Skip to content
Back
Via GazetteNotice (IUL)315-HR/315/2026/71

Mosque Assistant

MVR 7,530/monthPosted 1 day ago

Indexed from Government Gazette18 Oct 2026

Full-TimeNationals only
The application happens on the Government Gazette (gazette.gov.mv), not on CareersMV.
Job type
Full-Time
Closes
22 Oct
Source
Gazette
Employer
Baa Atoll Kendhoo CouncilGovernment & public sector
Location
KendhooBaa Atoll
Salary
MVR 7,530/monthAdvertised
Employment type
Full-TimeHousekeeping · Entry level
Deadline
Closes 22 Oct 20262 days left

From the notice

Copied text

މި އިދާރާގެ ނަންބަރު (IUL)315-HR/315/2026/59 , (IUL)315-HR/315/2026/62 ދެ އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަޤާމަށް މުވައްޒަފަކު ހޯދުމަށް އަލުން އިއުލާނުކުރަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމް

މިސްކިތު އެސިސްޓެންޓް ގްރޭޑް 1

މަޤާމުގެ ނަންބަރު

-

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

3 މަސް ދުވަސް

މަޤާމުގެ ރޭންކް

ޕީއެސްއާރް 1 - ސްޓެޕް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ

މުސާރަ

-/7530 ރުފިޔާ (މަހަކު)

މަޤާމް އެލަވަންސް

-/1935 ރުފިޔާ (މަހަކު)

ހާޟިރީ އެލަވަންސް

- ހާޟިރީ އެލަވަންސް ( ފަތިސް ނަމާދު ) -/55

- ހާޟިރީ އެލަވަންސް ( މެންދުރު، އަސުރު،މަޢުރިބް،އިޝާ ނަމާދު ) -/25

އެހެނިހެން އެލަވަންސް

.1ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ މަސައްކަތްކުރުން.
  2. ޙަވާލުކުރެވޭ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  3. މިސްކިތާއި މިސްކިތުގެ ދޮރުތަކާއި ކަބަޑު، ފޮތް ހަރުގަނޑު، ފަންކާ، ހޮޅިބުރި، އޭސީ ފަދަ ތަކެތި ފޮޅައި ސާފުކުރުން
  4. މިސްކިތުގެ ގޯތިތެރެ ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުން
  5. މިސްކިތު ވަޅުތައް ދިޔަހިއްކާ ސާފުތާހިރުކޮށް ބެލެހެއްޓުން
  6. މިސްކިތުގައި ކުރާ މަރާމާތުތަކަށް އެހީތެރިވެދިނުން
  7. ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތުގެ އިސްކުރުބަރިއާއި، ފާޚާނާއާއި، ވަޅުދޮށް ސާފުކުރުން
  8. ޖަމާޢަތުގެ ނަމާދު ނިމުމުން މިސްކިތުގެ އިސްކުރުބަރިއާއި، ފާޚާނާއާއި، ވަޅުދޮށް ސާފުކުރުން
  9. މިސްކިތުގެ ގޯތިތެރެއާއި، މިސްކިތުގެ ވަށައިގެންވާ މަގުތައް ވިނަ ނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން
  10. މިސްކިތުގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން
  11. މިސްކިތުގެ ގޯތިތެރޭގައި ގައުޖަހާފައިވާ ތަންތަނުން ކޮންމެ ދުވަހަކު ވެލިތައް ކެހުމާއި، ގައުތަކުގައި ފެހިޖެހިޔަ ނުދީ ގައުތައް ދޮވެ ސާފުކުރުން
  12. މިސްކިތުގައި ބެހެއްޓިފައިވާ މުސްޙަފުތަކާއި ފޮތްތައް ފޮހެ ސާފުކުރުމާއި، މިސްކިތުގައި ހިފާ ގެންގުޅޭ ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުން
  13. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތުގެ އޭސީތައް ޖެއްސުން އަދި ލައިޓުތައް ދިއްލުމާއި، ފަންކާތައް ޖެހުން
  14. ނަމާދުގެ ޖަމާޢަތް ނިމުމުން މީހުން ނެތް ދިމާލުގައި ޖަހާފައި ހުންނަ ފަންކާތަކާއި، ދިއްލާފައި ހުންނަ ލައިޓްތައް ނިއްވުމާއި، ދޮރުތައް ލެއްޕުން
  15. މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމަށް ޚާއްޞަ ކުރެވިފައިވާ ބައިގައި ގަސްއިންދާ، ފެންދީ، ބެލެހެއްޓުމާއި، ގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތައް ރީތިކޮށް ކޮށައި، ސާފުކޮށް ބެލެހެއްޓުން
  16. މިސްކިތުގައި ކުރަންޖެހިފައިވާ މަރާމާތުކުރުމުގެ މަސައްކަތްތައް އިމާމުގެ އަދި ކައުންސިލް އިދާރާގެ ސަމާލުކަމަށް ގެނައުން
  17. މިސްކިތުގެ ގޯތީގެ ވަށާފާރު ސާފުތާހިރުކޮށް ބެލެހެއްޓުމާއެކު ކޮންމެ ހަތަރުމަހުން އެއްފަހަރު ދޮވެސާފުކޮށް ބެލެހެއްޓުން.
  18. މިސްކިތުގައި ދީނީ ދަރުސްދިނުން ފަދަ ޕްރޮގުރާމްތައް ބާއްވާނަމަ އެ ފަދަ ޕްރޮގުރާމްތައް ބޭއްވުމަށް ބޭނުންވާ އެންމެހާ އެހީތެރިކަން އިމާމަށާއި އިދާރާއަށް ދިނުން
  19. މިސްކިތް ސާފުކޮށް ނެގޭ ކުނި ކައުންސިލުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން ކުނި މެނޭޖްކުރުން
  20. މިސްކިތުގެ އާބާތުރަ ފިލުވުމަށް ކުލަލުމާއި ދަވާދުލުމުގެ މަސައްކަތްކުރުން
  21. މިސްކިތައް ގެނެވޭ ތަކެތި ގުދަންކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެއްތަނުން އަނެއްތަނަށް އުފުލަންޖެހޭ ތަކެތި އުފުލުން.
  22. މީގެ އިތުރުންވެސް މިސްކިތާ ގުޅިގެން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
  23. ކައުންސިލްގެ އިދާރާގެ ހުރިހާ މުވައްޒަފުން ނުކުމެ ކުރާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.
  24. މުވައްޒަފަކު ނެތުމުގެ (ޗުއްޓީގައި ހުރުމުގެ) ސަބަބުން ބަދަލު އިންތިޒާމް ހަމަޖެއްސުމަށްޓަކައި ވަގުތީ ގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

މަޤާމްގެ ޝަރުޠު

1. ލިޔަން ކިޔަން އެނގުން

ނުވަތަ

1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތައުލީމީ ރޮގުތައް / ޕްރިފަރޑް ޑިސިޕްލިންތައް:

-

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • ކުނި ކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުންނާއި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) 

https://www.csc.gov.mv/Announcement/ViewDownloads/4 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 
  2. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައްފެންނަ،ލިޔެފައިވާލިޔުންތައް ކިޔަންއެނގޭފަދަކޮޕީއެއް ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  4. މަސައްކަތުގެ ތަޖްރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mvއިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

)ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.(

)ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. އަސާސީ ޝަރުޠު ހަމަވުން %50
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5
  3. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5
  1. އިންޓަރވިއު %40

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބޭ ޕޮއިންޓްގެ ޖުމްލަ %70 (ހަތްދިހަ) އިންސައްތައަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޮކްޓޫބަރު2026 ގެ 14:00 ގެ ކުރިން ކެންދޫ ކައުންސިލް އިދާރާ އަށް ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހެއްގެ ޢަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 26 އޮކްޓޫބަރު 2026 އާއި 29 އޮކްޓޫބަރު 2026 އާއި ދެމެދު ކެންދޫ ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް(A2 ފޯމު( އާންމުކުރުން"

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް "(A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6600004 ނަންބަރު ފޯނާއެވެ. އީ.މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރިވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv.dv.recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

Indexed from the Government Gazette on 18 Oct 2026. The original notice is the official version; if anything differs, it wins.

At a glance

Source
Gazette, notice (IUL)315-HR/315/2026/71
Openings
1 person

Requirements

  • Literacy and numeracy, or
  • 4 years of work experience in the field of the post's duties.

Responsibilities

  1. 01Clean and maintain the mosque doors, door frames, shelves, bookshelves, cupboards and air conditioning units.
  2. 02Clean and maintain the mosque yard, surroundings, paths and walls.
  3. 03Clean the mosque entrance and toilet facilities before and after each congregation prayer.
  4. 04Turn on air conditioning units 15 minutes before each prayer time and switch on lights and fans.
  5. 05Switch off fans and lights and lock the doors when the congregation prayer finishes.
  6. 06Maintain and clean the mosque waste bin and manage waste collection under the Council system.
  7. 07Dust and maintain books and literature kept in the mosque and store materials properly.
  8. 08Coordinate maintenance work in the mosque with the Imam and the Council administration.
  9. 09Assist the Imam and administration with religious educational programmes held in the mosque.
  10. 10Carry out work to prevent flooding and water damage to the mosque.

Salary & benefits

Advertised payMVR 7,530/month

Benefits

Pension contribution under the Pension Act of the Maldives.

Cleaner salary in the Maldives

How to apply

Submit documents to the Kendhoo Council Office, or by email to [email protected], before 14:00 on 22 October 2026. Include the Application Form for Advertised Vacancies (available from the Civil Service Commission website at https://www.csc.gov.mv/Announcement/ViewDownloads/4), your details with contact phone number and email address, two copies of your National ID card, copies of educational certificates and copies of work experience documents. For clarification, call 6600004 or email [email protected].
Apply at original source (opens in a new tab)

Location

Place
Kendhoo
Atoll
Baa Atoll
Address
Baa Atoll Kendhoo Council Office

How long from your home?

Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.

Sign in

About the employer

Baa Atoll Kendhoo Council

Government & public sector

Kendhoo Island Council is the local government body for Kendhoo, an inhabited island in Baa Atoll in the northern Maldives. It is an island-level administrative constituency, and its secretariat is on the island. The council has raised local development matters, including land erosion, the power network, waste management and space at the health centre, in meetings with the President. Its published headcount and founding date were not found in the sources reviewed.

Open roles
2
Followers
0
Loading departments…

Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.

Claim for free
Loading similar jobs…
Loading related opportunities…

Indexed from the Government Gazette 18 Oct 2026Report this listing