Skip to content
Back
Via GazetteNotice (IUL)198-A/1/2026/46

Assistant Registrar

MVR 31,990/monthPosted 5 days ago

Indexed from Government Gazette15 Oct 2026

Full-TimeMid-levelNationals only
The application happens on the Government Gazette (gazette.gov.mv), not on CareersMV.
Job type
Full-Time
Closes
26 Oct
Source
Gazette
Employer
Department of Judicial AdministrationGovernment & public sector
Location
Not stated
Salary
MVR 31,990/monthAdvertised
Employment type
Full-TimeMid level
Deadline
Closes 26 Oct 20266 days left

From the notice

Copied text

އިޢުލާނު

މަޤާމު

 އެސިސްޓަންޓް ރެޖިސްޓްރަރ

ބޭނުންވާ އަދަދު

 1

މަޤާމުގެ ގިންތި

 ދާއިމީ

މަޤާމުގެ ރޭންކު

 ޕަބްލިކް ސާރވިސް ރޭންކް 7 (ސުޕީރިއަރ ކޯޓު)

މަޤާމުގެ ކްލެސިފިކޭޝަން

 އެސިސްޓަންޓް ކޯޓު ރެޖިސްޓްރަރއިން

ވަޒީފާ އަދާކުރަން ޖެހޭ ތަން

 ކްރިމިނަލް ކޯޓު

މުސާރަ

-/20،200 ރުފިޔާ

އެހެނިހެން އެލަވަންސް

  • ޖޮބް އެލަވަންސް : -/11،570 ރުފިޔާ
  • އެޓެންޑެންސް އެލަވަންސް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/315 ރުފިޔާ
  • ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: -/220 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1- ކޯޓަށް ހުށަހަޅާ ދައުވާ ފޯމުތައް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، އަދި ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމުތަކާއި އެހެނިހެން ކޯޓު އަމުރުތަކަށް އެދި ހުށަހަޅާ ފޯމުތަކާއި އަދި ކޯޓަށް ހުށަހަޅާ ލިޔުންތައް ދިރާސާކުރުމާއި، ކޯޓުންބެލޭނެ މައްސަލަތަކާއި ނުބެލޭނެ މައްސަލަތައް ފާހަގަކޮށް، މައްސަލަ ހުށަހެޅި ފަރާތްތަކަށް ޖަވާބު ދިނުމާއި، ކޯޓަށް ބަލައިގަނެވޭ މައްސަލަތައް އިސްޤާޟީ ބިއުރޯއާއި ޙަވާލުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

2- ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި ނުވަތަ އަނބުރާ ފޮނުވާލުމަށްޓަކައި އިދާރީގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.

3- ކޯޓުން ނިންމާ މައްސަލަތަކާއި ގުޅިގެން އިސްތިއުނާފު މަރުހަލާގައި ނިންމާ ނިންމުންތައް ރެކޯޑުކޮށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

4- ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.

5- ޤާޟީންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކޯޓުގެ ކަލަންޑަރ ތައްޔާރުކުރުމާއި، ޝާޢިއުކުރުން.

6- ކޯޓުން ހިންގަންޖެހޭ މައްސަލަތަކުގެ ތާވަލް އާންމު ކުރުމުގެ ކަންތައްތައް އިންތިޒާމްކޮށް ހިންގާ ބެލެހެއްޓުން.

7- ކޯޓުންކުރާ ޙުކުމްތަކާއި ނެރޭ އަމުރުތަކާއި، ނިންމާ ނިންމުންތައް އާއްމުންނަށް ފެންނާނޭހެން ވެބްސައިޓްގައި ޝާއިޢުކުރުމާއި، އެފަދަ ކަންކަމުގެ ރެކޯޑުތައް ބެލެހެއްޓުން.

8- ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް، ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤާވާޢިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާ އިސްލާޙުކޮށް، ފަނޑިޔާރުންނަށް ފޯރުކޮށްދިނުމުގެ ކަންކަން އިންތިޒާމުކޮށް ހިންގާ ބެލެހެއްޓުން.

9- ކޯޓުގެ ޤަވާޢިދުތަކާއި ޕޮލިސީތައް ދިރާސާކޮށް، ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ އެންމެހާ ކަންކަންކުރުން.

10- ވަޒީފާގެ މަސްޢޫލިއްޔަތުގެ ގޮތުން ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ބަލައި، އެ ފަރާތްތަކަށް އިރުޝާދު ދިނުން.

11- ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމުތަކާއި އެހެނިހެން ކޯޓު އަމުރުތަކަށް އެދި ޤާނޫނު ތަންފީޒުކުރާ އިދާރާ އިން ހުށަހަޅާ ފޯމުތަކާ ގުޅޭ އިދާރީ އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުމާއި އެކަމާއި ގުޅޭ ރެކޯޑް ބެލެހެއްޓުން.

12- ކޯޓުން ނިންމާ މައްސަލަތަކުގެ ރިޕޯޓުތަކާއި، ހުކުމްތަކާއި، ކުށުގެ ރެކޯޑުތައް ދުވަހުން ދުވަހަށް އަދާހަމަކޮށް، ސައްހަކޮށް ބަލަހެއްޓުމާއި، ނިންމާ މައްސަލަތަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ފަދަ އިދާރާތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލަސްވުމެއްނެތި ފޮނުވޭކަން ކަށަވަރުކުރުން.

މަޤާމުގެ ޝަރުޠުތައް

  1. ޝަރީއަތާ ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށްފައިވުން އަދި ޓްރައިބިއުނަލް، ކޯޓު ނުވަތަ ތަންފީޒީ އިދާރާއެއްގައި ކޭސް ރެޖިސްޓްރޭޝަންގެ މަސައްކަތްކޮށް މަދުވެގެން 2 (ދޭށް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގު

  1. ޤާނޫނީ ދާއިރާ

ޕްރިފަރޑް ޑިސިޕްލިންތައް:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  1. ޝަރީޢަތާއި ޤާނޫނު

ނޯޓު: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

ގުޅޭ ވަޒީފާގެ ދާއިރާތައް

ޝަރީޢަތާއި ޤާނޫނު / ޤާނޫނު

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު: މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ ނުވަތަ (ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން. ގާތްތިމާގެ މީހުން ކަމުގައި ބަލާނީ އަންނަނިވި ފަރާތްތަކެވެ.

    2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ

    2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

    2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

    2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

    2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) www.judiciary.gov.mv
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މާރކްސް

އަސާސީ ޝަރުޠު ހަމަވުން

25

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

15

ޕްރެޒެންޓޭޝަން

15

އިންޓަރވިއު

30

ޖުމްލަ

100

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނާއި އަދި ޕްރެޒެންޓޭޝަން އޮންނާނީ 27 އޮކްޓޫބަރު 2026 ން 28 ނޮވެންބަރު 2026 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގައެވެ.

އިންޓަވިއު ކުރެވޭނީ އިމްތިޙާނުގެ މުޅި ޖުމްލަ މާކްސްގެ %50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ހޯދާ ފަރާތްތަކާއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ޑިޕާޓްމަންޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341014 / 3340852 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
  • · މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ ނުވަތަ ވަކިވަކިން ޑޮކިއުމެންޓް ފޮނުވާނަމަ އެއް މެއިލްގައި ޑޮކިއުމެންޓްތައް އެޓޭޗްކޮށް ފޮނުވުމަށް ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

Indexed from the Government Gazette on 15 Oct 2026. The original notice is the official version; if anything differs, it wins.

At a glance

Source
Gazette, notice (IUL)198-A/1/2026/46
Openings
1 person

Requirements

  • A first degree at Level 7 of the Maldives National Qualifications Framework in Sharia, law, or a field of law
  • At least 2 years' experience of case registration work in a tribunal, court or enforcement agency
  • Aged 18 or older at the time of applying
  • Not a close relative of an employee of the court or agency, or of the judge or adjudicator the post is assigned to

Responsibilities

  1. 01Arranging the processes for receiving court case application forms and ruling on applications for detention orders and other court orders
  2. 02Studying documents submitted to the court, identifying cases the court will and will not hear, and responding to parties who file cases
  3. 03Arranging for cases the court will hear to be referred to the Judicial Research Bureau
  4. 04Taking all administrative measures to receive cases submitted to the court or return them
  5. 05Arranging for recording and maintaining rulings on cases decided by the court during the appeal stage
  6. 06Maintaining the register of cases submitted to the court
  7. 07Preparing and publishing the court calendar based on the advice of the Judges' Council
  8. 08Managing and maintaining the arrangements for publishing the schedule of cases the court must hear
  9. 09Publishing the court's judgments, orders and rulings on the website and maintaining records of such matters
  10. 10Studying changes to laws, proposing amendments to draft codification regulations, and providing these to judges

Salary & benefits

Advertised payMVR 31,990/month

Benefits

Pension payments under the Maldives pension law, a job allowance of MVR 11,570 and a Judiciary Contingency Allowance of MVR 220 under the prescribed procedure.

How to apply

Submit the completed application form and documents to the Department of Judicial Administration by 13:30 on Sunday, 26 October 2026, or send them by email to [email protected]. The application form is available from www.judiciary.gov.mv. Incomplete applications will be rejected.
Apply at original source (opens in a new tab)

Attachments from Department of Judicial Administration

Location

The listing does not say where the work is. Check the original or ask Department of Judicial Administration.

About the employer

Department of Judicial Administration

Government & public sector

The Department of Judicial Administration organises, implements and oversees the administrative matters of the Maldivian judiciary. It works under the Supreme Court and is answerable to it. Before the 2007 Constitution, the Ministry of Justice handled these matters. Its tasks include developing and repairing court infrastructure, supporting court technology, human resource development, publishing statistics and recruitment.

Open roles
5
Followers
0
Loading departments…

Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.

Claim for free
Loading similar jobs…
Loading related opportunities…

Indexed from the Government Gazette 15 Oct 2026Report this listing