Skip to content
Back
Via GazetteNotice (IUL) 425-C1/1/2026/227

Mosque Cleaner

MVR 9,465/monthPosted 7 hours ago

Indexed from Government Gazette12 Oct 2026

Full-TimeNationals only
The application happens on the Government Gazette (gazette.gov.mv), not on CareersMV.
Job type
Full-Time
Closes
19 Oct
Source
Gazette
Employer
Malé City Council AdministrationGovernment & public sector
Location
HulhumaléMalé City
Salary
MVR 9,465/monthAdvertised
Employment type
Full-TimeHousekeeping · Entry level
Deadline
Closes 19 Oct 20266 days left

From the notice

Copied text

އިޢުލާނު

މަޤާމު

މިސްކިތު އެސިސްޓެންޓް (ފިރިހެން)

ބޭނުންވާ އަދަދު

05

މަޤާމުގެ ގިންތި

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު) 

ވަޒީފާ އަދާކުރަން ޖެހޭ ތަން

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ހުޅުމާލެ ސެކްޝަން

މުސާރަ

 7530.00ރުފިޔާ.

މަޤާމުގެ އެލަވަންސް

1935.00 ރުފިޔާ.

ހާޒިރީ އިނާޔަތް

  • ފަތިސް ނަމާދު ފިޔަވައި ކޮންމެ ނަމާދު ގަޑިއަކަށް 25 ރުފިޔާ.
  • ފަތިސް ނަމާދު ގަޑިއަށް 55 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މާލޭ ސަރަޙައްދުގެ މިސްކިތްތަކުގެ ކާޕެޓް ވެކިއުމްކޮށް ސާފުކުރުމާއި މުށި އަދި މާބްލްޖަހާފައިވާ ސަރަޙައްދުތަކާއި ހުރިހާ ސިޑިތަކާއި ނޮވިލޮން އަޅާފައިވާ ތަންތަން ކުނިކަހައި، މޮޕްލައި ސާފުކުރުމުގެ މަސައްކަތްތަކާއި މިސްކިތްތަކުގެ ދިއްލުންތަކާއި ފަންކާތަކާއި އެއަރ ކޮންޑިޝަންތަކާއި އެއަރ ކާޓަންތައް ޖައްސައި ނިއްވުމާއި ފުހެ ސާފުކުރަންޖެހޭ ތަންތަނާއި ތަކެތި ފުހެ ސާފުކުރުމާއި ވުޟޫކުރާ އިސްކުރުބަރިއާއި ފާޚާނާތައް ދޮވެ ސާފުކުރުމުގެ މަސައްކަތްތަކާއި މިސްކިތުގައި އުފެދޭ ކުނިތައް އުކާލުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މި އިދާރާއިން ހަމަޖައްސާފައިވާ އުޞޫލާ އެއްގޮތަށް، ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން.
  2. މިސްކިތްތަކުގެ ގޯތިތެރޭގެ ހުރިހާ ތަނެއް ކުނިކަހައި ސާފުކުރުމާއި މިސްކިތު ވަޅުތަކުގެ ތަޅުންގަނޑާއި ވަޅުގެ ބޭރު އަދި މިނޫންވެސް ވަޅާގުޅޭ ސަރަޙައްދުގެ، ސާފުކުރަންޖެހޭ ހުރިހާ ތަނެއް ސާފުކުރުމާއި ވަޅުދިޔަ ހިއްކުމާއި ވެލި ވަޅުގަނޑުތަކާއި ވުޟޫކުރާ ފެންއެޅޭ ކާނު ސާފުކުރުމާއި ޢިމާރާތްތަކުގެ އެތެރެއާއި ބޭރުގައި ޖަހާފައި ހުންނަ މުއްޓާއި މާބްލްތައް ބުރުސް އަޅައި ސާފުކުރުމާއި ޢިމާރާތްތަކުގެ ބޭރު ފާރުތަކާއި ޓެރަސް އަދި ބެލްކަނި ފަދަ ތަންތަން ދޮވެ ސާފުކުރުމާއި ކާޕެޓް ދޮވެ ހިއްކުމުގެ މަސައްކަތްތައް މި އިދާރާއިން ހަމަޖައްސާފައިވާ އުޞޫލާ އެއްގޮތަށް، ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން.
  3. މިސްކިތުން ބޭރުގައި ނަމާދު ކުރުމަށް އަޅާ ކުނާ، ނަމާދުކޮށް ނިމުމުން ނަގައި ރައްކާތެރިކަމާއެކު ބެހެއްޓުމާއި ހުކުރު ނަމާދު، ޢީދު ނަމާދު، ކަށުނަމާދު ފަދަ ނަމާދުތައް ކުރުމަށް މިސްކިތުން ބޭރުގައި ކުނާ އަޅަންޖެހޭ ޙާލަތްތަކުގައި ކުނާ އެޅުމާއި ނަމާދަށްފަހު ކުނާތައް ނަގައި ރައްކާތެރިކަމާއެކު ބެހެއްޓުމާއި ނަމާދުކުރުމަށް އަޅާ ކުނާ ތެމިއްޖެނަމަ އަވީލާ ހިއްކުމާއި ޑަސްބިންތަކުގައި ހުންނަ ކުނި ނަގައި، ޑަސްބިނާއި ޑަސްބިން ހުންނަ ތަންތަން ސާފުކުރުމާއި ވާރޭވެހިގެން ނުވަތަ އެހެން ގޮތަކުންވިއަސް، މިސްކިތުގެ ޢިމާރާތްތަކާއި މިސްކިތު ގޯތިތެރޭ މުށި ޖަހާފައިވާ ސަރަޙައްދުތަކުގައި އަދި ސިޑިތަކުގެ މަތީގައި، ޖަމާވާ ފެން، ފެން ކެހުމަށް ބޭނުންކުރާ ސާމާނު ބޭނުންކޮށްގެން އަވަސް އަވަހަށް ކަހައި ނުވަތަ މޮޕްލައި ހިއްކުމާއި މިސްކިތުގެ ފަންކާތަކާއި ސީލިންގ ފަދަ ތަންތަން ފުހެ ސާފުކުރުމާއި މިސްކިތާއި މިސްކިތުގައި ހުންނަ ތަކެތީގެ މަކުނުވާ ފޮޅައި ސާފުކުރުމާއި، ސިޑިތަކުގެ ރެއިލިންގތަކާއި ހޮޅިތަކާއި ޗާނދަލިޔާތަކާއި ލައިޓްތަކާއި އިލެކްޓްރިކް ފިޓިންގްސް ފުހެ ސާފުކުރުމާއި މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ހުންނަ ޢިމާރާތްތަކުގެ ފުރާޅާއި ދިޔަދޮވި ސާފުކުރުމާއި ނަމާދު ކުރުމަށް ބޭނުންކުރާ ކުނާތަކާއި ފައިފުހި ރަގު ފަދަ ތަކެތި ސާފުކުރުމާއި އަވީލުމާއި ތެމިއްޖެނަމަ އަވީލައި ހިއްކުމާއި މިސްކިތު ގޯތިތެރެއާއި، ބިންމަތީގައި މުށިޖަހާފައިވާ ތަންތަނާއި ގާއަތުރާ ނުވަތަ ތަޅުންއަޅާފައިވާ ސަރަޙައްދުތައް ދޮވެ ސާފުކުރުމުގެ މަސައްކަތްތައް މި އިދާރާއިން ހަމަޖައްސާފައިވާ އުޞޫލާ އެއްގޮތަށް، ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން.
  4. ހުކުރު ނަމާދާއި ޢީދު ނަމާދު އަދި ކޭތަ ނަމާދު ފަދަ ނަމާދުތަކަށް މިސްކިތް ތައްޔާރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން.
  5. މި އިދާރާއިން ބަލަހައްޓާ ޤަބުރުސްތާނުތަކުގައި ފަޅާ ކުދި ގަސްތައް އުފުރުމާއި ވިނަ ނޮޅާ ސާފުކުރުމާއި ޤަބުރުސްތާނުތަކުގައި ހުންނަ، ކޮށަންޖެހޭ ބޮޑެތި ގަސްތައް ކޮށުމާއި ޤަބުރުސްތާނުތައް ކުނިކަހައި ސާފުކުރުމާއި ޤަބުރުސްތާނުތަކުގައި އުފެދޭ ކުނިތައް އުކާލުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މި އިދާރާއިން ހަމަޖައްސާފައިވާ އުޞޫލާ އެއްގޮތަށް، ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން.
  6. މިސްކިތުގެ ގޯތިތެރެއާއި ޤަބުރުސްތާނުގައި ހުންނަ ގަސްތައް، އެތަންތަނުގައި ހުންނަ ޢިމާރާތްތަކަށާއި ތަންތަނަށް އަދި އިންވެގެން ހުންނަ ގޭގޭގެ ޢިމާރާތްތަކާއި ތަންތަނަށް ގެއްލުން ނުވާނޭހެން ކޮށައި ބެލެހެއްޓުމާއި ގަހުގެ ހިކޭ ގޮފިތަކާއި ގަހުގެބައިތައް ކަނޑައި ބެލެހެއްޓުމާއި ގަސްތަކުގެ މޫތަކުން، ޢިމާރާތްތަކަށް ގެއްލުން ނުވާނެހެން ކަނޑައި ބެލެހެއްޓުން އަދި މިސްކިތުގެ ގޯތިތެރޭގައާއި ޤަބުރުސްތާނުގައި ހުންނަ ރުކުގައި އަޅާ އެއްޗެހިންނާއި ރުކުގެ ފަންތަކުގެ ސަބަބުން، މީހުންނަށާއި ތަންތަނަށާއި ތަކެއްޗަށް ގެއްލުން ނުވާނެހެން، ރުއްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް މި އިދާރާއިން ހަމަޖައްސާފައިވާ އުޞޫލާ އެއްގޮތަށް، ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން.
  7. މިސްކިތުގެ ގޯތިތެރޭގައި އިންދަންޖެހޭ ބަގީޗާ ގަސްތައް އިންދާ، ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ މަސައްކަތްތައް ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން. 
  8. ޤުދުރަތީގޮތުން ކުރިމަތިވާ ޙާދިޘާތަކާއި ގުޅިގެން ދިމާވާ ކަންތައްތައް ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި މީހަކަށް ނުވަތަ ކުޑަކުއްޖަކަށްވިޔަސް މިސްކިތުގެ ތެރެއަށް ނުވަތަ މިސްކިތުގެ ގޯތިތެރެއަށް ބޮޑުކަމު ނުވަތަ ކުޑަކަމުދެވި ނުވަތަ ހޮޑުލެވި އަދި މިނޫންވެސް މިސްކިތާއި މިސްކިތުގެ ގޯތިތެރެ ހަޑިވާފަދަކަމެއް ދިމާވެއްޖެނަމަ އެތަނެއް ވަގުތުން ރަނގަޅަށް ސާފުކޮށް ނުބައިވަސް ނުދުވާނެހެން ހެދުން އަދި ޖަނަވާރެއް ފަރާތުން މިފަދަ ކަމެއް ދިމާވިއަސް އެތަނެއް ވަގުތުން ރަގަޅަށް ސާފުކޮށް ނުބައިވަސް ނުދުވާނެހެން ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން އަދި މިސްކިތްތައް ސާފުތާހިރުކޮށް ބޭއްވުމުގެ މަގުޞަދު ހާސިލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން.
  9. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
  10. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް

  1. ލިޔަން ކިޔަން އެނގުން.

ނުވަތަ:

  1. މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި(www.malecity.gov.mv) މާލޭ ސިޓީ ހޯލްގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެއިދާރާއިން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 
  4. 4. ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް / 04 މަސްހަމަނުވާ (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާއެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: 

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

ނޯޓް: މި މަޤާމަށް އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް އިންޓަވިއުއިން މުޅިއަކު ޖުމުލަ 60 ނުވަތަ އެއަށްވުރެ މަތިންލިބޭ ފަރާތެކެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 އޮކްޓޯބަރ 2026 ގެ 14:00 ގެ ކުރިން، މާލޭ ސިޓީ ހޯލްގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

01 ޖުމާދަލްއޫލާ 1448

Indexed from the Government Gazette on 12 Oct 2026. The original notice is the official version; if anything differs, it wins.

At a glance

Source
Gazette, notice (IUL) 425-C1/1/2026/227
Openings
5 people

Requirements

  • Basic literacy and numeracy, or
  • 4 years of work experience in a relevant field of the post

Responsibilities

  1. 01Vacuum and clean mosque carpets, mop and clean marble and tiled areas, and clean fans, air conditioners and air curtains
  2. 02Clean the mosque compound, gates, outer areas, buildings' interiors and exteriors, and fixed furniture
  3. 03Clean and store prayer mats, and lay them out outside the mosque for Friday, Eid and funeral prayers
  4. 04Collect and empty rubbish bins, and clean the ablution area, toilets and wudu benches
  5. 05Prepare the mosque for Friday, Eid and other prayers as instructed by the supervisor
  6. 06Maintain grass, trim trees and shrubs within the mosque compound and cemetery
  7. 07Plant and maintain grass in the cemeteries managed by the office and remove waste from them
  8. 08Clean up after natural events, people, children, animals and other situations in or around the mosque
  9. 09Implement Council decisions and carry out related administrative tasks under the Secretary General or supervisor
  10. 10Be answerable to the Council and the Secretary General for matters relating to Council administration work

Salary & benefits

Advertised payMVR 9,465/month

Benefits

Attendance benefit of MVR 25 per prayer, and MVR 55 for Friday prayer.

Cleaner salary in the Maldives

How to apply

Submit a completed contract job application form (available at www.malecity.gov.mv and from Malé City Council office at Malé City Hall) with the required documents before 14:00 on 19 October 2026 to the Malé City Council office at Malé City Hall. Applications sent by email will not be considered. For clarification call 3025408 or 7989840, or email [email protected].
Apply at original source (opens in a new tab)

Attachments from Malé City Council Administration

Location

Place
Hulhumalé
Atoll
Malé City
Address
Malé City Hall

How long from your home?

Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.

Sign in

About the employer

Malé City Council Administration

Government & public sector

Malé City Council is the local government body responsible for the administration and development of Malé, the capital city of the Maldives. Its administration (secretariat) supports the elected council, runs its services and projects, and publishes news and notices for residents through its official website.

Open roles
5
Followers
0
Loading departments…

Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.

Claim for free
Loading similar jobs…
Loading related opportunities…

Indexed from the Government Gazette 12 Oct 2026Report this listing