Finance Officer
Indexed from Government Gazette20 Oct 2026
- Job type
- Full-Time
- Closes
- 26 Oct
- Source
- Gazette
- Employer
- Islamic University of MaldivesEducation
- Location
- MaléMalé City
- Salary
- MVR 9,044–10,216/monthAdvertised
- Employment type
- Full-TimeFinance · Mid level
- Deadline
- Closes 26 Oct 20266 days left
From the notice
Copied textމަޤާމު
ފައިނޭންސް އޮފިސަރ (ދާއިމީ)
ބޭނުންވާ ޢަދަދު: 1
- މަސައްކަތްކުރަން ޖެހޭ ތަން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)
މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް
| މަޤާމު | ގްރޭޑް / ސްޕައިން ޕޮއިންޓު | ޝަރުތު | މަޤާމުގެ އަސާސީ މުސާރަ | ސަރވިސް އެލަވަންސް |
|---|---|---|---|---|
ފައިނޭންސް އޮފިސަރ | ADG4/20 | 1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލުކޮށްފައިން. ނުވަތަ، 2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން ނުވަތަ، 3. މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް' އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ، 4. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން. ނުވަތަ، 5. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން ނުވަތަ، 6. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަގާމުގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން | 6,330.97 ރުފިޔާ | 2,713.27 ރުފިޔާ |
ADG4/21 | 1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 20 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. | 6,526.77 ރުފިޔާ | 2,797.19 ރުފިޔާ | |
ADG4/22 | 1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 21 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. | 6,728.62 ރުފިޔާ | 2,883.70 ރުފިޔާ | |
ADG4/23 | 1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 22 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. | 6,936.73 ރުފިޔާ | 2,972.88 ރުފިޔާ | |
ADG4/24 | 1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދައިފައިވުން. ނުވަތަ، 2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން ނުވަތަ، 3. މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް' އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން. ނުވަތަ، 4. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން. ނުވަތަ، 5. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން | 7,151.26 ރުފިޔާ | 3,064.83 ރުފިޔާ | |
ކޮލެޓީ ކޮންޓްރޯލް އޮފިސަރ | ADG5/25 | 1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ، 2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5/6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދައިފައިވުން ނުވަތަ، 3. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން ނުވަތަ، 4. މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް' އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން. ނުވަތަ، 5. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން. ނުވަތަ، 6. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން. | 7372.44 | 3159.62 |
ADG5/26 | 1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 25 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. | 7600.45 | 3257.34 | |
ADG6/27 | 1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 26 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. ނުވަތަ، 2. އޭޑީޖީ ކްލެސިފިކޭޝަން 5 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަގާމުގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން | 7835.52 | 3358.08 | |
ADG6/28 | 1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 27 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން | 8077.85 | 3461.94 | |
ADG6/29 | 1.އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 28 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. ނުވަތަ، 2. އޭޑީޖީ ކްލެސިފިކޭޝަން 5 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަގާމުގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން | 8327.68 | 3569.01 | |
ADG6/30 | 1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދައިފައިވުން ނުވަތަ، 2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5/6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 4 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދައިފައިވުން ނުވަތަ، 3. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 29 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން | 8585.24 | 3679.39 |
- ނޯޓު: މުވައްޒަފަށް ދެވޭ އަސާސީ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި (އަސާސީ މުސާރައިގެ 35 އިންސައްތަ) ދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް
- ބަޖެޓުން ފައިސާ ދައްކަންޖެހޭ ބިލްތަކާއި ލިޔުންތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދެއްކުމުގެ ކަންތައްތައް ކުރުމާއި، އެކަމާ ގުޅޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން
- ބިލްތަކަށް ފައިސާ ދެއްކުމަށް ހަދަންޖެހޭ ވައުޗަރުތައް ހަދައި އެ ޑޮކިއުމެންޓްތަކާ ގުޅޭގޮތުން ސެޕް ސިސްޓަމްގައި އެޓޭޗްކޮށް ޑޮކިއުމަންޓް ޕްރޮސެސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި އެ ޑޮކިއުމެންޓްތައް ފައިލްކޮށް ބެލެހެއްޓުން.
- ޕޭމަންޓް ވައުޗަރތަކުގެ ރެޖިސްޓްރީ ދުވަހުންދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން
- ޕެޓީކޭޝްއިން ކުރަންޖެހޭ ޚަރަދުތަކުގެ ވައުޗަރު ހެދުމާއި، ފައިސާ ދޫކުރުމާއި، ލިޔެކިޔުންތައް ހަމަކޮށް ޕެޓީކޭޝް ރީއިމްބާސްކުރުމުގެ އެންމެހައި މަސައްކަތްތައް ދުވަހުން ދުވަހަށް ކުރުން.
- ފައިސާއާބެހޭ ރަސީދުފޮތްތަކާއި، މާލީ ލިޔުންތައް ތިޖޫރީގައި ރައްކާތެރިކަމާއެކު ރައްކާކުރުމާއެކު ސިސްޓަމެޓިކްކޮށް ފައިލްކޮށް ބެލެހެއްޓުން.
- އިންޓަރނަލް/އެކްސްޓަރނަލް އޮޑިޓް ކުރަމުންގެންދާ އޮޑިޓްތަކަށް ބޭނުންވާ މާލީ މަޢުލޫމާތާއި ލިޔެކިޔުންތައް ފޯރުކޮށްދިނުން
- ބަޖެޓް އެކްސެކިއުޝަން އަދި ޚަރަދުތަކާ ގުޅޭ ބަޖެޓް ރިޕޯޓްތައް ގަވާއިދުން އަޕްޑޭޓްކޮށް، ބަޖެޓުން ކުރެވޭ ޚަރަދުތަކުގެ ރެކޯޑްތައް ބެލެހެއްޓުން
- އަހަރީ ބަޖެޓް ހެދުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
- ފައިނޭންސް ޑިޕާޓްމަންޓަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ ލިޔެކިއުންތަކާއި މެދު އަމަލުކުރުމަށް އަންގާ ގޮތެއްގެ މަތިން އަމަލުކުރުން.
އުޖޫރައާއި ޢިނާޔަތްތައް
- މުވައްޒަފަށް ދެވޭ އަސާސީ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސް (އަސާސީ މުސާރައިގެ 35 އިންސައްތަ ) ދެވޭނެއެވެ.
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
- ސްޓާފް ހެލްތު އިންޝިއުރަންސް ސްކީމް ދެވޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
- ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެ ފުށް ފެންނާނެހެން ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއްއޮތްނަމަ، އެފަދަ ލިޔުމެއްގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް
- ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
https://ium.to/finance-officer
- އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް
- 26 އޮކްޓޫބަރ 2026 ވަނަ ދުވަހުގެ 23:59 އަށް
ނޯޓް
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު އާއްމުކޮށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ. އެހެން ނަމަވެސް، ކުއްލިއްޔާއިން އެދިއްޖެ ކަމުގައިވާނަމަ، މުވައްޒަފާ މަޝްވަރާކުރުމަށްފަހު، 6 ގަޑިއިރު ހަމަވާ ގޮތަށް ޑިއުޓީ ޝެޑިއުލް ބަދަލުކުރެވިދާނެއެވެ.
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 27 އޮކްޓޫބަރ 2026 އިން 27 ނޮވެންބަރ 2026 އާއި ދެމެދުގައެވެ. އިންޓަރވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
އިތުރު މަޢުލޫމާތު
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 1405ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
Indexed from the Government Gazette on 20 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)170-HR/170/2026/179
- Openings
- 1 person
Requirements
- A qualification at Level 5 or higher on the Maldives National Qualifications Framework in a field related to the work.
- A Level 4 qualification on the Maldives National Qualifications Framework in a related field, with 2 years of work experience in a related field.
- A grade C or better in at least 2 Advanced Level subjects, plus grade C or better in Dhivehi in the Higher Secondary School Certificate.
- A grade C or better in at least 2 Advanced Level subjects, plus grade C or better in Dhivehi in the Secondary School Certificate, with 2 years of work…
- A Level 3 qualification in a related educational stream, plus grade C or better in Dhivehi in the Secondary School Certificate, with 4 years of work experience…
- Work experience of 6 years in Rank 4 of the ADG Classification or in a post at an equivalent level.
Responsibilities
- 01Carrying out payments for bills and documents that must be paid from the budget within the fixed period, and keeping the related correspondence filed and…
- 02Preparing the vouchers required to pay bills, attaching them to the relevant documents in the accounting system, and keeping the documents filed and maintained.
- 03Keeping the register of payment vouchers updated and maintained on a daily basis.
- 04Preparing vouchers for petty cash expenses, issuing funds, and completing petty cash records and reimbursement on a daily basis.
- 05Keeping financial receipt books and financial records safely stored, systematically filed and maintained.
- 06Providing the financial information and records required for internal and external audits.
- 07Updating budget execution and budget reports related to expenses in accordance with regulations, and maintaining records of budgeted expenses.
- 08Taking an active part in preparing the annual budget.
- 09Reviewing correspondence received by the Finance Department and acting on it in line with the instructions issued for correspondence.
Salary & benefits
Benefits
- Medical insurance
A special duty allowance of 35 per cent of basic salary is paid, and overtime pay is provided for extra hours worked under established procedures.
How to apply
Location
- Place
- Malé
- Atoll
- Malé City
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Islamic University of Maldives
Education
Islamic University of Maldives (IUM) is a higher education institution, formerly the College of Islamic Studies. It became a full higher education institution in 2004 and was upgraded to a university by presidential decree in 2015. It currently has five kulliyyahs (faculties) and four centres, including the Centre for Research and Publication and the Centre for Postgraduate Studies.
- Open roles
- 7
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 20 Oct 2026Report this listing