Skip to content
Back
Via GazetteNotice 171-HR/IUL/2026/79

Senior Procurement Officer

MVR 14,443/monthPosted 18 hours ago

Indexed from Government Gazette12 Oct 2026

Full-TimeFinanceSeniorNationals only
The application happens on the Government Gazette (gazette.gov.mv), not on CareersMV.
Job type
Full-Time
Closes
25 Oct
Source
Gazette
Employer
Maldives Police ServiceGovernment & public sector
Location
MaléMalé City
Salary
MVR 14,443/monthAdvertised
Employment type
Full-TimeFinance · Senior
Deadline
Closes 25 Oct 202612 days left

From the notice

Copied text

ވަޒީފާގެ ފުރުޞަތު

މަގާމުގެ ނަން

ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ

ބޭނުންވާ އަދަދު

 01

މަޤާމުގެ ގިންތި

 ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް

 07

ޖޮބް މެޓްރިކްސް

 ފްރޮކިއުމަންޓް ޕްރޮފެޝަނަލުން 

އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން
 މާލެ
އަސާސީ މުސާރަ

 9,845.00 ރުފިޔާ

މަޤާމުގެ އެލަވަންސް

 4,598.00 ރުފިޔާ

ހާޒިރީ އިނާޔަތް

 125.00 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އިނާޔަތް

 ބޭސްފަރުވާކުރުން

އެހެނިހެން އެލަވަންސް

 ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަގާމުގެ ޝަރުތު

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮއްފައިވުން؛
  • މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން؛
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛ 
  • ވައްކަން، ނުވަތަ ޓެކުން، ނުވަތަ މަކަރާ ހީލަތް، ނުވަތަ ޚިޔާނާތް ނުވަތަ ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  • މަނާކޮށްފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި، ފަރުވާ ހޯދައިފައިވާ ފަރާތަކަށް ނުވުން؛
  • ޖިނާއީ އެއްވެސް މައްސަލައެއްގެ ތުހުމަތުގައި، ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ހައްޔަރުކޮށްފައި ނުވުން؛
  • ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައިވާ މީހަކު ކަމުގައި ނުވުން؛
  • ދިވެހި ފުލުހުން ޚިދުމަތުގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން؛
  •  އަޚްލާޤީ މައްސަލައަކާ ގުޅިގެން ނުވަތަ އެނޫންވެސް މައްސަލައަކާ ގުޅިގެން އެހެން އޮފީހެއްގެ ވަޒީފާއަކުން ވަކިކޮށްފައިވާ މީހަކު ކަމުގައި ނުވުން؛ އަދި
  • ދައުލަތުގެ އެއްވެސް މަޤާމަކުން ރިޓަޔަރ ކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން.

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް

  • ޕްރޮކިއުމަންޓް މެނޭޖްމަންޓް، ސަޕްލައި ޗެއިން މެނޭޖްމަންޓް، ލޮޖިސްޓިކް މެނޭޖްމަންޓް، އޮޕަރޭޝަންސް މެނޭޖްމަންޓް، ޕަރޗޭސިންގ, ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް، ފައިިނޭންސް، އިކޮނޮމިކްސް، ބިޒްނަސް އެޑްނިމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ކުއަންޓިޓީ ސަރވެއިންގ.

ވަޒީފާއަށް މީހުން ހޮވުމުގައި ބަލާނެ އަދި އިސްކަން ދޭނެ ކަންތައްތައް

  • މި ވަޒީފާއަށް ހޮވާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކުރިޔަށްގެންދެވޭ ބެކްގްރައުންޑް އެސެސްމަންޓް، އިންޓަވިއު އަދި މެޑިކަލް އެގްޒަމިނޭޝަނުން ފާސްވާ ފަރާތެކެވެ.
  • މި ވަޒީފާއަށް މީހުން ހޮވުމުގައި، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާތަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި

  • ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ތަކެތި

  • ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (މި ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.)
  • ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރިކޯޑު ބަލާ ފޯމު (މި ފޯމު މި އިޢުލާނުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއް ނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީ. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ޔުނިވަރސިޓީ ނުވަތަ ކޮލެޖުން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ)
  • ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  • ނެގިފަހުން 3 މަސް ވެފައިނުވާ އެ ފަރާތެއްގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ (ފޯމުގައި ތަތްކޮށްފައި)
  • އެހެން ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ ތަނުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ކުށުގެ ރެކޯޑް ބަލާ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2026 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ. 

ނޯޓް: މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

29 ރަބީޢުލްއާޚިރު 1448

Indexed from the Government Gazette on 12 Oct 2026. The original notice is the official version; if anything differs, it wins.

At a glance

Source
Gazette, notice 171-HR/IUL/2026/79
Openings
1 person

Requirements

  • Level 7 or level 8 qualification from an institution related to the duties of the post, recognised under the national qualifications framework of the Maldives
  • Aged between 18 and 35
  • Not convicted of a crime prohibited in Islamic law within the past 05 years
  • Not convicted within the past 05 years of theft, fraud, forgery, embezzlement, betrayal or any crime under Law No. 2011/17 (Law on Money Laundering)
  • Not registered as a member of any registered political party in the Maldives
  • Not dismissed from Dhivehi Civil Service employment
  • Not retired from any government post

Salary & benefits

Advertised payMVR 14,443/month

Benefits

Basic support and additional funds allocated according to the State pay framework bracket.

Purchasing officer salary in the Maldives

How to apply

Complete the Maldives Police Service job application form and the criminal record check form, and submit them with the required documents to the reception at Shaheed Hussain Adam Building by 16:00 on Sunday, 25 October 2026. Forms are reviewed on any day that is not an official holiday, from 14:00 to 16:00.
Apply at original source (opens in a new tab)

Attachments from Maldives Police Service

Location

Place
Malé
Atoll
Malé City
Address
Malé

How long from your home?

Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.

Sign in

About the employer

Maldives Police Service

Government & public sector

The Maldives Police Service is the civilian national police force. It enforces criminal and traffic law, promotes public safety and maintains order across the country. It operates under the Ministry of Homeland Security, Labour and Technology and is headed by the Commissioner of Police. Its headquarters are in Malé, and it runs more than 170 police stations, posts and desks.

Open roles
2
Followers
0
Loading departments…

Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.

Claim for free
Loading similar jobs…
Loading related opportunities…

Indexed from the Government Gazette 12 Oct 2026Report this listing