Associate Council Officer
Indexed from Government Gazette22 Oct 2026
- Job type
- Full-Time
- Closes
- 29 Oct
- Source
- Gazette
- Employer
- Haa Alif Atoll Hoarafushi Council OfficeGovernment & public sector
- Location
- HoarafushiHaa Alif Atoll
- Salary
- MVR 11,060/monthAdvertised
- Employment type
- Full-TimeAdministration · Entry level
- Deadline
- Closes 29 Oct 20267 days left
From the notice
Copied textއިޢުލާނު
- މަޤާމު
އެސޯސިއޭޓް ކައުންސިލް އޮފިސަރ (ދާއިމީ)
- މަޤާމުގެ ނަންބަރު
J-467752
- ބޭނުންވާ އަދަދު
01 (އެކެއް)
- މަޤާމުގެ ގިންތި
ދާއިމީ
- މަޤާމުގެ ރޭންކު
ޕަބްލިކް ސަރވިސް ރޭންކް 4 - ސްޓެޕް 1
- އޮފީސް ޔުނިޓް
ކޯޕަރޭޓް އެފެއާރޒް ޔުނިޓް
- ވަޒީފާ އަދާކުރަން ޖެހޭ ތަން
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
- މުސާރަ
އަސާސީ މުސާރަ: މަހަކު 8,505.00 ރުފިޔާ (އަށްހާސް ފަސްސަތޭކަ ފަސް ރުފިޔާ)
- ޖޮބް އެލަވަންސް
ޖޮބް އެލަވަންސް: މަހަކު 2,555.00 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ފަސް ރުފިޔާ) (1 ވަނަ ހަރުފަތުގެ މިންވަރު)
- ޙާޟިރީ އިނާޔަތް
ޙާޟިރުވާ ކޮންމެ ދުވަހަށް 70.00 ރުފިޔާ (ހަތްދިހަ ރުފިޔާ)
އެހެނިހެން އެލަވަންސް
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ހަމަޖެހިފައިވާ އުސޫލުން ކޮންމެ ރަމަޟާން މަހެއްގައި ރަމަޟާން އެލަވެންސް.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ސްޓޮކަށް މަދުވާ ތަކެތި މާލިއްޔަތު ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ތިން މަހަކުން އެއްފަހަރު ހޯދުމާއި، އިދާރާއަށް ހޯދަން ބޭނުންވާ ޚިދުމަތްތަކާއި ތަކެތީގެ ތިންފަރާތުން އަގުބެލުމާއި، ނުވަތަ ކޯޓޭޝަން ހޯދުމާއި އިދާރާއަށް ހޯދަންޖެހޭ ހަރުމުދާ ހޯދުމުގެ ކުރިން ހުއްދަ ފޯރމް ފުރިހަމަކޮށް ހުއްދަ ހޯދަންޖެހޭ ފަރާތްތަކުގެ ހުއްދަ ހޯދުން.
- ޢާއްމުކޮށް އިޢުލާންކޮށްގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ބޭނުންވާ އިޢުލާން ތައްޔާރުކޮށް ޢާއްމުކުރުމުގެ ކުރިން އެކަމަކަށް ބަޖެޓް ހަމަޖެހިފައިވޭތޯ ބެލުން.
- އަގުބެލުމަށްފަހު އެންމެ އަގުހެޔޮ ފަރާތުން ޚިދުމަތް ނުވަތަ ތަކެތި ހޯދުމުގެ ކުރިން އަގުބަލާ ފޯމަށް ނުވަތަ ކޯޓޭޝަންއަށް ރިޢާޔަތްކޮށް ޕާޗޭސް އޯޑަރ ތައްޔާރުކޮށް އެފަރާތްތަކަށް ފޮނުވާ އެއެއްޗެއް ނުވަތަ ޚިދުމަތެއް ލިބިގަތުން.
- އިދާރާޔާއަށް ބޭނުންވެގެން ކުރެވޭ މަސައްކަތްތަކުގެ އަގުބެލުމަށްފަހު އެންމެ އަގުހެޔޮ ފަރާތަކާއި އިދާރާޔާއާއި ދެމެދު އެއްބަސްވުމެއް ތައްޔާރުކޮށް އެއްބަސްވުމެއްގެ ދަށުން އެމަސައްކަތެއް ޙަވާލުކުރުން.
- ކައުންސިލް އިދާރާއިން ހަވާލުކުރާ މަސައްކަތްތައް ނިމުމުން މަސައްކަތް ބަލައި އިސްލާޙްކުރަންޖެހޭ ކަމެއް އިންނަމަ އެކަން އިސްލާޙްކޮށް، މަސައްކަތް ނިންމިކަމުގެ ލިޔުން ހަވާލުކުރުން.
- ބިޑް އިވެލުއޭޝަންއާއި ގުޅޭ މަސައްކަތް ކުރުމާއި، އިންސާފު ވެރިކަމާއިއެކު ބިޑްތައް އިވެލުވޭޓް ކުރުމާއި އަދި ބިޑް ކޮމެޓީއަށް ރިޕޯރޓް ފޮނުވުން.
- ބިޑް ކޮމެޓީގެ ސެކްރެޓަރީގެ ހައިސިއްޔަތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކޮށް ބަނޑޭރި ޕޯޓަލްއަށް އަޕްޑޭޓްކުރަންޖެހޭ ލިޔުންތައް އަޕްޑޭޓުކުރުން.
- އިދާރާއަށް ހޯދޭ ކޮންމެ ހަރުމުދަލެއްގެ އިންވެންޓްރީ ނަންބަރު މާލިއްޔަތު ގަވާއިދާއިއެއްގޮތަށް ފުރިހަމަކޮށް އެއްޗެއްގައި ތަތްކޮށް ދަފުތަރު ބެލެހެއްޓުން.
- ކައުންސިލް އިދާރާއިން އަނބުރާ ދައްކާ ގޮތަށް އެކި ފަރާތްތަކަށް ދޫކުރާ ތަކެތި ދޫކޮށް ބަލައިގަނެ އެކަމާއި ގުޅޭ ރިކޯޑުތައް ދުވަހުން ދުވަހަށް ފުރިހަމަކުރުމާއި، ސެކްޝަނާއި ގުޅުންހުރި ބިޑް އިވެލުއޭޝަންނާއި ގުޅޭ އެންމެހާ ކަންކަން ކުރުމުގައި އެހީތެރިވުން.
- ކައުންސިލް އިދާރާއިން ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމުގެ މަސައްކަތްތައް ނީލަން ޕޯޓަލް މެދުވެރިކޮށް މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ކުރުން.
- އުފަންވާ ކުދިންނާއި މަރުވާމީހުންގެ ރެކޯރޑް ބަލަހައްޓާ ރަށްވެހިންގެ ރަޖިސްޓްރީ އަޕްޑޭޓް ކުރުމާއި، މަހުންމަހަށް ފޮނުވަންޖެހޭ މަރުވާމީހުންނާއި، އުފަންވާ ކުދިންގެ ރިޕޯރޓްތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.
- މި އިދާރާގެ އަހަރީ ބަޖެޓާއި، ރަށުތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭނާއި އަދި ކައުންސިލްގެ ބަޖެޓް ސްޓޭޓްމަންޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
- ކައުންސިލުން ކުރިއަށް ގެންދާ ޙާއްސަ މަސައްކަތުތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހިނިހެން ކަންތައްތައް ކުރުމާއި، މި އިދާރާގެ ފަރާތުން ފާހާގަކުރާ އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ހިންގާ ހަރަކާތްތައް ހިންގުމުގައި އެހީތެރިވެދިނުމާއި، ޙާއްސަ ޙާލަތާއި ގުޅިގެންނާއި ޢިޖުތިމާއި ގޮތުން ކައުންސިލުން ކުރަންޖެހޭ އެންމެހާ ކަންކަމުގައި އަމަލީގޮތުން ބައިވެރިވުން.
- ސެކްޝަނަށް އަންނަ ފޯނު ކޯލު، ސިޓީ، މެސެޖް ނުވަތަ އެހެނިހެން ވެސް ލިޔުންތަކަށް ސުޕަވައިޒަރުގެ ލަފާގެ މަތިން ޖަވާބު ދިނުން.
- ސެކްޝަނުން ފައިލްކުރަންޖެހޭ ހުރިހާ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ފައިލިންގ ސިސްޓަމް ޤަވާޢިދުން ބެލެހެއްޓުމާއި، އަދި ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިޔުންތައް ބޭނުންވެއްޖެ ހިނދެއްގައި އެ ލިޔުމެއް ފަސޭހަކަމާއެކު ހޯދައިދިނުން.
- ހަމަޖެހިފައިވާ އުޞޫލުން ކައުންސިލްގެ އިދާރާ ހުޅުވާ ލެއްޕުން.
- ކައުންސިލް އިދާރާއަށާއި މިސްކިތްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭތަކެތި ބަލައިގަނެ ރެކޯޑްސް ބެލެހެއްޓައި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން.
- ކައުންސިލްގެ އިދާރާއަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ހިދުމަތްތަކާގުޅޭ މައުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މައުލޫމާތު ދިނުން.
- އެއްގަމު އުޅަނދު ލައިސެންސް ދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
- ކައުންސިލް އިދާރާގައި ބޭނުންކުރާ އެޗް.އާރު ސޮފްޓްވެއަރ އަދާހަމަކޮށް ބެލެހެއްޓުން.
މަޤާމުގެ ޝަރުޠުތައް
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާޞިލުކޮށްފައިވުން.
ނުވަތަ،
- މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ތަޢުލީމީ ރޮނގު(ތައް) : https://www.csc.gov.mv/PostStructure/Index/36 (ކޮމިޝަންގެ ވެބްސައިޓްގެ ލިންކް)
ތައުލީމީ ރޮނގުތައް: .1 އެޑްމިނިސްޓްރޭޝަން .2 މެނޭޖްމަންޓް .3 ޕަބްލިކް އެޑްމިނިސްޓްރޭޝަން .4 ޕަބްލިކް މެނޭޖްމަންޓް .5 ބިޒްނަސް އެޑްމިނިސްޓްރޭޝަން .6 ބިޒްނަސް މެނޭޖްމަންޓް .7 ކައުންސިލް އެޑްމިނިސްޓްރޭޝަން .8 އޮފީސް އެޑްމިނިސްޓްރޭޝަން .9 ބިޒްނަސް .10 ކޮމަރސް .11 ޕްރޮޖެކްޓް މެނޭޖްމަންޓް .12 ޕަބްލިކް ޕޮލިސީ .13 ޕޮލިސީ ސްޓަޑީސް .14 ގަވަރނަންސް .15 ލޯކަލް ގަވަރނަންސް .16 ސޯޝަލް ސައިންސް .17 ސޯޝިއޮލޮޖީ .18 ސޯޝަލް ވަރކް .19 އެންތްރޮޕޮލޮޖީ .20 ޑިމޮގްރަފީ .21 ސްޓެޓިސްޓިކްސް .22 އިކޮނޮމިކްސް .23 ޕޮލިޓިކަލް ސައިންސް .24 އިންޓަރނޭޝަނަލް ރިލޭޝަންސް .25 ޑިވެލޮޕްމަންޓް ސްޓަޑީސް .26 ކޮމިއުނިޓީ ޑިވެލޮޕްމަންޓް .27 ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް .28 ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް .29 ހިއުމަން ރިސޯރސް .30 އެކައުންޓިންގ .31 ފައިނޭންސް .32 ލޯ .33 ޝަރީއާ އެންޑް ލޯ .34 ޕަބްލިކް ރިލޭޝަންސް .35 މާރކެޓިންގ .36 ކޮމްޕިއުޓަރ ސައިންސް .37 އިންފޮރމޭޝަން ޓެކްނޮލޮޖީ .38 ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް .39 އެގްރިކަލްޗަރަލް ސައިންސް .40 މެރިން ސައިންސް .41 އެންވަޔަރަންމެންޓަލް ސައިންސް .42 އަރބަން ސްޓަޑީސް .43 އަރބަން ޕްލޭނިންގ .44 އާކިޓެކްޗަރ .45 ސިވިލް އިންޖިނިއަރިންގ .46 ސްޓްރަކްޗަރަލް އިންޖިނިއަރިންގ .47 ލައިބްރަރީ ސައިންސް .48 ކަލްޗަރ އެންޑް ހެރިޓޭޖް .49 ސްޕޯރޓްސް މެނޭޖްމަންޓް .50 ލީޑަރޝިޕް .51 އެޑިއުކޭޝަން .52 ދިވެހި ލެންގުއޭޖު .53 ރިލިޖަސް ސަރވިސަސް
ގުޅޭ ވަޒީފާގެ ދާއިރާތައް:
- އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި،ރިސެޕްޝަނުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
| އަސާސީ ޝަރުތު ހަމަވުން | 30% |
|---|---|
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް | 5% |
ކޯ ނުވަތަ ޕްރިފާޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް | 5% |
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ | 5% |
އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް) | 20% |
އިންޓަވިއު | 35% |
ނޯޓު: މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ. މިމަޤާމަށް ތަޢުލީމާ ތަޖުރިބާގެ ބަޔަށް ޕޮއިންޓްދެވޭނީ ޝަރުތު ހަމަކުރުމަށް ބޭނުންކުރި ސެޓްފިކެޓާއި ، ތަޖުރިބާގެ މުއްދަތު ފިޔަވައި އެއަށްވުރެއް މަތިން ޙާޞިލްކޮށްފައިވާ ތަޢުލީމާ ތަޖުރިބާގެ މުއްދަތަށެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޮކްޓޫބަރ 29 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. )ނޯޓް: އެޕްލިކޭޝަނާއެކު ހުރިހާ ޑޮކިއުމަންޓެއް އެއްފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު އީ-މެއިލް ކުރުމަށް ދަންނަވަމެވެ.(
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2026 ނޮވެމްބަރ 08 އާއި 2026 ނޮވެމްބަރ 12 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500012 ނުވަތަ 6500030 ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
11 ޖުމާދަލްޢޫލާ 1448
Indexed from the Government Gazette on 22 Oct 2026. The original notice is the official version; if anything differs, it wins.
At a glance
- Source
- Gazette, notice (IUL)247-CA/247/2026/91
- Openings
- 1 person
Requirements
- A Level 4 Certificate 4 or Advanced Certificate from the Maldives Qualifications Framework in a field related to the duties of the post, or
- A pass in at least 2 subjects with an E grade in the Secondary School or Higher Secondary School certificate examination, or an equivalent, with a C grade or…
Responsibilities
- 01Full responsibility to the Council and the Secretary General for the work of the Council's administration and the implementation of Council decisions.
- 02Carrying out administrative tasks needed to implement decisions approved by the Council, under the guidance of the Secretary General or Supervisor.
- 03Purchasing low-stock items once every three months in line with financial regulations, obtaining price assessments or quotations, and obtaining authorisation…
- 04Checking the budget before preparing and publishing announcements needed to procure items and services through public announcement.
- 05Receiving goods or services from the lowest-priced party by preparing purchase orders, and preparing agreements for work assigned under price assessment.
- 06Inspecting completed work, rectifying anything requiring correction, and providing written notice that the work is complete.
- 07Carrying out bid evaluation work, evaluating bids fairly and confidentially, and sending reports to the bid committee.
- 08Carrying out the work of the bid committee secretary and updating documents on the Bandhari Portal.
- 09Maintaining inventory records and labelling items the office acquires, and carrying out disposal of items through the disposal portal.
- 10Updating the register of residents that maintains birth and death records, and sending monthly birth and death reports within the set deadline.
Salary & benefits
Benefits
Health care services, pension contributions under the Pension Act, Ramadan allowance and overtime pay under civil service procedures, plus an attendance benefit of MVR 70 per attendance day.
How to apply
Location
- Place
- Hoarafushi
- Atoll
- Haa Alif Atoll
- Address
- Hoarafushi Council office, Thaa Dhunmathi Uthuruburi, Hoarafushi
How long from your home?
Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.
About the employer
Haa Alif Atoll Hoarafushi Council Office
Government & public sector
Hoarafushi Council is the local government body for Hoarafushi in Haa Alif Atoll, northern Maldives. Its secretariat administers council business, including the allocation of land under its jurisdiction. It has issued public tenders, such as one for tourist guesthouses in the island's tourism zone.
- Open role
- 1
- Followers
- 0
Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.
Claim for freeIndexed from the Government Gazette 22 Oct 2026Report this listing