Health Care Administration Officer
Indexed from Government Gazette9 Nov 2026
- Job type
- Full-Time
- Closes
- 12 Nov
- Source
- Gazette
- Employer
- Inguraidhoo Health CentreHealthcare
- Location
- InguraidhooRaa Atoll
- Salary
- MVR 12,610/monthAdvertised
- Employment type
- Full-TimeAdministration · Mid level
- Deadline
- Closes 12 Nov 20263 days left
From the notice
Copied text`
އިނގުރައިދޫ ޞިއްޙިމަރުކަޒު
ރ. އިނގުރައިދޫ
776-IUL/IHC/2026/16 :ނަންބަރ
އިޢުލާނު
- މަޤާމު
ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ
- މަޤާމުގެ ނަންބަރު
J-465732
- ބޭނުންވާ އަދަދު
01
- މަޤާމުގެ ގިންތި
ދާއިމީ
- މަޤާމުގެ ރޭންކު
ޕަބްލިކް ސަރވިސް ރޭންކް 5 (ސްޓެޕް – 1)
- ވަޒީފާ އަދާކުރަން ޖެހޭ ތަން
ރ. އިނގުރައިދޫ ޞިއްޙީމަރުކަޒު
- މުސާރަ
9700.00/- ރ
- ޖޮބް އެލަވަންސް
2910.00/- ރ
އެހެނިހެން އެލަވަންސް
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
ޙާޒިރީ ޢިނާޔަތް: ޙާޟިރުވާ ދުވަހަކަށް -/80 (އަށްޑިހަ ރުފިޔާ).
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ޞިއްޙީމަރުކަޒު ހުޅުވަންޖެހޭ ގަޑިއަށް ހުޅުވުމާއި ބަންދުކުރަންޖެހޭ ގަޑިއަށް ބަންދުކުރުމާއި ނުރަސްމީ ގަޑީގައި ހުޅުވަންޖެހޭ ހާލަތްތަކުގައި ހިންގުމާ ހަވާލުވެހުރި ފަރާތުގެ ލަފަޔާއެކުހުޅުވާ ލެއްޕުން.
- ޞިއްޙީމަރުކަޒުން ދެވެންހުރި ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށް ދެވޭނެ ގޮތަކަށް ތަނުގެ މާހައުލު ތަނަވަސްކޮށް ޞިއްޙީ މަރުކަޒާ ބެނުންވާ އެންމެހާ ތަކެތި ހޯދުމާއި މަރާމާތު ކުރަންޖެހޭތަކެތި މަރާމާތު ކުރުވުމާއިއެކު ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިނުވާނޭހެން ކަންތައްތައް ރާވާ އިންތިޒާމު ކުރުން
- ފައިސާ އާއިބެހޭ ރިޕޯޓްތަކާއި ފައިސާއާއި ނުބެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ފައިލް ކުރުން،މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުން، ޔައުމިއްޔާ، ދަތުރު ރިޕޯޓް، ހާޟިރީ ރިޕޯޓް ، އަހަރީ ރިޕޯޓް ފަދަ ރިޕޯޓްތައް ތައްޔާރު ކުރުމާއި އެހެނިހެން ރިޕޯޓްތައް ހަދާނެ ފަރާތެއްނެތް ހާލަތެއްގައި ރިޕޯޓްތައް ހެދުން.
- މުވައްޒަފުންގެ ޙާޟިރީ އާއި ސަލާމާއި ޗުއްޓީއާއި ގުޅުންހުރި މަސައއްކަތްތައް ނިންމާ ރެކޯރޑް ބެލެހެއްޓުމާއި ، ތައްޔާރުކުރަންޖެހޭ ޑިޔުޓީރޯޓާރ ތައްޔާރުކޮށް ބެލެހެއްޓުމާއި، މުވައްޒަފުންގެ ފައިލްތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ވަޒީފާ ބަޔާއްތަކާއި ވަޒީފާ އެއްބަސްވުންތައް ތައްޔާރުކުރުމާއި ޙަވާލުކުރުމާއި އެތަކެއްޗަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް ގެންނައުމާއި އެހެނިހެން ރެކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. އަދި މުވައްޒަފުންގެ އެންމެހައި އިދާރީ ކަންކަން ބެލެހެއްޓުން.ޕަބްލިކް ހެލްތް ޔުނިޓުން ހިންގާ އެވެއަރނެސް ޕްރޮގްރާމްތަކުގައި އެހީތެރިވުން.
- މަރުކަޒުގެ ޖެނެރަލް ސްޓޮކް އާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުމާއި މަރުކަޒުގެ ޚިދުމަތްތައް މެދެކެނޑިގެން ނުދާނެ ގޮތުގެމަތިން ސްޓޮކަށް ތަކެތި ހޯދާ ބެލެހެއްޓޭނެ އިންތިޒާމް މާލިއްޔަތު ޤާވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމްކޮށް ބެލެހެއްޓުން.ތަފާތު ބޭނުންތަކަށް ހޯދުމަށް ހުށަހަޅާ ލިޔުންތައް ތައްޔާރުކޮށް ބޭނުންވާ ފަރާތްތަކަށް ރައްދުކުރުން.
- މަރުކަޒަށް ލިބޭ ސިޓީ، މެސެޖް އަދި އެހެނިހެން ލިޔުންތައް އެންޓްރީކޮށް ފައިލްކޮށް ބެލެހެއްޓުމާއި ޔުނިޓްގެ އިސްވެރިއެއްގެ ލަފަޔާއި އެއްގޮތަށް ސިޓީތަކަށް ޖަވާބުދިނުމާއި، މަރުކަޒުން ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ބައްދަލުވުންތަކާއި ބިޑްތަކަށް މަރުކަޒަށް ހާޒިރުވާ ފަރާތްތަކަށް އެއާއި ގުޅުންހުރި ޔުނިޓަކަށް ދަންނަވާ އެކަން ސަމާލުކަމަށް ގެނައުމާއި މިފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާލިޔެ ކަމައި ގުޅުންހުރި ލިޔެ ކިޔުންތައް ބެލެހެއްޓުން.
- މަރުކަޒުގެ މުވައްޒަފުންގެ މުސާރަ ދިނުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކާއި ރިޕޯޓްތައް އެއްކޮށް މުސާރަ ޝީޓު ތައްޔާރުކުރުމާއި، ކަނޑައެޅިފައިވާ މުއްދަތަށް މުސާރަ ޝީޓް އަދި ކަމާއިގުޅުންހުރި ރިޕޯޓްތައް ހޮސްޕިޓަލަށް ފޮނުވުން.
- "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023" އާއި އެއްގޮތަށް މަރުކަޒަށް ބޭނުންވާ މަޤާމްތަކަށް މީހުން ހޯދުމާއި، މުވައްޒަފުން ވަޒީފާއިން ވަކިކުރުން އަދި މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމާއިގުޅޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި ކަމާއި ގުޅުންހުރި މަޢުލޫމާތުތައް ވިއުގަ 2.0 ން އަދާ ހަމަކުރުން.
- ޞިއްޙީމަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުމުގެ ކަންތައް ހޮސްޕިޓަލަށް ހުށަހެޅުމާއި ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ކުރުން
- މުވައްޒަފުންނަށް ދެވޭ މުސާރައާއި އެއްވަރުގެ އެލަވަންސް ޗުއްޓީ، މުސާރަ ނުލިބޭ ޗުއްޓީ ތަކުގެ މަސައްކަތްތައް ހޮސްޕިޓަލާއި ގުޅިގެން ކުރިއަށް ގެންދިއުމާއި، މި ރެކޯޑް ތަކުގެ މަޢުލޫމާތުތަކާއި، މަރުކަޒުގެ އިދާރީ އޮނިގަނޑަށް އަންނަ ބަދަލުތަކާއި މަޤާމުތަކަށް އަންނަ ބަދަލުތައް (އިތުރުކުރަންޖެހޭ ނުވަތަ އުނިކުރަންޖެހޭ) ވިއުގަ 2.0 މެދުވެރިކޮށް އަދާހަމަކުރުން.
- މުވައްޒަފުންނަށް އަންގަންޖެހޭ ޤަވާއިދު ތަކާއި ޢާންމު އުޞޫލުތައް އެންގުމާއި އެއާއި އެއްގޮތަށް މުވައްޒަފުން މަސައްކަތްކުރަމުންދާކަން ބެލުން އަދި ޒިންމާދާރު ވެރިޔާގެ ލަފާގެ މަތިން ޤަވާއިދާއި އުޞޫލުތަކާއި ޚިލާފުވާ މުވައްޒަފުންނާއިމެދު ސިވިލް ސަރވިސް ގަވާއިދު 2014 ގެ ދަށުން އިސްލާޙީ ފިޔަވަޅު އެޅުމުގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުން.
- ދަށުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުމާއި، "ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާބެހޭ އަތްމަތީ ފޮތް" ގައިވާ ގޮތުގެ މަތިން މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތްކުރުމާއި ހިންގާ ބެލެހެއްޓުން.
- މަރުކަޒުގެ ޚިދުމަތްތައް ރަނގަޅުކޮށް ޒަމާނީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިސްވެރިންގެ ލަފަޔާއި އިރުޝާދު ހޯދާ އެމަސައްކަތްތައް ކުރުމާއި، ޚިދުމަތަތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެސް.އޯ.ޕީތައް ތައްޔާރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން.
- މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މަރުކަޒުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި ، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ، އަދި ޚާއްޞަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން މަރުކަޒުގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.
- ކައުންޓަރުގެ މުވައްޒަފުން މަދުވާ ޙާލަތްތަކުގައި، ކަސްޓަމަރ އޮފިސަރގެ މަޤާމުގެ މަސްޢޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން.
- ޞިއްޙީމަރުކަޒުގެ ފައިސާއާއިބެހޭ އެންމެހާ ކަމެއްބެލެހެއްޓުމާއި، އާމްދަނީގެ ގޮތުގައި ލިބޭފައިސާ ބަލައިގަތުމާއި، ޖަމާކުރުމާއި، ތިޖޫރީގެ ހިސާބު ބެލެހެއްޓުމާއި މިނޫންވެސް ބަޖެޓާއި ގުޅުންހުރި ހުރިހާ މަސައްކަތަކާއި، ލިޔެކިޔުން ބެލެހެއްޓުން.
- މަރުކަޒުގެ ޕްރޮކިއުމަންޓާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، ގަންނަންޖެހޭ ތަކެއްޗާއި އިޢުލާންކޮށްގެން ކުރަންޖެހާ މަސައްކަތްތައް މަލިއްޔަތު ގަވާއިދު އަދި ޕްރޮކިއުމަންޓް އުޞޫލާއި އެއްގޮތަށް ކުރިއަށްގެންދިއުމާއި ކަމާއި ގުޅުންހުރި ލިޔުންތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
- ޒިންމާދާރުވެރިޔާ ޗުއްޓީގައި ހުންނަ ދުވަސްތަކުގައި ޒިންމާދާރު ވެރިޔާގެ މަސްޢޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން.
- ވަޒީފާގެ މަސްޢޫލިއްޔަތާއި ގުޅިގެން ވެރިން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
- ސިއްޙީ އެމަރޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން
މަޤާމުގެ ޝަރުޠުތައް
މަޤާމަށް ޢައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތަށް:
މަޤާމަށް ޢައްޔަންކުރާއިރު ވަކި ޚާއްޞް ލައިސަންސެއް ނުވަތަ ފުރިހަމަކުރުން ލާޒިމު ތަމްރީނެއް ނެތް.
ތަޢުލީމީ ފެންވަރު:
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުނ
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ޕަބްލިކް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންސް، ޕަބްލިކް ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް ޕްލޭނިންގ، އިސްލާމިކް ފައިނޭންސް، އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް، އެކައުންޓިންގ އެންޑް ފައިނޭންސް، އެކައުންޓިންގ، އޮޑިޓިންގ، އިންޓަރނަލް އޮޑިޓިންގ، ކޮމާސް. ނަރސިންގ
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
ޞިއްޙީ ޚިދުމަތްދޭ އިދާރާއެއްގެ އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12.4 ވަނަ މާއްދާގައި ހިމަނާފައިވާނެއެވެ.
ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ60%(ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ނޮވެންބަރ 2026 ގެ 09:00 ގެ ކުރިން، ރ. އިނގުރައިދޫ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected])) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 15 ނޮވެންބަރ 2026 އާއި 22 ނޮވެންބަރ 2026 އާ ދެމެދު، ރ. އިނގުރައިދޫ ޞިއްޙީމަރުކަޒު ގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580395 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
19 ރަބީޢުލްއާޚިރު 1447
02 ނޮވެންބަރ 2026
Indexed from the Government Gazette on 9 Nov 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice 776-IUL/IHC/2026/16
- Openings
- 1 person
Requirements
- Level 5 or Level 6 certificate on the Maldives National Qualifications Framework in a field related to the job
- No special licence or mandatory training required
- Qualification in a related field such as Administration, Business, Finance, Accounting, Human Resource Management or Nursing
- Maldivian citizenship proven by a readable copy of an ID card or other listed document
Skills
- View 2.0
Responsibilities
- 01Opening and closing the health centre at prescribed times and opening it outside official hours when required
- 02Procuring items the health centre needs and arranging repairs
- 03Preparing and sending financial and non-financial reports, including monthly, travel, attendance and annual reports
- 04Handling employees' attendance, leave, duty rosters, files and employment records
- 05Managing the centre's general stock and procurement in line with financial regulations
- 06Entering, filing and responding to letters, messages and correspondence received by the centre
- 07Preparing the salary sheet and sending it to the hospital within the set period
- 08Carrying out recruitment, termination and career progression administration under the Civil Service selection criteria
- 09Supervising staff work and carrying out performance appraisals
- 10Looking after the centre's financial matters, income, deposits, revenue ledger and budget records
Salary & benefits
Benefits
Pension contribution under the Pension Act of the Maldives, an attendance allowance of MVR 80 per day attended, and additional allowances as prescribed for Civil Service employees.
How to apply
Location
- Place
- Inguraidhoo
- Atoll
- Raa Atoll
- Address
- R. Inguraidhoo Health Centre, R. Inguraidhoo
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Inguraidhoo Health Centre
Healthcare
Inguraidhoo Health Centre is a public health facility on Inguraidhoo, an inhabited island in Raa Atoll. The island lies about 153 km north of Malé, the capital. The centre appears in Ministry of Health listings of health centres for Raa Atoll, which suggests it is run under the national health system. Its staff headcount and founding date are not published in the sources I could access.
- Open role
- 1
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 9 Nov 2026Report this listing