Skip to content
Back
Via GazetteNotice (IUL)1-CSO(HR)/1/2026/121

Senior Legal Officer

MVR 20,337/monthPosted 3 days ago

Indexed from Government Gazette18 Oct 2026

Full-TimeLegalSeniorNationals only
The application happens on the Government Gazette (gazette.gov.mv), not on CareersMV.
Job type
Full-Time
Closes
22 Oct
Source
Gazette
Employer
Office of the PresidentGovernment & public sector
Location
Not stated
Salary
MVR 20,337/monthAdvertised
Employment type
Full-TimeSenior
Deadline
Closes 22 Oct 20261 day left

From the notice

Copied text

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި، ގާބިލު މީހުންނެވެ.

މަގާމުގެ ނަން

 ސީނިއަރ ލީގަލް އޮފިސަރ

ރޭންކް

 ޕީ.އޯ.އެލް. 7

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން

 މޯލްޑިވްސް ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީ އޮފީސް

ބޭނުންވާއަދަދު

 1 (އެކެއް)

އަސާސީމުސާރަ

 10,922.00 ރުފިޔާ

ސަރވިސްއެލަވަންސް

 2,000.00 ރުފިޔާ

އެކްސްކްލޫސިވްޖޮބްއެލަވަންސް

 4,914.90 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގއެލަވަންސް

 2,500.00 ރުފިޔާ

ކޮލިފިކޭޝަން އެލަވަންސް

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ،

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 5,000.00 ރުފިޔާ.

މަގާމުގެ ޝަރުޠު

- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާގައި މަދުވެގެން 6 އަހރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް

- ދިވެހިރާއްޖޭގެ ސަރަހައްދުތަކާއި، ދިވެހި ދައުލަތުގެ ސިޔާދަތާ ގުޅޭގޮތުން ދިމާވާ މައްސަލަތަކުގައްޔާއި ބައިނަލްއަޤްވާމީ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގެ މަސައްކަތުގައި ބޭނުންވާ ދިރާސާކުރުމާއި ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.

- ދިވެހިދައުލަތުގެ ސިޔާދަތު ޙިމާޔަތްކުރުމުގެ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގައި ބޭނުންވާ ޤާނޫނީ ލަފާދިނުން.

- ލީގަލް އެންޑް ޑިސްޕިއުޓް މެނެޖްމަންޓް ޔުނިޓާއި، އިންޓަރނޭޝަނަލް ޔުނިޓާއި، ޓެރިޓޯރިއަލް އެފެއާޒް އިން ތައްޔާރުކުރާ ޕޮލިސީ އަދި އެހެނިހެން ކަރުދާސްތަކާއި ކުރިއަށް ގެންދާ ތަފާތު ދިރާސާތަކަށް ބޭނުންވާ ޤާނޫނީ ދިރާސާކުރުމާއި ލަފާދިނުން.

ހުށަހަޅަންޖެހޭ ތަކެތި

(ހ) "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު".

(ށ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

(ނ) ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ.، އެޗް.އެސް.އެސް.ސީ.، އެފް.ސީ.އީ.، ސީ.އޭ.އީ.، ސީ.ޕީ.އީ.، ޑިގުރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓުފިކެޓުތައް). މީގެތެރެއިން "އޯ" ލެވެލް އާއި "އޭ" ލެވެލް ސެޓުފިކެޓު ފިޔަވައި ހުރިހާ ސެޓުފިކެޓުތައް (ރާއްޖެއިން ބޭރުގެ) އެކްރެޑިޓުކޮށްފައި ހުށަހެޅުއްވުން އެދެމެވެ.

(ރ) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

(ބ) ލިބިފައިވާ ސަނަދުތަކުގެ ކޮޕީ.

(ޅ) ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ.

(ކ) މަސައްކަތުގެ ތަޖުރިބާ އަންގައިދޭ، ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާއާއި، ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

- ރާއްޖޭގެ މަދަނީ ޖަމުޢިއްޔާއެއްގައި/ ކުންފުންޏެއްގައި ނުވަތަ ބައިނަލްއަގުވާމީ ޖަމުޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާއާއި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

އިތުރު މައުލޫމާތު

މި ވަޒީފާއަށް ޝަރުޠު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމާއެކު، މަތީގައި ބަޔާންކޮށްފައިވާ "ހުށަހަޅަންޖެހޭ ތަކެތި"، 2026 އޮކްޓޫބަރު 22ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، މި އޮފީހުގެ އީމޭލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމޭލުކުރާނަމަ، އެއް އީމޭލެއްގައި ހުރިހާ ޑޮކިއުމަންޓުތައް ޕީ.ޑީ.އެފް. ފޯމެޓުގައި ފޮނުވަންވާނެއެވެ. މި ވަޒީފާއަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓުލިސްޓު ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓު ކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަން ދެވޭނެއެވެ.

އަދި، ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު، އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށްލިޔުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.

Indexed from the Government Gazette on 18 Oct 2026. The original notice is the official version; if anything differs, it wins.

At a glance

Source
Gazette, notice (IUL)1-CSO(HR)/1/2026/121
Openings
1 person

Requirements

  • Hold a Level 9 qualification on the National Qualifications Framework of the Maldives in law or legal studies, with at least 4 years of legal work experience;…
  • Hold a Level 7 or Level 8 qualification on the National Qualifications Framework of the Maldives in law or legal studies, with at least 6 years of legal work…

Responsibilities

  1. 01Assist in research and legal work for matters relating to Maldivian territories and state sovereignty, and for cases heard in international courts.
  2. 02Provide the legal advice required in establishing policies and procedures for protecting the sovereignty of the Maldivian state.
  3. 03Provide legal research and advice for policies, studies and other documents prepared by the Legal and Dispute Management Unit, the International Unit and the…

Salary & benefits

Advertised payMVR 20,337/month

Benefits

Service allowance, exclusive job allowance, living allowance, and a qualification allowance of MVR 4,000 or MVR 5,000 depending on qualification level.

Lawyer salary in the Maldives

How to apply

Complete the information form for applicants to posts in the Office of the President and submit it with the documents listed in the notice by 13:00 on Thursday, 22 October 2026, via email to [email protected] or at the reception counter of the office. If sent by email, all documents must be sent in a single email in PDF format.
Apply at original source (opens in a new tab)

Location

The listing does not say where the work is. Check the original or ask Office of the President.

About the employer

Office of the President

Government & public sector

The President's Office is the government body that supports the President of the Maldives in carrying out executive duties. It is headquartered in Malé, Kaafu Atoll, and publishes news of the President's activities on its official website.

Open roles
5
Followers
0
Loading departments…

Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.

Claim for free
Loading similar jobs…
Loading related opportunities…

Indexed from the Government Gazette 18 Oct 2026Report this listing