Skip to content
Via GazetteNotice (IUL)415-HR/415/2026/157

Assistant Council Officer

MVR 9,860/monthPosted 14 hours ago

Indexed from Government Gazette11 Oct 2026

Full-TimeAdminNationals only
The application happens on the Government Gazette (gazette.gov.mv), not on CareersMV.
Job type
Full-Time
Closes
21 Oct
Source
Gazette
Employer
Gaafu Dhaalu Atoll Thinadhoo City CouncilGovernment & public sector
Location
ThinadhooGaafu Dhaalu Atoll
Salary
MVR 9,860/monthAdvertised
Employment type
Full-TimeAdministration · Entry level
Deadline
Closes 21 Oct 20269 days left

From the notice

Copied text

އިޢުލާނު

މަޤާމު

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު

-

ބޭނުންވާ އަދަދު

1

މަޤާމުގެ ގިންތި

ކޮންޓްރެކްޓް (23 މަސްދުވަސް) މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު ސިވިލްސަރވިސްގެ ޤަވާޢިދުގެ 112ވަނަ މާއްދާގެ (ރ) ގައި ވާ ގޮތުގެ މަތިން ކޮންޓްރެކްޓް މުއްދަތު އިތުރު ކުރެވޭނެއެވެ.

މަޤާމުގެ ރޭންކު

ރޭންކް 3 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން

-

ވަޒީފާ އަދާކުރަން ޖެހޭ ތަން

ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ

މުސާރަ

7,585/- (ހަތްހާސް ފަސްސަތޭކަ އަށްޑިހަ ފަސްރުފިޔާ)

މަޤާމުގެ އެލަވަންސް

2,275/- (ދެހާސް ދުއިސައްތަ ހަތްދިހަ ފަސްރުފިޔާ)

އެހެނިހެން އެލަވަންސް

1- ޙާޟިރީ އެލަވްސް 60/- (ފަސްދޮޅަސް ރުފިޔާ) ނުކުންނަ ކޮންމެ ދުވަހަކަށް.

2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ކޮންޓްރިބިއުޝަން.

3- ދައުލަތުގެ ޕޭ ފްރޭމްވާކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމާއި ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުނަތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖަނަރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ކައުންސިލް އިދާރާގެ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  4. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.
  5. ކައުންސިލްގެ ބޭނުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތްކުރުން.
  6. ކައުންސިލްގެ އިދާރާއަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ޚިދުމަތްދިނުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ގާތުން ބަލައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަސް ޚިދުމަތްދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސުން.
  7. ކައުންސިލްގެ އިދާރާއިން ކަނޑައަޅާ އުޞޫލެއްގެ މަތިން ކައުންސިލްގެ އިދާރާ ހުޅުވައި ލެއްޕުން.
  8. ކައުންސިލް ބިއުރޯގައި މަސައްކަތް ކުރުމާއި، ކައުންސިލްގެ ބައްދަލުވުން ތަކަށް ހާޟިރުވުމާއި، ކައުންސިލް ބިއުރޯގެ ލިޔެކިޔުންތައް ބެލެހެއްޓުން.
  9. ކައުންސިލްގެ ރަސްމީ ބައްދަލުވުން ، އަދި ކައުންސިލްގެ އެހެނިހެން ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ސޮއި ހަމަކޮށްފައިލް ކުރުން

10. ކައުންސިލްގެ ނިންމުންތައް ތައްޔާރުކުން އަދި ނިންމުން ތަންފީޒުކުރުމަށް ސެކްޝަންތަކާއި ޙިއްޞާކުރުމާއި ފައިލްކޮށް ބެލެހެއްޓުން.

11. ކައުންސިލް މެމްބަރުންގެ ރަޖިސްޓްރީއާއި ޗުއްޓީ ރިޕޯޓް ތައްޔާރުކޮށް ކޮންމެ މަހެއްގެ 18 ގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

12. ކައުންސިލްގެ މޭޔަރ އާއި ކައުންސިލަރުންނާއި ބައްދަލު ކުރަން އަންނަ ފަރާތްތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުން.

  1. 13. ކައުންސިލްގެ މޭޔަރ ކުރާ ރަސްމީ ދަތުރުތަށް އިންތިޒާމްކޮށް މޭޔަރގެ ލަފާގެ މަތިން ރަސްމީ ދަތުރު ތަކުގައި ބައިވެރިވުން.

14. ކައުންސިލްގެ މަސައްކަތާއި ގުޅޭ ރެކޯޑް ދުވަހުން ދުވަހަށް ކައުންސިލުން އަންގާ ގޮތެއްގެ މަތިން މީޑިޔާ އާއި ހިޞާކުރުމަށް ތައްޔާރުކުރުން.

15. ކައުންސިލްގެ އިންޓަނޭޝަނަލް ރިލޭޝަންގެ އެންމެހާ ކަންކަން ވިލަރެސްކޮށް އެފަރާތްތަކަށް ފޮނުވާ މަޢުލޫލާތުތައް ކައުންސިލުގެ ލަފާގެ މަތިން ތައްޔާރުކޮށް އެފަރާތްތަކާއި ޙިއްޞާކުރުމާއި ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުން.

16. ކައުންސިލްގެ މޭޔަރ ބައިވެރިވާ ބައްދަލުވުންތަކާއި ޖަލްސާތަކަށް ބޭނުންވާ ލިޔެކިޔުންތައް ނުވަތަ ގުޅޭ އެހެނިހެން މަޢުލޫމާތު ކައުންސިލްގެ މޭޔަރ އަދި ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން ތައްޔާރުކުރުން.

17. އިދާރާއަށް ލިބޭ ބިއުރޯއާއި ގުޅުން ހުންނަ ސިޓީތަކަށް ކައުންސިލްގެ މޭޔަރގެ ލަފާގެ މަތިން ޖަވާބު ތައްޔާރުކޮށް އެފަރާތްތަކަށް ފޮނުވުން.

18. ކައުންސިލްގެ މޭޔަރ، ޑެޕިއުޓީ މޭޔަރގެ ކެބިން، ކައުންސިލަރުންގެ ކެބިންތައް، މީޓިންގ ރޫމް، ޗެމްބަރ ރޫމް އަދި އޮފީސް ވެއިޓިންގ އޭރިޔާ ސާފުކުރުވުން.

މަޤާމުގެ ޝަރުޠުތައް

1- މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ސެޓްފިކެޓެއް ޙާޞިލް ކޮށްފައި ވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ނުވަތަ؛

2- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު 'ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރަލް ސައިންސް، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ، ބިލްޑިންގ މެއިންޓެނަންސް، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމަންޓް ، ސިވިލް އިންޖިނިއަރިންގ، ކޮމާރސް، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ކަލްޗަރ އެންޑް ހެރިޓޭޖް، ޑިމޮގްރަފީ، ޑިވެލޮޕްމަންޓް ސްޓަޑީޒް، ދިވެހި ލެންގްއޭޖް، އިކޮނޮމިކްސް، އެޑިއުކޭޝަން، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް ، އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް، އިލެކްޓްރީޝަން، އިލެކްޓްރޯނިކަލް ޓެކްނޯލޮޖީ، އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަން ޓެކްނީޝަން، އިލެކްޓްރޯނިކްސް ޓެކްނޮލޮޖީ، އިންޖިން ރިޕެއަރ އެންޑް މެއިންޓަނަންސް ، އެންވަޔަރަންމަންޓަލް ސައިންސް، ފައިނޭންސް، ގަވަރނަންސް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ހެވީ މެޝިން އޮޕަރޭޝަންސް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް، ހިއުމަން ރިސޯސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިންޓަނޭޝަނަލް ރިލޭޝަންސް ، ލޯ، ލީޑަރޝިޕް، ލައިބްރަރީ ސައިންސް، ލޯކަލް ގަވަރނަންސް، މެއިންޓެނަންސް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިންގ، މެއިންޓެނަންސް އިންޖިނިއަރިންގ، މެއިންޓަނަންސް އިންޖިނިއަރިންގ މެނޭޖްމަންޓް، މެނޭޖްމަންޓް، މެރީން ސައިންސް، މާކެޓިންގ، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑީޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަންސް، ރިލިޖަސް ސަރވިސަސް، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސްޕޯޓްސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް، އަރބަން ޕްލޭނިންގ، އާބަން ސްޓަޑީޒް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- އަސާސީ ޝަރުތު ހަމަވުން (%30 އިންސައްތަ)

2- އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމް (%5 އިންސައްތަ)

3- އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (%5 އިންސައްތަ)

4- އެސެސްމަންޓް (އިމްތިނާހު ނުވަތަ ޕްރެކްޓިކަލް) (%25 އިންސައްތަ)

5- އިންޓަރވިއު (%35 އިންސައްތަ)

މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ އިންސައްތަ %60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމަ އެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 އޮކްޓޯބަރ 2026 ގެ 13:00 ގެ ކުރިން، ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނާއި، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 29 އޮކްޓޯބަރ 2026 އާއި 04 ނޮވެމްބަރ 2026 އާ ދެމެދު، ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841044 އަށެވެ. އީ-މެއިލް ކުރާނީ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

Indexed from the Government Gazette on 11 Oct 2026. The original notice is the official version; if anything differs, it wins.

At a glance

Source
Gazette, notice (IUL)415-HR/415/2026/157
Openings
1 person

Requirements

  • Level 3 Maldives National Qualifications Framework certificate in a field related to the post's work, with a grade of 'C' or above in Dhivehi in the Secondary…
  • Grade 'C' or above in Dhivehi in the Secondary School Certificate examination, plus grade 'D' or above in at least 2 subjects in an examination equivalent to…

Skills

  • Dhivehi

Responsibilities

  1. 01Fully implement the resolutions passed by the Council and carry out the administrative actions required under the guidance of the Secretary General or…
  2. 02Be accountable to the Council and the Secretary General for matters relating to the Secretariat's work.
  3. 03Plan, manage and oversee the services the Council must provide under Law No. 2010/7.
  4. 04Carry out studies required by the Council and compile reports.
  5. 05Monitor service delivery at the Council Secretariat and ensure service quality.
  6. 06Work at the Council Bureau, attend Council meetings and maintain the Bureau's records.
  7. 07Sign and file the minutes of official Council meetings.
  8. 08Prepare Council resolutions, share them with sections and file them for implementation.
  9. 09Prepare the register and attendance report of Council members before the 18th of each month.
  10. 10Arrange appointments for the Mayor and Councillors and organise official trips made by the Mayor.

Salary & benefits

Advertised payMVR 9,860/month

Benefits

Contribution under the Pension Law of the Republic of Maldives, and additional allowances under the Government pay framework applicable to civil servants.

Administrative officer salary in the Maldives

How to apply

Submit the completed application form and required documents to the Thinadhoo City Council Secretariat before 13:00 on 21 October 2026. The application form can be obtained from the counter of this administration. Documents may also be sent by email to [email protected].
Apply at original source (opens in a new tab)

Location

Place
Thinadhoo
Atoll
Gaafu Dhaalu Atoll

How long from your home?

Sign in and add your home to your profile to see trip times by bus or ferry, motorbike and taxi.

Sign in

About the employer

Thinadhoo City Council is the local government body for Thinadhoo, the capital of Gaafu Dhaalu Atoll in the south of the Maldives. The island was declared a city under the Decentralisation Act, and the council runs local administration and services for its residents. Thinadhoo had a population of about 10,150 in 2024.

Open roles
2
Follower
1
Loading departments…

Is this your company? Its vacancies are already being discovered through CareersMV. Claim the employer profile for free to manage it and publish directly.

Claim for free
Loading similar jobs…
Loading related opportunities…

Indexed from the Government Gazette 11 Oct 2026Report this listing