Health Care Administration Officer
Indexed from Government Gazette8 Oct 2026
- Job type
- Full-Time
- Closes
- 21 Oct
- Source
- Gazette
- Employer
- Meemu Atoll Muli Regional HospitalHealthcare
- Location
- MuliMeemu Atoll
- Salary
- MVR 12,610/monthAdvertised
- Employment type
- Full-TimeAdministration · Entry level
- Deadline
- Closes 21 Oct 202613 days left
From the notice
Copied textއިޢުލާނު
- މަޤާމު
ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ
- މަޤާމުގެ ނަންބަރު
-
- ބޭނުންވާ އަދަދު
1 (އެކެއް)
- މަޤާމުގެ ގިންތި
ދާއިމީ
- ޕަބްލިކް ސަރވިސް ރޭންކް
ޕަބްލިކް ސަރވިސް ރޭންކް 5 – ސްޓެޕް 1
- ވަޒީފާ އަދާކުރަން ޖެހޭ ތަން
މ. މުލީ ރީޖަނަލް ހޮސްޕިޓަލް
- މަގާމުގެ މުސާރަ
9700.00 ރުފިޔާ
- މަޤާމުގެ އެލަވަންސް
2910.00 ރުފިޔާ
އެހެނިހެން އެލަވަންސް
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް 80.00 ރުފިޔާ
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (1 ނޮވެމްބަރ 2025 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- އެކިފަރާތްތަކަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް އެ ފަރާތްތަކަށް ފޮނުވުން.
- ދުވަހު ޔައުމިއްޔާ އާއި މީޓިންތަކުގެ ޔައުމިއްޔާތައް ލިޔެ ބެލެހެއްޓުން.
- ޑެއިލީ،ވީކްލީ،މަންތްލީ އަދި އެނުއަލީ ހަދަންޖެހޭ އެޑްމިނިސްޓްރޭޓިވް އެންމެހާ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.
- ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިންގާ ޞިއްޙީމަރުކަޒުތަކުގެ މުވައްޒަފުންނާއި ގުޅޭގޮތުންނާއި އެނޫންވެސް ކަންކަމާއި ގުޅޭގޮތުން ލިބޭ ލިޔުންތަކަށް ޖަވާބު ތައްޔާރުކުރުވާ ފޮނުވުމާއި ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ ވަޒީފާ ބަޔާއްތަކާއި ވަޒީފާ އެއްބަސްވުންތައް ތައްޔާރުކުރުމާއި ޙަވާލުކުރުން އަދި އެތަކެއްޗަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް ގެންނަމުން ދިއުން.
- މުވައްޒަފުންގެ ރެކޯރޑްސްތައް ފުރިހަމަކުރުމާއި ބެލެހެއްޓުން.
- އިދާރީ އެންމެހާ ލިޔުންތައް ގަވާޢިދާ އެއްގޮތްވާ ގޮތުގެ މަތީން ފައިލްކޮށް ރައްކާތެރިކާމާއެކު ބެލެހެއްޓުން.
- ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިންގާ ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ މަގާމުތަކަށް މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތްތައް ކުރުން.
- ޒިޔާރަތްކުރާ ޞިއްޙީ ޓީމްތަކުގެ މަސައްކަތްތަކުގައި ޞިއްޙީ މަރުކަޒު ހިންގުމާއި ޙަވާލުވެހުންނަވާ އިސްވެރިއެއްގެ ލަފާގެމަތީން އިންތިޒާމްތައް ހަމަޖެއްސުން.
10. ރަސްމީ ގަޑީގައި އޮފީސް ހުޅުވުމާއި ލެއްޕުން އަދި ރެކޯރޑް ފުރިހަމަކުރުން.
11. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ މުވައްޒަފުންގެ މުސާރަ ދިނުމަށްޓަކައި ބޭނުންވާ ލިޔެ ކިޔުންތަކާއި މައުލޫމާތުތައް އެއްކޮށް މުސާރަ ޝީޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި މުސާރައިގެ ކަންތައް ނިންމުން.
12. މުވައްޒަފުންގެ ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުމާއި ޗުއްޓީ ރެކޯޑްސް ދުވަހުން ދުވަހަށް ބަލަހައްޓަމުން ދިއުން.
13. ހޮސްޕިޓަލުން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވުން.
14. ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ޔުނިޓުން ހިންގާ އެވައަރނެސް ޕްރޮގްރާމްތަކުގައި އެހީތެރިވުން.
15. ހޮސްޕިޓަލުން އާންމުންނަށް ކޮންމެހެން އެގެންޖެހޭ މަޢުލޫމަތުތަކާއި، ޤަވާއިދުތައް އާންމުންނަށް ފެންނާނެހެން ޞިއްޙީ މަރުކަޒުގެ ނޯޓިސްބޯޑްގައި ބެހެއްޓުން.
16. ހޮސްޕިޓަލުން ވަޒީފާތަކަށް ކުރަންޖެހޭ އިޢުލާންތައް ތައްޔާރުކޮށް ގެޒެޓް ކުރުމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބަލައިގަތުން.
17. . ހޮސްޕިޓަލުންކުރާ އިޢުލާނާއި ގުޅިގެން މުވައްޒަފަކު ނެގުމާދެމެދު ކުރަންޖެހޭ ހުރިހާ އިދާރީ މަސައްކަތްތައް ކުރުން.
18. މުވައްޒަފުންގެ ހާޒިރާއާ ގުޅޭގޮތުން ދިމާވާ އެންމެހާ މައްސަލަތައް ހައްލުކުރުން.
19. މުވައްޒިފުންގެ އަހަރީޗުއްޓީ ގެ ތާވަލްތައް ބެލެހެއްޓުމާއި، މުވައްޒިފަކު ޗުއްޓީއަށް ދިޔުމުގެ ކުރިން އެމުވައްޒިފެއްގެ މަސައްކަތް ކުރާނެ އިތުރު މީހަކު ހަމަޖެހިފައިވާކަން ކަށަވަރުކުރުން.
20. މުވައްޒަފުންނާއި މެނޭޖްމަންޓާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، މުވައްޒަފުންގެ ޝަކުވާތަކާއި މަސައްކަތަށް ދިމާވާ ދަތިތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ސްޕަވައިޒަރަށް އެހީތެރިކަން ފޯރުކޮންދިނުން.
21. މަސައްކަތުގައި އިޚްލާޞްތެރިވެ، ހޮސްޕިޓަލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައި ނެތްނަމަވެސް ހޮސްޕިޓަލުން މުވައްޒަފުގެ އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި، މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ހޮސްޕިޓަލުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ފުރިހަމައަށް އަދާކުރުން.
22. ޞިއްޙީ އިމަރޖެންސީތަކާއި ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.
މަޤާމުގެ ޝަރުޠުތައް
- މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6ގެ އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ ހާޞިލްކޮށްފައިވުން
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
- އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް
މަޤާމުގެ ތަޢުލީމީ ރޮނގުތައް
- އެކައުންޓިންގ
- އެކައުންޓިންގ އެންޑް ފައިނޭންސް
- އެޑްމިނިސްޓްރޭޝަން
- އޮޑިޓިންގ
- ބިޒްނަސް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ކޮމާރސް
- ފައިނޭންސް
10. ފައިނޭންޝަލް މެނޭޖްމަންޓް
11. ފައިނޭންޝަލް ޕްލޭނިންގ
12. ހެލްތް އެޑްމިނިސްޓްރޭޝަން
13. ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން
14. ހެލްތް ކެއަރ މެނޭޖްމަންޓް
15. ހެލްތު މެނޭޖުމަންޓް
16. ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން
17. ހެލްތް ސަރވިސަސް މެނޭޖްމަންޓް
18. ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން
19. ހޮސްޕިޓަލް މެނޭޖްމަންޓް
20. ހިއުމަން ރިސޯސް
21. ހިޔުމަން ރިސޯސް މެނޭޖްމަންޓް
22. އިންޓަރނަލް އޮޑިޓިންގ
23. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް
24. އިސްލާމިކް ފައިނޭންސް
25. ލެބޯޓަރީ ސައިންސް
26. މެނޭޖްމަންޓް
27. މެޑިކަލް ސައިންސް
28. ނާސިންގ
29. ޕަބްލިކް އެޑްމިނިސްޓްރޭޝަން
30. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
31. ޕަބްލިކް ފައިނޭންސް
32. ޕަބްލިކް ހެލްތު އެޑްމިނިސްޓްރޭޝަން
33. ޕަބްލިކް މެނޭޖްމަންޓް
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 އޮކްޓޯބަރ 2026 ގެ 14:00 ގެ ކުރިން، މ. މުލީ ރީޖަނަލް ހޮސްޕިޓަލްގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު އަދި އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 21 އޮކްޓޯބަރ 2026 އާއި 29 އޮކްޓޯބަރ 2026 އާ ދެމެދު، މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން ، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް އަދި އެސެސްމަންޓް އަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720636 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
Indexed from the Government Gazette on 8 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)MRH-A/MRH/2026/35
- Openings
- 1 person
Requirements
- Possession of a Diploma at Level 5 or an Advanced Diploma/Associate Degree at Level 6 in the National Qualifications Framework of the Maldives in an…
Responsibilities
- 01Preparation and sending of necessary documents to certain parties.
- 02Recording daily and meeting minutes.
- 03Preparation and submission of daily, weekly, monthly and annual administrative reports within the required timeframe.
- 04Preparation and submission of replies to letters received relating to hospital and health centre staff and other related matters, and filing of documents.
- 05Preparing and submitting job descriptions for employees and job agreements, and providing all necessary changes related to these matters.
- 06Completion and maintenance of employee records.
- 07Maintenance of all administrative documents in files in accordance with prescribed regulations and with proper safeguarding.
- 08Carrying out work to match staff for positions required by the hospital and health centres under the hospital.
- 09Arrangement of necessary facilities in accordance with the assigned nurse in charge for the health centre to function in the work of visiting health teams.
- 10Opening and closing of office during official hours and completion of records.
Salary & benefits
Benefits
Pension contribution payable under the Pensions Act of the Maldives and government pay framework scales.
How to apply
Location
- Place
- Muli
- Atoll
- Meemu Atoll
- Address
- M. Muli Regional Hospital
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Meemu Atoll Muli Regional Hospital
Healthcare
Muli Regional Hospital is a government hospital on Muli island, the administrative capital of Meemu Atoll. Residents of the atoll rely on it for medical services. Services have grown in recent years to include radiology and internal medicine, and the government has announced plans to expand the hospital.
- Open roles
- 4
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 8 Oct 2026Report this listing