Skip to content
Back
Via GazetteNotice 659-A/2026/75

Senior Judicial Administration Assistant

MVR 12,945/monthPosted 2 days ago

Indexed from Government Gazette10 Oct 2026

Full-TimeAdminSeniorNationals only
The application happens on the Government Gazette (gazette.gov.mv), not on CareersMV.
Job type
Full-Time
Closes
20 Oct
Source
Gazette
Employer
Laamu Atoll Gan Magistrate CourtGovernment & public sector
Location
GanLaamu Atoll
Salary
MVR 12,945/monthAdvertised
Employment type
Full-TimeAdministration · Senior
Deadline
Closes 20 Oct 20267 days left

From the notice

Copied text

ވަޒީފާގެ ފުރުޞަތު

ތާރީޚް

10 އޮކްޓޯބަރ 2026

މަޤާމުގެ ކްލެސިފިކޭޝަން

ޖުޑީޝަލް ސަޕޯޓް އެސިސްޓެންޓް

މަޤާމް

ސީނިއަރ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 4

ޢަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަސައްކަތްކުރަންޖެހޭ ތަން

ލ. ގަމު މެޖިސްޓްރޭޓް ކޯޓު

މުސާރަ

 9860.00( ނުވަހާސް އަށްސަތޭކަ ފަސްދޮޅަސް ރުފިޔާ )

އެހެނިހެން އެލަވަންސް

  • މަގާމުގެ އެލަވަންސް: -/2,955 ރުފިޔާ
  • ހާޟިރީ އިނާޔާތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/80 ރުފިޔާ
  • ޖުޑިޝަރީ ކޮންޓިނިއުޓީ އެލަވަންސް: -/130 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް

  1. ކޯޓުގެ މެއިލްއާއި، މެމްސް ސޮފްޓްވެއަރ އަދި އެނޫންވެސް ގޮތްގޮތުން ލިބޭ ލިޔުންތައް އެންޓްރީ ކުރުމާއި ކޯޓް އިސްމެޖިސްޓްރޭޓާއި ކޯޓް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ޖަވާބު ފޮނުވަންޖެހޭ ފަރާތްތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން.
  2. ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑް އާރު.ސީ.އޭ އިން އަޕްޑޭޓްކޮށް ބެހެއްޓުމާއިއެކު ކުށުގެ އަދި ދަރަނީގެ ރެކޯޑު ސާފްކުރުމަށް އަންނަ މެސެޖްތަކަށް ޖަވާބުދިނުން.
  3. ފައިސާ އާއިބެހޭ މަސައްކަތް ކުރާ މުވައްޒަފު ޗުއްޓީގައި ހުންނަ ޙާލަތުގައި އެކި ގޮތްގޮތުން ފައިސާ ދައްކަންޖެހޭ (ދަރަނި، ޖޫރިމަނާ، ފޯމްފީ ފަދަ) ފަރާތްތަކުގެ މަޢުލޫމާތު ފައިނޭންސް އެޕްއަށް ގަވައިދުން އަޕްޑޭޓް ކުރަމުން ގެންދިޔުން.
  4. ފައިސާ އާއިބެހޭ މަސައްކަތް ކުރާ މުވައްޒަފު ޗުއްޓީގައި ހުންނަ ޙާލަތުގައި ބަނޑޭރިޕޭއިން ދައްކާ ޑިޕޮޒިޓް ފައިސާއާއި، ކޯޓުގެ އެކައުންޓަށް ވަންނަ ފައިސާތަކަށް ރަސީދު ހެދުން.
  5. ކޯޓުގެ މަރާމާތާއި ގުޅިގެން ކުރަންޖެހޭ އެއްމެހާ މަސައްކަތްކުރުން.
  6. ކޯޓުގެ އިންވެންޓްރީ އާއި ސްޓޮކް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  7. ފައިސާ އާއިބެހޭ މަސައްކަތް ކުރާ މުވައްޒަފު ޗުއްޓީގައި ހުންނަ ޙާލަތުގައި ޚަރަދުގެ ރިޕޯޓާއި ފައިސާއާއި ގުޅުންހުރި އެހެނިހެން ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  8. ކޯޓުގައި ބައުވެ ބޭނުންނުކުރެވޭ ތަކެތި ނީލަންކިޔުމާއި ނައްތައިލުމުގެ މަސައްކަތްކުރުން.
  9. ކޯޓުގެ ފޮތްތަކާއި ފައިލްތައް ތައްޔާރުކުރުން.
  10. މިނޫންވެސް ވެރިޔަކު އަންގާ ރަސްމީ އެއްމެހާ މަސައްކަތްކުރުމާއި ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާއިގުޅޭ އެންމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.
  11.  މީގެ އިތުރުންވެސް އެމުވައްޒަފަކު ލައްވާ ކުރެވިދާނެކަމަށް ޤާނޫނަކުން ނުވަތަ ޤާނޫނުގެ މައްދާއަކުން މަނާނުކުރާ ރަސްމީ ކޮންމެ މަސައްކަތެއްގެ ތެރެއިން ކޯޓު ހިންގުމާއި ހަވާލުވެހުރި ކޯޓް އިސްމެޖިސްޓްރޭޓް އަދި ސީ.އޭ އަންގާ މަސައްކަތެއް ކުރުން.
  1. ކޯޓުންކުރާ މަސައްކަތުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  2. ކޯޓަށް ހުށަހެޅޭ މައްސަލަތައް ކޯޓް މެނޭޖްމަންޓް ސޮފްޓްވެއަރ އަށް އެންޓްރީކުރުން.
  3. ކޯޓަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުމާއި ގުޅޭގޮތުން (ޕްރޮކިއުމަންޓް މަސައްކަތް) ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.

އެހެނިހެން މަސްއޫލިއްޔަތުތައް

  1. ކަނޑައެޅޭ ތާވަލެއްގެ ދަށުން ކޯޓް ހުޅުވާ ލެއްޕުން
  2. މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ ދުވަސްތަކުގައި ކޯޓް އެޑްމިނިސްޓްރޭޓަރ އަންގާގޮތެއްގެ މަތީން އެމުވައްޒަފެއްގެ މަސައްކަތްތައް ވަގުތީގޮތުން ކުރުން
  3. ޙަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭ އެންމެހާ ފޮތްތަކާއި ފައިލްތައް ރައްކާތެރިކޮށް ބެލެހެއްޓުން
  4. ޙަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ފައިލުކުރަންޖެހޭ ތަކެތި ދުވަހުން ދުވަހަށް ފައިލުކޮށް ބެލެހެއްޓުން
  5. ކޯޓް އިސް މެޖިސްޓްރޭޓް ނުވަތަ އެވަގުތަކު ކޯޓް ހިންގެވުމާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓާއި ކޯޓު ގެ އިދާރީ ހިންގުމާއި ޙަވާލުވެ ހުންނަވާ ކޯޓް އެޑްމިނިސްޓްރޭޓަރ އަންގަވާ ރަސްމީ މަސައްކަތް ކުރުން.

އަސާސީ ޝަރުޠު

1- 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށް ވެގެން 'ސީ' ގްރޭޑް ލިބިފައިވުން .ނުވަތަ؛

2- ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާ / ފައިނޭންސްގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ/ޝަރީއާ އެންޑް ލޯ

ގުޅޭ ދާއިރާތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާ / ފައިނޭންސްގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ/ޝަރީއާ އެންޑް ލޯ

އެހެނިހެން ޝަރުޠުތައް

1- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.

2- ވަޒީފާއަށް ޢައްޔަންކުރެވޭކޯޓުގެ(ނުވަތަ އިދާރާގެ)މުވައްޒަފެއްގެ ނުވަތަ ފަނޑިޔާރެއްގެ ގާތްތިމާގެ މީހެއްކަމުގައިނުވުން.

2.1. ކާފަ ނުވަތަ މާމަ( ދޮންކާފައާއި، ދޮންމާމަ ހިމެނޭގޮތަށް)؛

2.2. މަންމަ ނުވަތަ ބައްޕަ (ދޮންމަންމައާއި ދޮންބައްޕަ ހިމެނޭގޮތަށް) ނުވަތަ،

2.3. ދައްތަ ނުވަތަ ބޭބެ ( އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި، ދޮންމަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛

2.4. އަނބިމީހާ ނުވަތަ ފިރިމީހާ؛

2.5. ދަރިން ( ކާފަދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)

ހުށަހަޅަންޖެހޭ ތަކެތި

1- ފުރިހަމަ ކޮށްފައިވާ،ޝަރުޢީ ދާއިރާގެ ވަޒީފާ އަށް އެދޭ ފޯމް (މިފޯމް ލ. ގަމު މެޖިސްޓްރޭޓް ކޯޓުންނާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

6- (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

7- (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

9- (ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި، މަހާއި، ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

10- (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

11- (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

12- (ރ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ސީނިއަރ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާ އާއި މަސައްކަތަށް ބޭނުންވާ ހުނަރާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށާއި ޤާބިލްކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަރވިއުއަށް ބަލައެވެ. މިގޮތުން މިބައިތަކަށް ކަނޑައެޅިފައިވަނީ:

- އަސާސީ ޝަރުޠު ފުރިހަމަވުން 30 އިންސައްތަ

- އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތައްލީމު 5 އިންސައްތަ

- އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ 5 އިންސައްތަ

- އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް 25 އިންސައްތަ

- އިންޓަރވިއު 35 އިންސައްތަ

- ޖުމުލަ 100 އިންސައްތަ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޮކްޓޯބަރ 20 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ލ.ގަމު މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓުލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެކްޓިކަލްސް އޮންނާނީ، 2026 އޮކްޓޯބަރ 25 އިން 05 ނޮވެމްބަރ 2026 އާ ދެމެދު، ލ. ގަމު މެޖިސްޓްރޭޓް ކޯޓުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް(A2ޝީޓު) " ޢާންމުކުރުން

"އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ލ. ގަމު މެޖިސްޓްރޭޓްކޯޓުގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. އަދި އިންޓަރވިއުގެ ބައިވެރިންނާ ޙިއްޞާ ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ

އިތުރު މަޢްލޫމާތު

މަސައްކަތުގެ ތަޖުރިބާގެ ބަޔަށް މާކްސް ދިނުމަށް ހަމަޖެހިފައިވަނީ މި އިޢްލާނާއެކު ހުށަހަޅަންޖެހޭ ތަކެތީގެބައިގެ 6 ވަނަ ނަންބަރުގައި ތަޖްރިބާގެ ލިޔުމުގައި ފުރިހަމަވާންވާނޭކަމަށް ބަޔާންކުރާ މަޢްލޫމާތު ފުރިހަމައަށް އެނގޭގޮތަށް ހުށަހަޅާ ލިޔުންތަކަށް އެކަންޏެވެ.

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަންނަން އެދޭ ފޯރމް ލ.ގަމު މެޖިސްޓްރޭޓްކޯޓުންނާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6800630/6800623 އަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ ނުވަތަ ވަކިވަކިން ޑޮކިއުމެންޓް ފޮނުވާނަމަ އެއް މެއިލްގައި ޑޮކިއުމެންޓްތައް އެޓޭޗްކޮށް ފޮނުވުމަށް ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަންއަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

Indexed from the Government Gazette on 10 Oct 2026. The original notice is the official version; if anything differs, it wins.

At a glance

Source
Gazette, notice 659-A/2026/75
Openings
1 person

Requirements

  • Passed O Level or equivalent with grade C or above in at least 2 subjects, and grade C or above in Dhivehi in the Secondary or Higher Secondary School…
  • Or passed O Level or equivalent with grade D or above in at least 2 subjects, grade C or above in Dhivehi, and 4 years of work experience related to the post
  • Aged 18 or over by birth date at the time of applying
  • Must not be a spouse, employee or shareholder of the court, or a close relative of an employee as listed in the announcement

Skills

  • Memos software
  • Finance App
  • Banapay
  • Court management software
  • Dhivehi

Responsibilities

  1. 01Responding to court mail, memos and other correspondence, and preparing replies as directed by the Court Registrar and Court Administrator
  2. 02Updating the criminal record and fines record from R.C.A, and responding to requests to clear records
  3. 03When on leave, updating the Finance App with details of parties to be paid fines, penalties and form fees
  4. 04When on leave, handling finance work including Banapay deposits and issuing receipts for the court account
  5. 05Carrying out all work related to the maintenance of the court
  6. 06Keeping the court inventory and stock updated and maintained
  7. 07When on leave, preparing finance expense reports and sending them within the required timeframe
  8. 08Arranging for unusable court items to be written off and disposed of
  9. 09Preparing court books and files
  10. 10Entering cases submitted to the court into the court management software

Salary & benefits

Advertised payMVR 12,945/month

Benefits

Post allowance of MVR 2,955 and attendance allowance of MVR 80 per working day, plus pension as per the Pension Law of the Maldives.

Administrative officer salary in the Maldives

How to apply

Submit the completed Sharia Division vacancy application form and the required documents before 13:30 on Sunday 20 October 2026 to L. Gan Magistrate Court. The form and documents may also be obtained by email through [email protected]. The form is available from www.judiciary.gov.mv.
Apply at original source (opens in a new tab)

Location

Place
Gan
Atoll
Laamu Atoll

How long from your home?

Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.

Sign in

About the employer

Laamu Atoll Gan Magistrate Court

Government & public sector

CareersMV made this page from the vacancies it indexes for Laamu Atoll Gan Magistrate Court.

Open role
1
Followers
0
Loading departments…

Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.

Claim for free
Loading similar jobs…
Loading related opportunities…

Indexed from the Government Gazette 10 Oct 2026Report this listing