State Attorney
Indexed from Government Gazette13 Oct 2026
- Job type
- Full-Time
- Closes
- 22 Oct
- Source
- Gazette
- Employer
- Attorney General's OfficeGovernment & public sector
- Location
- MaléMalé City
- Salary
- MVR 21,685/monthAdvertised
- Employment type
- Full-Time
- Deadline
- Closes 22 Oct 20269 days left
From the notice
Copied text- މަޤާމު
ސްޓޭޓް އެޓަރނީ
- ބޭނުންވާ އަދަދު
01
- މަޤާމުގެ ބާވަތް
ދާއިމީ
- ޕަބްލިކް ސަރވިސް ރޭންކް
07
- މަޤާމުގެ ކްލެސިފިކޭޝަން
ސްޓޭޓް އެޓަރނީ ޕްރޮފެޝަނަލްސް
- ވަޒީފާ އަދާކުރަން ޖެހޭ ތަން
ބަންޑާރަނައިބުގެ އޮފީސް/ މާލެ
- އަސާސީ މުސާރަ
-/14،785 ރުފިޔާ
- މަޤާމުގެ އެލަވަންސް
-/6،900 ރުފިޔާ
- ހާޒިރީ އެލަވަންސް
-/185 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)
- މަޤާމުގެ ޝަރުތުތައް
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ސަނަދެއް ހާސިލްކޮށްފައިވުން.
- މަޤާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ދާއިރާ
ލޯ (ޤާނޫނީ ގޮތުން)
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް
- އޮފީހުގެ މެންޑޭޓުގައި ހިމެނޭ އެންމެހައި ޤާނޫނީ ލަފާ ދިނުމާ ގުޅޭ މައްސަލަތަކާއި ލިޔުންތައް ދިރާސާކުރުމާއި، އޮފީހުން ފޯރުކޮށްދޭންޖެހޭ ޤާނޫނީ ލަފާ ތައްޔާރުކޮށް ނިންމުން.
- ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ދިވެހިރާއްޖޭން ބައިވެރިވުމާބެހޭ ގޮތުންނާއި، ދިވެހި ސަރުކާރާއި އެހެނިހެން ފަރާތްތަކާމެދު ކުރެވޭ އެއްބަސްވުންތަކާ ބެހޭ ގޮތުން ސަރުކާރަށް ދޭންޖެހޭ ޤާނޫނީ ލަފާ ތައްޔާރުކޮށް ނިންމުން.
- ސަރުކާރުގެ ފަރާތުން އެކިއެކި ރަސްމީ ލިޔުންތަކުގައި ސޮއިކުރައްވާ ބޭފުޅުންނަށް ދޭންޖެހޭ އިންސްޓްރޫމަންޓް އޮފް ފުލް ޕަވަރ އާ ގުޅޭ ގޮތުން ޤާނޫނީ ޤާނޫނީ ލަފާ ތައްޔާރުކޮށް ނިންމުން.
- ރާއްޖޭން ބޭރުގައި މާލީ އިދާރާތަކުން ސަރުކާރަށް ނަގާ ލޯނުތަކުގެ ލޯނު އެގްރީމަންޓުތަކުގައި ސަރުކާރުން ސޮއިކޮށްފައިވާގޮތާއި، އެ އެގްރީމަންޓް ތަންފީޛުކުރުމާގުޅޭ ގޮތުން މާލީ އިދާރާތަކަށް ދޭންޖެހޭ "ލީގަލް އޮޕީނިއަން" ތައްޔާރުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ލީގަލް އޮޕީނިއަންތަކުގެ ޑްރާފްޓްތައް އެކުލަވާލައި ނިންމުން.
- ސަރުކާރުން ރާވާ މުހިންމު މަޝްރޫޢުތަކާއި އިޢުލާންކުރާ އަދި ވަޒަންކުރާ ބީލަންތަކާއި، ސަރުކާރުން ކުރާ ނެގޯސިއޭޝަންތަކާއި ކުރާ މުހިންމު ކަންތައްތަކާ ގުޅިގެން ޤާނޫނީ ލަފާ ދިނުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި ޤާނޫނީ ލަފާ ތައްޔާރުކޮށް ނިންމުން.
- ސަރުކާރުގެ އޮފީސްތަކުން އެކުލަވާލާ ގަވާއިދުތަކުގެ ދެލިކޮޕީތަކަކީ ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކާ ފުށުންއެރުން ހުރި ގަވާއިދުތަކާ ފުށުއެރުން ހުރި ގަވާއިދުތަކެއްތޯ ނުވަތަ ނޫންތޯ ބަލައި، އެ ގަވާއިދުތަކަށް ޢަމަލުކުރަން ފެށުމާބެހޭ ގޮތުން ޤާނޫނީ ލަފާ ދިނުން.
- ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތައް ތަސްދީޤުކުރުމާ ގުޅޭގޮތުން ސަރުކާރަށް ބޭނުންވާ ޤާނޫނީ ލަފާދިނުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ޤާނޫނީ ލަފާ ތައްޔާރުކޮށް ނިންމުން.
- ޤާނޫނުއަސާސީންނާއި ޤާނޫނަކުން އެހެން ފަރާތެއްގެ މަސްއޫލިއްޔަތެއް ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި، ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ކޯޓުތަކުގައާއި އެނޫންވެސް އެފަދަ ތަންތަނުގައި ދިވެހި ދައުލަތް ތަމްސީލުކުރުމާއި، އާބިޓްރޭޝަނާއި މީޑިއޭޝަންފަދަ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ނިޒާމުތައް މެދުވެރިކޮށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ހިނގާ މައްސަލަތަކުގައި ދިވެހި ދައުލަތް ތަމްސީލްކުރުމުގެ މަސައްކަތުގައި އޮފީހުގެ އެޓަރނީންނަށް އެހީތެރިވެދިނުމާއި މަސައްކަތްކުރުން.
- ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ދަށުން ތައްޔާރުކުރާ ބިލުތަކަށް ބޭނުންވާ ދިރާސާތަކާއި ޑްރާފްޓްކުރުމުގެ މަސައްކަތްތަކުގައި އޮފީހުގެ އެޓަރނީންނަށް އެހީތެރިވެދިނުމާއި މަސައްކަތްކުރުން.
- އިންސާނީ ޙައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތު ވިލަރެސްކުރުމާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން ޖަވާބުދާރީވާން ކަނޑައެޅިފައިވާ ފަރާތްތަކަށް ދިވެހިރާއްޖެއިން ރިޕޯޓުކުރުމުގެ މަސައްކަތްތަކުގައި އޮފީހުގެ އެޓަރނީންނަށް އެހީތެރިވުމާއި އެ މަސައްކަތްކުރުން.
- މީގެ އިތުރުން އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތެއް ކުރުން.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ބަންޑާރަނައިބުގެ އޮފީހުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް. (އެޓެސްޓްކޮށްފައި)
- އެހެން އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- މަޤާމުގެ އަސާސީ ޝަރުތު ހަމަކުރުމަށް ބޭނުންވާ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެޓެސްޓްކޮށްފައި)؛
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ؛
- ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ
- ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި):
- ސަރުކާރުގެ ނުވަތަ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތެއްނަމަ، އަދާކޮށްފައިވާ މަޤާމާއި ރޭންކް، ކްލެސިފިކޭޝަން، ލިބޭ މުސާރަ އާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
- އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމާއި، ލިބޭ މުސާރައާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
- އަދާކޮށްފައިވާ މަޤާމާއި، ލިބޭ މުސާރައާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
- އުވާލާފައިވާ އިދާރާއެއްނަމަ، މި އޮފީހުގެ ވެބްސައިޓުގައި "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމު"، އެ އިދާރާއަކަށް ނިސްބަތްވާ އިސްވެރިއެއް މެދުވެރިކޮށް ފުރިހަމަކުރުމަށް.
7. 18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، ބެލެނިވެރިޔާ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ.
- އެޕްލިކޭޝަން އާއި ސަޕޯޓިންގ ޑޮކިއުމަންޓްތައް އީ-މެއިލްކުރަންވާނީ ހުރިހާ ޑޮކިއުމަންޓްތަކެއް ފީޑީއެފް ފޯމެޓްގައި އެއް ފައިލްއަކަށް ހަދާފައެވެ. ޕީޑީއެފް ފޯމެޓް ނޫން އެހެން ފޯމެޓްގައި ހުންނަ ޑޮކިއުމަންޓްތައް ނުވަތަ ވަކިވަކިން އެޕްލިކޭޝަންއާއެކު އީ-މެއިލްކުރާ ޑޮކިއުމަންޓްތައް ބަލައެއް ނުގަނެވޭނެއެވެ.
- އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަރވިއުއަށް ކިޔުން
- މަޤާމުގެ އިންޓަރވިއުއަށް ކިޔާނީ، ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލުގެ ދަށުން ހަމައެކަނި ޝޯޓްލިސްޓްވާ ކެންޑިޑޭޓުންނެވެ.
- އިންޓަރވިއު ބޭއްވޭނީ ނޮވެންބަރު މަސް ތެރޭގައެވެ. އެހެންކަމުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވެވޭ ގޮތަށް ޝޯޓްލިސްޓްވާ ކެންޑިޑޭޓުން ހުންނަންވާނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި މަޤާމަށް ޕޮއިންޓްދޭނެ މިންގަނޑު 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' ގައި ހިމަނާފައިވާނެއެވެ.
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 އަށެވެ. އަދި އީ-މެއިލް ކުރާނީ [email protected] އަށެވެ.
- 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' އޮފީހުގެ ވެބްސައިޓް https://agoffice.gov.mv/dv/publications?category=26 އިން ލިބެން ހުންނާނެއެވެ.
Indexed from the Government Gazette on 13 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)32-CAD-S5/1/2026/48
- Openings
- 1 person
Requirements
- Level 7 or 8 National Qualification from a Maldivian institution in a field related to the duties of the post.
- Law (legal) educational field related to the duties of the post.
Responsibilities
- 01Studying all legal matters and documents relating to the mandate of the office, and preparing and deciding on the legal opinions the office provides.
- 02Preparing legal opinions for the government on international agreements and on agreements with other parties.
- 03Preparing legal opinions on the Instrument of Full Power for persons who sign official documents on behalf of the government.
- 04Preparing legal opinions for financial institutions on government loan agreements and their implementation.
- 05Giving legal opinions on major government projects, tenders, negotiations and important matters.
- 06Examining government regulations for conformity with laws in force, and giving opinions on their application.
- 07Giving the government legal opinions on ratification of bills passed by the People's Majlis.
- 08Assisting the Attorney General's Office in representing the Government in courts, arbitration and mediation, where not assigned to another party.
- 09Assisting with research and drafting for bills under the Government's legislative agenda.
- 10Assisting with review of the Government's human rights policy and reporting under international human rights treaties.
Salary & benefits
The notice does not list benefits.
Lawyer salary in the MaldivesHow to apply
Attachments from Attorney General's Office
Location
- Place
- Malé
- Atoll
- Malé City
- Address
- Port Authority Office / Malé
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Attorney General's Office
Government & public sector
The Attorney General's Office supports the Attorney General, who is the Maldivian Government's legal adviser under the constitution. The office advises the Government on legal matters affecting the State and represents the State in the courts of the Maldives. It is based at Velaanaage in Malé.
- Open role
- 1
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 13 Oct 2026Report this listing