Skip to content
Back
Via GazetteNotice (IUL)221-HRS/221/2026/30

Senior Human Resources Officer (Temporary)

MVR 14,440/monthPosted 2 hours ago

Indexed from Government Gazette7 Oct 2026

Full-TimeSeniorNationals only
The application happens on the Government Gazette (gazette.gov.mv), not on CareersMV.
Job type
Full-Time
Closes
18 Oct
Source
Gazette
Employer
Local Government AuthorityGovernment & public sector
Location
MaléMalé City
Salary
MVR 14,440/monthAdvertised
Employment type
Full-TimeHR · Senior
Deadline
Closes 18 Oct 202611 days left

From the notice

Copied text

އިޢުލާނު

އިއުލާނުގެ ސުންގަޑި (IUL)221-HRS/221/2026/27،މިއޮތޯރިޓީން 07 އޮކްޓޫބަރ 2026 ގައި ކުރެވުނު

އަދާހަމަކުރެވިފައިނުވާތީ، ހަވާލާދެވުނު އިއުލާނު ބާޠިލުކޮށް މިމަޤާމަށް މީހަކު ހޯދުމަށް އަލުން އިއުލާންކުރަމެވެ. 

މަޤާމު

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު

J-459264

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ (ވަޒީފާ ދޭ ތާރީޚުން ފެށިގެން 6 މަސް ދުވަސް)

މަޤާމުގެ ރޭންކު

ޕަބްލިކް ސަރވިސް ރޭންކް 7 – ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން

ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މާލެ، ދިވެހިރާއްޖެ

މުސާރަ

/-9845 (ނުވަ ހާސް އަށް ސަތޭކަ ސާޅީސް ފަސް ރުފިޔާ)

މަޤާމުގެ އެލަވަންސް

-4595 (ހަތަރު ހާސް ފަސް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ)

ހާޒިރީ އިނާޔަތް

ހާޒިރުވާ ދުވަހަކަށް -/125 (ސަތޭކަ ފަންސަވީސް) ރުފިޔާ

އެހެނިހެން އެލަވަންސް

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑު (01 ނޮވެމްބަރ 2025 އާ އެއްގޮތަށް) އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އޮތޯރިޓީގެ މުވައްޒަފުން ވަޒީފާއަށް ނެގުމާއި، ދާއިމީކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާބަޔާނާއި އެއްބަސްވުމުގެ އެންމެހާ މަސައްކަތްތައް ސެކްޝަން ހެޑުގެ ލަފާގެ މަތިން ކުރުން
  2. މުވައްޒަފުންގެ ހާޒިރީއާއި ސަލާމާއި ޗުއްޓީގެ ރެކޯޑުފަދަ މުވައްޒަފުންނާއި ގުޅުންހުރި ރެކޯޑްތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ބެލެހެއްޓުމާއި އަދި މިނޫންވެސް ރެކޯޑްތައް ބެލެހެއްޓުން
  3. އޮތޯރިޓީގެ މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކޮށް މުސާރަދިނުމުގެ އިދާރީ މަސައްކަތްތައް ސެކްޝަން ހެޑުގެ ލަފާގެ މަތިން ކުރުން.
  4. މުވައްޒަފުން ވަޒީފާ އަދާކުރަމުންދާގޮތުގެ ފެންވަރުބެލުމުގެ މަސައްކަތްތައްކުރުމާއި، މުވައްޒަފުންގެ ތެރެއިން އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ މުވައްޒަފުން ފާހަގަކުރުމުގެ ގޮތުން ރިވޯޑް ދިނުމުގައި އެހީތެރިވެދިނުން.
  5. މުވައްޒަފުންނަށް ދޭންޖެހޭ ކުރިއެރުމާއި، ޕްރޮމޯޝަނާއި ގުޅޭ އޮނިގަނޑެއް އެކުލަވާލައި، ޕްރޮމޯޝަނާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  6. މުވައްޒަފުން ރީޓެއިން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދިނުން.
  7. އޮތޯރިޓީގެ އިދާރީ އޮނިގަނޑުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  8. މުވައްޒަފުންނާއި ގުޅޭ ޕޮލިސީތަކާއި އެސް.އޯ.ޕީތައް އެކުލަވާލައި ތަންފީޒު ކުރުމުގައި އެހީތެރިވެދިނުން.
  9. އަލަށް ވަންނަ މުވައްޒަފުންނަށް އޮރިއެންޓޭޝަން ދިނުން.
  10. ރާއްޖެއިން ބޭރަށް މުވައްޒަފުން ކުރާ ދަތުރުތަކާއި ގުޅިގެން ދޭންޖެހޭ އެލަވަންސްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ދަތުރުގެ ޓިކެޓް ނެގުމުގެ ކަންތައް ޕްރޮކިއުމަންޓް ޔުނިޓާއި ގުޅިގެން ހަމަޖެއްސުން.
  11. އޮތޯރިޓީގެ އިޖްތިމާޢީ ހަރަކާތްތައް ވިލަރެސްކޮށް މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމުގައި އެހީތެރިވެދިނުން.
  12. އޮތޯރިޓީގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ދިރާސާތައްކޮށް އޮތޯރިޓީގެ މަސައްކަތް ރާވައި ހިންގުމަށް ބޭނުންވާ ޓްރެއިނިންގ ނީޑްސް އަދި ހިއުމަން ރިސޯސްގެ އަހަރީ އެސެސްމަންޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  13. މުވައްޒަފުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭނުންވާ ތަޢުލީމާއި ތަމްރީނު އަދި މަސައްކަތަށް ހޭލުންތެރިކުރުވުމުގެ ގޮތުން ހުނަރު ލިއްބައިދިނުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވައި ހިންގުމުގެ މަގު ތަނަވަސްކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރުމުގައި އެއްބާރުލުން ދިނުމާއި، އެކަމުގެ އިދާރީ މަސައްކަތްތައް ކުރުން.
  14. އޮތޯރިޓީއިން ހިންގާ އެކިއެކި ތަމްރީނުތަކުގައި ހުށަހެޅޭ ސެޓްފިކެޓްފަދަ ލިޔުން ބެލެހެއްޓުމާއި، އޮތޯރިޓީގެ މުވައްޒަފުން ބައިވެރިވާ މިފަދަ ތަމްރީނާއި، އެހެނިހެން ތަމްރީންތަކުގެ ތަފްސީލް އެކުލަވާލާ ބެލެހެއްޓުން.
  15. ހިއުމަން ރިސޯސް ސެކްޝަނުން ހިންގާ ޕްރޮގްރާމްތައް އިވެލުއޭޓްކުރާނެ ނިޒާމެއް ޤާއިމްކުރުމުގައި އެހީތެރިވެދިނުން.
  16. އޮތޯރިޓީއަށް ލިބޭ ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ކޯސް، ސެމިނަރ، ވާރކްޝޮޕް، ޖަލްސާގެ ދަތުރުތަކަށް މީހުން އައްޔަންކޮށް ދަތުރުތަކުގެ ކަންތައްތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުމާއި، ކަމާބެހޭ ރިކޯޑްތައް ބެލެހެއްޓުން.
  17. މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ ގޮތުން މުވައްޒަފުން މަސައްކަތުގައި ބޭނުންވާނެ ތަޢުލީމާއި ތަޖްރިބާ ހޯދައިދިނުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  18. ޖެނެރަލް ސްޓާފް މީޓިންތައް ރޭވުމާއި، އެބައްދަލުވުންތަކާ ގުޅޭ އެންމެހާ އިންތިޒާމްތައް ހަމަޖެއްސައި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  19. އޮތޯރިޓީގެ ހިއުމަން ރިސޯސްކޮމިޓީގެ އިދާރީ މަސައްކަތްތައްކުރުން.
  20. އޮތޯރިޓީގެ ގްރީވަންސްކޮމިޓީގެ އިދާރީ މަސައްކަތް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
  21. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީގެ އިދާރީ މަސައްކަތް ބެލެހެއްޓުން.
  22. އޮފީހުގެ ކަންކަން ޤާނޫނާއި ގަވާއިދާ އެއްގޮތަށް ގެންދިއުމަށް މަސައްކަތްކުރުމާއި، އޮފީހުގެ ކަންކަން ކުރުމުގައި އިސްނަގާ ޙަރަކާތްތެރިވުމާއި އޮފީހުގެ މަސައްކަތްތައް ތަރައްޤީކުރުމަށް އެހީތެރިވެދިނުމާއި، ރަނގަޅު މަސައްކަތު މާޙައުލެއް އުފެއްދުމަށް މަސައްކަތްކުރުން.
  23. ސެކްޝަނަށް އަންނަ ސިޓީ، ފެކްސް އަދި އީ.މެއިލް ފަދަ ތަކެތީގެ ތެރެއިން އެޗް.އާރް ސެކްޝަނުން ޖަވާބު ދާރީވާންޖެހޭ ސިޓީ އަދި ފެކްސް ފަދަ ތަކެއްޗަށް ޖަވާބުދާރީވުން.
  24. އެހެން ސެކްޝަންތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި މަސައްކަތުގެ ދާއިރާއިން އޮފީހުން ހަވާލުކުރާ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.
  25. ސެކްޝަނުން ކުރިއަށްގެންދާ ބައްދަލްވުންތަކުގެ ލިޔެކިޔުންތަކާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  26. ތައްޔާރު ކުރެވިފައިވާ ތާވަލާއި އެއްގޮތައް އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތްކުރުން.
  27. މިނޫންވެސް އޮފީހުން ހަވާލުކުރާ އޮފީހާ ގުޅުން ހުރި ރަސްމީ މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުޠުތައް

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

- އެޑްމިނިސްޓްރޭޝަން

- އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް

- ބިހޭވީރިއަލް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

- ބިޒްނަސް އެނަލިސިސް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް

- ބިޒްނަސް މެނޭޖްމަންޓް

- ޑޭޓާ އެނަލިޓިކްސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް

- ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް

- ހިއުމަން ކެޕިޓަލް ލީޑަރޝިޕް

- ހިއުމަން ކެޕްޓަލް މެނޭޖްމަނަޓް

- ހިއުމަން ޑިވެލޮޕްމަންޓް

- ހިއުމަން މެނޭޖްމަންޓް އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް

- ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް

- ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް މެނޭޖްމަންޓް

- ހިއުމަން ރިސޯސަސް އެންޑް އޮގަނައިޒޭޝަނަލް ބިހޭވިއަރ

- ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް

- ހިޔުމަން ރިސޯސް މެނޭޖްމަންޓް

- ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް

- ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓަލަންޓް މެނޭޖްމަންޓް

- ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓްރޭނިންގ

- ހިއުމަން ރިސޯސް ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް

- ހިއުމަން ރިސޯސަސް

- ހިއުމަން ރިސޯސަސް އެޑްމިނިސްޓްރޭޝަން

- ހިއުމަން ރިސޯސަސް އެންޑް އެމްޕްލޯއިމަންޓް

- ހިއުމަން ރިސޯސަސް އެންޑް ނޮލެޖް މެނޭޖްމަންޓް

- ހިއުމަން ރިސޯސަސް އެންޑް ޓެލަންޓް ޑިވެލޮޕްމަންޓް

- ހިއުމަން ޓެލަންޓް މެނޭޖްމަންޓް

- ލީޑަރޝިޕް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް

- ލީޑަރޝިޕް އެންޑް ޓެލަންޓް މެނޭޖްމަންޓް

- ލަރނިންގ އެންޑް އޯގަނައިޒޭޝަނަލް ޗޭންޖް

- މެނޭޖްމަންޓް

- މެނޭޖްމަންޓް އެންޑް ޕީޕަލް މެނޭޖްމަންޓް

- މެނޭޖްމަންޓް ސައިކޮލޮޖީ

- އޯގަނައިޒޭޝަނަލް ޑިވެލޮޕމަންޓް

- އޮގަނައިޒޭޝަނަލް ލީޑަރޝިޕް އެންޑް ލަރނިންގ

- އޯގަނައިޒޭޝަނަލް ސައިކޮލޮޖީ

- ޕީޕަލް މެނޭޖްމަންޓް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް

- ޕަރސަނަލް މެނޭޖްމަންޓް

- ޕަރސަނަލް މެނޭޖްމަންޓް އެންޑް ލޭބަރ ޕްރެކްޓިސް

- ޕަބްލިކް އެޑްމިނިސްޓްރޭޝަން

- ޕަބްލިކް ޕޮލިސީ

- ސްޓްރެޓީޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް

- ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް

- ވަރކް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ

- ވަރކް ސައިކޮލޮޖީ

- ވަރކްފޯސް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް

- ވަރކްފޯސް ލަރނިންގ އެންޑް ޕަރފޯމަންސް

މަޤާމާ ގުޅޭ ވަޒީފާގެ ދާއިރާތައް

- ރެކްރޫޓްމަންޓް އެންޑް ސެލެކްޝަން

- އޮގަނައިޒޭޝަނަލް ބިހޭވިއަރ

- ޕަރފޯމަންސް މެނޭޖްމަންޓް

- އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ނުވަތަ ކޮމްޕެންސޭޝަން މެނޭޖްމަންޓްއާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ޕްރިފަރޑް ޑިސިޕްލިންތައް

-

މަޤާމުގެ ކޯ ޑިސިޕްލިންތައް: -

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • އަސާސީ ޝަރުޠު ހަމަވުން - 30
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - 5
  • ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު - 5
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - 5
  • އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) - 20
  • އިންޓަރވިއު - 35

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 އޮކްޓޯބަރ 2026 ގެ 13:00 ގެ ކުރިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުއްވުމަށް ދެންނެވީމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އިމްތިޙާނާއި އޮންނާނީ، 22 އޮކްޓޯބަރ 2026 އާ 10 ނޮވެމްބަރ 2026 އާ ދެމެދު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3013100 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

26 ރަބީޢުލްއާޙިރު، 1448ހ

07 އޮކްޓޯބަރ 2026

Indexed from the Government Gazette on 7 Oct 2026. The original notice is the official version; if anything differs, it wins.

At a glance

Source
Gazette, notice (IUL)221-HRS/221/2026/30
Openings
1 person

Requirements

  • Possession of a qualification at Level 7 or 8 of the Maldives National Qualification Framework relating to the tasks of the post
  • Educational qualification in Administration, Adult Learning and Leadership, Behavioural and Organizational Psychology, Business Administration, Business…

Responsibilities

  1. 01Recruitment of Authority staff to posts, making them permanent, terminating them from posts, and all matters related to post conditions and agreements
  2. 02Daily maintenance and updating of staff records such as attendance, leave and salary records, maintaining staff personal files
  3. 03Preparation of Authority staff salary sheets and performance of administrative tasks relating to salary payment
  4. 04Performance of tasks to monitor the standard of work being carried out by staff and providing support in rewarding staff
  5. 05Provision of assistance in staff development matters, setting aside a budget for promotion-related matters
  6. 06Provision of assistance in studying the tasks that need to be carried out for staff retirement
  7. 07Assistance in the administrative functions of the Authority
  8. 08Provision of assistance in implementing policies and Standard Operating Procedures relating to staff
  9. 09Provision of orientation to new staff
  10. 10Arrangement of necessary allowances for travelling abroad by staff and coordination with the Procurement Unit

Salary & benefits

Advertised payMVR 14,440/month

Benefits

Pension contribution receivable under the Pension Law of the Maldives, plus additional allowance as per the Government of Maldives Pay Framework as of 1 November 2025.

HR officer salary in the Maldives

How to apply

Submit documents before 13:00 on 18 October 2026 to the Local Government Authority or email to [email protected] as a single PDF document. Required documents: Application Form for a Completed Post, details of applicant including phone number and email address, readable copy of both sides of citizen ID card or birth certificate/passport/driving licence, letter from current employer if transferring from civil service/government, copies of educational certificates and transcripts, copies of documents covering work experience criteria.
Apply at original source (opens in a new tab)

Location

Place
Malé
Atoll
Malé City
Address
Local Government Authority, Malé, Maldives

How long from your home?

Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.

Sign in

About the employer

Local Government Authority

Government & public sector

The Local Government Authority (LGA) is a state institution established under the Decentralization Act. It regulates, oversees and develops the local governance system set out in the constitution, working with the island, atoll and city councils. It also runs the Maldives Institute of Local Governance, which provides training for local councils. Its office is in Malé.

Open roles
3
Followers
0
Loading departments…

Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.

Claim for free
Loading similar jobs…
Loading related opportunities…

Indexed from the Government Gazette 7 Oct 2026Report this listing