Senior Health Administrator
Indexed from Government Gazette14 Oct 2026
- Job type
- Full-Time
- Closes
- 22 Oct
- Source
- Gazette
- Employer
- Nilandhe Atholhu Uthuruburee Feealee Health CentreHealthcare
- Location
- FeealiFaafu Atoll
- Salary
- MVR 25,494/monthAdvertised
- Employment type
- Full-TimeAdministration · Senior
- Deadline
- Closes 22 Oct 20267 days left
From the notice
Copied textއިޢުލާނު
- މަޤާމު
ސީނިއަރ ހެލްތް އެޑްމިނިސްޓްރޭޓަރ
- މަޤާމުގެ ނަންބަރު
J-403671
- ބޭނުންވާ އަދަދު
01 (އެކެއް)
- މަޤާމުގެ ގިންތި
ދާއިމީ
- ވަޒީފާ އަދާކުރަން ޖެހޭ ތަން
ފ. ފީއަލީ ސިއްޙީމަރުކަޒު / ފ. ފީއަލީ
- ޕަބްލިކް ސަރވިސް ރޭންކް
PSR8-1
- އަސާސީ މުސާރަ
17,382/-
- މަޤާމު އެލަވަންސް
8,112/-
- ހާޒިރީ އިނާޔަތް (ދުވަހަކަށް)
220/-
އަސާސީ ޝަރުތު
- 1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދަކާއެކު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ނުވަތަ؛
- 2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޞިއްޙ ދާއިރާގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ؛
- 3. ޖެނެރަލް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 7 ން ފެށިގެން މަތީ ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ޞިއްޙ ދާއިރާގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ؛
- 4. ހެލްތް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 7 ން ފެށިގެން މަތ ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކ،ު ޞިއްޙ ދާއިރާގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުނ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ބަޖެޓް ޕްލޭންކުރުމާއި މާލީ ހިސާބުތަކުގެ ރިޕޯޓު ތައްޔާރުކުރުމާއި، ޚިދުމަތްތަކާއި މެޝިނަރީއާއި އެހެނިހެން ސަޕްލައި ހޯދުމުގެ ޚަރަދުތަކާއި އިދާރީ ޚަރަދުތައް ކޮންޓްރޯލުކޮށް ކުރެވޭ ހޭދައަށް އެންމެ ރަނގަޅު ނަތީޖާ ނެރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މަރުކަޒުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެއް ހަމައެއްގައި ހިފެހެއްޓުމަށް ބޭނުންވާނެ ޕްލޭންތަކާއި އުސޫލުތައް އެކުލަވާލައި، މަރުކަޒުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މެޑިކަލް އަދި އާންމު ޞިއްޙަތުގެ ޚިދުމަތްތައް ދިނުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާ އެއްގޮތަށް މަރުކަޒު ހިންގުމާއި، ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ބައްޓަންކޮށް، ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި މަރުކަޒު ހިނގާގޮތް މޮނިޓަރކޮށް، އެނަލައިޒްކުރުމާއި އަދި ޕްލޭނިންގ އަށާއި ރިސްކް މެނޭޖްމަންޓަށް ބޭނުންވާ ޑޭޓާ ފޯރުކޮށްދިނުން.
- ޞިއްޙީ ދާއިރާއާއި ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި، ޖަމިއްޔާ، ޖަމާޢަތްތަކާއެކު މުޢާމަލާތުކުރުމާއި، ޞިއްޙީ ވުޒާރާގެ އެކި ޑިޕާޓްމަންޓުތަކާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު ކޯޑިނޭޝަން ދެމެހެއްޓުމުގައި އެހީތެރިވުން.
- އިދާރާގެ އަމާޒުތައް ކަނޑައަޅައި ހިންގުމުގެ ކަންތައްތަކާއި އެ ކަންތައްތައް ބަލާނެ މިންގަޑުތަކާއި އުޞޫލުތައް ކަނޑައެޅުމުގައި އެހީތެރިވުން.
- ލިބޭ ވަސީލަތްތައް އެދެވޭ ގޮތުގައި ބޭނުންކުރެވޭތޯ ބެލުމަށާއި ބޭނުންވާ އިތުރު ޚިދުމަތްތަކާއި ތަކެއްޗާއި މުވައްޒަފުން ދެނެގަތުމަށްޓަކައި، އިދާރާއިން މުޖުތަމައުގައި ދޭ ޚިދުމަތްތަކާއި، ތަހުލީލީ ޚިދުމަތްތަކާއި، އެޑްމިޓްކޮށްގެން ފަރުވާދޭ އެނދު ބޭނުންކުރެވޭ ނިސްބަތާއި، އެހެން ޚިދުމަތްތައް ބޭނުންކުރާ މިންވަރު ބަލަމުން ގެންދިއުން.
- ޚިދުމަތްތައް ދިނުމުގައި އެކި ގޮތްގޮތުން ބައިވެރިވާ ފަރާތްތަކާއި (އަމިއްލަ ފަރާތްތަކާއި، ހިލޭ ސާބަހަށް ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި، ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާ ޖަމާޢަތްތައް ފަދަ ތަންތަނާ) ގުޅިގެން މަސައްކަތްކުރުން.
- އެކިއެކި ބައްދަލުވުންތަކާއި، ސެމިނަރތަކާއި، އާންމުނަށް އަމާޒުކޮށްގެން ބާއްވާ ޖަލްސާތަކާއި ހަރަކާތްތަކުގައި މަރުކަޒު ތަމްސީލުކޮށްދިނުމުގެ ގޮތުން ބައިވެރިވުން.
- އާންމު ޞިއްޙަތު، މެޑިކަލް، ނަރސިންގ، ޕެރަމެޑިކަލް އަދި އިދާރީ މުވައްޒަފުންގެ މަސައްކަތާބެހޭ އުސޫލުތަކާއި އިޖްރާޢަތް ކަނޑައަޅައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ގޮތާއި މަސައްކަތުގެ ފެންވަރު ބެލުން.
- މުވައްޒަފުން ހޯދުމާއި، ތަމްރީނުދިނުމުގެ މަސައްކަތްކޮށް، އެކަންތައްތައް ކުރުމަށް އިރުޝާދު ދިނުން.
- ސިއްޙީ އެމަރޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
- ޕްރައިމަރީ ހެލްތް ކެއަރގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް
- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް
ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން، ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން، ހެލްތް އެޑްމިނިސްޓްރޭޝަން، ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް ހެލްތް އެޑްމިނިސްޓްރޭޝަން، ހޮސްޕިޓަލް މެނޭޖްމަންޓް، ހެލްތް ސަރވިސަސް މެނޭޖްމަންޓް، ހެލްތް ކެއަރ މެނޭޖްމަންޓް، ހެލްތް މެނޭޖްމަންޓް . ހެލްތް ޕޮލިސީ ، ހެލްތް ޕޮލިސީ އެންޑް ޕްލޭނިންގ، ޕަބްލިކް ހެލްތް ޕޮލިސީ ، ޕަބްލިކް ހެލްތް، ޕަބްލިކް ހެލްތް ސައިންސް، ކޮމިއުނިޓ ހެލްތް، ޕްރައިމަރ ހެލްތް ކެއަރަ.
- ޖެނެރަލް މެނޭޖްމަންޓްގެ ދާއިރާތައް
އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ޕަބްލިކް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް،
- ހެލްތް ސައިންސަސްގެ ދާއިރާތައް
ހެލްތް ސައިންސްގެ ތެރޭގައި ހިމެނޭ ފަންނީ ދާއިރާތައް
- މަޤާމުގެ މަސައްކަތުގެ ދާއިރާތައް
ހެލްތު ސާވިސަސް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Policy/Index/51
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަން
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް " ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2023 (އިސްލާޙު 1)" ގައި ބަޔާންކޮށްފައިވާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22/10/2026 ގެ 12:00 ގެ ކުރިން، ފ. ފީއަލީ ސިއްޙީމަރުކަޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
- ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ29/10/2026 އާއި 05/11/2026 އާ ދެމެދު، ފ. ފީއަލީ ސިއްޙީމަރުކަޒު ގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ފޭސްބުކް ޕޭޖްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740632 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
" ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2023 (އިސްލާޙު1)" އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/33) އިން ލިބެން ހުންނާނެއެވެ.
Indexed from the Government Gazette on 14 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)L1-HC-A/L1-HC/2026/18
- Openings
- 1 person
Requirements
- A degree at Level 7 or 8 of the Maldives National Qualifications Framework together with a Level 9 qualification, in a related field
- A degree at Level 7 or 8 together with 4 years of health sector work experience, in a related field
- A degree at Level 7 or above together with 6 years of health sector work experience, in a general management field
- A degree at Level 7 or above together with 6 years of health sector work experience, in a health sciences field
Responsibilities
- 01Preparing the budget plan and financial statements, and controlling costs of services, equipment, supplies and administrative expenses
- 02Developing plans and procedures to keep the quality of services consistent and strengthen the centre's work
- 03Managing the centre in line with policies for medical and general health services
- 04Monitoring and analysing centre operations to raise service quality and providing data for planning and risk management
- 05Dealing with other institutions, societies and communities in the health sector and maintaining coordination with the Ministry of Health and government bodies
- 06Assisting in setting the centre's aims and the measures and procedures to monitor them
- 07Monitoring use of resources and identifying further services, items and staff needed
- 08Working with private persons, private health providers and aid-providing societies on the provision of services
- 09Participating in meetings, seminars and activities for the general public on behalf of the centre
- 10Monitoring work methods and quality of general health, medical, nursing, paramedical and administrative staff, and recruiting and training staff
Salary & benefits
The notice does not list benefits.
Health care administrator salary in the MaldivesHow to apply
Attachments from Nilandhe Atholhu Uthuruburee Feealee Health Centre
Location
- Place
- Feeali
- Atoll
- Faafu Atoll
- Address
- F. Feeali Health Centre, F. Feeali
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
CareersMV made this page from the vacancies it indexes for Nilandhe Atholhu Uthuruburee Feealee Health Centre.
- Open role
- 1
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 14 Oct 2026Report this listing