Community Health Coordinator - Ungoofaaru Regional Hospital
Indexed from Government Gazette7 Oct 2026
- Job type
- Full-Time
- Closes
- 15 Oct
- Source
- Gazette
- Employer
- Un'goofaaru Regional HospitalHealthcare
- Location
- UngoofaaruRaa Atoll
- Salary
- MVR 19,797/monthAdvertised
- Employment type
- Full-TimeMedical · Mid level
- Deadline
- Closes 15 Oct 20268 days left
From the notice
Copied textއުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމިއުނިޓީ ހެލްތް ކޯޑިނޭޓަރ- އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
- މަޤާމު
ކޮމިއުނިޓީ ހެލްތް ކޯޑިނޭޓަރ
- މަޤާމުގެ ނަންބަރު
J-390726
- ބޭނުންވާ އަދަދު
(އެކެއް) 01
- މަޤާމުގެ ގިންތި
ދާއިމީ
- މަޤާމުގެ ރޭންކް
ރޭންކް 8 - ސްޓެޕް 1
- މަޤާމުގެ ކްލެސިފިކޭޝަން
-
- ވަޒީފާ އަދާކުރަންޖެހޭ ތަން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް- ޕަބްލިކް ހެލްތު ސަރވިސް ޔުނިޓް
- މުސާރަ
13,498.00 ރުފިޔާ
- މަގާމުގެ އެލަވަންސް
6299.00 ރުފިޔާ
އިތުރު އިނާޔަތްތައް
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
- ހާޒިރީ އިނާޔަތް: 170/- ރުފިޔާ (ހާޒިރީ އިނާޔަތް ދެވޭ ކޮންމެދުވަހަކަށް)
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ހެލްތް މާސްޓަރ ޕްލޭން އާއި އަދި އެހެނިހެން ޤައުމީ ޕޮލިސީ / ސްޓްރެޓެޖިކް ޕްލޭން ތަކަށް ރިއާޔަތްކޮށް އެއާއި އެއްގޮތްވާގޮތުގެ މަތިން ކޮންމެއަހަރަކުވެސް އެކްޝަން ޕްލޭނެއް ހައްދާ އެޕްލޭނާއި އެއްގޮތަށް، ސްކޫލްތަކާއި ކައުންސިލް އަދި އެކި ޖަމްޢިއްޔާތަކާއި ގުޅިގެން ރަށުފެންވަރުގައާއި އަތޮޅުގެ ފެންވަރުގައި އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން.
- ޢާއްމުސިއްޙަތާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ރަށަށް ޒިޔާރަތް ކުރާ ޓީމްތަކަށް ދޭންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
- ދުނިޔޭގައި ފެތުރޭ ރޯގާ ތަކާއި އެކިއެކި ބަލިމަޑުކަން ކޮންޓްރޯލް ކުރުމާއި ބެހޭގޮތުން އަޅަށްޖެހޭ ފިޔަވަޅުތައް އެޅުމާއި ، އެކަން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސް ކުރުމާއި އެމަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް އަންގާ އެފަރާތްތަކުގެ މަޝްވަރާއާއި އިރުޝާދުގެ ދަށުން ފިޔަވަޅުއެޅުން.
- ރަށުފެންވަރުގައި ސިއްހީގޮތުން ކުރެވޭ މަސައްކަތްތައް 2 މަހުން 1 ފަހަރު ރަށު/އަތޮޅު ކައުންސިލާއި ހިއްސާކޮށް ކޮންމެ 4 މަހުން އެއް މަހު ބައްދަލުކޮށް މަޝްވަރާކޮށް ކައުންސިލާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ޕަބްލިކް ހެލްތް ޔުނިޓްގެ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒު ކުރައްވާ ދުވަހުން ދުވަހަށް އެމީހުންގެ މަސައްކަތް ނިންމުމަށް ބާރުއަޅާ އެހީތެރިކަން ފޯރުކޮށްދިނުން.
- ދުވަހުން ދުވަހަށް އަދި މަހުންމަހަށް ފޮނުވަންޖެހޭ ރިޕޯރޓްތައް ސިއްޙީ މަރުކަޒުތަކުން ގެނެސް އެކުލަވާލައި ތައްޔާރުކޮށް އަތޮޅުފެންވަރުގައި ދިރާސާ ކުރުމަށްފަހު ޤަވާއިދުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަށް ފޮނުވުން އަދި ޕަބްލިކް ހެލްތްގެ މަސައްކަތްތަކާއި ގުޅިފައިވާ ޑޭޓާބޭސްތައް ޤަވާޢިދުން އަޕްޑޭޓް ކުރަމުން ގެންދިއުން.
- ރަށު ފެންވަރުގައި ކާރިސާތަކާއި އެކިއެކި ޙާދިސާ ތަކުގައި ޕަބްލިކް ހެލްތް ޔުނިޓުން ޢަމަލުކުރާނެ ގޮތުގެ ޕްލޭން އެކުލަވާލާ، އެއަށް ޢަމަލުކުރުން.
- ޤައުމީ އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ދަށުން އަތޮޅުތެރޭގައި ދޭންޖެހޭ ހުރިހާ ޚިދުމަތް ތަކެއް ޤަވާޢިދުން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސާ ރާވައި ހިންގުން.
- ނިއުޓްރިޝަން އާއި ބެހޭ ޤައުމީ ޕްރޮގްރާމްގެ ދަށުން އަތޮޅާއި ރަށު ފެންވަރުގައި ކުރަން ޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
- ގައިންގަޔަށް އަރާ ބަލިތަކާއި، އެކިއެކި ސޫފާ ސޫފީގެ ޒަރީޢާއިން ޖެހޭ ބަލިތައް އަދި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ޤައުމީ ޕްރޮގްރާމްތަކުގެ ދަށުން ރަށާއި އަތޮޅުގެ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
- އުފަންވެނި ސިއްޙަތުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ ޙަރަކާތްތަކާއި، ދޭންޖެހޭ ޚިދުމަތްދިނުމުގައި ލުއިފަސޭހަ ކަމާއެކު ޚިދުމަތް ލިބިގަނެވޭނެ ފަދަ ގޮތަކަށް ރާވާ ހިންގުން.
- މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓާއި ގުޅުންހުރި ސިއްޙީ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށު ފެންވަރުގައި ރާވާ ހިންގުން.
- ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖްމެންޓާއި ކްލިނިކަލް ދާއިރާ އާއި ގުޅިގެން ޕަބްލިކް ހެލްތްގެ މަސައްކަތްތައް ރާވާ ހިންގުން.
- ޢާއްމު ސިއްޙަތާއި ގުޅުންހުރި ޤާނޫނުތައް ރަށުފެންވަރުގައި ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށު ކައުންސިލާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި އެހެނިހެން ތަންފީޒީ އިދާރާތަކާއި ގުޅިގެން ކުރުން.
- ރަށުގެ ހުރިހާ ގިންތިއެއްގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ރަށު އަދި އަތޮޅު ކައުންސިލާއި ސްކޫލްއާއި އަދި އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެކި ޕްރޮގްރާމްތައް ރާވާ ހިންގުން.
- އެކިއެކި ޕަބްލިކް ހެލްތް ޕްރޮގްރާމްތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ ސްޓޮކް ބެލެހެއްޓުމާއި ޤަވާޢިދުން ސިއްޙީ މަރުކަޒްތަކަށް ފޯރުކޮށްދިނުން.
- ޢާއްމު ސިއްޙަތު ރައްކާތެރިކުރުމާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުމަށްޓަކައި ހޯމްވިޒިޓްތައް ރާވާ ހިންގުން އަދި ހޯމް ވިޒިޓްތަކުގެ ތަފްސީލް ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ޤަވާޢިދުން ރިޕޯރޓް ކުރުން.
- ފާމަސީތައް އަދި ކާބޯތަކެތީގެ މަސައްކަތްކުރާ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން އަދި ޔޫރަޕްއަން ޔޫނިއަން އަށް އެކްސްޕޯރޓްކުރުމަށް މަސްބާނާ އޮޑިދޯނިފަހަރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ގަވާއިދުތަކާއި މިންގަޑުތަކާއި އެއްގޮތަށް އިންސްޕެކްޓްކޮށް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.
- ދިމާވާ ޞިއްޙީ އެމެޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން
މަޤާމުގެ ޝަރުތުތައް
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ޤަބޫލުކުރާ، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރ ޑިގްރީ ގެސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ
2. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ޤަބޫލުކުރާ، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ޑިގްރީ އެއް ނުވަތަ 8 ގެ ބެޗްލަރސް އޮނަރސް ޑިގްރީއެއްގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ތަޢުލީމީ ރޮނގުތައް
- ބަޔޯ ސްޓެޓިސްޓިކްސް
- ކޮމިނިއުކަބަލް ޑިސީޒް
- ކޮމިއުނިޓީ ހެލްތު
- ކޮމިއުނިޓީ ހެލްތް ނަރސިންގ
- ކޮމިއުނިޓީ މެޑިސިން
- ޑިމޮގްރަފީ
- އެންޓޮމޮލޮޖީ
- އެންވަޔަރަންމަންޓަލް ހެލްތް
- އެޕިޑިމިއޮލޮޖީ
- ގްލޯބަލް ހެލްތް
- ހެލްތް ކެއަރ މެނޭޖްމަންޓް
- ހެލްތް އެޑިޔުކޭޝަން
- ހެލްތް އިވެލުއޭޝަން
- ހެލްތު އިންފޮމެޓިކްސް
- ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް
- ހެލްތް ޕްރޮމޯޝަން
- ހެލްތް ރިސަރޗް
- ހެލްތް ސަރވިސް އެޑްމިނިސްޓްރޭޝަން
- ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން
- ހެލްތް ސަރވިސަސް މެނޭޖްމަންޓް
- ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން
- ހެލްތްކެއަރ މެނޭޖްމަންޓް
- އިންފެކްޝާސް ޑިޒީސަސް
- މެޓަރނަލް އެންޑް ޗައިލްޑް ހެލްތް
- މެންޓަލް ހެލްތް
- ނޮން-ކޮމިއުނިކަބަލް ޑިޒީސަސް
- ނިއުޓްރިޝަން
- އޮކިއުޕޭޝަނަލް ހެލްތް
- ޕޮޕިއުލޭޝަން ހެލްތް
- ޕްރައިމަރީ ހެލްތް ކެއަރ
- ޕަބްލިކް ހެލްތް
- ޕަބްލިކް ހެލްތް ނަރސިންގ
- ޕަބްލިކް ހެލްތް ރިސަރޗް
- ޕަބްލިކް ހެލްތް ސައިންސް
- ރިޕޮރޮޑަކްޓިވް ހެލްތް
ގުޅޭ ވަޒީފާގެ ދާއިރާ:
- ޕަބްލިކް ހެލްތް ސާވިސަސް
- ކޮމިއުނިޓީ ހެލްތް ސަރވިސް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ހޮސްޕިޓަލުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)
https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
7. މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީކޮށް ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ލައިސަންސްގެ ކޮޕީ
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
| އަސާސީ ޝަތުރު ހަމަވުމުން | 30 |
|---|---|
އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު | 5 |
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު | 5 |
އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ | 5 |
އެސެސްމަންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް) | 15 |
ޕްރެޒެންޓޭޝަން | 10 |
އިންޓަރވިއު | 30 |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 10:00 ގެ ކުރިން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 16 އޮކްޓޯބަރ 2026 އާއި 30 އޮކްޓޯބަރ 2026 އާއި ދެމެދު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އިދާރީ އޮފީހުގައެވެ.
ޝޯޓް ލިސްޓް ކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
- އިތުރު މަޢުލޫމާތު
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 6580394 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
Indexed from the Government Gazette on 7 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)URH/URH/2026/103
- Openings
- 1 person
Requirements
- A Master's degree (level 9 qualification on the Maldives National Qualifications Framework) in an area related to the work of the post, recognised by the…
- Or a Bachelor's Honours degree (level 8) or degree (level 7) on the Maldives National Qualifications Framework in an area related to the work of the post,…
- A valid licence registered and issued by the Maldives Allied Health Council with no period expired.
Responsibilities
- 01Developing annual action plans and implementing health promotion programmes at island and atoll levels in collaboration with schools, councils and…
- 02Providing support and assistance to teams visiting islands to carry out health-related work.
- 03Taking measures to control emerging and communicable diseases, disseminating information about disease control and implementing preventive measures.
- 04Conducting community health work once every 2 months and meeting with island or atoll council every 4 months.
- 05Providing support to supervise the daily work of Public Health Unit employees and assist in completing their work.
- 06Compiling and preparing daily and monthly reports from health centres and updating databases related to public health work.
- 07Drawing up and implementing emergency response plans at the island level for public health units.
- 08Arranging services under the National Immunisation Programme in accordance with regulations.
- 09Implementing work under national programmes for nutrition, chronic diseases, mental health and weather-related health problems.
- 10Maintaining stock of medical supplies and consumables and providing them to health centres in accordance with regulations.
Salary & benefits
Benefits
- Medical insurance
- Transit pass
Pension contribution payable under the Pensions Act of the Maldives; additional allowances and benefits as prescribed for civil service employees; attendance allowance MVR 170 per day present.
How to apply
Location
- Place
- Ungoofaaru
- Atoll
- Raa Atoll
- Address
- Ungoofaaru Regional Hospital, Ungoofaaru
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Un'goofaaru Regional Hospital
Healthcare
Ungoofaaru Regional Hospital is a government referral hospital in Ungoofaaru, Raa Atoll, run under the Ministry of Health. It provides emergency, inpatient, outpatient, surgical, diagnostic and rehabilitative care, along with specialist services, for communities in the northern region of the Maldives.
- Open role
- 1
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 7 Oct 2026Report this listing