National Statistical Officer
Indexed from Government Gazette9 Nov 2026
- Job type
- Full-Time
- Closes
- 12 Nov
- Source
- Gazette
- Employer
- Maldives Bureau of StatisticsGovernment & public sector
- Location
- MaléMalé City
- Salary
- MVR 12,460/monthAdvertised
- Employment type
- Full-TimeIT · Mid level
- Deadline
- Closes 12 Nov 20262 days left
From the notice
Copied textއިޢުލާނު
- މަޤާމު
ނެޝަނަލް ސްޓެޓިސްޓިކަލް އޮފިސަރ
- މަޤާމުގެ ނަންބަރު
J-445297
- ބޭނުންވާ އަދަދު
01
- މަޤާމުގެ ގިންތި
ދާއިމީ
- މަޤާމުގެ ރޭންކު
ޕަބްލިކް ސަރވިސް ރޭންކް 5 – ސްޓެޕް 1
- ވަޒީފާ އަދާކުރަން ޖެހޭ ތަން
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ
- ޑިޕާޓްމަންޓް / ސެކްޝަން
ނޭޝަނަލް ސާރވޭސް އެންޑް ސްޓެޓިސްޓިކަލް ރެޖިސްޓަރސް / ސްޓެޓިސްޓިކަލް ސާރވޭސް ސެކްޝަން
- މުސާރަ
މަހަކު 9585.00 ރުފިޔާ
- މަޤާމުގެ އެލަވަންސް
މަހަކު 2875.00 ރުފިޔާ
- ހާޒިރީ އިނާޔަތް
ހާޒިރުވާ ދުވަހަކަށް 80.00 ރުފިޔާ
އެހެނިހެން އެލަވަންސް
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑު (01 ނޮވެމްބަރ 2025 އާ އެއްގޮތަށް) އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- އެމްބީއެސް އިން ކުރާ ސާރވޭތަކުގެ ސުވާލުކަރުދާސްތަކާއި ޓެބިއުލޭޝަން ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
- އެމްބީއެސް އިން ކުރާ ސާރވޭތަކުގެ ޓްރޭނިންގ މެޓީރިއަލް ތައްޔާރުކޮށް، ތަމްރީންތައް ރާވާ ހިންގުމުގައި އެހީތެރިވެދިނުން
- އެމްބީއެސް އިން ކުރާ ސާރވޭތަކުގެ އެޑްމިނިސްޓްރޭޓިވް ރިޕޯރޓް އެކުލަވާލާ އަދި ޓެކްނިކަލް/އެނެލިޓިކަލް ރިޕޯރޓްތައް އެކުލަވާލުމުގެ މަސައްކަތް ކޯޑިނޭޓްކުރުން
- އާބާދީއާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުމުގެ ފީލްޑް މަސައްކަތް އިންތިޒާމްކޮށް ރާވާ ކުރިއަށް ގެންދިޔުމުގައި އެހީތެރިވެދިނުން، މަދުވެގެން 5 އަހަރުން އެއްއަހަރު ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭ ކުރިއަށް ގެންދިޔުމުގައި މަސައްކަތް ކޯޑިނޭޓްކޮށް ރާވާ ހިންގުމުގައި އެހީތެރިވެދިނުން
- މަދުވެގެން 3 އަހަރުން އެއްއަހަރު ލޭބަރ ފޯސް ސަރވޭ ކުރިއަށް ގެންދިޔުމުގައި މަސައްކަތް ކޯޑިނޭޓްކޮށް ރާވާ ހިންގުމުގައި އެހީތެރިވެދިނުން
- އިގްތިސާދީ މަސައްކަތްތަކުގެ ސަރވޭގެ ފީލްޑް މަސައްކަތް އިންތިޒާމްކޮށް ރާވާ ކުރިއަށް ގެންދިޔުމުގައި އެހީތެރިވެދިނުން
- އެމް.ބީ.އެސްއިން ކުރިއަށް ގެންދާ ސާރވޭތަކުގެ އިދާރީ މަސައްކަތްތައް ކުރުން
- ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ގައުމީ ފެންވަރުގައި ބޭނުންވާ މުހިއްމު ސާރވޭތަކުގެ މަސައްކަތުގައި އެހީތެރިވުން
- ސަރުކާރާއި ދައުލަތުގެ އިދާރާތަކުން ރަސްމީ ތަފާސްހިސާބު އެކުލަވާލުމަށް ކުރެވޭ ސަރވޭތަކަށް ހުއްދަ ދިނުމާއި ސާރވޭތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން
- ބޯހިމެނުމާއި ސަރވޭތަކުގެ ޑޭޓާ ކޯޑުކުރުން
- މިބިއުރޯއިން ކުރިއަށް ގެންދާ ހުރިހާ ސަރވޭއެއްގެ ސާމްޕްލިންގްގެ މަސައްކަތްކުރުމުގައި އެހީތެރިވެދިނުން
- އެމް.ބީ.އެސްއިން ކުރިއަށް ގެންދާ ސާރވޭތަކުގެ ޑޭޓާ އެޑިޓިންގ މަސައްކަތް، އެކަމާގުޅޭ ސޮފްޓްވެއަރ ބޭނުންކޮށްގެން ކުރިއަށްގެންދިޔުން
- ސަރުކާރާއި ދައުލަތުގެ އިދާރާތަކުން ރަސްމީ ތަފާސްހިސާބު އަދި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތުގެ ތެރެއިން ލިބެންނެތް މައުލޫމާތު ސަރވޭތަކުން ނެގޭނެގޮތްތައް ބަލާ ސަރވޭތަކުގައި ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން
- ތަފާސްހިސާބުގެ ނިޒާމުގެ ތެރެއިން ކުރުމަށް ކަނޑައަޅާ ސަރވޭތަކުގެ އަހަރީ ޕްލޭން (ސަރވޭ ކަލަންޑަރު) އެކުލަވާލުމުގެ މަސައްކަތް ކުރުން
- ލޭބަރ މާކެޓް ސްޓެޓިސްޓިކްސް އެކުލަވާލާ އާއްމުކުރުމުގައި އެހީތެރިވެދިނުން
މަޤާމުގެ ޝަރުޠުތައް
މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެޕްލައިޑް ޑޭޓާ އެނަލިޓިކްސް
- އެޕްލައިޑް ޑޭޓާ ސައިންސް
- އެޕްލައިޑް ސްޓެޓިސްޓިކްސް
- ޑޭޓާ މެނޭޖްމަންޓް
- ޑާޓާ ސައިންސް
- ޑާޓާ ސައިންސް އެންޑް އެނަލިޓިކްސް
- ޑިމޮގްރަފީ
- ޕޮޕިއުލޭޝަން ސްޓަޑީޒް އެންޑް ޑިމޮގްރަފީ
- ސްޓެޓިސްޓިކަލް ސައިންސް
- ސްޓެޓިސްޓިކްސް
މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:
- ސްޓެޓިސްޓިކްސް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ނޮވެމްބަރ 2026ގެ 14:00ގެ ކުރިން، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު)
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 15 ނޮވެމްބަރ – 15 ޑިސެމްބަރ 2026 އާއި ދެމެދު، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008408 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
Indexed from the Government Gazette on 9 Nov 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)457-HRS/1/2026/31
- Openings
- 1 person
Requirements
- Level 5 Diploma from the Maldives National Qualifications Framework or Level 6 Advanced Diploma / Associate Degree in a field related to the duties of the post
Responsibilities
- 01Assisting in preparing questionnaires and tabulation plans for surveys conducted by the NBS
- 02Assisting in preparing training materials and in designing and conducting training sessions for surveys conducted by the NBS
- 03Preparing administrative reports for surveys conducted by the NBS and coordinating the preparation of technical/analytical reports
- 04Assisting in coordinating and carrying out the population and housing census fieldwork and household income and expenditure survey
- 05Assisting in coordinating, designing and conducting the labour force survey at least once every 3 years
- 06Assisting in coordinating and carrying out the fieldwork of economic surveys
- 07Carrying out administrative tasks for surveys conducted by MBS
- 08Assisting in the work of important surveys required nationally to compile official statistics
- 09Granting permission for surveys to be conducted by government and state institutions to compile official statistics, and maintaining the register of surveys
- 10Coding census and survey data
Salary & benefits
Benefits
Pension contribution under the Pension Law of the Maldives, and an attendance benefit of MVR 80 per day of attendance.
How to apply
Location
- Place
- Malé
- Atoll
- Malé City
- Address
- Maldives Bureau of Statistics, Malé
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Maldives Bureau of Statistics
Government & public sector
The Maldives Bureau of Statistics is the lead agency of the Maldives Statistical System. It is headed by a Chief Statistician appointed by the President. It provides official statistics on social, economic and environmental topics, and was established under the Maldives Statistics Act (16/2021). It sits under the ministry responsible for national planning, housing and infrastructure.
- Open role
- 1
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 9 Nov 2026Report this listing