School Administration Assistant
Indexed from Government Gazette9 Nov 2026
- Job type
- Full-Time
- Closes
- 12 Nov
- Source
- Gazette
- Employer
- Haa Alif Atoll Uligan SchoolEducation
- Location
- UliganHaa Alif Atoll
- Salary
- MVR 11,060/monthAdvertised
- Employment type
- Full-TimeAdministration · Entry level
- Deadline
- Closes 12 Nov 20263 days left
From the notice
Copied textއެސިސްޓެންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރމަޤާމަށް މީހަކު ހޯދުން
- މަޤާމު
އެސިސްޓެންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ
- ސްޕެޝަލައިޒޭޝަން
-
- މަޤާމުގެ ނަންބަރު
J-470095
- ބޭނުންވާ ޢަދަދު
1 (އެކެއް)
- މަޤާމުގެ ގިންތި
ދާއިމީ
- މަޤާމުގެ ރޭންކު
ޕަބްލިކް ސަރވިސް ރޭންކް 4 (ސްޓެޕް 1)
- މަޤާމުގެ ކްލެސިފިކޭޝަން
-
- ވަޒީފާ އަދާކުރަން ޖެހޭ ތަން
އުލިގަމު ސްކޫލް / ހއ. އުލިގަން
- މުސާރަ
8505.00 ރުފިޔާ
- މަޤާމުގެ އެލަވަންސް
2555.00 ރުފިޔާ
- ހާޒިރީ އިނާޔަތް
ހާޒިރުވާ ކޮންމެ ދުވަހަކަށް 70.00 ރުފިޔާ
އެހެނިހެން އެލަވަންސް
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެ މަތިން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ޕްރިންސިޕަލްގެ މަސައްކަތްތަކުގައި ހިމެނޭ އިދާރީ ޒިންމާތައް އަދާކުރުމުގައި ޕްރިންސިޕަލަށް އެހީތެރިކަން ފޯރުކޮށްދިނުން. އެގޮތުން ސްކޫލުން ޢަމަލުކުރާ އުސޫލުތަކާއި ޕްލޭންތައް ތަންފީޒުކުރުމުގައި ޕްރިންސިޕަލްއާ ގުޅިގެން މަސައްކަތްކުރުމާއި، ސްކޫލްގެ މަސައްކަތްތައް އޮމާންކަމާއެކު ރަނގަޅަށް ކުރިއަށް ގެންދިއުމަށް އެހީތެރިވުން.
- ޕްރިންސިޕަލް ދުވަހުންދުވަހަށް އަދާކުރާ އެޑްމިނިސްޓްރޭޓިވް ސަޕޯޓް މަސްއޫލިއްޔަތުތައް އިންތިޒާމުކުރުން. އެގޮތުން ކޮންމެ ދުވަހަކު ޕްރިންސިޕަލްއާ ބައްދަލުކޮށް އެ ދުވަހެއްގެ ޝެޑިއުލް އިސްކަންދޭ ތަރުތީބުން ކަނޑައެޅުމާއި، ޚަރަދު ހިނގާނެ ކަންތައްތައް ފާހަގަކޮށް ހަމަޖެހިފައިވާ އުސޫލުން އެކަންކަން ކުރިއަށް ގެންދިއުން.
- ސްކޫލަށް ޒިޔާރަތްކުރާ މެހެމާނުންނަށް މަރުހަބާ ކިއުން؛ ފޯނު ކޯލްތަކަށް ޖަވާބު ދިނުމާއި އެފަދަ ކޯލްތައް ކަމާބެހޭ ފަރާތަކަށް ރޫޓް ކުރުން؛ މެސެޖުތައް ނަގައި އެ ރައްދުކުރަންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން؛ ސްކޫލުގެ އުސޫލުތައް ސާފުކޮށްދިނުން؛ ސްކޫލުން ހިންގާ ޕްރޮގްރާމްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން.
- ސްކޫލު ހުޅުވާ ބަންދުކުރަންޖެހޭ ގަޑިތަކަށް ބަންދުކުރުމުގެ ކަންކަން ކުރުން؛ މުވައްޒަފުންގެ ދުވަހު ހާޒިރީ ބެލެހެއްޓުމާއި، ހާޒިރުނުވާ މުވައްޒަފުންގެ މަޢުލޫމާތު ގުޅުންހުރި ފަރާތްތަކާ ހިއްސާކުރުން؛ މުވައްޒަފުންގެ ފައިލްތައް ހަދާ، އަދާހަމަކޮށް ބަލަހައްޓަމުން ގެންދިއުން.
- ސްކޫލްގެ ރަސްމީ އީމެއިލްއަށް އަންނަ އީމެއިލްތައް ކަމާބެހޭ މުވައްޒަފުންނަށް ފޯރުކޮށްދިނުމާއި ޖަވާބުދޭންޖެހޭ އީމެއިލްތަކަށް ޖަވާބުދިނުން؛ ސިޓީއާއި ލިސްޓްތަކާއި ރިޕޯޓްތަކާއި ފްލަޔަރތަކާއި ފޯމްތަކާއި އެފަދަ ތަފާތު ލިޔެކިޔުންތައް ޑްރާފްޓްކުރުމާއި ފީޑްބެކް ހޯދަންޖެހޭ ފަރާތްތަކުގެ ލަފަޔާއެކު ފުރިހަމަކުރުން؛ ސްކޫލުން އާންމުކުރާ ތަކެތި ޕްރޫފްރީޑް ފުރިހަމަކުރުން؛ ދަރިވަރުންނާއި މުވައްޒަފުންނާއި ސްކޫލް ހިންގުމާގުޅޭ ތަފާތު ރިޕޯޓްތަކާއި ފައިލްތަކާއި ޑޭޓާ ތައްޔާރުކޮށް ޞައްޙަކޮށް ބެލެހެއްޓުން.
- ސްކޫލަށް ވަންނަ ދަރިވަރުންގެ އެންރޯލްމަންޓް އަދި ސްކޫލުން ބަދަލުވާ ދަރިވަރުންގެ ލިޔެކިޔުންތައް ޕްރޮސެސްކުރުން؛ އެކަޑަމިކް ޓަރމް ނިމުމުން ރެކޯޑްތައް އަދާހަމަކުރުން.
- ދަރިވަރުންގެ ގްރޭޑްތަކާއި ޓްރާންސްކްރިޕްޓް މަޢުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން؛ ދަރިވަރުންގެ ރެކޯޑާއި ޓްރާންސްކްރިޕްޓް ރިކުއެސްޓްތަކަށް ޖަވާބުދިނުން؛ ދަރިވަރުންގެ ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުން.
- ސްކޫލް ޕީޓީއޭގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރިންސިޕަލާއި، މުވައްޒަފުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢާ ދެމެދު ކުރަންޖެހޭ މުއާމަލާތްތައް އިންތިޒާމުކޮށް ކޯޑިނޭޓްކުރުން؛ ކުރިމަތިވާ މައްސަލަތައް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހައްލު ކުރުން ނުވަތަ އެޑްމިނިސްޓްރޭޓަރަށް އެކަމެއް ރިފަރކުރުން.
- ޕްރިންސިޕަލްގެ ކަލަންޑަރު ޝެޑިއުލް ބެލެހެއްޓުން. އެގޮތުން ޓީޗަރުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢުގެ މެމްބަރުން އެދޭ އެޕޮއިންޓްމަންޓް ތާވަލުކުރުން؛ އެކިއެކި ގްރޫޕްތަކާއި ޖަމިއްޔާތަކާ ބައްދަލުވުންތައް އިންތިޒާމުކުރުން؛ ބައްދަލުވުންތައް ބާއްވާ ކޮޓަރިތައް ބުކްކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
- ސްކޫލަށް މުވައްޒަފުން ނެގުމާއި، މުވައްޒަފުންނަށް ކުރިއެރުން ދިނުމާއި، މުވައްޒަފުން ވަކިކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން. އަދި މުވައްޒަފުންގެ އިވެލުއޭޝަން ޙަވާލު ކުރެވޭ ޙާލަތްތަކުގައި އިވެލުއޭޝަން ބެލެހެއްޓުން.
- ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުއްލި ހާލަތާއި ކާރިސާތަކަށް ތައްޔާރުވުމުގެ ޑްރިލްތައް ކޯޑިނޭޓްކޮށް ހިންގުމާއި؛ ތަޅާފޮޅުމާއި، ވައްކަންކުރުންފަދަ ކަންކަމުގައި ފުލުހުންނާ މުއާމަލާތްކުރުން.
- ސްކޫލުން އިންތިޒާމުކޮށްގެން ބާއްވާ ދަތުރުތަކާއި ފީލްޑް ޓްރިޕްތަކާއި، ބާއްވާ އެކި ޙަރަކާތްތައް ކޯޑިނޭޓްކުރުމުގައި ބައިވެރިވުމާއި، މިފަދަ ކަންކަމުގެ އިދާރީ އަދި ލޮޖިސްޓިކް މަސައްކަތްތައް ކުރުން.
- ސްކޫލުގެ ބޭނުމަށް ސްކޫލަށް ހޯދަންޖެހޭ މުދަލާއި ތަކެތި ހޯދުމާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމާއި ސްޓޮކް ބެލެހެއްޓުން؛ ސްކޫލުގެ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުން.
- ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ސްކޫލްގެ މުވައްޒަފުންނަށް އުފައްދަންޖެހޭ އީމެއިލް އެކައުންޓް އުފެއްފުން ޕާސްވޯރޑް ދޫކުރުން އަދި މިނޫންވެސް ގުޅުންހުރި މިފަދަ އެހެން މަސައްކަތްތައް މެނޭޖްކޮށް ބެލެހެއްޓުން.
- ސްކޫލްގެ މާލީ ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން؛ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ރެކޯޑް ބެލެހެއްޓުން؛ ރިކުއިޒިޝަންތައް ޕްރޮސެސްކުރުމާއި ރިކުއިޒިޝަން އޯޑަރުގެ ރިޕޯޓްތައް ބެލެހެއްޓުން.
- މަޤާމުގެ ޝަރުޠުތައް
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުން.
ގުޅޭ ވަޒީފާގެ ދާއިރާ: އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެކައުންޓިންގ
- އެކައުންޓިންގ ޓެކްނީޝަން
- އެޑްމިނިސްޓްރޭޝަން
- ބިޒްނަސް
- ބިޒްނަސް އެކައުންޓިންގ
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ
- ބިޒްނަސް މެނޭޖްމަންޓް
- ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ
- ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ
- ކޮމްޕިއުޓަރ ޕްރޮގްރާމިންގ
- ކޮމްޕިއުޓަރ ސައިންސް
- ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ
- ކޮމްޕިއުޓިންގ
- ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ
- ފައިނޭންސް
- ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން
- ހިޔުމަން ރިސޯސް މެނޭޖްމަންޓް
- އިންފޮމޭޝަން ޓެކްނޮލޮޖީ
- އިންވެންޓްރީ މެނޭޖްމަންޓް
- ލޮޖިސްޓިކްސް މެނޭޖްމަންޓް
- މެނޭޖްމަންޓް
- ނެޓްވަރކިންގ
- އޮޕަރޭޝަންސް މެނޭޖްމަންޓް
- ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް
- ޕްރޮކިއުމަންޓް މެނޭޖްމަންޓް
- ޕްރޮގްރާމިންގ
- ޕްރޮޖެކްޓް މެނޭޖްމަންޓް
- ޕަބްލިކް އެކައުންޓިންގ
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
- ޕަބްލިކް މެނޭޖްމަންޓް
- ޕާޗޭސިންގް
- ކުއަންޓިޓީ ސަރވެއިންގ
- ސޮފްޓްވެއަރ އިންޖިނިއަރިންގ
- ސަޕްލައި ޗެއިން މެނޭޖްމަންޓް
- ސިސްޓަމް އެޑްމިނިސްޓްރޭޝަން
- ވެބް ޑިވެލޮޕްމަންޓް
މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް
މަޤާމުގެ ކޯރ ޑިސިޕްލިން: ނެތް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
| އަސާސީ ޝަރުޠު ހަމަވުން | 30 |
|---|---|
އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު | 5 |
އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ | 5 |
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) | 25 |
އިންޓަރވިއު | 35 |
މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.
މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12.2 ގައި ބަޔާންކޮށްފައި ވާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ނޮވެމްބަރ 12 ގެ 14:00 ގެ ކުރިން، އުލިގަމު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލުން ހުށައަޅުއްވާ ހުށައެޅުއްވުންތައް ހުށައަޅުއްވާނީ ޕީޑީއެފް ފޯމެޓްގައި، އެއް ފައިލެއްގެ ގޮތުގައެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އާއި އެސެސްމަންޓުގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އާއި އެސެސްމަންޓުގެ ނަތީޖާއަށް ބަލައި އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
- އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 2026 ނޮވެމްބަރ 22 އާއި 26 އާ ދެމެދު، އުލިގަމު ސްކޫލް ގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500548 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.
ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.
Indexed from the Government Gazette on 9 Nov 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)903/2026/23
- Openings
- 1 person
Requirements
- Hold a Level 4 certificate on the Maldives Qualifications Framework in a field related to the post
Responsibilities
- 01Assist the Principal in carrying out administrative duties and implementing school plans
- 02Manage daily administrative support for the Principal, including scheduling and expenditure matters
- 03Welcome visitors, answer and route calls, take messages and clarify school procedures
- 04Carry out school opening and closing duties, record staff attendance and maintain staff files
- 05Handle school email, draft documents and reports, and maintain student and staff records
- 06Process pupil enrolment and transfers, and update records at the end of each term
- 07Maintain student grades, transcripts and student files, and respond to records requests
- 08Coordinate interactions between the Principal, staff, students, guardians and the community under PTA policies
- 09Run emergency preparedness drills and deal with the police on matters such as bullying and theft
- 10Carry out procurement, stock control, inventory of fixed assets and school financial record-keeping
Salary & benefits
Benefits
Pension contribution under the Pension Act of the Maldives, an additional amount under the state pay framework minimum, and an attendance benefit of MVR 70 per day of attendance.
How to apply
Location
- Place
- Uligan
- Atoll
- Haa Alif Atoll
- Address
- Uligan School, Haa Alif Atoll Uligan
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Haa Alif Atoll Uligan School
Education
Uligamu School is a state school on Uligan island in Haa Alif Atoll, run under the Ministry of Education. It teaches from preschool up to Grade 10. The school began as a religious institution in 1980 and became a government school in 2005. The Ministry's school profile lists 74 students, 23 teachers and 6 government staff. No separate total headcount is published.
- Open roles
- 2
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 9 Nov 2026Report this listing