School Administration Officer
Indexed from Government Gazette12 Oct 2026
- Job type
- Full-Time
- Closes
- 18 Oct
- Source
- Gazette
- Employer
- Abubakar School, GDh. ThinadhooEducation
- Location
- ThinadhooGaafu Dhaalu Atoll
- Salary
- MVR 11,060/monthAdvertised
- Employment type
- Full-TimeAdministration · Entry level
- Deadline
- Closes 18 Oct 20265 days left
From the notice
Copied textއިޢުލާނު
- މަޤާމު
އެސިސްޓެންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ
- މަޤާމުގެ ނަންބަރު
J-463101
- ބޭނުންވާ އަދަދު
01
- މަޤާމުގެ ގިންތި
ދާއިމީ
- މަޤާމުގެ ރޭންކު
ރޭންކް 4 - ސްޓެޕް 1
- މަޤާމުގެ ކްލެސިފިކޭޝަން
އޮފިސަރ ގްރޭޑް 2
- ވަޒީފާ އަދާކުރަން ޖެހޭ ތަން
އަބޫބަކުރު ސްކޫލް
- މުސާރަ
-/8,505 ރުފިޔާ
- މަޤާމުގެ އެލަވަންސް
-/2,555 ރުފިޔާ
އެހެނިހެން އެލަވަންސް
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޙިދުމަތް.
- ހާޒިރީ ޢިނާޔަތް، ހާޒިރުވާ ކޮންމެ ދުވަހަކަށް -/70
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ޕްރިންސިޕަލްގެ މަސައްކަތްތަކުގައި ހިމެނޭ އިދާރީ ޒިންމާތައް އަދާކުރުމުގައި ޕްރިންސިޕަލަށް އެހީތެރިކަން ފޯރުކޮށްދިނުން. އެގޮތުން ސްކޫލުން ޢަމަލުކުރާ އުސޫލުތަކާއި ޕްލޭންތައް ތަންފީޒުކުރުމުގައި ޕްރިންސިޕަލްއާ ގުޅިގެން މަސައްކަތްކުރުމާއި، ސްކޫލްގެ މަސައްކަތްތައް އޮމާންކަމާއެކު ރަނގަޅަށް ކުރިއަށް ގެންދިއުމަށް އެހީތެރިވުން.
- ޕްރިންސިޕަލް ދުވަހުންދުވަހަށް އަދާކުރާ އެޑްމިނިސްޓްރޭޓިވް ސަޕޯޓް މަސްއޫލިއްޔަތުތައް އިންތިޒާމުކުރުން. އެގޮތުން ކޮންމެ ދުވަހަކު ޕްރިންސިޕަލްއާ ބައްދަލުކޮށް އެ ދުވަހެއްގެ ޝެޑިއުލް އިސްކަންދޭ ތަރުތީބުން ކަނޑައެޅުމާއި، ޚަރަދު ހިނގާނެ ކަންތައްތައް ފާހަގަކޮށް ހަމަޖެހިފައިވާ އުސޫލުން އެކަންކަން ކުރިއަށް ގެންދިއުން.
- ސްކޫލަށް ޒިޔާރަތްކުރާ މެހެމާނުންނަށް މަރުހަބާ ކިއުން؛ ފޯނު ކޯލްތަކަށް ޖަވާބު ދިނުމާއި އެފަދަ ކޯލްތައް ކަމާބެހޭ ފަރާތަކަށް ރޫޓް ކުރުން؛ މެސެޖުތައް ނަގައި އެ ރައްދުކުރަންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން؛ ސްކޫލުގެ އުސޫލުތައް ސާފުކޮށްދިނުން؛ ސްކޫލުން ހިންގާ ޕްރޮގްރާމްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން.
- ޓީޗަރުން ހާޒިރުނުވާ ދުވަސްދުވަހު ސަބްސްޓިޓިއުޓުން ހަމަޖެއްސުމުގެ މަސައްކަތް ކޯޑިނޭޓްކުރުން؛ ބަދަލު ޓީޗަރުންނަށް ޓައިމްޝީޓް އަދި ސަބް ފޯލްޑަރ ތައްޔާރުކުރުން؛ ބަދަލު ޓީޗަރުންނަށް ޓައިމްޓޭބަލްތައް ފޯރުކޮށްދިނުން؛ ޓީޗަރުން ހާޒިރުނުވާ ދުވަސްތަކުގެ ލޮގް ބެލެހެއްޓުމާއި، ބަދަލު ޓީޗަރުންގެ ޓައިމްޝީޓްތައް ބެލެހެއްޓުން؛ ޓީޗަރުން ހާޒިރުނުވާ ދުވަސްދުވަހު ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
- ސްކޫލްގެ ރަސްމީ އީމެއިލްއަށް އަންނަ އީމެއިލްތައް ކަމާބެހޭ މުވައްޒަފުންނަށް ފޯރުކޮށްދިނުމާއި ޖަވާބުދޭންޖެހޭ އީމެއިލްތަކަށް ޖަވާބުދިނުން؛ ސިޓީއާއި ލިސްޓްތަކާއި ރިޕޯޓްތަކާއި ފްލަޔަރތަކާއި ފޯމްތަކާއި އެފަދަ ތަފާތު ލިޔެކިޔުންތައް ޑްރާފްޓްކުރުމާއި ފީޑްބެކް ހޯދަންޖެހޭ ފަރާތްތަކުގެ ލަފަޔާއެކު ފުރިހަމަކުރުން؛ ސްކޫލުން އާންމުކުރާ ތަކެތި ޕްރޫފްރީޑް ފުރިހަމަކުރުން؛ ދަރިވަރުންނާއި މުވައްޒަފުންނާއި ސްކޫލް ހިންގުމާގުޅޭ ތަފާތު ރިޕޯޓްތަކާއި ފައިލްތަކާއި ޑޭޓާ ތައްޔާރުކޮށް ޞައްޙަކޮށް ބެލެހެއްޓުން.
- ސްކޫލަށް އަލަށް ބަދަލުވާ ދަރިވަރުންގެ އެންރޯލްމަންޓް އަދި ސްކޫލުން ބަދަލުވާ ދަރިވަރުންގެ ލިޔެކިޔުންތައް ޕްރޮސެސްކުރުން؛ އެކަޑަމިކް ޓަރމް ނިމުމުން ރެކޯޑްތައް އަދާހަމަކުރުން.
- ދަރިވަރުންގެ ގްރޭޑްތަކާއި ޓްރާންސްކްރިޕްޓް މަޢުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން؛ ދަރިވަރުންގެ ރެކޯޑާއި ޓްރާންސްކްރިޕްޓް ރިކުއެސްޓްތަކަށް ޖަވާބުދިނުން؛ ދަރިވަރުންގެ ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުން.
- ސްކޫލް ބޯޑުގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރިންސިޕަލާއި، މުވައްޒަފުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢާ ދެމެދު ކުރަންޖެހޭ މުއާމަލާތްތައް އިންތިޒާމުކޮށް ކޯޑިނޭޓްކުރުން؛ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިމަތިވާ މައްސަލަތައް ހައްލު ކުރުން ނުވަތަ އެޑްމިނިސްޓްރޭޓަރަށް އެކަމެއް ރިފަރކުރުން.
- ޕްރިންސިޕަލްގެ ކަލަންޑަރު ޝެޑިއުލް ބެލެހެއްޓުން. އެގޮތުން ޓީޗަރުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢުގެ މެމްބަރުން އެދޭ އެޕޮއިންޓްމަންޓް ތާވަލުކުރުން؛ އެކިއެކި ގްރޫޕްތަކާއި ޖަމިއްޔާތަކާ ބައްދަލުވުންތައް އިންތިޒާމުކުރުން؛ ބައްދަލުވުންތައް ބާއްވާ ކޮޓަރިތައް ބުކްކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
- މުވައްޒަފުންގެ އިވެލުއޭޝަން ލޮގްތައް ބެލެހެއްޓުމާއި، އިވެލުއޭޝަންގެ އެޕޮއިންޓްމަންޓްތައް ޝެޑިއުލްކުރުމާއި ކޯޑިނޭޓްކުރުން.
- ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުއްލި ހާލަތާއި ކާރިސާތަކަށް ތައްޔާރުވުމުގެ ޑްރިލްތައް ކޯޑިނޭޓްކޮށް ހިންގުމާއި؛ ތަޅާފޮޅުމާއި، ވައްކަންކުރުންފަދަ ކަންކަމުގައި ފުލުހުންނާ މުއާމަލާތްކުރުން.
- ފީލްޑް ޓްރިޕްތަކާއި، ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، ފެއަރތަކާއި، ކޮންސެޓްތަކާއި، ގްރެޖުއޭޝަންތަކާއި އެފަދަ އިވެންޓްތައް ޝެޑިއުލްކޮށް ކޯޑިނޭޓްކުރުމުގައި ބައިވެރިވުން؛ އަދި އެފަދަ އިވެންޓްތަކަށް ތަކެތި ހޯދުމާއި، ބައިވެރިންނަށް އެންގުމާއި، ފީ ބަލައިގަތުން.
- ސްކޫލްގެ އިމާރާތާއި ކްލާސްރޫމްތަކުގެ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުން.
- ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ސްކޫލްގެ މުވައްޒަފުންނަށް ތަޅުދަނޑިއާއި އެލާމް ކޯޑް ދޫކުރުން؛ ސެކިއުރިޓީއާބެހޭ މަޢުލޫމާތު ފައިލް ބެލެހެއްޓުން.
- ސްކޫލްގެ މާލީ ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން؛ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ރެކޯޑް ބެލެހެއްޓުން؛ ރިކުއިޒިޝަންތައް ޕްރޮސެސްކުރުމާއި ރިކުއިޒިޝަން އޯޑަރުގެ ރިޕޯޓްތައް ބެލެހެއްޓުން.
މަޤާމުގެ ޝަރުޠުތައް
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓު 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާޞިލުކޮށްފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް
- އެކައުންޓިންގ
- އެކައުންޓިންގ ޓެކްނީޝަން
- އެޑްމިނިސްޓްރޭޝަން
- ބިޒްނަސް
- ބިޒްނަސް އެކައުންޓިންގ
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ
- ބިޒްނަސް މެނޭޖްމަންޓް
- ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ
- ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ
- ކޮމްޕިއުޓަރ ޕްރޮގްރާމިންގ
- ކޮމްޕިއުޓަރ ސައިންސް
- ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ
- ކޮމްޕިއުޓިންގ
- ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ
- ފައިނޭންސް
- ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން
- ހިޔުމަން ރިސޯސް މެނޭޖްމަންޓް
- އިންފޮމޭޝަން ޓެކްނޮލޮޖީ
- އިންވެންޓްރީ މެނޭޖްމަންޓް
- ލޮޖިސްޓިކްސް މެނޭޖްމަންޓް
- މެނޭޖްމަންޓް
- ނެޓްވަރކިންގ
- އޮޕަރޭޝަންސް މެނޭޖްމަންޓް
- ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް
- ޕްރޮކިއުމަންޓް މެނޭޖްމަންޓް
- ޕްރޮގްރާމިންގ
- ޕްރޮޖެކްޓް މެނޭޖްމަންޓް
- ޕަބްލިކް އެކައުންޓިންގ
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
- ޕަބްލިކް މެނޭޖްމަންޓް
- ޕާޗޭސިންގް
- ކުއަންޓިޓީ ސަރވެއިންގ
- ސޮފްޓްވެއަރ އިންޖިނިއަރިންގ
- ސަޕްލައި ޗެއިން މެނޭޖްމަންޓް
- ސިސްޓަމް އެޑްމިނިސްޓްރޭޝަން
- ވެބް ޑިވެލޮޕްމަންޓް
ޕްރިފަރޑް ޑިސިޕްލިން
ނެތް
ކޯ ޑިސިޕްލިން
ނެތް
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
1- އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
| އަސާސީ ޝަރުޠު ހަމަވުމުން | 30 |
|---|---|
އަސާސީ ޝަރުތަށްވުރެ އިތުރަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު | 5 |
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ | 5 |
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) | 25 |
އިންޓަރވިއު | 35 |
މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، އަބޫބަކުރު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
- އިންޓަރވިއު އާއި އެސެސެމަންޓް އޮންނާނެ ތަނާއި، މުއްދަތު
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 25 އޮކްޓޫބަރު 2026 އާ 31 އޮކްޓޫބަރު 2026 އާ ދެމެދު، އަބޫބަކުރު ސްކޫލްގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6842753 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
Indexed from the Government Gazette on 12 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)GS-73/GS-73/2026/29
- Openings
- 1 person
Requirements
- Certificate 4 or Advanced Certificate at Level 4 of the National Qualifications Framework of the Maldives in a field related to the post.
Responsibilities
- 01Assist the Principal with administrative duties and the school's plans and programmes.
- 02Manage the Principal's daily support tasks, including the schedule, calendar and appointments.
- 03Welcome visitors, answer and route calls, and provide information on school programmes.
- 04Arrange substitute teachers on days teachers are absent and keep absence logs.
- 05Handle the school's official email, draft documents and reports, and proofread materials.
- 06Process enrolment and transfers of students and keep student records and transcripts updated.
- 07Coordinate dealings between the Principal, staff, students, guardians and the community.
- 08Coordinate emergency drills and deal with the police on matters such as bullying and theft.
- 09Help organise field trips, events and fairs, including procuring items and collecting fees.
- 10Keep school financial records, requisition reports and an inventory of school assets.
Salary & benefits
Benefits
Additional allowance as prescribed for Civil Service employees, pension contribution under the Pensions Act of the Maldives, and medical care services for civil service employees.
How to apply
Location
- Place
- Thinadhoo
- Atoll
- Gaafu Dhaalu Atoll
- Address
- Aboobakuru School
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Abubakar School, GDh. Thinadhoo
Education
Abubakar School (listed by the Ministry of Education as Aboobakuru School) is a government school in Thinadhoo, Gaafu Dhaalu Atoll. It is described as the first primary school in Thinadhoo and opened in June 2004. The Ministry's school page lists more than 405 students, more than 40 teachers and more than 17 government staff.
- Open role
- 1
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 12 Oct 2026Report this listing