Skip to content
Back
Via GazetteNotice (IUL)93-A/1/2026/11

Principal Administrative Officer

MVR 17,040/monthPosted 8 hours ago

Indexed from Government Gazette10 Nov 2026

Full-TimeAdminMid-levelNationals only
The application happens on the Government Gazette (gazette.gov.mv), not on CareersMV.
Job type
Full-Time
Closes
22 Nov
Source
Gazette
Employer
Maldives Meteorological ServiceGovernment & public sector
Location
HulhumaléMalé City
Salary
MVR 17,040/monthAdvertised
Employment type
Full-TimeAdministration · Senior
Deadline
Closes 22 Nov 202612 days left

From the notice

Copied text

މިއޮފީހުގެ ނަންބަރ (IUL) 93-OS/93/2026/1 އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކުރުން.

މަޤާމު

ޕްރިންސިޕަލް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

J-459644

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކު

ޕަބްލިކް ސަރވިސް ރޭންކް 8 (ސްޓެޕް 1)

ވަޒީފާ އަދާކުރަން ޖެހޭ ތަން

އެޑްމިނިސްޓްރޭޝަން ޔުނިޓް / މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް، ހުޅުލެ

މުސާރަ

-/11،620 (އެގާރަ ހާސް ހަސަތޭކަ ވިހި) ރުފިޔާ

މަޤާމުގެ އެލަވަންސް

-/5،420 (ފަސްހާސް ހަތަރު ސަތޭކަ ވިހި) ރުފިޔާ

ޙާޟިރީ ޢިނާޔަތް

ޙާޟިރުވާ ކޮންމެ ދުވަހަކަށް -/145 (ސަތޭކަ ސާޅިސް ފަސް) ރުފިޔާ

އެހެނިހެން އެލަވަންސް

  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ދައުލަތުގެ ޕޭ ފްރޭމްވޯކުގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އިދާރީ ޔުނިޓުގެ މަސައްކަތްތަކާއި ގުޅޭ އުޞޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަތައް އެކުލަވާލުމާއި މިތަކެތި ޤަވާޢިދުން ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  2. އޮފީހަށް ލިބޭ ލިޔެކިއުންތަކާއި އެހެނިހެން ތަކެތި ލިބެންޖެހޭ ފަރާތްތަކަށް ފޯރުކޮށް ދިނުމާއި އެކި ފަރާތްތަކަށް ފޮނުވަންޖޭ ލިޔެކިއުންތައް ފޮނުވުމުގެ ކަންކަން ކުރުން.
  3. އިދާރީ ގޮތުން ޖަވާބު ދޭންޖެހޭ ލިޔެކިޔެކިއުންތަކަށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ސީނިއަރ މެނޭޖްމަންޓުގެ ލަފާއާއި އިރުޝާދާއެކު ޖަވާބު ތައްޔާރުކޮށް ފޮނުވުން.
  4. އޮފީހުގެ އަހަރީ ރިޕޯޓު ލިޔެ ތައްޔާރު ކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި ރިޕޯޓު ޗެކްކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީ 31 ގެ ކުރިން ފޮނުވުން.
  5. ސީނިއަރ މެނޭޖްމެންޓުން ބާއްވާ ބައްދަލުވުންތައް އިންތިޒާމު ކުރުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރު ކުރުން.
  6. ކޮންމެ އަހަރަކު އިދާރީ ޔުނިޓްގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ފާހަގަކޮށް އެ އަހަރެއްގެ މާރިޗް 31 ގެ ކުރިން ހިއުމަން ރިސޯސް ޔުނިޓާއި ޙަވާލު ކުރުން.
  7. އޮފީހުން އިންތިޒާމް ކޮށްގެން ބާއްވާ ޙަފްލާތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  8. އިދާރީ ޔުނިޓްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ސީނިއަރ މެނޭޖްމަންޓުގެ ލަފައާއި އިރުޝާދާއެކު ގެނައުން.
  9. ވަޒީފާގެ ދާއިރާއިން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުމާއި، ޚާއްޞަ ޙާލަތްތަކުގައި މިސަރވިސްގެ އެހެން ޔުނިޓްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ނުވަތަ؛

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
  • ޕަބްލިކް މެނޭޖްމަންޓް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ވެބްސައިޓުންނާއި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ނޮވެންބަރު 2026، 14:00 ގެ ކުރިން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް:  އެޕްލިކޭޝަނާއެކު ހުރިހާ ޑޮކިއުމަންޓެއް އެއްފައިލަކަށް ޕީ.ޑީ.އެފްކުރުމަށްފަހު އީ-މެއިލް ކުރައްވާއިރު މެއިލްގެ ސުރުހީގެ ގޮތުގައި މަޤާމުގެނަން ޖެއްސެވުންއެދެމެވެ

ޝޯޓްލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 25 ނޮވެންބަރ 2026 އާއި 03 ޑިސެންބަރ 2026 އާ ދެމެދު، ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އޮފީހުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3037240 ނުވަތަ 3037241 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

Indexed from the Government Gazette on 10 Nov 2026. The original notice is the official version; if anything differs, it wins.

At a glance

Source
Gazette, notice (IUL)93-A/1/2026/11
Openings
1 person

Requirements

  • Master's degree at Level 9 of the Maldives National Qualifications Framework in a field related to the work of the post, or;
  • Degree at Level 7 or 8 of the Maldives National Qualifications Framework, or a Bachelor's Honours degree, in a related field, together with 4 years of related…

Responsibilities

  1. 01Develop the procedures and standard operating processes for the administrative unit and make necessary changes by reviewing these rules.
  2. 02Handle letters received by the office and other items to be provided to relevant parties, and send letters to various parties.
  3. 03Prepare and send replies to administrative letters requiring a response within the set period, under senior management guidance.
  4. 04Manage and supervise preparation of the office's annual report, and send it to relevant parties before 31 January of the following year.
  5. 05Organise meetings held by senior management and prepare the minutes.
  6. 06Identify the training needs of the administrative unit's staff each year and submit them to the Human Resources Unit before 31 March.
  7. 07Organise and maintain ceremonies held by the office.
  8. 08Assess the performance of the administrative unit's staff and make changes needed to strengthen the work, under senior management guidance.
  9. 09Carry out other duties within the scope of the job, and provide assistance other units need in special circumstances.

Salary & benefits

Advertised payMVR 17,040/month

Benefits

Pension contribution under the Pension Act of the Maldives, with overtime pay and other allowances under the government pay framework guidelines.

Administrative officer salary in the Maldives

How to apply

Submit documents before 14:00 on 22 November 2026 to Maldives Meteorological Service, or email [email protected] with the post name as the subject line, combining all documents into a single PDF. The application form is available from the Civil Service Commission website. To clarify the announcement, call 3037240 or 3037241.
Apply at original source (opens in a new tab)

Location

Place
Hulhumalé
Atoll
Malé City
Address
Maldives Meteorological Service, Hulhumalé

How long from your home?

Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.

Sign in

About the employer

Maldives Meteorological Service

Government & public sector

The Maldives Meteorological Service is the government body responsible for meteorological and seismological services in the Maldives. It became the Maldives Meteorological Service in 2009, after earlier years under various government offices. Its main office is at Hulhule' beside Ibrahim Nasir International Airport. It has five meteorological offices, plus 20 automated weather stations and 3 tide gauges across the country.

Open roles
3
Followers
0
Loading departments…

Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.

Claim for free
Loading similar jobs…
Loading related opportunities…

Indexed from the Government Gazette 10 Nov 2026Report this listing