Senior Health Care Administration Officer
Indexed from Government Gazette6 Oct 2026
- Job type
- Full-Time
- Closes
- 13 Oct
- Source
- Gazette
- Employer
- Indira Gandhi Memorial HospitalHealthcare
- Location
- MaléMalé City
- Salary
- MVR 14,440/monthAdvertised
- Employment type
- Full-TimeAdministration · Senior
- Deadline
- Closes 13 Oct 20267 days left
From the notice
Copied textPosition
- ސީނިއަރ ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ: 1 opening
އިޢުލާނު
- މަޤާމު
ސީނިއަރ ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ
- ބޭނުންވާ އަދަދު
01 (އެކެއް)
- މަޤާމުގެ ގިންތި
ދާއިމީ
- މަގާމުގެ ނަންބަރު
449047ޖޭ
- މަޤާމުގެ ރޭންކު
ޕަބްލިކް ސަރވިސް ރޭންކް 7 -ސްޓެޕް 1
- ވަޒީފާ އަދާކުރަން ޖެހޭ ތަން
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް / ފައިނޭންޝަލް ސަރވިސް ޑިޕާޓްމަންޓް، ސްޓޯރޭޖް އެންޑް ސަޕްލައި ސެކްޝަން، ވެންޑާ މެނޭޖްމަންޓް އިންވެންޓްރީ ޔުނިޓް / މާލެ
- މަގާމުގެ އަސާސީ މުސާރަ
-/9845 ރުފިޔާ (މަހަކު)
- މަގާމުގެ އެލަވަންސް
-/4595 ރުފިޔާ (މަހަކު)
- ޙާޟިރީ އިނާޔަތް
-/125 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)
- އެހެނިހެން އެލަވަންސް
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (1 ނޮވެމްބަރ 2025 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ޑިޕާރޓްމަންޓް ތަކުން މުދާ ނެގުމަށް ފޮނުވާ ރިކުއެސްޓް ތަކަށް މެޑިކަލް އަދި ޖެނެރަލް އިންޑެންޓް ހަދާ މުދާ ދޫކުރުން.
- އައި.ޖީއެމް.އެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް ގެންނަހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުމުގެ މަސައްކަތް ބަލާ ޗެކްކުރުން.
- ސްޓޯރުން މުދާ ދޫކުރާއިރު ކުރިން މުއްދަތު ހަމަވާ ތަކެތި ނުވަތަ ކުރިން އައިސްފައިވާ ތަކެތި ކުރިން ދޫކުރުމަށް އިސްކަންދީ ދޫކުރެވުނީ ސްޓޮކް އިންޑެންޓާ އެއްގޮތަށްތޯ ބަލައި ޗެކްކޮށް މުދާ ދޫކޮށް ނިމުމުމް ބިންކާޑުން ބާކީކޮށް ދުވަހުން ދުވަހަށް ނިންމުން.
- ސްޓޯރުން މުދާ ދޫކުރާއިރު ދޫކުރެވޭނީ ސްޓޮކް އިންޑެންޓާއީ އެއްގޮތަށްތޯ ބަލައި ޗެކްކުރުން.
- ސްޓޮކް ރީ.އޯޑާރ ލެވެލްގައި ހުންނަ ތަކެތި ފާހަގަކޮށް އެއިރެއްގައި ސްޓޮކް މޮނިޓަރ ކުރަން ހުންނަ ސުޕަވައިޒަރުގެ ސަމާލުކަމަށް އެކަން ގެނައުން.
- ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ ލިޔެ ކިޔުންތައް ފައިލްކޮށް އެދުވަހެއްގެ މަސައްކަތް އެދުވަހަކު ނިންމުން.
- ރަސްމީ ގަޑި ފިޔަވައި އެހެނިހެން ގަޑިތަކުގައި މުދާ ދޫކުރަންޖެހޭ ހާލަތްތަކުގައި ގަވައިދާއެއްގޮތަށް މުދާ ދޫކުރުން.
- ހޮސްޕިޓަލުގެ ތިއޭޓަރ ތަކުގައި ކުރެވޭ އޮޕަރޭޝަންތަކަށް ބޭނުންވާ ޖަސްޓް އިން ޓައިމް މުދާ ނެގުމަށް ތިއޭޓަރު ތަކުން ފޮނުވާ ރިކުއެސްޓްތަކަށް އެޓެންޑްކޮށް މުދާ ދޫކުރުން.
- ހޮސްޕިޓަލްގެ ތިއޭޓަރު ތަކުން ފޮނުވާ ރިކުއެސްޓް ތަކަށް ޕާރޗޭސް ރިކުއެސްޓް ހަދައި ޤަވައިދުން ޕްރޮކިއުމަންޓަށް ފޮނުވަމުން ގެންދިއުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
- ސްޓޮކަށް ބޭނުންވާތަކެތި ހޯދުމުގައި މަސައްކަތްކުރުން. މިގޮތުން ސްޓޮކް ރިއޯޑަރ ލެވެލްގައި ހުންނަ ތަކެތި ފާހަގަކޮށް އެއިރެއްގައި ސްޓޮކް މޮނިޓަރ ކުރަން ހުންނަ ސްޕަވައިޒަރގެ ސަމާލުކަމަށް ގެނައުން
- ސްޓޮކަށް ބޭނުންވާތަކެތި ހޯދުމުގައި މަސައްކަތްކުރުން. މިގޮތުން ސްޓޮކް ރިއޯޑަރ ލެވެލްގައި ހުންނަ ތަކެތި ފާހަގަކޮށް އެއިރެއްގައި ސްޓޮކް މޮނިޓަރ ކުރަން ހުންނަ ސްޕަވައިޒަރގެ ސަމާލުކަމަށް ގެނައުން.
- ދުވަހުން ދުވަހަށް ދޫކުރެވޭ ތަކެތީގެ ރިކޯޑް ބަލަހައްޓާ ރިޕޯޓް ތައްޔާރުކުރުން.
- ސްޓޮކްގައި ހުންނަ ޖެނެރަލް އަދި މެޑިކަލް އައިޓަމްސްގެ ތެރެއިން އިންވެންޓްރީގައި ހިމަނަންޖެހޭ ތަކެތި ޤަވާއިދުން އިންވެންޓްރީގައި ހިމެނުމުގެ މަސައްކަތްކުރުން.
- ސްޓޯރ އެންޑް ސަޕްލައި ސެކްޝަންގެ ފަރާތުން ފޮނުވަންޖެހޭ މެމޯ، ސިޓީ އަދި ލިޔުން ފަދަ ލިޔެކިޔުންތައް ތައްޔާރުކޮށް ޑިސްޕެޗްކުރުމާއި އެލިޔުންތައް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
- ރެންޑަމްކޮށް ކޮންމެ ދުވަހަކުވެސް އައިޓަމްތަށް، ސްޓޮކާ ދިމާވޭތޯ ބަލައި ، މައްސަލައެއް ދިމާވެއްޖެނަމަ އެވަގުތު ސްޓޮކް ސުޕަވައިޒް ކުރަންހުންނެވީ ބޭފުޅުއްގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިއުން.
- ސްޓޯރ އަށް ދުވަހުން ދުވަހަށް ލިބޭ މުދާ ރިކުެއެސްޓް ކުރިފަރަތާ ގުޅައިގެން ޗެކްކުރުވާ މުދަލާ ޙަވާލުވުން.
- ހޮސްޕިޓަލުގެ ޑިޕާރޓްމަންޓްތަކަށް ބޭނުންވާ ޕްރިންޓިންގް ތަކެތި ޕްރިންޓަށް ފޮނުވާ މިތަކެތި ހުސްވިޔަނުދީ ބެލެހެއްޓުން
- ނައްތާލަންޖެހޭ ޖެނެރަލް އަދި މެޑިކަލް ތަކެތި ނައްތާލުމުގެ މަސައްކަތް އޮންނަ އުސޫލުގެ ދަށުން ކުރުން.
މަޤާމުގެ ޝަރުޠުތައް
މަގާމަށް ކަނޑައަޅާފައިވާ ޝަރުތު:
މަގާމުގެ މަަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.
މަގާމުގެ ތައުލީމީ ރޮނގުތައް:
- އެކައުންޓިންގ
- އެކައުންޓިންގ އެންޑް ފައިނޭންސް
- އެޑްމިނިސްޓްރޭޝަން
- އޮޑިޓިންގ
- ބިޒްނަސް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ކޮމާރސް
- ފައިނޭންސް
- ފައިނޭންޝަލް މެނޭޖްމަންޓް
- ފައިނޭންޝަލް ޕްލޭނިންގ
- ހެލްތް އެޑްމިނިސްޓްރޭޝަން
- ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން
- ހެލްތް ކެއަރ މެނޭޖްމަންޓް
- ހެލްތު މެނޭޖުމަންޓް
- ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން
- ހެލްތް ސަރވިސަސް މެނޭޖްމަންޓް
- ހޮސްޕިޓަލް އެޑްމިިނިސްޓްރޭޝަން
- ހޮސްޕިޓަލް މެނޭޖްމަންޓް
- ހިއުމަން ރިސޯސް
- ހިޔުމަން ރިސޯސް މެނޭޖްމަންޓް
- އިންޓަރނަލް އޮޑިޓިންގ
- އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް
- އިސްލާމިކް ފައިނޭންސް
- ލެބޯޓަރީ ސައިންސް
- މެނޭޖްމަންޓް
- މެޑިކަލް ސައިންސް
- ނާސިންގ
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
- ޕަބްލިކް ފައިނޭންސް
- ޕަބްލިކް ހެލްތު އެޑްމިނިސްޓްރޭޝަން
- ޕަބްލިކް މެނޭޖްމަންޓް
މަގާމުގެ ޕްރިފަރޑް ޑިސިޕްލިން:
-
މަގާމުގެ ކޯ ޑިސިޕްލިން:
-
މަޤާމުގެ މަސައްކަތުގެ ދާއިރާތައް :
އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް
(ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ / ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓްދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން https://www.csc.gov.mv/Policy/Index/51 އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ http://igmh.gov.mv ވެބްސައިޓުންނާއި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
އެމް.އެސް.1 އަދި އެމް.އެސް.2 ގެ ކްރައިޓީރިއާ
| އަސާސީ ޝަރުތު ހަމަވުމުން | 30 |
|---|---|
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް | 5 |
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް | 5 |
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ | 5 |
އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް) | 20 |
އިންޓަރވިއު | 35 |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އީ-މެއިލް [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އީ-މެއިލްއިން ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ.
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.
- އިންޓަރވިއުއާއި އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާން އޮންނާނީ، 14 އޮކްޓޯބަރ 2026 ން 12 ނޮވެމްބަރ 2026 އާ ދެމެދު އެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
25 ރަބީއުލްއާޚިރު 1448
06 އޮކްޓޯބަރ 2026
Indexed from the Government Gazette on 6 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice 137-HR/IU/2026/ 279
- Openings
- 1 person
Requirements
- Bachelor's Honours degree at level 7 or 8 of the Maldivian national qualifications framework in Accounting, Accounting and Finance, Administration, Auditing,…
Responsibilities
- 01Providing medical and general indent for requests sent by departments to procure items.
- 02Inspecting and checking inventory management of equipment and materials sent to IGMH and therapeutic hospitals.
- 03Ensuring that expired items or previously received items are issued first by checking against the stock indent and maintaining bin card balance daily.
- 04Identifying items at stock reorder level and bringing such matters to the attention of the supervisor responsible for monitoring stock.
- 05Filing written documents daily and completing the work of that day on the same day.
- 06Issuing items according to regulations in situations where items need to be issued outside official working hours.
- 07Attending to requests sent by theatres for just-in-time items needed for operations and issuing the items.
- 08Carrying out all work related to preparing purchase requests for hospital theatres and processing them through procurement.
- 09Maintaining records of items issued daily and preparing reports.
- 10Randomly checking items daily to see if stock matches and addressing any issues found.
Salary & benefits
Benefits
Overtime pay and other allowances according to government pay framework scales as amended on 1 November 2025.
How to apply
Location
- Place
- Malé
- Atoll
- Malé City
- Address
- Indira Gandhi Memorial Hospital, Financial Service Department, Storage and Supply Section, Vendor Management Inventory…
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Indira Gandhi Memorial Hospital
Healthcare
Indira Gandhi Memorial Hospital is the largest government hospital in the Maldives, providing tertiary care from Malé. It has about 300 beds and serves roughly 150,000 people in the city, as well as taking specialist referrals from across the country and abroad. The current hospital opened on 15 April 1995 with Indian government help. Its earliest modern health facility dates to 1948.
- Open roles
- 9
- Followers
- 0
Departments hiring
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeSimilar jobs
All health care administrator jobsHealthcare Administration Officer (customer Service Officer)
Haa Dhaalu Atoll Naivadhoo Health Centre · 1h agoNaivaadhooFull-TimeCloses in 6 daysMVR 12,610/monthAssistant Health Care Administration Officer
Indira Gandhi Memorial Hospital · 2h agoMaléFull-TimeCloses in 7 daysMVR 11,560/monthHealth Care Administration Officer
Indira Gandhi Memorial Hospital · 2h agoMaléFull-TimeCloses in 7 daysMVR 12,610/monthHealth Care Administration Officer
Indira Gandhi Memorial Hospital · 2h agoMaléFull-TimeCloses in 7 daysMVR 12,610/month
Indexed from the Government Gazette 6 Oct 2026Report this listing