Biomedical Engineer
Indexed from Government Gazette19 Oct 2026
- Job type
- Full-Time
- Closes
- 27 Oct
- Source
- Gazette
- Employer
- Dr. Abdus Samad Memorial HospitalHealthcare
- Location
- Not stated
- Salary
- MVR 23,928/monthAdvertised
- Employment type
- Full-TimeEngineering
- Deadline
- Closes 27 Oct 20267 days left
From the notice
Copied text- މަޤާމު
ބަޔޯމެޑިކަލް އިންޖިނިއަރ
- މަޤާމުގެ ނަންބަރު
-
- ބޭނުންވާ އަދަދު
01
- މަޤާމުގެ ގިންތި
ދާއިމީ
- މަޤާމުގެ ރޭންކު
(ޕަބްލިކް ސަރވިސް ރޭންކް 8) ރޭންކް 8 - ސްޓެޕް 1
- ވަޒީފާ އަދާކުރަން ޖެހޭ ތަން
ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
- މުސާރަ
-/16315ރ
- މަގާމުގެ އެލަވަންސް
-/7613ރ
- ޙާޝިރީ އިނާޔަތް
-/206 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)
އެހެނިހެން އެލަވަންސް
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ޞިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ސެންޓަރުތަކުގައި ބޭނުންކުރާ ބަޔޯމެޑިކަލް އިކުއިޕްމަންޓުތަކުގެ މަރާމާތާއި، މެއިންޓެނަންސް އަދި ޕްރިވެންޓިވް މެއިންޓެނަންސް މަސައްކަތްތައް ކުރުން. އޭގެ ތެރޭގައި އިމީޑިއޭޓް ބްރޭކްޑައުން ރިޕެއަރ މަސައްކަތްތަކާއި ޕްލޭންކޮށްގެން ރާވައި ހިންގަންޖެހޭ ޕީރިއޯޑިކް މެއިންޓެނަންސް މަސައްކަތްތައް.
- ބަޔޯމެޑިކަލް އިކުއިޕްމަންޓްތަކާއި އާލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، މެޝިނެއްގެ ޒަރިއްޔާއިން ދިމާވާ އިންސިޑެންޓްތައް "އެޑްވާންސް މެޑިކަލް ޑިވައިސް އިވެންޓްސް" އިންވެސްޓިގޭޓް ކުރުމާއި، އެކަންކަމާބެހޭ ފަރާތަށް ރިޕޯޓްކުރުމަށްފަހު، އެކަމަށް ރައްކާތެރި ފިޔަވަޅުތައް އެޅުން.
- ހޮސްޕިޓަލުގައި ބޭނުންކުރާ މެޝިންތައް ބައުވެ، ނޫނީ މެޝިންތައް މަރާމާތުނުކުރެވޭ ވަރަށް ހަލާކުވެ، ނޫނީ އަލަށް ޚިދުމަތެއް ފެށުމުގެ ކުރިން އައު މެޝިނެއް ގަންނަން ޖެހިއްޖެނަމަ އެފަދަ މެޝިން ގަތުމަށްޓަކައި އޭގެ ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކޮށް އެ މެޝިން ގަތުމަށްޓަކައި ބޭނުންވާ ފަންނީ ލަފާއާއި އިރުޝާދު ކަމާބެހޭ ފަރާތްތަކަށް ދިނުން.
- އަލަށް ހޯދާ ބަޔޯމެޑިކަލް މެޝިނަރީތައް އިންސްޓޯލް ކުރެވޭ ސައިޓްތައް ފަރުމާކުރުމަށްޓަކައި އެކަމާބެހޭ ފަންނީ ލަފާދިނުމާއި އެތަންތަނަކީ މެޝިން ބެހެއްޓުމަށް އެކަށީގެންވާ ސައިޓުތަކެއްކަން ކަނޑައެޅުމަށްފަހު އެތަނެއްގައި އެމެޝިންތައް އިންސްޓޯލްކުރުން.
- އިންސްޓޯލްކުރާ މެޝިންތަކާއި އިކުއިޕްމަންޓްތައް ބޭނުންކުރާނެ ގޮތުގެ ތަމްރީން ކަމާބެހޭ ޑޮކްޓަރުންނާއި ނަރުހުންނާއި ޓެކްނީޝަނުންނަށް ދިނުން.
- މެޑިކަލް ޑިވައިސަސް ރެގިއުލޭޓްކުރުމަށް ބޭނުންވާ ގަވާއިދުތަކާއި މިންގަނޑުތަކާއި އުޞޫލުތަކާއި އެސް.އޯ.ޕީ ތައް އެކުލަވާލުމުގައި އެހީތެރިވުން.
- މެޑިކަލް ޑިވައިސަސް ގެންގުޅޭ ތަންތަން އިންސްޕެކްޓް ކުރުން
މަޤާމުގެ ޝަރުޠުތައް
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.
ނުވަތަ
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- ބަޔޯ އިންސްޓްރުމެންޓޭޝަން
- ބަޔޯއިންޖިނިއަރިންގ
- ބަޔޯ މެޓީރިއަލްސް
- ބަޔޯ މެކޭނިކްސް
- ބަޔޯމެޑިކަލް އިންޖިނިއަރިންގ
- ބަޔޯމެޑިކަލް އިންފޮމެޓިކްސް
- ބަޔޯމެޑިކަލް އިންސްޓްރުމެންޓޭޝަން
- ބަޔޯމެޑިކަލް ސައެންސް
- ކްލިނިކަލް އިންޖީނިއަރިންގ
- ކްލިނިކަލް ޓެކްނޮލޮޖީ
- އިލެކްޓްރިކަލް އިންޖިނިއަރިންގ
- އިލެކްޓްރޯނިކްސް އިންޖީނިއަރިންގ
- މެކޭނިކަލް އިންޖިނިއަރިންގ
- މެޑިކަލް ޑިވައިސަސް
- މެޑިކަލް އިލެކްޓްރޯނިކްސް އިންޖީނިއަރިންގ
- މެޑިކަލް އިންޖިނިއަރިންގ
- މެޑިކަލް އިމޭޖިންގ ޓެކްނޮލޮޖީ
- މެޑިކަލް ފިޒިކްސް
- މެޑިކަލް ސައިންސް އެންޑް ޓެކްނޯލޮޖީ
- ރިހިބިލިޓޭޝަން އިންޖީނިއަރިންގ
- ސިސްޓަމް އިންޖީނިއަރިންގ
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
ބަޔޯމެޑިކަލް އިންޖިނިއަރިންގ
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޮކްޓޫބަރު 2026 ގެ 13:00 ގެ ކުރިން، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔު / ޕްރެކްޓިކަލް އަދި ޕްރެޒެންޓޭޝަން 2026 އޮކްޓޫބަރު މަހު 28 އިން 2026 އޮކްޓޫބަރު 29 ވަނަ ދުވަހާއި ދެމެދު އޮންނާނެއެވެ. އިންޓަރވިޔު އޮންނާނީ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841970 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
Indexed from the Government Gazette on 19 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)ASMH-HRMS/ASMH/2026/116
- Openings
- 1 person
Requirements
- A Master's degree at Level 9 of the National Qualifications Framework of the Maldives, in a field related to the post
- Or a degree at Level 7 or 8 of the National Qualifications Framework, or a Bachelor's Honours degree, in a related field, with 4 years of work experience in a…
- Copy of a valid registration and licence
Responsibilities
- 01Maintenance, servicing and preventive maintenance of biomedical equipment in health service hospitals and centres
- 02Immediate breakdown repair work and planned periodic maintenance
- 03Investigating Advanced Medical Device Events and reporting them to the relevant parties, then implementing protective measures
- 04Preparing technical specifications and advice for purchasing machines that cannot be maintained or are needed before a service begins
- 05Providing technical guidance on preparing sites for new biomedical machines and installing them once suitable
- 06Training doctors, nurses and technicians on using installed machines and equipment
- 07Assisting in compiling regulations, standards, principles and standard operating procedures for regulating medical devices
- 08Inspecting premises that operate medical devices
Salary & benefits
Benefits
Overtime and public holiday pay under established regulations, pension contribution under the Pension Law of the Maldives, and an attendance allowance of MVR 206 per working day attended.
How to apply
Location
The listing does not say where the work is. Check the original or ask Dr. Abdus Samad Memorial Hospital.
About the employer
Dr. Abdus Samad Memorial Hospital
Healthcare
Government hospital in Thinadhoo, Gaafu Dhaalu Atoll, offering laboratory, X-ray, dialysis, operating theatre, CT scan and mammography services. It was set up in 1969 as Thinadhoo Regional Hospital and took its current name in 2024, honouring former Foreign Minister Dr Abdul Samad Abdulla. It serves residents of Gaafu Alif and Gaafu Dhaalu atolls. No staff numbers are published in the sources reviewed.
- Open roles
- 3
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 19 Oct 2026Report this listing