Principal Legal Officer
Indexed from Government Gazette7 Oct 2026
- On site
- Mon–Fri
- Closes
- 19 Oct
- Source
- Gazette
- Employer
- Human Rights Commission of the MaldivesGovernment & public sector
- Location
- MaléMalé City
- Salary
- MVR 16,050/monthAdvertised
- Employment type
- Full-TimeMid level
- Deadline
- Closes 19 Oct 202612 days left
From the notice
Copied textވަޒީފާގެ ފުރުޞަތު
- ތާރީޚް
07 އޮކްޓޫބަރު 2026
- ނަންބަރު
(IUL)168-HR/1/2026/113
ލީގަލް އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓް
- މަޤާމު
ޕްރިންސިޕަލް ލީގަލް އޮފިސަރ
- ބޭނުންވާ ޢަދަދު
01 (އެކެއް)
- މަސައްކަތް ކުރަންޖެހޭ ތަން
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
މުސާރައާއި ޢިނާޔަތްތައް
- މުސާރަ: މަހަކު -/9,550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ރަސްމީ ގަޑި
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
ޝަރުޠު
1. ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު) ޙާސިލްކޮށްފައިވުން.
ނުވަތަ
2. ޤާނޫނީ ދާއިރާއިން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދު) ޙާސިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
3. ޤާނޫނީ ދާއިރާއިން ދަށްވެގެން އެޑްވާންސް ސެޓްފިކެޓް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދު) ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު
- ސަރުކާރުން އެކުލަވާލާ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތައް އެކުލަވާލުމުގައި، އިންސާނީ ޙައްޤުތަކުގެ ރޫޙު އާލާކުރުމާއި، ޙިމާޔަތް ކުރުމާއި ދެމެހެއްޓުމުގެ ގޮތުން، އިންސާނީ ޙައްގުތަކުގެ ނަޒަރުން ރިވިއުކޮށް ސުޕަވައިޒަރު ނުވަތަ ޑިރެކްޓަރ ޖެނެރަލްގެ ލަފާގެ މަތިން ކޮމިޝަނަށް ހުށަހެޅުމުގައި އެހީތެރިވުން.
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ޤާނޫނީ ލަފާ ބޭނުންވާ މައްސަލަތަކަށް ސުޕަވައިޒަރު ނުވަތަ ޑިރެކްޓަރ ޖެނެރަލްގެ މަޝްވަރާގެ މަތިން ޤާނޫނީ ލަފާދިނުން.
- އަމަލުކުރެވެމުންދާ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އިދާރީ އުސޫލުތަކަކީ އިންސާނީ ހައްޤުތަކާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އިދާރީ އުސޫލުތަކެއްތޯ ބެލުމަށް ކޮމިޝަނުގެ ފަރާތުން ހަދާ ރިވިއުތަކަށް ސުޕަވައިޒަރު ނުވަތަ ޑިރެކްޓަރ ޖެނެރަލްގެ މަޝްވަރާގެ މަތިން ޤާނޫނީ ލަފާދިނުން.
- ކޮމިޝަނުން އެކި ފަރާތްތަކާއެކު ހަދާ އެއްބަސްވުންތަކާއި އެމްއޯޔޫ ޤާނޫނީ ހަމަތަކާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތް ކުރުން.
- ކޮމިޝަނުގެ ފަރާތުން ދައުވާކުރާ މައްސަލަތަކާއި ކޮމިޝަނަށް ދައުވާ ރައްދުވާގޮތަށް ހުށަހެޅޭ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުންތައް ސުޕަވައިޒަރު ނުވަތަ ޑިރެކްޓަރ ޖެނެރަލްގެ ލަފާގެ މަތިން އެކުލަވާލުން.
- ކޮމިޝަނުގެ ފަރާތުން ދައުވާކުރާ މައްސަލަތަކާ ކޮމިޝަނަށް ދައުވާ ރައްދުވާ މައްސަލަތަކުގައި ސުޕަވައިޒަރު ނުވަތަ ޑިރެކްޓަރ ޖެނެރަލްގެ ލަފާގެ މަތިން ޓްރައިބިއުނަލްތަކާއި ޝަރުޢީ ކޯޓުތަކުގައި ކޮމިޝަން ތަމްސީލުކޮށް ވަކާލާތުކުރުން.
- އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ އަދި ސަރަހައްދީ އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތަކުގައި، ދިވެހިރާއްޖެއިން ބައިވެރިވުމުގައާއި، އެފަދަ މުޢާހަދާތަކާއި އެއްބަސްވުންތައް ދިވެހިރާއްޖެއިން ތަޞްދީޤު ކުރުމުގައި، ސަރުކާރަށް މަޝްވަރާއާއި ލަފާ ދިނުމުގެ މަސައްކަތުގައި ލިޔެކިޔުން ދިރާސާކުރުމާއި، މިފަދަ މުއާހަދާ ތަކުގައި ބައިވެރިވުމާ ގުޅޭގޮތުން ކޮމިޝަނުގެ ހުށަހެޅުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
- ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރޭގައި އިންސާނީ ޙައްޤަކާ ޚިލާފަށް ކަންތައްތަކެއް ހުރިނަމަ ސުޕަވައިޒަރު ނުވަތަ ޑިރެކްޓަރ ޖެނެރަލްގެ ލަފާގެމަތިން އެކަންކަން ފާހަގަކޮށް، ކޮމިޝަނަށް ހުށަހެޅުން.
- ސަރުކާރުން އަލަށް އެކުލަވާލާ ޤާނޫނުތަކާ، ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާ ގުޅިގެން ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވުން.
- ޑިޕާޓްމަންޓުތަކާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކާ ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުން.
- އިންތިޚާބުތައް އޮބްޒާވްކުރުމުގެ ހަރަކާތްތަކުގައާއި، އެއްވުންތަކާއި މުޒާހަރާތައް މޮނީޓަރުކުރުމަށް ކުރެވޭ ފީލްޑް މަސައްކަތްތަކާއި މީޑިއާ މޮނީޓަރިންގްގެ މަސައްކަތްތަކުގައާއި، އާންމުން ހޭލުންތެރިކުރުމަށް ބާއްވާ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، މަޢުލޫމާތު އެއްކުރުމަށްޓަކައި ކުރެވޭ ދަތުރުތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
- އިންސާނީ ހައްގުތަކާ ގުޅޭ ގައުމީ އަދި ބައިނަލްއަގުވާމީ ބައްދަލުވުންތަކާއި، ސެމިނާރުތަކާއި، މީޑިއާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް، ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.
- މީގެ އިތުރުން، ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުމާއި، ކޮމިޝަނުން ކުރިއަށްގެންދާ އެކި ހަރަކާތްތަކާއި އެހެނިހެން މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ހަމަތޯ ޔަޤީންކުރުމަށް ޗެކްލިސްޓް ފުރިހަމަ ކުރަންވާނެއެވެ. ތިރީގައި ބަޔާންކޮށްފައިވާ އިރުޝާދުތަކާ އެއްގޮތަށް ލިޔެކިޔުމެއް ހަމަކުރެވިފައިނުވާނަމަ އެލިޖިބިލިޓީ އިވެލުއޭޝަން އަދި ޕޮއިންޓް ދިނުމުގައި އެ ލިޔެކިޔުމެއް ނުގުނޭނެއެވެ.)
- މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތްކަމަށް އެޓެސްޓްކުރެވިފައިވާ ކޮޕީ.
2.1 ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖޭގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ އަސްލާ އެއްގޮތްކަމަށް އެޓެސްޓްކުރެވިފައިވާ ކޮޕީ.
2.2 ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރެވި، އަސްލާ އެއްގޮތްކަމަށް އެޓެސްޓްކުރެވިފައިވާ ކޮޕީ.
2.3 ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމަށް އެޓެސްޓްކުރެވިފައިވާ ކޮޕީ.
- ފުރިހަމަކޮށްފައިވާ ކޯހުގެ ޓްރާންސްކްރިޕްޓްތަކުގެ އަސްލާ އެއްގޮތްކަމަށް އެޓެސްޓްކުރެވިފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ).
(ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖުރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާ އަދާ ކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން ހުށަހަޅާ ވަޒީފާ އަދާ ކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މައުލޫމާތު ފުރިހަމަނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.)
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށުގެ ސާފު ކޮޕީ.
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވި މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ރަސްމީ ލިޔުން.
ރަސްމީ ލިޔުމުގައި އަންނަނިވި މަޢުލޫމާތު ފުރިހަމަވާންޖެހޭނެއެވެ.
- ލެޓާހެޑް ނުވަތަ ތަނުގެ އެޑްރެހާއި ފޯން ނަންބަރު އަދި އީ.މެއިލް.
- ސްޓޭމްޕް.
- ވަޒީފާ އަދާކުރި ނުވަތަ ކުރަމުންދާ ތަނުގެ އިސް ފަރާތެއްގެ ނަމާއި، މަޤާމު، އަދި ސޮއި.
(އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް އަދި ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް އެއްވެސް ލިޔުމެއް އެލިޖިބިލިޓީ އިވެލުއޭޝަން އަދި ޕޮއިންޓް ދިނުމުގައި ނުގުނޭނެއެވެ.)
- ސުންގަޑި
2026 އޮކްޓޫބަރު 19 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
އެހެނިހެން
- މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
- މި މަޤާމަށް 10 ފަރާތަށްވުރެ އިތުރަށް ކުރިމަތިލައިފިނަމަ، ކުރިމަތިލި ހުރިހާ ފަރާތްތަކަށް ސްކްރީނިންގ ޓެސްޓެއް ދިނުމަށްފަހު ޓެސްޓްގެ ނަތީޖާއަށް ބަލައި 10 ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށް ތިއަރީ ޓެސްޓެއް ދީ ފާސްވާ ފަރާތްތަކަށް އިންޓަވިއުއަށް ދެންނެވޭނެއެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
- ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
- ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
- ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.
- އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ނޯޓް: މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް(pdf) ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް(pdf) ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.
Indexed from the Government Gazette on 7 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)168-HR/1/2026/113
- Work arrangement
- On-site · Mon–Fri
- Openings
- 1 person
Requirements
- Bachelor's degree in Law (Level 7 MNQF), or
- Diploma in Law (Level 5 MNQF) with at least 2 years work experience in a related field, or
- Advanced Certificate in Law or below (Level 4 MNQF) with at least 5 years work experience in a related field.
- Maldivian citizen aged 18 to 55 years.
- Not a member of the Commission, relative of a member, or relative of an employee.
Responsibilities
- 01Assist in reviewing laws and regulations and administrative procedures in light of human rights.
- 02Provide legal advice on cases referred by the Investigations Department.
- 03Provide legal advice on reviews regarding whether laws and regulations comply with human rights.
- 04Work on agreements made by the Commission with various parties.
- 05Prepare documents required for cases initiated by the Commission and counter-claims.
- 06Represent the Commission in tribunals and Sharia Courts.
- 07Study and provide legal advice on the Commission's participation in international and regional human rights treaties.
- 08Identify matters in laws and regulations that contradict human rights.
- 09Participate in discussions in the People's Majlis regarding Commission submissions.
- 10Establish working relationships with departments, government offices and private parties.
Salary & benefits
Benefits
Overtime payment provided for work on public holidays and rest days according to prescribed rules.
How to apply
Location
- Place
- Malé
- Atoll
- Malé City
- Address
- C. Malé
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Human Rights Commission of the Maldives
Government & public sector
CareersMV made this page from the vacancies it indexes for Human Rights Commission of the Maldives.
- Open roles
- 2
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 7 Oct 2026Report this listing