Procurement Specialist
Indexed from Government Gazette18 Oct 2026
- Job type
- Full-Time
- Closes
- 25 Oct
- Source
- Gazette
- Employer
- Ministry of Health, Family and WelfareGovernment & public sector
- Location
- MaléMalé City
- Salary
- MVR 19,890/monthAdvertised
- Employment type
- Full-TimeFinance · Mid level
- Deadline
- Closes 25 Oct 20266 days left
From the notice
Copied textއިޢުލާން
މި މިނިސްޓްރީގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް
ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.
- މަޤާމު
ޕްރޮކިއުމަންޓް ސްޕެޝަލިސްޓް
- މަޤާމުގެ ނަންބަރު
J-465390
- ބޭނުންވާ އަދަދު
01 (އެކެއް)
- މަޤާމުގެ ގިންތި
ދާއިމީ
- މަޤާމުގެ ރޭންކް
ޕަބްލިކް ސަރވިސް ރޭންކް 9 – ސްޓެޕް 1
- ޑިވިޝަން/ ސެކްޝަން
އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް ޑިވިޜަން، ލޯން އެންޑް ގްރާންޓްސް ޕްރޮޖެކްޓްސް ސެކްޝަން
- ވަޒީފާ އަދާކުރަންޖެހޭ ތަން
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ / މާލެ
- މުސާރަ
-/13,560 ރުފިޔާ
- މަގާމުގެ އެލަވަންސް
-/6,330 ރުފިޔާ
އެހެނިހެން އެލަވަންސް
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް -/ 170
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެމްބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ޕްރޮޖެކްޓްގެ ޕްރޮކިއުމަންޓް ނިޒާމާއި ޢަމަލުތައް ފަސޭހައިން ހިންގާނެ ގޮތަށް އެކުލަވާލުމާއި ބަލަހައްޓައި، ޤަވާއިދުތަކާ އެއްގޮތަށް ހިސާބުދާރީ ކަށަވަރު ކުރުން.
- ހުރިހާ ޕްރޮކިއުމަންޓް މަސައްކަތްތައް ޕްރޮޖެކްޓް ޕްރޮކިއުމަންޓް ޕްލޭން އާއި އެއްގޮތްވާ ގޮތުން ހިންގުން، އަދި ބޭނުންވެއްޖެ ނަމަ ޕްރޮކިއުމަންޓް ޕްލޭން އަޕްޑޭޓް ކޮށް ގުޅުންހުރި ފަރާތްތަކުގެ ހުއްދަ ހޯދުން.
- ކޮންމެ ކެލެންޑަރ ކުއާޓަރެއްގައި ޕްރޮކިއުމަންޓް ޕްލޭން ގެ ހާލަތު ދައްކާ އަޕްޑޭޓް ރިޕޯޓު ތައްޔާރު ކުރުން.
- ޕްރޮޕޯސަލް އިވެލުއޭޝަން ރިޕޯޓުތައް ތައްޔާރު ކުރުމާއި، ޓެކްނިކަލް އެކްސްޕާޓުން ބައިވެރިވުން ކަށަވަރުކޮށް، އިވެލުއޭޝަން ކޮމިޓީއަށް މަގުދައްކާދިނުމާއި، ކޮންޓްރެކްޓް ޑްރާފްޓްތައް ތައްޔާރު ކުރުން، އަދި އެވޯޑް ކުރުމުގައި އެހީވުން.
- ކޮންމެ ޕްރޮކިއުމަންޓް/ސެލެކްޝަން ކޭސެއް ރިވިއުކޮށް، އެއްބަސްވުމާ އެއްގޮތްވާގޮތުގެ މަތިން ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތްވާ ގޮތުން ހިނގި ކަމުގެ ޔަގީންކަން ހޯދުން.
- ކޮންޓްރެކްޓް ބެލެހެއްޓުމުގައި ޕްރޮޖެކްޓް ޑައިރެކްޓަރާއި ކޮމްޕޯނެންޓް ކޯޑިނޭޓަރުންނަށް ލަފާދީ، އަދި ކޮންމެ ކުއާޓަރަކު އެއްފަހަރު ކޮންޓްރެކްޓަރުން، ސަޕްލަޔަރުން އަދި ކޮންސަލްޓަންޓުންނާއެކު ބައްދަލުވުންތައް ބާއްވާ، މަސައްކަތް އަވަހަށް ކުރިއަށް ގެންދިޔުމުގެ މަގު ހުސްކުރުން.
- ނިމިފައިވާ އަދި ކުރިއަށް ދާ ހުރިހާ ޕްރޮކިއުމަންޓް ރެކޯޑުތައް އަދި ޑޮކިއުމެންޓުތައް ބަލަހައްޓައި، އޯޑިޓް އަދި މޮނިޓަރިންގ ހެދުމަށް ބޭނުންވާ މައުލޫމާތު ލިބޭނެ ގޮތް ހެދުން.
- ޕްރޮޖެކްޓް ޑައިރެކްޓަރާއި، ފައިނޭންސް މެނޭޖްމަންޓް ސްޕެޝަލިސްޓް އަދި ކޮމްޕޯނެންޓް ކޯޑިނޭޓަރުންނަށް ޕްރޮކިއުމަންޓް ގުޅޭ ހުރިހާ ކަމުގައި ލަފާދިނުން.
- މި އަދާކުރުމުގެ މުއްދަތުގެ ތެރޭގައި ޕްރޮކިއުމަންޓް މެނޭޖްމަންޓް ގުޅޭ ހުރިހާ ކަމެއްގައި ޕްރޮޖެކްޓް ޑައިރެކްޓަރަށާއި ގުޅުންހުރި ޓާސްކް ޓީމަށް ރިޕޯޓު ދިނުން.
- ކޮންމެ ކުއާޓަރަކު ޕްރޮގްރެސް ރިޕޯޓް ތައްޔާރުކޮށް ޕްރޮޖެކްޓް ޑައިރެކްޓަރަށް ހުށަހެޅުން.
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.
- ސިއްހީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
މަޤާމުގެ ޝަރުތުތައް
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ޑިގްރީ ޙާސިލްކޮށްފައިވުން.
ނުވަތަ،
2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ޙާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
3. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ޙާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ތަޢުލީމީ ރޮނގުތައް:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- އިކޮނޮމިކްސް
- ފައިނޭންސް
- ލޯ
- ލޮޖިސްޓިކްސް މެނޭޖްމަންޓް
- އޮޕަރޭޝަންސް މެނޭޖްމަންޓް
- ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް
- ޕްރޮކިއުމަންޓް މެނޭޖްމަންޓް
- ޕްރޮޖެކްޓް މެނޭޖްމަންޓް
- ޕާޗޭސިންގް
- ކުއަންޓިޓީ ސަރވެއިންގ
- ސަޕްލައި ޗެއިން މެނޭޖްމަންޓް
ގުޅޭ ވަޒީފާގެ ދާއިރާ
- ބީލަމާބެހޭ މަސައްކަތްތައް
- ވިޔަފާރީގެ މުޢާމަލާތްތަކުގެ މަސައްކަތްތަކާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
- މާލީ ހިސާބު ބެލެހެއްޓުމާބެހޭ މަސައްކަތްތައް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
| އަސާސީ ޝަރުޠު ހަމަވުން | 30 |
|---|---|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު | 5 |
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު | 5 |
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ | 5 |
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) | 15 |
ޕްރެޒެންޓޭޝަން | 10 |
އިންޓަރވިއު | 30 |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 25 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.
ޝޯޓް ލިސްޓް ކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނީ، 2026އޮކްޓޫބަރ/ނޮވެންބަރ މަހު މި މިނިސްޓްރީން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު، ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014407، 3014408، 3014409، 3014410، 3014416، 3014403، 3014404، 3014421 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
Indexed from the Government Gazette on 18 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)23-HRD(LR)/23/2026/372
- Openings
- 1 person
Requirements
- A Doctoral degree at Level 10 of the Maldives National Qualifications Framework in a field related to the post, or
- A Master's degree at Level 9 of the Maldives National Qualifications Framework in a related field, with 4 years of related work experience, or
- A Level 7 or 8 degree or Bachelor's Honours degree of the Maldives National Qualifications Framework in a related field, with 8 years of related work…
Responsibilities
- 01Developing and maintaining the project's procurement system and processes, and ensuring accounting is in line with regulations.
- 02Carrying out all procurement work in line with the Project Procurement Plan and updating the plan where necessary.
- 03Preparing an updated report on the status of the Procurement Plan every calendar quarter.
- 04Preparing proposal evaluation reports, guiding the evaluation committee, preparing contract drafts and assisting with the award.
- 05Reviewing each procurement or selection case to ensure it follows procurement procedures and the agreed terms.
- 06Advising the Project Director and component coordinators on contract management.
- 07Holding meetings with contractors, suppliers and consultants once every quarter.
- 08Maintaining all completed and ongoing procurement records and documents, including those needed for audit and monitoring.
- 09Advising the Project Director, the Finance Management Specialist and component coordinators on procurement matters.
- 10Preparing a progress report every quarter and submitting it to the Project Director.
Salary & benefits
Benefits
Pension contribution under the Pension Act of the Maldives, and an attendance allowance of MVR 170.00 per day attended.
How to apply
Attachments from Ministry of Health, Family and Welfare
Location
- Place
- Malé
- Atoll
- Malé City
- Address
- Malé
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Ministry of Health, Family and Welfare
Government & public sector
The Ministry of Health, Family and Welfare is a Maldivian government ministry. Its website lists 23 public hospitals and 164 health centres across the country, and it works with bodies such as the Health Protection Agency, Aasandha and the Maldives Food and Drug Authority. The ministry is based in Malé.
- Open roles
- 20
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 18 Oct 2026Report this listing