Skip to content
Back
Via GazetteNotice 137-HR/IU/2026/ 288

Assistant Electrician

MVR 11,610/monthPosted 6 hours ago

Indexed from Government Gazette8 Oct 2026

Full-TimeEngineeringEntry levelNationals only
The application happens on the Government Gazette (gazette.gov.mv), not on CareersMV.
Job type
Full-Time
Closes
15 Oct
Source
Gazette
Location
MaléMalé City
Salary
MVR 11,610/monthAdvertised
Employment type
Full-TimeEngineering · Entry level
Deadline
Closes 15 Oct 20267 days left

From the notice

Copied text

Position

  • އެސިސްޓެންޓް އިލެކްޓްރީޝަން: 1 opening

އިޢުލާނު

މަޤާމު

އެސިސްޓެންޓް އިލެކްޓްރީޝަން

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަގާމުގެ ނަންބަރު

449030ޖޭ

މަގާމްގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 3-ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް /އޮޕަރޭޝަނަލް ސަރވިސް ޑިޕާޓްމަންޓް، އިންޖިނިއަރިންގ ޑިވިޜަން، އިންޖިނިއަރިންގ ސެކްޝަން، އިލެކްޓިކަލް އިންޖިނިއަރިންގ ޔުނިޓް/ މާލެ

މުސާރަ

-/8930 ރުފިޔާ (މަހަކު)

މަގާމުގެ އެލަވަންސް

-/2680 ރުފިޔާ (މަހަކު)

ހާޒިރީ އިނާޔަތް

-/70 ރުފިޔާ (މަސައްކަތަށް ހާޒިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 މޭ 2023 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އޮކްސިޖަން ޕެނަލްތަކާއި، ޕަންޕުރޫމުގެ ޕަންޕުތަކާއި، އޭސީ ޕްލާންޓް، އަދި ޖެނެރޭޓަރާއި އިލެކްޓްރިކަލް ޕެނަލްތައް ގަވައިދުން ޗެކްކޮށް މައްސަލައެއް ވާނަމަ އެކަން ސުޕވައިޒަރުގެ އިރުޝާދުގެ ދަށުން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  2. ޑިއުޓީގައި ވޯޑުތަކާއި ހޮސްޕިޓަލުގެ އެހެނިހެން ސަރަޙައްދުތަކުގައި ދިމާވާ އިލެކްޓްރިކަލް އަދި މެކޭނިކަލް މައްސަލަތައް ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތަށް ޙައްލުކޮށް ލޮގުކުރުން.
  3. ޕްރެވެންޓިން މެއިންޓެނަންސް ޝެޑިއުލްއާއި އެއްގޮތަށް އެމަސައްކަތް ކުރުން.
  4. ހޮސްޕިޓަލުގެ އިލެކްޓްރިކް ނެޓްވާރކްއަށް ދިމާވާ މައްސަލަތައް ބަލާ ޙައްލުކުރުން.
  5. މަސައްކަތުގެ ދާއިރާގައި ގެންގުޅޭ ޓޫލްސް އާއި އެނޫން އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  6. ފަޔަރ އެލާމް ސިސްޓަމްތައް ގަވައިދުން ޗެކްކޮށް ބެލެހެއްޓުމާއި ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި، ފަޔަރ އެލާމް ސިސްޓަމްތައް ހުރީ ސޭފްޓީ ޤަވާއިދުތަކާއި މިންގަޑުތަކަށް ފެތޭގޮތަށްތޯ ޗެކްކޮށް ބެލެހެއްޓުން. އަދި އަލިފާނުގެ ހާދިސާއެއް ހިނގުމުން ލަސްނުކޮށް އަންގަން ޖެހޭ ފަރާތަތަކަށް އަންގާ ބަލިމީހުންނާއި މުވައްޒަފުން ސަލާމަތްކުރުމަށް މަސައްކަތް ކުރުން.
  7. ޑިއުޓީގައި ގަޑިއަކު އެއްފަހަރު ބަލަންޖެހޭ އޮކްސިޖަން ޕެނަލްތަކާއި ، ޕަންޕުރޫމުގެ ޕަންޕުތަކާއި ، އޭސީ ޕްލާންޓް ، އަދި ޖެނެރޭޓަރާއި އިލެކްޓްރިކަލް ޕެނަލްތައް ޗެކްކޮށް އޭގެ ލޮގް ބަލާ ލޮގުޝީޓްގައި ނޯޓްކޮށް މިފަދަ އެއްވެސް އެއްޗަކަށް މައްސަލައެއް ދިމާވެއްޖެނަމަ ވަގުތުން ސްޕަވައިޒަރުންނަށާއި އިންޖިނިއަރަށް އެންވުމާއެކު މަސައްކަތް ޙައްލުކުރުމަށް މަސައްކަތް ކުރުން.
  8. އިންޖިިނިއަރިން ސެކްޝަނުގެ އިންޖިނިއަރ ނުވަތަ ސްޕަވައިޒަރ ކަނޑައަޅާ ސީނިއަރ މީހެއްގެ ދަށުން ޙަވާލުކުރާ މަސައްކަތް ކޮށް ނިންމުމާއެކު މަސައްކަތް ނިމުނު ގޮތުގެ ތަފްޞީލް ސްޕަވައިޒަރުންނަށް އެންގުން.
  9. ޑިއުޓީގައި ވޯޑުތަކާއި ހޮސްޕިޓަލުގެ އެހެނިހެން ސަރަޙައްދުތަކުގައި ދިމާވާ އިލެކްޓްރިކަލް އަދި މެކޭނިކަލް މައްސަލަތައް ޙައްލުކޮށް ލޮގުފޮތުގާ ނޯޓްކުރުން. ޙައްލުނުކުރެވޭ މައްސަލައެއްނަމަ ސްޕަވައިޒަރުން ނުވަތަ އިންޖިނިއަރއާ ގުޅައިގެން ރަނގަޅު ކުރުމަށް މަސައްކަތް ކުރުން.
  10. ވޯޑްތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން ލޯންޑްރީގެ ބައޯހަޒާޑް މެޝިންތަކާއި، ލެބޯޓަރީގެ އިލެކްޓްރިކަލް އިކްއުޕްމަންޓްތަކާއި، އެމްއޯޓީގެ މެކޭނިކަލް އަދި އިލެކްޓްރިކަލް އިކުޕްމަންޓްތައް، އަދި އައިސޮލޭޝަން ވޯރޑްފަދަ ތަންތަނުގެ އިލެކްޓްރިކަލް އަދި މެކޭނިކަލް މަސައްކަތްތައް އިންޖިނިއަރ ނުވަތަ ސްޕަވައިޒަރ ކަނޑައަޅާ ސީނިއަރ މީހެއްގެ ދަށުން ކޮށް ނިންމުމާއެކު މަސައްކަތް ނިމުނު ގޮތުގެ ތަފްޞީލް ސްޕަވައިޒަރުންނަށް އެންގުން.

މަޤާމުގެ ޝަރުޠުތައް

މަގާމަށް ކަނޑައަޅާފައިވާ ޝަރުތު:

މަގާމުގެ މަަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.

މަގާމުގެ ތައުލީމީ ރޮނގުތައް:

  1. އޮޓޮމޯޓިވް މެއިންޓަނަންސް
  2. އޮޓޮމޯޓިވް ރިޕެއަރ އެންޑް މެއިންޓެނަންސް
  3. އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް
  4. އިލެކްޓްރީޝަން
  5. އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަން ޓެކްނީޝަން
  6. އިލެކްޓްރޯނިކްސް ޓެކްނޮލޮޖީ
  7. އިލެކްޓްރޯޓެކްނިކަލް ޓެކްނޯލޮޖީ
  8. އިންޖިން ޕަވަރ ސިސްޓަމް އޮޕަރޭޝަންސް
  9. އިންޖިން ރިޕެއަރ އެންޑް މެއިންޓަނަންސް
  10. ފައިބަރގްލާސް ބޯޓް ބިލްޑިންގ
  11. ހެވީ މެޝިން އޮޕަރޭޝަންސް
  12. މެރީން މެކޭނިކްސް
  13. ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ
  14. ރިނިއުބަލް އެނަރޖީ ސިސްޓަމްސް އެންޑް މެއިންޓެނަންސް
  15. ވެލްޑިންގ އެންޑް މެޝިނިންގ
  16. ވެލްޑިންގ އެންޑް ޝީޓް މެޓަލް
  17. ވުޑަން އެންޑް ފައިބަރގްލާސް ބޯޓް ބިލްޑިންގ 

މަގާމުގެ ޕްރިފަރޑް ޑިސިޕްލިން:

-

މަގާމުގެ ކޯ ޑިސިޕްލިން:

-

މަގާމުގެ މަސައްކަތުގެ ދާއިރާތައް:

އިލެކްޓްރިކަލް މަސައްކަތްތަކާއި މެކޭނިކަލް މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން https://www.csc.gov.mv/Policy/Index/51 އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ http://igmh.gov.mv ވެބްސައިޓުންނާއި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ޖީ.އެސް.3 އަދި ޖީ.އެސް. 4 ގެ އޮފިސަރ ކްލެސިފިކޭޝަންގެ ކްރައިޓީރިއާ

އަސާސީ ޝަރުތު ހަމަވުމުން30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮކްޓޯބަރ 2026 ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އީ-މެއިލް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިހޮސްޕިޓަލަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މިހޮސްޕިޓަލަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)

ޝޯޓްލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއުއާއި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާން އޮންނާނީ،18 އޮކްޓޯބަރ 2026 ން 15 ނޮވެމްބަރ 2026 އާ ދެމެދު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

27 ރަބީއުލްއާޚިރު 1448

08 އޮކްޓޯބަރ 2026

Indexed from the Government Gazette on 8 Oct 2026. The original notice is the official version; if anything differs, it wins.

At a glance

Source
Gazette, notice 137-HR/IU/2026/ 288
Openings
1 person

Requirements

  • Certificate of Level 3 of the National Qualifications Framework in a related field
  • Educational qualifications in Automotive Maintenance, Automotive Repair and Maintenance, Electrical Installation and Maintenance, Electrician, Electronics and…

Responsibilities

  1. 01Check oxygen panels, pumps, AC plant, generator and electrical panels according to regulations and resolve issues under supervisor supervision
  2. 02Resolve electrical and mechanical problems in wards and other hospital areas during duty and record them in the log
  3. 03Perform work according to preventive maintenance schedule
  4. 04Identify and resolve problems in the hospital's electrical network
  5. 05Maintain tools and equipment related to the work with care
  6. 06Regularly check fire alarm systems, resolve problems, and ensure compliance with safety regulations
  7. 07Check oxygen panels, pumps, AC plant and electrical panels daily, review logs, and record findings; resolve any problems immediately with supervisor and…
  8. 08Perform work assigned by an Engineer or Supervisor and report completed work details to supervisors
  9. 09Resolve electrical and mechanical problems in wards and other areas, escalating to supervisors or engineer if unable to resolve
  10. 10Perform electrical and mechanical work on hazardous machines in laundry, laboratory equipment, EMO equipment, and isolation wards under supervision

Salary & benefits

Advertised payMVR 11,610/month

Benefits

Allowances as per the State Pay Framework scales and other benefits.

Electrician salary in the Maldives

How to apply

Submit complete civil service employment application form (available from https://www.csc.gov.mv/Policy/Index/51, http://igmh.gov.mv, or the 11th floor counter), applicant details (including contact phone and email), identity proof (both sides of ID card or birth certificate/passport/driving licence), letter of no objection if transferring from another civil service position, copies of educational certificates and transcripts, and work experience documentation to [email protected] before 13:00 on Tuesday, 15 October 2026. Convert all documents into a single PDF file including the applicant's name, post name, and ID card number.
Apply at original source (opens in a new tab)

Location

Place
Malé
Atoll
Malé City
Address
Indira Gandhi Memorial Hospital, Malé

How long from your home?

Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.

Sign in

About the employer

Indira Gandhi Memorial Hospital is the largest government hospital in the Maldives, providing tertiary care from Malé. It has about 300 beds and serves roughly 150,000 people in the city, as well as taking specialist referrals from across the country and abroad. The current hospital opened on 15 April 1995 with Indian government help. Its earliest modern health facility dates to 1948.

Open roles
17
Followers
0
Loading departments…

Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.

Claim for free
Loading similar jobs…
Loading related opportunities…

Indexed from the Government Gazette 8 Oct 2026Report this listing