Skip to content
Back
Via GazetteNotice 775/IUL/2026/28

Senior Health Care Administration Assistant

MVR 11,560/monthPosted 3 hours ago

Indexed from Government Gazette7 Oct 2026

Full-TimeSeniorNationals only
The application happens on the Government Gazette (gazette.gov.mv), not on CareersMV.
Job type
Full-Time
Closes
13 Oct
Source
Gazette
Location
MaduvvariRaa Atoll
Salary
MVR 11,560/monthAdvertised
Employment type
Full-TimeAdministration · Senior
Deadline
Closes 13 Oct 20266 days left

From the notice

Copied text
މަޤާމު

ސީނިއަރ ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް (ކަސްޓަމާރ ސާރވިސް)

މަޤާމުގެ ނަންބަރު

J-427946

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކު

ޕަބްލިކް ސާރވިސް ރޭންކް 4 ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން

ރ.މަޑުއްވަރީ ޞިއްޙީމަރުކަޒު

މުސާރަ

8890.00 ރުފިޔާ

މަޤާމުގެ އެލަވަންސް

2670.00 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކުގެ މިންގަނޑުތައް (01 މޭ 2023 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތަތައް.
  3. ހާޒިރީ އެލަވަންސްގެ ގޮތުގައި ހާޒިރުވާ ކޮންމެދުވަހަކަށް-/70 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ހޮސްޕިޓަލާއި އެހެނިހެން މުއައްސަސާތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ސްޕަވައިޒަރުގެ ލަފާގެމަތިން ވަގުތުން ވަގުތަށް ފޮނުވުން
  • ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރާ ޓީމުތަކުގެ މެހެމާންދާރީގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް އެކަންތައް ކުރިއަށް ގެންދިއުމު ގައި އެހީތެރިވުން.
  • ޞިއްޙީ މަރުކަޒުން އެކިއެކި ފަރާތްތަކަށް ފޮނުވޭ ލިޔެކިއުންތަކާއި، ޞިއްޙީމަރުކަޒަށް އެކިއެކި ފަރާތްތަކުންލިބޭ ލިޔެކިއުންތައް ހަރުދަނާ ގޮތެއްގެމަތިން ފައިލްކޮށް ބެލެހެއްޓުން. 
  • ޕަބްލިކް ހެލްތް ޔުނިޓުން ހިންގާ އެވެއަރނެސް ޕްރޮގްރާމްތަކުގައި އެހީތެރިވުން. 
  • އާންމުންނަށް ކޮންމެހެން އެގެންޖެހޭ މަޢުލޫމަތުތަކާއި، ގަވާއިދުތައް އާންމުންނަށް ފެންނާނެހެން ޞިއްޙީމަރުކަޒުގެ ނޯޓިސްބޯޑްގައި ބެހެއްޓުން. 
  • އޮފީހަށް އަންނަ އެންމެހާ ލިޔުންތައް އެންޓްރީކޮށް އިސްވެރިންނަށް ހުށަހަޅާ، އިސްވެރިންގެ އިރުޝާދުގެ ދަށުން އެ ލިޔުމެއް ޙަވާލުކުރަންޖެހޭ ސެކްޝަންތަކަށް ލިޔުންތައް ޙަވާލުކުރުން.
  • ފޯންކޯލްތަކަށް ރީތިބަހުން ޖަވާބުދާރީވުމާއި، ޚިދްމަތްތެރިގޮތެއްގައި ފޯނުގެ ޚިދްމަތް ފޯރުކޮށްދިނުން
  • އެމްބިއުލާންސްތަކުގެ ޚިދުމަތަށް އެދޭފަރާތްތަކަށް އެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށް ދިނުމަށްފަހު ކަނޑައެޅިފައިވާ އަގު ނެގުން
  • ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދެވޭ ހިދުމަތުން އެއްވެސް ފައިސާ އެއް ނަގަން ޖޭހޭނަމަ ފައިސާ ނަގާ ރަސީދު ލިޔުމާއި ހަވާލުކުރުން.
  • އާސަންދައިގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން، ޑިޔުޓީގައި ދެވޭ ޚިދުމަތްތަކުގެ ޓްރާންސެކްޝަން ދުވަހުން ދުވަހަށް ހެދުން، ގަވާއިދުން އިންވޮއިސް ތައްޔާރުކުރަމުން ގެންދިޔުން. އާސަންދަ ނޫން އެހެން ސްކީމެއްގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށްފަހު ރެކޯޑްސްތައް ގަވާއިދުން ބެލެހެއްޓުން
  • ބަލިމީހާ ޑޮކްޓަރަށް ހުށައަޅާ މައްސަލަތައް ޑޮކްޓަރަށް އޮޅުން ފިލުވައިދިނުމާއި، ޑޮކްޓަރ ބަލިމީހާއަށް އަންގާދިނުމަށް ވިދާޅުވާ ވާހަކަތައް ބަލިމީހާއަށް އަންގާދިނުން، ބަލިމީހާއަށް ޑޮކްޓަރ ލިޔެދެއްވާ ބޭސްސިޓީ ލިއުމުގައާއި އަދި މިފަދަ އެހެނިހެންކަންކަމުގައި ޑޮކްޓަރަށް އެހީތެރިވުން،
  • ޑޮކްޓަރުން ބަލިމީހުންނަށް ދޫކުރައްވާ މެޑިކަލް ސެޓްފިކެޓް، ސަލާމުގެ ސެޓްފިކެޓްފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުމާއި، އޭގެ ކޮޕީތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން
  • ކޮންސަލްޓޭޝަން ރޫމް، ރިސެޕްޝަން ކައުންޓަރަށް ބޭނުންވާ ބޭނުންވާ ތަކެތި ކޮންމެ ދުވަހަކުވެސް މަސައްކަތް ފެށުމުގެ ކުރިން ހަމަކުރުން. އަދި މަސައްކަތުގައި ބޭނުންކުރާ އިކްވިޕަމްންޓްސް އާއި މެޝިނަރީޒްއަށް އެއްވެސް ގެއްލުމެއް ނުވަތަ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ސެކްޝަންގެ އިންޗާރޖަށް / ކަމާއިބެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ރިޕޯރޓް ކުރުން، ރިސެޕްޝަން ކައުންޓަރ ސާފުކޮށް ބެލެހެޓުން، ޑިއުޓީ ވަގުތުގައި އޯޕިޑީ އޭރިއާގެ ކަންކަން ބެލެހެއްޓުން.
  • ޞިއްޙީމަރުކަޒުގެ އޯ ޕީ ޑީ އޭރިއާގައި ޚިދްމަތްދެވޭ ބަލިމީހުންގެ ފައިލް ނުވަތަ ޞިއްޙީމަރުކަޒުގެ ރެކޯރޑްތައް ހަމަޖެހިފައިވާ އުޞޫލުގެމަތިން ފަރުވާތެރިކަމާއިއެކު ބަލަހައްޓައި ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ( ކޮމިޔުނިކެބަލް ޑިޒީޒް / އެން ސީ ޑީ ރިޕޯޓް / މެޑިކަލް ރެކޯރޑްސް ) ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  • ޑެއިލީ ސަވައިލަންސްއަށް ބޭނުންވާ ބަލިމީހުންގެ މައުލޫމާތުތައް ޕޭޝަންޓް އިންފޮމޭޝަން ސިސްޓަމްއަށް ޑެއިލީކޮށް އެންޓަކުރުން
  • ރިފަރކުރާ ބަލިމީހުންގެ ކަންތައްތަކުގައި ފުރިހަމަކުރަންޖެހޭ ލިއުންތައް ފުރިހަމަ ކުރުމުގައި ޑަކުޓަރަށް އެހީތެރިވުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުން
  • ޞިއްޙީ އިމަރޖެންސީތަކާ ، ޕެންޑަމިކް އަދި ކާރިސާ ތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް

'މަތީ ސާނަވީ' ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

'ސާނަވީ' ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް

ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ. https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx

ފޯރމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • އަސާސީ ޝަރުތު ހަމަވުން %30
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢްލީމް %5
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ 5%
  • އެސެސްޓްމަންޓް (އިންތިޚާނު ނުވަތަ ޕްރެކްޓިކަލް) % 25
  • އިންޓަރވިއު 35%

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮކްޓޫބާރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ރ.މަޑުއްވަރީ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 18 އޮކްޓޫބާރ 2026 ން 29 އޮކްޓޫބާރ 2026 އާ ދެމެދު، ރ.މަޑުއްވަރީ ޞިއްޙީމަރުކަޒު ގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް އަދި އެސެސްމަންޓް އަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ފޭސްބުކް ޕޭޖްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580394 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ.

previousnextclose

Indexed from the Government Gazette on 7 Oct 2026. The original notice is the official version; if anything differs, it wins.

At a glance

Source
Gazette, notice 775/IUL/2026/28
Openings
1 person

Requirements

  • O Level or equivalent qualification in at least 2 subjects with E grade or above, and Dhivehi in C grade or above
  • Or: O Level or equivalent in at least 2 subjects with D grade or above, and Dhivehi in C grade or above, with 4 years of work experience in administrative…

Responsibilities

  1. 01Sending documents to hospitals and other institutions as directed by the Supervisor
  2. 02Assisting in arranging duties of teams visiting the health centre
  3. 03Filing and maintaining documents sent from and received by the health centre in an orderly manner
  4. 04Assisting in awareness programmes run by the Public Health Unit
  5. 05Posting information and regulations on the health centre's notice board
  6. 06Entering documents arriving at the office and submitting them to relevant staff and sections
  7. 07Responding to phone calls courteously and providing professional telephone services
  8. 08Facilitating ambulance service requests and collecting prescribed fees
  9. 09Issuing receipts for fees collected and forwarding them
  10. 10Preparing invoices and maintaining records in accordance with regulations

Salary & benefits

Advertised payMVR 11,560/month

Benefits

Pension contribution under the Maldives Pension Law, overtime allowance, and attendance allowance of MVR 70 per day.

Health care administrator salary in the Maldives

How to apply

Submit application form (available at https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx), details of applicant including contact phone and email, proof of Maldivian citizenship, educational certificates, and work experience documentation to R. Maduvvari Health Centre before 13:00 on 13 October 2026. Applications may also be submitted via email to [email protected]
Apply at original source (opens in a new tab)

Location

Place
Maduvvari
Atoll
Raa Atoll
Address
R. Maduvvari Health Centre

How long from your home?

Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.

Sign in

About the employer

CareersMV made this page from the vacancies it indexes for Raa Atoll Maduvvari Health Centre.

Open role
1
Followers
0
Loading departments…

Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.

Claim for free
Loading similar jobs…
Loading related opportunities…

Indexed from the Government Gazette 7 Oct 2026Report this listing