ICT Technician
Indexed from Government Gazette19 Oct 2026
- Job type
- Full-Time
- Closes
- 28 Oct
- Source
- Gazette
- Employer
- Ministry of Economic Development, Transport and TradeGovernment & public sector
- Location
- MaléMalé City
- Salary
- MVR 12,415/monthAdvertised
- Employment type
- Full-TimeIT · Mid level
- Deadline
- Closes 28 Oct 20268 days left
From the notice
Copied textމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް،ޓްރާންސްޕޯޓް އެންޑް ޓްރޭޑް
މާލެ، ދިވެހިރާއްޖެ
- މަގާމް
އައި.ސީ.ޓީ ޓެކްނީޝަން
- މަޤާމް ނަމްބަރު
J-462315
- ބޭނުންވާ އަދަދު
1
- މަޤާމުގެ ގިންތި
ދާއިމީ
- މަޤާމުގެ ރޭންކް
ޕަބްލިކް ސަރވިސް ރޭންކް 5 - ސްޓެޕް 1
- ވަޒީފާ އަދާކުރަން ޖެހޭ ތަން
އައި.ޓީ ސެކްޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
- މުސާރަ
9,550/- ރުފިޔާ
- މަޤާމުގެ އެލަވަންސް
2,865/- ރުފިޔާ
- ހާޒިރީ އިނާޔަތް
ހާޒިރުވާ ދުވަހަކަށް 80/- ރުފިޔާ
އެހެނިހެން އެލެވަންސް
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެންބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- މިނިސްޓްރީގެ އައިޓީ ހެލްޕް ޑެސްކް މެދުވެރިކޮށް / ނުވަތަ ސެކްޝުން ނިންމާފައިވާ ގޮތެއްގެ މަތީން މިނިސްޓްރީގައި ދުވަހުން ދުވަހަށް ދިމާވާ އައިޓީ މައްސަލަތަކަށް އެޓެންޑް ކުރުން.
- ސެކްޝަނުން ބޭރަށް ފޮނުވާ ލިޔެކިޔުން ތަކާއި، ސެކްޝަނަށް ލިބޭ އެންމެހާ ލިޔެކިޔުންތަކުގެ ހާރޑް ކޮޕީ ހުރެއްޖެ ހާލަތެއްގައި ތަރުތީބުކޮށް ފައިލްކޮށް ބެލެހެއްޓުމާއި، ލިޔެކިއުންތަކުގެ ޑިޖިޓަލް ކޮފީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ތަރުތީބުކޮށް ބެލެހެއްޓުން.
- މިނިސްޓްރީގެ އެކި ސެކްޝަންތަކުން ބޭނުންވާ އައިޓީ އިކުއިޕްމަންޓް ގެ އެސެސްމަންޓް ހެދުމާއި ބޭނުންވާ ތަކެތީގެ ރިކޮމެންޑޭޝަން ހެދުމާއި، އެޕްރޫވްވާ ތަކެތީގެ ރިކުއެސްޓްތައް ކަނޑައެޅިފައިވާ އުސޫލުތަކާއި، ޤަވާއިދު ތަކާއި ޤާނޫނުތަކާއި އެއްގޮތަށް ތައްޔާރުކޮށް ޕްރޮކިއުމަންޓްއަށް ފޮނުވުމާއި މިތަކެތި މިނިސްޓްރީއަށް ލިބުމުން ސެޓަޕް ކޮށް ކޮންފިގަރ ކުރުން.
- މިނިސްޓްރީގެ ހުރިހާ އައިޓީ އިކުއިޕްމަންޓްގެ އިންވެންޓްރީ ބެލެހެއްޓުމާއި އަޕްޑޭޓް ކުރުން.
- މިނިސްޓްރީގެ ކޮމްޕިއުޓަރ ސިސްޓަމްތަކުގައި ބޭނުންކުރާ ސޮފްޓްވެއަރ މިނިސްޓްރީގެ ޕޮލިސީ އާއި އެއްގޮތަށް އިންސްޓޯލްކޮށް ބެލެހެއްޓުމާއި ދިމާވާ މައްސަލަތަކަށް އެޓެންޑްވުމާއި ސިސްޓަމްތަކުގައި ސޮފްޓްވެއަރ އިންސްޓޯލް ކުރެވިފައިހުރީ މިޕޮލިސީ އާއި އެއްގޮތަށްކަން ޔަޤީންކުރުން.
- މިނިސްޓްރީގެ އައިޓީ ހުރިހާ އިކުއިޕްމަންޓްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
- މިނިސްޓްރީގެ ސީސީޓީވީ ކެމެރާ ސިސްޓަމާއި، އެޓެންޑެންސް ސިސްޓަމް އަދި އެކްސެސް ކޮންޓްރޯލް ސިސްޓަމް، ހާރޑްވެއަރ އަދި ސޮފޮޓްވެއަރ ލެވަލްގައި މެއިންޓެއިންކޮށް ބެލެހެއްޓުން.
- މިނިސްޓްރީގައި، މައިކްރޯސޮފް އޮފީސް 365 މެދުވެރިކޮށް ދޭ ޚިދުމަތްތަކުގެ އައިޓީ ސަޕޯރޓް ދިނުން.
- މިނިސްޓްރީގެ ޕީ.އޭ.ބީ.އެކްސް ސިސްޓަމްއާއި ގުޅޭ އައިޓީ ސަޕޯރޓް ދިނުން.
- މިނިސްޓްރީގެ އެކްޓިވް ޑައިރެކްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އައިޓީ ސެކްޝަން ހެޑް/ސުޕަވައިޒަރު ގެ އިރުޝާދާއި އެއްގޮތަށް ދުވަހުންދުވަހަށް ހަވާލު ކުރެވޭ މަސައްކަތްތައް ކުރިއަށް ގެންދިއުން.
- މިނިސްޓްރީގެ ދަށުން ހިނގާ އެހެނިހެން ކުންފުނި ތަކާއި އޮފީސްތަކުގެ އައިޓީ މަސައްކަތްތަކަށް އެޓެންޑްވުން.
މަޤާމުގެ ޝަރުޠުތައް
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ހާސިލްކޮށްފައިވުން
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސެޓްފިކެޓު 4 ނުވަތަ އެޑްވާންސް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
ތަޢުލީމީ ރޮނގުތައް:
- ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ
- ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ
- ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ
- ކޮމްޕިއުޓަރ ޕްރޮގްރާމިންގ
- ކޮމްޕިއުޓަރ ސައިންސް
- ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ
- ކޮމްޕިއުޓިންގ
- ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ
- ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން
- އައި.ސީ.ޓީ ސިސްޓަމް ސަޕޯޓް
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ނެޓްވަރކިންގ
- ޕްރޮގްރާމިންގ
- ސޮފްޓްވެއަރ އިންޖިނިއަރިންގ
- ސިސްޓަމް އެޑްމިނިސްޓްރޭޝަން
- ވެބް ޑިވެލޮޕްމަންޓް
މަސައްކަތުގެ ދާއިރާ:
- އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތައް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް (11 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ފޮނުއްވާނަމަ [email protected] އަށް އީ-މެއިލް ކުރުން އެދެމެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓް ކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު
- މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ، 2026 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 9603323668+ އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. ވަޒީފާއަށް އެދި އީމެއިލްމެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާPDFފައިލްއެކެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51އިން ލިބެން ހުންނާނެއެވެ.
Indexed from the Government Gazette on 19 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)101-HR/1/2026/98
- Openings
- 1 person
Requirements
- Level 5 Diploma or Level 6 Advanced Diploma / Associate Degree on the National Qualifications Framework of the Maldives
- Level 4 Certificate 4 or Advanced Certificate in a related field, with 4 years of work experience in a field related to the post's duties
- Educational qualifications in a related field such as Information Technology, Networking, Computer Science or System Administration
Skills
- Microsoft Office 365
- Active Directory
- PABX system support
- CCTV and access control systems
Responsibilities
- 01Attending to day-to-day IT issues through the Ministry's IT Help Desk or as directed by the Section
- 02Filing and maintaining hard copies of letters sent and received by the Section, and digital copies of correspondence
- 03Preparing IT equipment assessments, recommendations and procurement requests, and setting up configured items
- 04Maintaining and updating the inventory of all IT equipment in the Ministry
- 05Installing and maintaining software in line with Ministry policy and ensuring compliance
- 06Resolving issues arising with all IT equipment in the Ministry
- 07Maintaining the CCTV, attendance and access control systems at hardware and software level
- 08Providing IT support for services delivered through Microsoft Office 365
- 09Providing IT support for the Ministry's PABX system
- 10Keeping the Ministry's Active Directory updated and maintained
Salary & benefits
Benefits
Pension contribution under the Pension Act of the Maldives, overtime allowance, and an attendance allowance of MVR 80 per working day.
How to apply
Attachments from Ministry of Economic Development, Transport and Trade
Location
- Place
- Malé
- Atoll
- Malé City
- Address
- Malé, Maldives
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Ministry of Economic Development, Transport and Trade
Government & public sector
The Ministry of Economic Development, Transport and Trade is a ministry of the Government of the Maldives. It covers economic development, trade policy and business matters, and transport, including a public transport call centre. Its headquarters are in Velaanaage, Malé.
- Open roles
- 9
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 19 Oct 2026Report this listing