Skip to content
Back
Via GazetteNotice (IUL)317/317/2026/55

Assistant Council Officer

MVR 9,860/monthPosted 10 hours ago

Indexed from Government Gazette11 Oct 2026

Full-TimeAdminNationals only
The application happens on the Government Gazette (gazette.gov.mv), not on CareersMV.
Job type
Full-Time
Closes
18 Oct
Source
Gazette
Employer
Baa Atoll Dhonfanu Council OfficeGovernment & public sector
Location
DhonfanuBaa Atoll
Salary
MVR 9,860/monthAdvertised
Employment type
Full-TimeAdministration · Entry level
Deadline
Closes 18 Oct 20266 days left

From the notice

Copied text

އިޢުލާނު

މަޤާމު

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު

-

ބޭނުންވާ އަދަދު

02 ( ދޭއް )

މަޤާމުގެ ގިންތި

ވަގުތީ ( ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން 8 މަސް )

މަޤާމުގެ ރޭންކު

ޕަބްލިކް ސަރވިސް ރޭންކް 3

ވަޒީފާ އަދާކުރަން ޖެހޭ ތަން

މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ

މުސާރަ

7,585.00 ރުފިޔާ

މަޤާމުގެ އެލަވަންސް

2,275.00 ރުފިޔާ

ހާޟިރީ އެލަވަންސް

ހާޟިރުވާ ދުވަހަކަށް 60.00 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ސިވިލްސަރިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކައުންސިލުން ތައްޔާރު ކުރަންޖެހޭ ހަމަހު ރިޕޯރޓް، އަހަރީ ރިޕޯރޓް އަދި މާލީ ބަޔާނަށް ބޭނުންވާ މަޢުލޫމާތުތަކުގެ ތެރެއިން މުވައްޒަފާ ހަވާލުކުރެވިފައިވާ މަސައްކަތުގެ ރިކޯޑްސް ދުވަހުން ދުވަހަށް ބަލައި ނިންމުމާއި އަދި ކަނޑައެޅިފައިވާ ތާރީޚުގައި ސެކްރެޓަރީ ޖެނެރަލްގެ މަޝްވަރާއާއެކު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  4. މުވައްޒަފުންގެ ޙާޟިރީ، ސަލާމް އަދި ޗުއްޓީގެ ރެކޯޑް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި އެކަމާއި ގުޅޭ އެންމެހާ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  5. މުވައްޒަފުންގެ ރަޖިސްޓްރީ އާއިބެހޭ ކަންތައްތަކާއި، ޗުއްޓީ ކަންތައްތަކާއި، ރެކޯޑް ފައިލްތައް ބެލެހެއްޓުން.
  6. އިދާރީ މުވައްޒަފުންނާއި، ވަގުތީ މުވައްޒަފުންގެ ޙާޟިރީގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
  7. ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއިބެހޭ ކަންތައްތައް ބެލެހެއްޓުން.
  8. ވަޒީފާއާއިބެހޭ ސެކްޝަންގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.
  9. ސުޕަވައިޒަރގެ އިރުޝާދުގެ މަތިން މުވައްޒަފުންގެ އެޕްރައިޒަލްގެ ކަންކަން ބެލެހެއްޓުން.
  10. "ޕީ.އޭ އޮފިސަރ" ގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  11. މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމާއިބެހޭ ކަންތައްތައް ސުޕަވައިޒަރގެ އިރުޝާދުގެމަތިން ބެލެހެއްޓުމާއި، މުވައްޒަފުންނަށް ހިންގާ ކޯސްތަކާއިބެހޭ އެންމެހައި ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.
  12. މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގ ތަކަކީ ކޮބައިތޯބަލާ، ޓްރޭނިންގ ފުރުޞަތުތައް ހޯދުމާއި ޕްރޮޕޯސަލް ތައްޔާރުކުރުން.
  13. ސުޕަވައިޒަރގެ ލަފާގެ މަތިން މިސްކިތްތަކަށް ވަގުތީ ގޮތުން ހަމަޖައްސަންޖެހޭ އިމާމުންނާއި މަސައްކަތު މީހުން ހަމަޖެއްސުމުގެ ކަންކަން ކުރުން.
  14. ކައުންސިލްގެ އިދާރާއަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން.
  15. ކައުންސިލްގެ ބިއުރޯގެ އެންމެހާ މަސައްކަތްތައް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޝްވަރާ އެކު ކައުންސިލްގެ ރައީސްގެ ލަފާގެ މަތިން ޤަވާއިދާއި އެއްގޮތަށް ކުރުން.
  16. ކައުންސިލްގެ ބިއުރޯގައި މަސައްކަތް ކުރުމާއި، ކައުންސިލްގެ ބައްދަލުވުން ތަކަށް ހާޟިރުވުމާއި، ކައުންސިލް ބިއުރޯގެ ލިޔެކިޔުންތައް ބެލެހެއްޓުމާއެކު ކައުންސިލްތަކުގެ ޕާރފޯމަންސް އިންޑެކްސްއަށް ބޭނުންވާ މަޢްލޫމާތު ބެލެހެއްޓުމާ ޕާރފޯމަންސް އިންޑެކްސްއާއި ގުޅުން ހުރި އެންމެހާ މަސައްކަތްތައް ކުރުން.
  17. ކައުންސިލްގެ ފަރާތުން ބާއްވާ އެންމެހައި ބައްދަލުވުންތަކަށް ހޯލް ތައްޔާރުކުރުމާއި އަދި އާންމު ބައްދަލުވުންތަކާއި ކުއްލި ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި ނިންމުންތައް ލިޔެ ބެލެހެއްޓުމާއި އަދި ކައުންސިލުން އެކިއެކި ފަރާތްތަކާއި އެކު ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ އެ ބައްދަލްވުންތަކުގެ މަޢުލޫމާތުތަށް ބެލެހެއްޓުން.
  18. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރީ މަސައްކަތުގެ ތެރެއިން ޒިންމާދާރުވެރިޔާ ޙަވާލުކުރާ މަސައްކަތްތައް ކުރުން.
  19. އެކިއެކި ފަރާތްތަކުންނާއި ސަރުކާރުން ކައުންސިލްގެ އެޖެންޑާކުރުމަށް ފޮނުވާ ޑޮކިއުމަންޓްތައް ކައުންސިލްގެ ރައީސްގެ ސަމާލްކަމަށް ގެނެސް ކައުންސިލްގެ ރައީސް އަންގާ ގޮތެއްގެ މަތިން އެޖެންޑާކޮށް، އަދި ކައުންސިލުން ވަކިގޮތެއް ނިންމުމުން، އެނިންމި ނިންމުމެއް ސެކްޝަނަށް ޑޮކިއުމަޓްތަކާއި އެކު ކައުންސިލުން ނިންމާތާ އެއްދުވަހުގެ ތެރޭގައި އެންގުމާއި މިކަން ކުރުމުގައި ސެކްރެޓަރީ ޖެނެރަލްގެ ލަފާއި މަޝްވަރާގެ މަތިން ކުރުން.
  20. ކައުންސިލްގެ އިދާރާއަށް ލިބޭ ލިޔެކިޔުންތައް އެންޓްރީ ކުރުމާއި، ފައިލްކުރުމާއި، ސްކޭންކުރުމާއި އަރުޝީފުކުރުން.
  21. ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދާ އެއްގޮތަށް ކައުންސިލަށް ބޭނުންވާ ހުރިހާ ޚިދުމަތާއި ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެކަމަށް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އަދި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކުރުން
  22. ކައުންސިލަށް މުދަލެއް ނުވަތަ ޚިދުމަށް ހޯދުމަށް އެދެމުން އެކަމަށް ބޭނުންވާ ކޯޓޭޝަން ހޯދުމާއި އިޢުލާން ކުރަންޖެހޭ ފަދަ މަސައްކަތެއް ނަމަ އިޢުލާން ތައްޔާރުކުރުން.
  23. ކައުންސިލް އިދާރާގެ އިންވެންޓްރީއާއި ސްޓޮކް ދައުލަތުގެ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ބެލެހެއްޓުން.
  24. ކައުންސިލްގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
  25. ކައުންސިލްގެ އިދާރާއިން ކަނޑައަޅާ އުޞޫލެއްގެ މަތިން ކައުންސިލްގެ އިދާރާ ހުޅުވައި ލެއްޕުން.

މަޤާމުގެ ޝަރުޠުތައް

  • މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  • ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކައުންސިލް އޮފިސަރުންގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގުތައް:

https://www.csc.gov.mv/PostStructure/Index/36

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ). https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

އަސާސީ ޝަރުތު ހަމަވުން30%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އެސެސްމެންޓް ( އިމްތިޙާނު ނުވަތަ ޕްރެޓިކަލް )

25%

އިންޓަވިއު

35%

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ، އިމްތިޙާން އޮންނާނީ، 21 އޮކްޓޯބަރ 2026 އާއި 27 އޮކްޓޯބަރ 2026 އާ ދެމެދު، މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4005054 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

Indexed from the Government Gazette on 11 Oct 2026. The original notice is the official version; if anything differs, it wins.

At a glance

Source
Gazette, notice (IUL)317/317/2026/55
Openings
2 people

Requirements

  • A Level 3 qualification in the Maldives National Qualifications Framework in a field related to the post, with a Secondary or Higher Secondary School…
  • Or a Secondary or Higher Secondary School Certificate with a 'D' grade or lower in no more than 2 subjects, the Science examination or an equivalent, with a…

Skills

  • Dhivehi

Responsibilities

  1. 01Take full responsibility to the Council and the Secretary General for the Council's administration and the implementation of Council decisions.
  2. 02Carry out administrative tasks needed to implement Council decisions under the guidance of the Secretary General or Supervisor.
  3. 03Maintain records for monthly reports, annual reports and financial statements, and send them to designated parties on the set date.
  4. 04Keep daily records of employee attendance, leave and vacation, and prepare related reports.
  5. 05Manage employee registration, leave matters and record files.
  6. 06Maintain attendance records of administrative and temporary staff.
  7. 07Manage salary payments, staff separations and the functioning of the payroll section.
  8. 08Manage employee appraisals and staff development under the supervisor's guidance, including monitoring courses.
  9. 09Identify required training, seek training opportunities and prepare proposals.
  10. 10Prepare the hall for Council meetings, record minutes and decisions, and maintain meeting records.

Salary & benefits

Advertised payMVR 9,860/month

Benefits

Pension contribution under the Pension Act of the Maldives, leave benefits and additional benefits in line with Civil Service principles, plus an attendance allowance of MVR 60.00 per day attended.

Administrative officer salary in the Maldives

How to apply

Submit the application form and documents to the Dhonfanu Council office, Baa Atoll, no later than 13:00 on Sunday, 18 October 2026, or email [email protected]. The application form is available from the Civil Service Commission website, the office counter and the link provided. Documents include contact details, a copy of the Maldivian ID card, educational certificates and work experience letters.
Apply at original source (opens in a new tab)

Location

Place
Dhonfanu
Atoll
Baa Atoll

How long from your home?

Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.

Sign in

About the employer

Baa Atoll Dhonfanu Council Office

Government & public sector

Dhonfanu Island Council is the local council that governs Dhonfanu, a small inhabited island in Baa Atoll in the north of the Maldives. The island had 398 residents at the 2022 census, and the council's president has said the actual population is higher. The council deals with local matters such as water and sewerage projects, land allocation, reef access near Hanifaru Bay, and the island's school and health centre. It has said its current office lacks space and has asked for a new council building.

Open role
1
Followers
0
Loading departments…

Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.

Claim for free
Loading similar jobs…
Loading related opportunities…

Indexed from the Government Gazette 11 Oct 2026Report this listing