Human Resources Executive
Indexed from Government Gazette15 Oct 2026
- Job type
- Full-Time
- Closes
- 21 Oct
- Source
- Gazette
- Employer
- Islamic University of MaldivesEducation
- Location
- MaléMalé City
- Salary
- MVR 16,249–21,367/monthAdvertised
- Employment type
- Full-TimeHR · Mid level
- Deadline
- Closes 21 Oct 20261 day left
From the notice
Copied textމަޤާމު
ހިއުމަން ރިސޯސް އެގްޒެކެޓިވް، ދާއިމީ
ބޭނުންވާ އަދަދު: 1
- އޮފީސް
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
- މަސައްކަތްކުރަން ޖެހޭ ތަން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)
މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް
| މަޤާމު | ގްރޭޑް / ސްޕައިން ޕޮއިންޓު | ޝަރުތު | މަޤާމުގެ އަސާސީ މުސާރަ | ސަރވިސް އެލަވަންސް |
|---|---|---|---|---|
ހިއުމަން ރިސޯސް އެގްޒެކެޓިވް | ADG8/37 | 1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދައިފައިވުން ނުވަތަ، 2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5/6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 6 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދައިފައިވުން ނުވަތަ، 3. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަގާމުގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، 4. އޭޑީޖީ ކްލެސިފިކޭޝަން 7 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން | 11374.4 ރުފިޔާ | 4874.74 ރުފިޔާ |
ADG8/38 | 1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 37 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. ނުވަތަ، 2. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަގާމުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން | 11770.43 ރުފިޔާ | 5044.47 ރުފިޔާ | |
ADG8/39 | 1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 38 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. ނުވަތަ، 2. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަގާމުގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން | 12166.0 ރުފިޔާ | 5214.0 ރުފިޔާ | |
ADG8/40 | 1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ، 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7/8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން ނުވަތަ، 3. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 39 ރޭންކުގައި މަދުވެގެން 4 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 4 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން ނުވަތަ، 4. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން | 12687.5 ރުފިޔާ | 5437.5 ރުފިޔާ | |
ADG8/41 | 1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 40 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. ނުވަތަ، 2. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން | 13141.29 ރުފިޔާ | 5631.98 ރުފިޔާ | |
ADG8/42 | 1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 41 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. ނުވަތަ، 5. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 12 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން | 13594.62 ރުފިޔާ | 5826.27 ރުފިޔާ | |
ADG8/43 | 1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 42 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. ނުވަތަ، 2. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން | 14049.17 ރުފިޔާ | 6021.08 ރުފިޔާ | |
ADG8/44 | 1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 43 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. ނުވަތަ، 2. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 16 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން | 14502.66 ރުފިޔާ | 6215.42 ރުފިޔާ | |
ހިއުމަން ރިސޯސް އެގްޒެކެޓިވް | ADG8/45 | 1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 44 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. ނުވަތަ، 2. އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 18 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން | 14957.05 ރުފިޔާ | 6410.17 ރުފިޔާ |
މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް
ހިއުމަން ކެޕިޓަލް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަން ރިސޯސަސް، ހިއުމަން ރިސޯސަސް އެޑްމިނިސްޓްރޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އޮގަނައިޒޭޝަނަލް ލީޑަރޝިޕް އެންޑް ލަރނިންގ، ލަރނިންގ އެންޑް އޮގަނައިޒޭޝަނަލް ޗޭންޖް، ވަރކްފޯސް އެޑިޔުކޭޝަން އެންޑް ޑިވެލޮޕްމަންޓް، އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް، ވަރކްފޯސް ލަރނިންގ އެންޑް ޕަރފޯމަންސް، ބިޒްނަސް އެނަލިސިސް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް، އޮގަނައިޒޭޝަނަލް ސައިކޮލޮޖީ، ބިހޭވިރިއަލް އެންޑް އޮގަނައިޒޭޝަނަލް ސައިކޮލޮޖީ، ވަރކް އެންޑް އޮގަނައިޒޭޝަނަލް ސައިކޮލޮޖީ، މެނޭޖްމަންޓް ސައިކޮލޮޖީ، ވަރކް ސައިކޮލޮޖީ ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޕަބްލިކް ޕޮލިސީ
މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް
ރެކްރޫޓްމަންޓް އެންޑް ސެލެކްޝަން، އޮގަނައިޒޭޝަނަލް ބިހޭވިއަރ، ޕަރފޯމަންސް މެނޭޖްމަންޓް، އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ނުވަތަ ކޮމްޕެންސޭޝަން މެނޭޖްމަންޓްއާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
އުޖޫރައާއި ޢިނާޔަތްތައް
- މުވައްޒަފަށް ދެވޭ އަސާސީ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސް (އަސާސީ މުސާރައިގެ 35 އިންސައްތަ) ދެވޭނެއެވެ.
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް
- އިތުރު ގަޑީގެ ޙާޒިރީއާއި ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާޒިރީ އާއި އެލަވަންސްތަކުގެ މަޢުލޫމާތު ބެލެހެއްޓުމާއި، ހިއުމަންރިސޯސް މެނޭޖްމަންޓް ސިސްޓަމުން ސަލާމާއި، އާއިލީ ޒިންމާ ޗުއްޓީ އަދި އެހެނިހެން ޗުއްޓީތައް އަދި ދަތުރުތައް އަޕްޑޭޓްކޮށް ރިޕޯރޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ޔުނިވަރސިޓީގެ މުވައްޒަފުންގެ އުޖޫރައާއި އިނާޔަތްތައް ދިނުމާއިގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން އަދި ރެކޯޑްސް ބެލެހެއްޓުން.
- މުސާރައާއި އެލަވަންސްތަކާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ބަލައި ވެރިޔަކު އަންގާ ގޮތެއްގެ މަތިން ހައްލުކުރުން.
- މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކުރުމާއި، ވަޒީފާގެ އެއްބަސްވުންތައް ތައްޔާރުކޮށް ނިންމުމާއި، މުވައްޒަފުންގެ އަހަރީޗުއްޓީގެ ކަންތައް ބެލެހެއްޓުން.
- ކޮންމެ އަހަރެއްގެ އަހަރު ފެށޭއިރު އެއަހަރަކަށް ކަޑައެޅިފައިވާ ބަޖެޓްގެ ތެރެއިން އެޗް.އާރް ސެކްޝަނަށް ކަޑައެޅިފައިވާ ބަޖެޓް ތައްޔާރުކުރުން.
- ކުރާ މަސައްކަތާ ގުޅިގެން ލިޔަންޖެހޭ ސިޓީ، ނޯޓް ފަދަ ތަކެތި ލިޔުމާއި ފޮނުވަންޖެހޭ ނޯޓް ފަދަ ތަކެތި ފޮނުވުން އަދި ފައިލް ކުރުން.
- ޔުނިވަރސިޓީގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީއާއި ޙާޟީރީ އާއި ގުޅިގެން ހުށަހެޅޭ އެކިއެކި މައްސަލަތައް ބަލާ ޙައްލުކުރުން.
- ޔުނިވަރސިޓީގެ މުވައްޒަފުން ރެޖިސްޓްރީވެފައިވާ އެކިއެކި ސްކީމްތަކަށް މުސާރައިން ކަނޑާ ރެކޯޑްތަކާއި މުވައްޒަފުންގެ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނަށް މުސާރައިން ކަނޑާ ރެކޯޑްތައް ބެލެހެއްޓުން.
- މުވައްޒަފުންގެ ސްޓޭޓަސް ސެޕް ސިސްޓަމަށް އަޕްޑޭޓްކޮށް ލޯން އެޅުމާއި، އަހަރީ ރިޕޯޓް ތައްޔާރުކުރުން.
- ޔުނިވަރސިޓީގެ އޮޑިޓް މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
- ޔުނިވަރސިޓީގެ މަސައްކަތުގެ ދާއިރާއިން ސެކްޝަންގެ ވެރިމީހާ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސަލަރ – އެޑްމިން އެންޑް ފައިނޭންސް އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ، ޔުނިވަރސިޓީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް މަސައްކަތް ކުރުން.
- މުސާރަ ދިނުމަށް ސެޕް ސިސްޓަމަށް ވަޒީފާ ދެއްވާ މުވައްޒަފުންނާއި، ވަކިކުރާ މުވައްޒަފުންގެ މަޢުލޫމާތު އަޅައި ބެލެހެއްޓުން.
- ޔުނިވަރސިޓީގެ ސްޓަކްޗަރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެ ބަދަލަކާ އެއްގޮތަށް ސިސްޓަމްއިން ސްޓަކްޗަރ ފާސްކުރުމަށް ފޮނުވުން.
- ޔުނިވަރސިޓީގެ އެޗް.އާރު ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މުވައްޒަފުންގެ ރިޓަޔަރމަންޓް ސްކީމްގެ ކަންތައް ގަވާއިދުން ބެލެހެއްޓުމާއި، ސެޕް ސިސްޓަމަށް މުވައްޒަފުންގެ ރެކޯޑްތައް އަޕްލޯޑްކޮށް ހިންގާ ބެލެހެއްޓުން.
- ސެކްޝަނުގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތައް ވެރިޔަކު އަންގާ ގޮތެއްގެމަތިން ކުރުން.
- ހަވާލުކުރެވޭ ތާވަލެއްގައިވާ ގޮތުގެ މަތިން ޔުނިވަރސިޓީގެ އޮފީސް ހުޅުވައި ލެއްޕުން.
- ޔުނިވަރސިޓީގެ މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ޔުނިވަރސިޓީގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ސްޕަވައިޒަރު ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
- ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެ ފުށް ފެންނާނެހެން ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް
- މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ 21 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ 23:59 އަށެވެ. ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައިވާ ގޫގަލް ފޯމު ލިންކް މެދުވެރިކޮށެވެ.
https://forms.clickup.com/90181612700/f/2kzkwd4w-12278/I57YP7P7TQFOBP1OU7
ނޯޓް
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
- މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 22 އޮކްޓޫބަރު 2026 ވަނަ ދުވަހުން 22 ނޮވެންބަރު 2026 ވަނަ ދުވަހާ ދެމެދުގައެވެ. އިންޓަރވިއު އޮންނާނެ ތަނަކާއި، ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
އިތުރު މަޢުލޫމާތު
- މިޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 1405 ހޮޓްލައިނަށެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
Indexed from the Government Gazette on 15 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)170-HR/170/2026/172
- Openings
- 1 person
Requirements
- Level 7 or higher qualification from the Maldives National Qualifications Framework in a related field, plus 2 years' related experience
- Level 5/6 qualification from the Maldives National Qualifications Framework in a related field, plus 6 years' related experience
- 2 years' experience in a Grade 8 post of the ADG Classification or an equivalent post
- 8 years' experience in a Grade 7 post of the ADG Classification or an equivalent post
- Alternatively, at least 2 years in the relevant IUM service scale spine point with over 75% performance evaluation marks for 2 years, depending on grade
Responsibilities
- 01Maintain records of overtime, weekend and public holiday attendance, staff allowances and leave, and update the HRMS
- 02Carry out tasks related to paying university staff salaries and benefits, and maintain records
- 03Examine and resolve cases on salaries, allowances, leave and attendance as directed by the supervisor
- 04Prepare staff job descriptions, draw up employment agreements and manage staff annual leave matters
- 05Prepare the HR Section budget at the start of each year from the budget set for that year
- 06Write letters, notes and similar documents, and send and file them
- 07Maintain salary deduction records for staff schemes and the Maldives Pension Administration Office
- 08Update staff status in the SAP system, add loans and prepare the annual report
- 09Provide information required for the university's audit work
- 10Manage the staff retirement scheme in accordance with the regulations and maintain staff records in SAP
Salary & benefits
Benefits
A Special Duty Allowance of 35% of the basic salary is paid in addition to the basic salary and service allowance, and overtime is paid under established procedures.
How to apply
Location
- Place
- Malé
- Atoll
- Malé City
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Islamic University of Maldives
Education
Islamic University of Maldives (IUM) is a higher education institution, formerly the College of Islamic Studies. It became a full higher education institution in 2004 and was upgraded to a university by presidential decree in 2015. It currently has five kulliyyahs (faculties) and four centres, including the Centre for Research and Publication and the Centre for Postgraduate Studies.
- Open roles
- 6
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 15 Oct 2026Report this listing