Skip to content
Back
Via GazetteNotice (IUL)449/449/2026/90

Medical Laboratory Specialist

MVR 25,646/monthPosted 19 hours ago

Indexed from Government Gazette21 Oct 2026

Full-TimeHealthMid-levelNationals only
The application happens on the Government Gazette (gazette.gov.mv), not on CareersMV.
Job type
Full-Time
Closes
29 Oct
Source
Gazette
Employer
Maldivian Blood ServicesHealthcare
Location
Not stated
Salary
MVR 25,646/monthAdvertised
Employment type
Full-TimeMedical · Mid level
Deadline
Closes 29 Oct 20267 days left

From the notice

Copied text

އިޢުލާން

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފެކެވެ.

މަޤާމު

މެޑިކަލް ލެބޯރެޓަރީ ސްޕެޝަލިސްޓް އިން އިމިއުނޯ ހެމަޓޮލޮޖީ/ޓްރާންސްފިއުޝަން މެޑިސިންގ

މަޤާމުގެ ނަންބަރު

J-453860

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 9 - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ސެންޓްރަލް ބްލަޑް ބޭންކް

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް

މުސާރަ

-/17,486 ރުފިޔާ

މަގާމުގެ އެލަވަންސް

-/8,160 ރުފިޔާ

ޙާޟިރީ ޢިނާޔަތް

-/221 ރުފިޔާ (ޙާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ތެލެސީމިއާ ޓެސްޓް ކުރުމާއި، އަދި ހިމަޓޮލޮޖީ އާއި ގުޅުން ހުރި އެންމެހައި މަސައްކަތް ތަކުގައި ގިނަ ވަގުތު ހޭދަކޮށް އިސްކޮށް މަސައްކަތް ފުރިހަމަ ކުރުން.
  2. ލެބޯރެޓަރީ ތަހްލީލުތައް ހެދުމަށް އަންނަ ފަރާތްތަކުގެ ސާމްޕަލްތައް، ޕްރޮސެސް ކުރުމުގެ ހުރިހާ މަސައްކަތެއް އިންތިޒާމުކޮށް، އެނަލިސިސް ހަދައި އަދި ޞައްހަކަން ކަށަވަރު ކުރެވިފައިވާ ރިޕޯޓްތައް ތައްޔާރު ކުރުމާއި އަދި ކުރުވުން.
  3. ސުޕަވައިޒަރުގެ ގޮތުގައި އިދާރާއިން ކަނޑައެޅުމުން، ބްލަޑް ބޭންކުގެ ލައިސަންސް އޮންނަ އިދާރީ މުވައްޒަފުންނާ މަސައްކަތް ޙަވާލުކޮށް، އެމުވައްޒަފުންގެ ފެންވަރު ބަލައި، ޕަރފޯމަންސް އެޕްރައިޒަލް މަސައްކަތްތައް ހަމަޖެހިފައިވާ އުޞޫލުން ބެލެހެއްޓުން.
  4. ސެންޓްރަލް ބްލަޑް ބޭންކާއި އަދި ލެބޯރެޓަރީގެ އެންމެހާ މަސައްކަތްތަކަށް މުވައްޒަފުން ތަމްރީނުކޮށް ކުރިއަރުވާ، އެންމެ ފަހުގެ ޓެކްނޮލޮޖީއަށް ލެބޯޓްރީގެ ކަންކަން ހާސިލް ކުރުމަށް މަސައްކަތް ކުރުމާއި، ކޮންމެ ދުވަހަކު މައުލޫމާތު ނެގުމާއި، ރިކޯޑްކުރުމާއި، ރިޕޯރޓް އަދި ރިސާރޗް ހެދުން.
  5. ބްލަޑް ބޭންކާއި އަދި ލެބޯރެޓަރީން ހިންގާ ޕްރޮގްރާމްތަކުގެ މަސައްކަތްތައް މުޠާލިޢާކުރުމާއި، އެކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުމާއި، ފަންނީ ގޮތުން މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތައް ދިނުމާއި، އެފަދަ އިންތިޒާމުތައް ޑިވިޝަން/ސެކްޝަނުގައި ރާވާ ހިންގުން.
  6. އޮޕަރޭޓްކުރުމަށް ބޭނުންވާ، މެޝިން، އިކުއިޕްމަންޓް، ރިއޭޖަންޓްއާ އެންމެހާ ކޮންސިއުމަބަލްސް ޤަވާޢިދުން އޯޑަރ ކުރުމާއި، ސްޓޮކްކޮށް އަދި ހިދުމަތް މެދުނުކެނޑި ދެވޭނެ ގޮތައް އިންތިޒާމުތައް ރާވާ، ވިލަރެސްކޮށް، ފޮލޯއަޕް ހަދައި، މެނުފެކްޗަރަރ އަދި ސަޕްލަޔަރުންނާ އެކު މަޝްވަރާކޮށް އަދި ސްޓަޑީކޮށްގެންވެސް ހަމަޖެއްސުން.
  7. ކަމާގުޅޭ ފަރާތްތަކާއެކު ތަމްރީންތައް ރާވާ ހިންގުމާއި، ބައިވެރިވުމާއި އަދި އަމަލީގޮތުން ތެލެސީމިއާ ބައްޔަށް ހޭލުންތެރި ކުރުމަށް ޕްރޮގްރާމްތަށް މާލެއާއި އަދި އަތޮޅު ތެރޭގައި ހިންގުން.
  8. ސެންޓްރަލް ބްލަޑް ބޭންކާއި، ލެބޯރެޓަރީގައި ބޭނުންކުރާ އެންމެހައި، އިކުއިޕްމަންޓްސްތަކާއި މެޝިނަރީޒް މެއިޓެނެންސް ކުރުވުމާއި، ކުރުމާއި، ބެލެހެއްޓުން އަދި އެމަސައްކަތަށް ޒިންމާވުން.
  9. ބްލަޑް ބޭންކާއި އަދި ލެބޯރެޓަރީއަށް އަލަށް ބޭނުންވާ އޮޕަރޭޓިންގ ޕްރޮސީޖަރ ތަކާއި، ގައިޑްލައިންތަކާއި، ޕްރޮޓޮކޯލްސްތަކާ އަދި ލިޔެކިޔުން ތަކުގެ ޑްރާފްޓް ތައްޔާރުކުރުން އަދި ސްޓޭންޑަރޑައިޒްކުރުން.
  10. ރިސްކް އޮންނަ ދެމަފިރިންނާއި އަދި ތެލެސީމިއާ ކެރިއަރުންނަށް ޖެނެޓިކް ކައުންސިލިންގ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރޭވުމާއި، އިންތިޒާމުކޮށް އެ މަސައްކަތް ތަންފީޒުކުރުން.
  11. ސެންޓްރަލް ބްލަޑް ބޭންކް އަދި މެޑިކަލް ލެބޯރެޓަރީއާ ގުޅޭ އެންމެހައި، ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ބައިވެރިވުމާއި، ޔައުމިއްޔާ ކުރުމާއެކު، އެފަދަ މަސައްކަތްތަކުގައި ގޮތް ނިންމުމަށްޓަކައި ޑިރެކްޓަރ ޖެނެރަލަށް ލަފާ ދިނުމާއި އަދި އެހީތެރިވުން.
  12. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާޢިމު ކުރެވިފައިވާ ބްލަޑް ބޭންކްތަކާ ގުޅޭގޮތުން ހަދަންޖެހޭ އުސޫލުތަކުގެ ޑްރާފްޓް ހެދުމާއި، ފަންނީ ލަފާ ދިނުމާއި، އަދި މޮނީޓަރކޮށް ރެގިއުލޭޓު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައި އިސްކޮށް މަސައްކަތް ފުރިހަމަ ކުރުމުގައި ޑިރެކްޓަރ ޖެނެރަލަށް އެހީތެރިވުން.
  13. ބްލަޑް ބޭންކަށް ލޭ ހޯދުމާއި، އެއްކުރުމާއި، ރައްކާކުރުމާއި އަދި ދޫކުރުމުގައި ލޭގެ ޞިއްޙީ ރައްކަތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ރާވާ ހިންގުމުގައި އިސް ރޯލު އަދާކޮށް އެ މަސައްކަތަށް ފުރިހަމައަށް ޒިންމާވުން.
  14. ސެންޓަރަލް ބްލަޑް ބޭންކާއި، އަދި ބްލަޑް ޓްރާންސްފިއުޝަނާ ގުޅޭ ކަންކަމުގައި، ވަގުތުން އިންސިޑެންޓް ރިކޯޑްކުރުމާއި، ލިޔުމުން ރިޕޯރޓްކުރުމާއި، އަދި ކޮމިޓީއަށް ހުށަހެޅުމާއި އެކު، އިންތިޒާމުތައް ހަމަޖައްސައި، ކަނޑައެޅިފައިވާ އުސޫލުން މަރުހަލާތައް ފުރިހަމަކުރުމާއެކު ފިޔަވަޅުތައް އެޅުމުގައި ގިނަ ވަގުތު ހޭދަކޮށް ޒިންމާވުމާއި އަދި ޒިންމާކުރުވުން.
މަގާމަށް ޢައްޔަންކުރާއިރު ބޭނުންވާލައިސަންސް ތަކާއި ފުރިހަމަކުރުންލާޒިމު ތަމްރީނުތައް

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން މެޑިކަލް ލެބޯރެޓަރީ ދާއިރާއިން ރަޖިސްޓްރޭޝަން ލިބިފައި އޮތުން.

މަޤާމުގެ ޝަރުތުތައް

  • މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލްކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ހާސިލްކޮށްފައިވުން.

ނުވަތަ

  • މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލްކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ދާއިރާ

  1. ބަޔޯމެޑިކަލް ސައެންސް
  2. ކްލިނިކަލް ލެބޯޓްރީ ސައެންސް
  3. ކްލިނިކަލް މައިކްރޯ ބަޔޮލޮޖީ
  4. ޑައިގްނޯސްޓިކް މައިކްރޯ ބަޔޮލޮޖީ
  5. މެޑިކްލް ލެބޯޓަރީ ސައެންސް
  6. މެޑިކްލް ލެބޯޓަރީ ޓެކްނޮލޮޖީ
  7. މެޑިކަލް ސައިންސް
  8. މެޑިކަލް ޓެކްނޮލޮޖީ 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • މެޑިކަލް ލެބޯޓްރީ ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx 
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

6. މުއްދަތު ހަމަނުވާ ލައިސަންސް އަދި ރެޖިސްޓްރޭޝަންގެ ކޮޕީ

7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

އަސާސީ ޝަރުޠު ހަމަވުން30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 29 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 އޮކްޓޫބަރު/ ނޮވެންބަރު މަހުގެ ތެރޭގައި މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350155 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

Indexed from the Government Gazette on 21 Oct 2026. The original notice is the official version; if anything differs, it wins.

At a glance

Source
Gazette, notice (IUL)449/449/2026/90
Openings
1 person

Requirements

  • Doctoral degree at Level 10 of the National Qualifications Framework of Maldives in a related field recognised by the Maldives Allied Health Council, or a…
  • Registration from the Medical Laboratory Department of the Maldives Allied Health Council
  • Copy of a valid licence and registration

Skills

  • Haematology
  • Thalassaemia testing
  • Blood transfusion

Responsibilities

  1. 01Carrying out thalassaemia testing and all haematology work
  2. 02Managing samples, processing work, analyses and verified reports
  3. 03As designated supervisor, assigning work to blood bank licensed staff and carrying out performance appraisals
  4. 04Training employees in all central blood bank and laboratory work
  5. 05Studying and strengthening blood bank and laboratory programmes and providing technical training
  6. 06Ordering consumables, equipment and reagents and keeping stock uninterrupted
  7. 07Running thalassaemia awareness programmes in Malé and across atolls
  8. 08Maintaining and repairing blood bank and laboratory equipment
  9. 09Drafting operating procedures, guidelines and protocols for the blood bank and laboratory
  10. 10Arranging genetic counselling for at-risk couples and thalassaemia carriers

Salary & benefits

Advertised payMVR 25,646/month

Benefits

Pension contribution under the Pension Act of the Maldives, and overtime pay and other benefits under Civil Service procedure.

Lab technologist salary in the Maldives

How to apply

Email all documents, combined into a single PDF named with the applicant's name and the post name, to [email protected] by 13:30 on Thursday 29 October 2026. Documents include the application form at https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx, applicant details with phone and email, a copy of the Maldivian citizenship ID card, educational certificates and transcripts, a copy of the valid licence and registration, and work experience letters. If a public holiday is declared before the deadline, applications may be accepted on the declared date.
Apply at original source (opens in a new tab)

Location

The listing does not say where the work is. Check the original or ask Maldivian Blood Services.

About the employer

Maldivian Blood Services (MBS) is the main institution responsible for blood banking in the Maldives, including blood collection and transfusion, and the treatment and registration of thalassemia patients. It operates under the administration of Male' City Group of Hospitals. Its blood bank is in Hulhumalé Phase 1.

Open roles
3
Followers
0
Loading departments…

Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.

Claim for free
Loading similar jobs…
Loading related opportunities…

Indexed from the Government Gazette 21 Oct 2026Report this listing