަމްތައް އިންސްޓޯލްކޮށް، ބެލެހެއްޓުމާއި، މަރާމާތުކުރުން.
- ކަރަންޓު ލައިންތަކާއި ކަރަންޓް ނިޒާމުތަކާއި، އާންމު އިލެކްޓްރިކަލް މެއިންޓެނަންސްގެ މަސައްކަތްތައް ބެލެހެއްޓުން.
- ޓެކްނިކަލް ޑައިގްރާމްތަކާއި ބްލޫޕްރިންޓްތައް ބަލައި ކަރަންޓުން ބޭނުންކުރެވޭ އާލާތްތަކާއި، ޑިވައިސްތަކާއި ކޮމްޕޯނެންޓްތައް މަރާމާތުކުރުން.
- ޓްރާންސްފޯމަރ، ސާރކިއުޓް ބްރޭކަރ، އަދި އެހެނިހެން އިލެކްޓްރިކަލް ކޮމްޕޯނެންޓްތައް އިންސްޕެކްޓްކުރުމާއި، ކަރަންޓުގެ މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުން.
- ފިއުޒް، ޓްރާންސްފޯމަރ، އަދި ސާރކިޓް ބްރޭކަރ ފަދަ ކަރަންޓް ވިއުގަ، އެކަށީގެންވާ ޓެސްޓިންގ ޑިވައިސްތައް ބޭނުންކޮށްގެން ކަރަންޓުގެ މައްސަލަތައް އިންސްޕެކްޓްކޮށް ޓެސްޓްކޮށް މައްސަލަތައް ހައްލުކުރުން.
- ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އިމާރާތްކުރުމުގެ ގަވާއިދުތަކަށް އަމަލުކުރާކަން ކަށަވަރުކުރުން.
- ތަން ބޭނުންކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ސަމާލުކަމަށް ގެންނަ ކަންތައްތައް ކަމާގުޅޭ މުވައްޒަފުންނަށް ރިޕޯޓްކުރުން.
މަޤާމުގެ ޝަރުޠުތައް
1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީގެ ސަނަދެއް ހާސިލްކޮއްފައިވުން.
- މަޤާމުގެ މަސައްކަތުގެ ދާއިރާތައް
އިލެކްޓްރިކަލް މަސައްކަތްތަކާއި މެކޭނިކަލް މަސައްކަތްތައް.
މަޤާމުގެ ތަޢުލީމީ ދާއިރާތައް
އޮޓޮމޯޓިވް އިންޖިނިއަރިންގ، އޮޓޮމޯޓިވް ޓެކްނޯލޮޖީ ، ބިލްޑިންގ ކޮންސްޓްރަކްޝަން، ސިވިލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންސްޓަލޭޝަން، އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް، އިލެކްޓްރީޝަން، އިލެކްޓްރޯނިކް އިންޖިނިއަރިންގ، އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަން ޓެކްނީޝަން، އިންޖިން ރިޕެއަރ އެންޑް މެއިންޓަނަންސް، މެޝީނިންގ އެންޑް މެކޭނިކަލް ފިޓިންގްސް، މެރިން އިންޖީނިއަރިންގ، މެރީން މެކޭނިކްސް، މެކޭނިކަލް އިންޖިނިއަރިންގ، ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ، ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ މެކޭނިކްސް، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، ވުޑަން އެންޑް ފައިބަރގްލާސް ބޯޓް ބިލްޑިންގ
ހުށަހަޅަންޖެހޭ ލިޔުންތައް
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ގެ (www.sports.gov.mv) ވެބްސައިޓުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)
https://www.csc.gov.mv/Announcement/ViewDownloads/4
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ : ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
ނޯޓް: މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ އަންގައިދޭ ރެފަރެންސް ޗެކް ފޯމު."
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- ތަޢުލީމާއި މަސައްކަތު ތަޖުރިބާ.
- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
- ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ގެ (www.sports.gov.mv) ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.
ޝޯޓް ލިސްޓްކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިމްތިހާން އަދި އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން އަދި އިންޓަވިއު އޮންނާނެ 20އޮކްޓޫބަރު 2026 އާއި 19 ނޮވެންބަރު 2026އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯޓްސް އެންޑް ފިޓްނަސް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން.
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ނުވަތަ އީ-މެއިލް [email protected] މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347471 ނުވަތަ 3347316 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއ ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ http://www.csc.gov.mv/dv/recruitment-usoolu) ) އިން ލިބެންހުންނާނެއެވެ.
Indexed from the Government Gazette on 12 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)141-HR/141/2026/136
- Openings
- 1 person
Requirements
- Level 5 Diploma or Level 6 Advanced Diploma / Associate Degree certificate from the Maldives National Qualifications Framework (MNQF) in a field related to the…
Responsibilities
- 01Carrying out wiring work for current views, fans, lamps, switches, sockets and other items that use electricity.
- 02Installing, maintaining and repairing electrical control, wiring and lighting systems.
- 03Maintaining electricity lines, electricity systems and general electrical maintenance work.
- 04Repairing electrical tools, devices and components by reviewing technical diagrams and blueprints.
- 05Inspecting transformers, circuit breakers and other electrical components, and identifying and resolving electrical faults.
- 06Inspecting electrical faults and testing them with suitable devices such as fuses, transformers and circuit breakers, and resolving them.
- 07Ensuring compliance with safety measures and building construction regulations.
- 08Reporting to the relevant staff the complaints of premises users and matters raised for their safety.
Salary & benefits
Benefits
Pension contribution under the Pension Act of the Maldives, an additional allowance as prescribed for Civil Service employees, and an attendance benefit of MVR 105 per attendance day under the established procedure.
How to apply
Attachments from Ministry of Youth Empowerment, Sports and Fitness
Location
The listing does not say where the work is. Check the original or ask Ministry of Youth Empowerment, Sports and Fitness.
About the employer
Ministry of Youth Empowerment, Sports and Fitness
Government & public sector
The Ministry of Youth Empowerment, Sports and Fitness is a Maldivian government ministry responsible for promoting sports and recreational events, and for uniting and empowering young people across the Maldives. Its headquarters are at Velaanage in Malé. The ministry has existed under several names since 2008.
- Open roles
- 6
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 12 Oct 2026Report this listing